22 އޯގަސްޓް

August 22, 2018 56
ގިނަ ލީޑަރުންތަކެއްގެ ބަސްއަހައިގެން ވެރިކަން ނުކުރެވޭނެ

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެކަމަކު ބައިވަރު ލީޑަރުންތަކެއް ބުނާ ބަސް އަހައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2018 101
އިންކަމް ޓެކްސް ނަގާނަން: އިބޫ

މުއްސަދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

August 20, 2018 18
"ކޮރަޕްޝަން ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދޭނަން"

ކޮރަޕްޝަންގެ މައުލޫމާތު ހާމަކުރާ މީހުންނަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގާނޫނީ ރައްކާތެރިކަން ދޭނެ ކަމަށް ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު...

August 20, 2018 32
ރަށުގެ މަރުހަބާއިން ފައިސަލް ފެންކަޅިކޮށްލައިފި

އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިން މޭޓް، ފައިސަލް ނަސީމް، އީދު ބަންދަށް، އޭނާގެ އުފަން ރަށް ފުވައްމުލަކަށް މިއަދު ވަޑައިގަތުމުން ހޫނު...

19 އޯގަސްޓް

August 19, 2018 18
ފްލެޓް ހައްގުވެރިންނަށް ދީ، އަގު ތިރިކުރާނަން: އިބޫ

ފްލެޓް ލިބޭނީ ހައްގުވެރިންނަށް ކަން ކަށަވަރުކޮށް، ފްލެޓްތަކަށް ދައްކަންޖެހޭ އަގު ކުޑަ ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ...

August 19, 2018 22
އެމްޑީއޭ ކައުންސިލް މެމްބަރު މަމްދޫހާގެ ތާއީދު އިބޫއަށް

ވެރިކަންކުރާ ޕާޓީ، ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ކައުންސިލް މެމްބަރު އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް...

18 އޯގަސްޓް

August 18, 2018 5
ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދެނީ

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.

August 18, 2018 85
އިންތިހާބު ކާމިޔާބުކުރުމާއި ކެންޑިޑޭޓް ނަންބަރު!

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ބަރު ގުރުއަތުން މިއަދު އެވަނީ ނަގައިފަ އެވެ. ރައީސް އަބްދުﷲ ޔާމީނަކީ ކެންޑިޑޭޓް ނަންބަރު "1" އެވެ. ކޯލިޝަންގެ ކެންޑިޑޭޓް...

17 އޯގަސްޓް

August 17, 2018 43
އިބޫއާ އެކު، ހުޅުމާލޭގެ ގިނަ ބަޔަކު ބާބެކިއު އަކަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކާ އެކު، ބާބެކިއުއެއްގައި މިރޭ...

August 17, 2018 61
ވެރިކަން ކުރުމުގެ ގާބިލް ކަމެއް އިބޫގެ ނެތް: އަޒްލީން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ...

16 އޯގަސްޓް

August 16, 2018 50
ތެލުގެ ޑިއުޓީ ކަނޑާލައި، އަގުހެޔޮ ކުރާނަން: އިބޫ

ތެލުން މިހާރު ނަގަމުން އަންނަ ދިހަ ޕަސެންޓްގެ ޑިއުޓީ ކަނޑާލައި، އަގު ހެޔޮ ކުރައްވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018 49
ހަރުމުދާ ވިއްކުމުގެ ސަގާފަތުން ދުރަކަށް ނުދޭ: ސައީދު

ދައުލަތުގެ ހަރުމުދާ ވިއްކުމުގެ ސަގާފަތުން އެމްޑީޕީ ދުރަށް ނުދާކަން ޔަގީންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2018 19
އިބޫ ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13...

August 14, 2018 66
ޝައްކެއް ނެތް، ކޯލިޝަން ރޫޅޭތަން ފެންނާނެ: ރައީސް

އަންނަ މަހު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ނުކުންނައިރު، އެ ކޯލިޝަން ރޫޅޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން...

13 އޯގަސްޓް

August 13, 2018 114
"ގެއްލުނު ފައިސާ ހޯދޭނެ ހިތްވަރެއް އިދިކޮޅަކު ނެތް"

ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދޭ ފަދަ ހިތްވަރެއް އިދިކޮޅު ކޯލިޝަންގެ ކިބައިގައި ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

12 އޯގަސްޓް

August 12, 2018 86
ސައީދު، އިބޫއަށް: ރޯކުރި ތަންތަނުގެ ވާހަކަ ދައްކާ!

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން މި ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް...

August 12, 2018 40
"ވައިގެމަގުން މަކުނުދުއަށް ދަތުރުތައް ފެށޭތޯ ބަލާނަން"

ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު...

