29 ނޮވެމްބަރ

November 29, 2018 18
ރައީސްގެ ސްޕޯކްސްޕާސަނަކަށް ހޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަންގެ ދައުރު އަދާކުރައްވާނީ، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އިބްރާހީމް ހޫދު ކަމަށް ރައީސް މިއަދު ހަމަޖައްސަވައިފި އެވެ.

28 ނޮވެމްބަރ

November 28, 2018 15
ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް އިބްރާހިމް ހޫދު އަދި ބައެއް މިނިސްޓްރީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސްޓޭޓް މިނިސްޓަރުން...

November 28, 2018 7
މަގާމުތަކަށް އައްޔަން ކުރާނީ މާލީ ބަޔާން ބެލުމަށް ފަހު

ސިޔާސީ މަގާމުތަކަށާއި ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރާނީ، އެ ބޭފުޅުންގެ މާލީ ހާލަތު ބަޔާން ކޮށްދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން، އޭގައިވާ...

27 ނޮވެމްބަރ

November 27, 2018 11
އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި "އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން "އިކޮނޮމިކް ކައުންސިލް" އަށް ބަދަލު ކުރައްވައި، އެ ކައުންސިލަށާއި ސޯޝަލް ކައުންސިލަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މެމްބަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 114
ރައީސްއާއި ނައިބު ރައީސްގެ ސެކްރެޓަރީންނަށް ކޮއްކޯފުޅުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ޕާސަނަލް ސެކްރެޓަރީންނަށް އެ ދެ ބޭފުޅުންގެ ކޮއްކޯފުޅުން ހަމަޖައްސަވައިފި އެވެ.

19 ނޮވެމްބަރ

November 19, 2018 55
ރައީސް އޮފީހުގެ މިނިސްޓަރަކަށް ނަސީމް

ރައީސް އޮފީހުގެ މިނިސްޓަރަކަށް، ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (މަސްއޮޑި) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

November 19, 2018 35
ރައީސް، އައްޑޫ މެމްބަރުންނާއި ކައުންސިލާއެކު ބައްދަލުވުމެއް

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އައްޑޫ ދާއިރާތަކުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް...

18 ނޮވެމްބަރ

November 18, 2018 12
ސިޔާސީ ހައްޔަރީން މިނިވަންކުރަން ކޮމިޓީއެއް އުފައްދައިފި

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ އެކުލަވާލައްވައި، އެ ކޮމިޓީ އަށް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

November 18, 2018
ގައުމުތަކުގެ ސަފީރުން ރައީސާ ބައްދަލުުކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެން މިހާރު ތިއްބެވި...

16 ނޮވެމްބަރ

November 16, 2018 157
ހުވާ ކުރުމުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ނުވާނެ

ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ނުގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 332
ސިޔާސީ އިދިކޮޅު ބޭފުޅުން މިނިވަންކުރުން: މަހްލޫފް ވެސް ދޫކޮށްލައިފި

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވަން ރައީސް އޮފީހަށް ދެންމެ ވަޑައިގެންފި އެވެ.

29 ޖުލައި

July 29, 2018 44
ވައުދުތަކުގެ ދުވަސްވަރު، ވިސްނާލުން ރަނގަޅު!

އަނެއްކާވެސް މިއޮތީ "ކަޑަ ޖަހާ" ދުވަސްވަރު އައިސްފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ކުޑަތަން ވެފައިވާއިރު ވައުދުވުމުގެ މޫސުން މިވަނީ ފެށިފަ އެވެ. އެއީ ރައްޔިތުންގެ ވޯޓުން ވެރިޔަކު އިންތިހާބު ކުރާ ހުރިހާ ގައުމެއްގައި ވެސް އޮންނަ އުސޫލެވެ. ނަމަވެސް އެކަންކަން މިނެކިރުމުގައި ދުނިޔެއަށް ހޭލުންތެރި އަދި ތައުލީމީ މީހުން...