11 އޯގަސްޓް

August 11, 2018 36
ގަބޫލުނުކުރެވޭ އަދަދަކަށް އެބަ ރީރަޖިސްޓްރީ ކުރޭ: އިބޫ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވާ އަދަދު ގަބޫލު ކުރަން ދަތިވަރަށް ގިނަ ކަމަށާއި އެހެންވެ، އެކަމަށް ސަމާލު ވުމަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ އިލްތިމާސް ކުރައްވައިފި އެވެ.

August 11, 2018 20
ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު...

August 11, 2018 31
ގަތަރާއި އީރާނާއި ކޮމަންވެލްތާއެކު ގުޅުން ގާއިމުކުރާނަން

ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން ކަނޑާލާފައިވާ ގުޅުން، އަލުން ގާއިމު ކުރައްވާނެ ކަމަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ...

10 އޯގަސްޓް

August 10, 2018 9
އިބޫގެ ރަށުން އިދިކޮޅު ކޯލިޝަނަށް ހޫނު މަރުހަބާއެއް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އުފަން ރަށް، ޅ. ހިންނަވަރަށް އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް...

August 10, 2018 12
ފައިސަލް ޅ. އަތޮޅުގައި، ޝަހީމް ފުވައްމުލަކަށް

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންނެވިއިރު ރައީސް...

09 އޯގަސްޓް

August 09, 2018 52
އިދިކޮޅު ކޯލިޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ދެނީ

އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާ އެއް ބޭއްވުމަށްޓަކައި މާލޭގެ ކާނިވާ ސަރަހައްދުގެ ބަދަލުގައި، ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން މިއަދު...

August 09, 2018 22
ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް...

08 އޯގަސްޓް

August 08, 2018 31
އިދިކޮޅުގެ ބޮޑު ޖަލްސާއަކަށް ކާނިވާ ދޭން އެދިއްޖެ

އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްޓަކައި ކާނިވާ ދޫކޮށްދޭން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.

August 08, 2018 60
ރައީސް ޔާމީން ހޮވައިފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ

ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިތުރު ދައުރަކަށް އިންތިޚާބު ކޮށްފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިއަދު...

August 08, 2018 7
ގާނޫނުތައް ވެސް ހަދަނީ ގާނޫނާ ހިލާފަށް: ރޮޒެއިނާ

ގާނޫނާ ހިލާފަށް އެމްޑީޕީން ކަންތައްތައް ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ އިރު ސަރުކާރުގެ ދަށުގައި އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަމުން ދަނީ ގާނޫނުތަކާ...

07 އޯގަސްޓް

August 07, 2018 22
"ތަރައްގީއަށް ވުރެ ކުރިން ބޭނުންވަނީ އަދުލް އިންސާފު"

ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ކުރިން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލް އިންސާފު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ލ. ގަމުގައި މިރޭ ވިދާޅުވެއްޖެ އެވެ.

August 07, 2018 17
ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނަން: އިބޫ

ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ކޯލިޝަންގެ ކެނޑިޑޭޓް...

06 އޯގަސްޓް

August 06, 2018 13
އިންވެސްޓްމަންޓުތައް ރައްކާތެރި ކުރާނީ ގާނޫނުން: އިބޫ

ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކަށަވަރު ކޮށްދޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2018 10
މި އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ: ފަައިސަލް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކޮންމެހެން ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުރިން ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް...

August 05, 2018 85
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން

ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކޮޕީ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ،...

04 އޯގަސްޓް

August 04, 2018 65
ހުރިހާ ރައްޔިތުންނަށް ގެދޮރު އަޅައިދޭނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ އެންމެންނަށް ގެދޮރު އަޅައި ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

August 04, 2018 77
އިދިކޮޅު ލީޑަރުންގެ ފޮޓޯ ނުޖެހުމަށް އިންޒާރު ދީފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިނުގައި ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު އާންމު ކުރަން ފެށުމާއެކު ގައިދީން...

August 04, 2018 28
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ...

03 އޯގަސްޓް

August 03, 2018 36
ކުރަމުން މިގެންދަނީ ގައުމީ މަސައްކަތެއް: އިބޫ

އިދިކޮޅު ކޯލިޝަނުން މިހާރު ކުރަމުން ގެންދަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

August 03, 2018 55
އިބޫގެ ކެމްޕޭންގައި ހަތަރު ލީޑަރުންގެ ފޮޓޯ ވެސް!

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕޭންގެ ޕޯސްޓަރު ހަރުކުރުން މިއަދު ރަސްމީކޮށް ފެށިއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިބޫ އާއި އޭނާގެ...

August 03, 2018 98
މަޝްރޫއުތައް ކުރިއަށް، ބިމުގެ އިސްލާހު ބަދަލުކުރާނަން

ރާއްޖޭގައި ގާނޫނާ އެއްގޮތަށް ކުރިއަށް ދާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު...

02 އޯގަސްޓް

August 02, 2018 13
ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރާނަން:އިބޫ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ފުރިހަމަ ތަހުގީގެއް އޭނާގެ ވެރިކަމެއްގައި ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.