31 ޖުލައި

July 31, 2019 8
ހައްޖަށް ދާން ޕެންޝަނުން ނެގޭވަރު ބޮޑުކުރަން ފާސްކޮށްފި

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

July 31, 2019 3
އަމީރުލް ހައްޖަކަށް މިނިސްޓަރު އަސްލަމް ހަމަޖައްސައިފި

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.

July 31, 2019 24
"ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން"

ސިއްހީ ދަައިރާގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

27 ޖުލައި

July 27, 2019 19
ކުޅިވަރުތަކުން ދެއްކީ ގުރުބާނީ އާއި އެއްބައިވަަންތަކަން!

މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުން ރާއްޖޭގެ މިނިވަންކަން ހޯދަން އެކި ދުވަސްވަރު ވެފައިވާ ގުރުބާނީ އާއި ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމުގެ ހަނދާންތައް މިރޭ އާކޮށް ދީފި އެވެ.

26 ޖުލައި

July 26, 2019 54
ފަރުދީ މިނިވަންކަމާއި ބިން ހިމާޔަތްކޮށްދޭނަން: ރައީސް

ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މި ފަސްގަނޑުން އެންމެ ތަންފުކެއްގެ ވެސް މިލްކުވެރިކަން ބޭރުގެ ބަޔަކަށް ދޫކޮށް ނުލައްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފި އެވެ.

25 ޖުލައި

July 25, 2019 12
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ ބާއްވަވައިފި އެވެ.

24 ޖުލައި

July 24, 2019 46
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

23 ޖުލައި

July 23, 2019 12
ސުޕްރީމްކޯޓުގެ ބެންޗު އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

22 ޖުލައި

July 22, 2019 80
ރައީސް ނެންގެވި ފޯރި އާއި ދެއްވި ހިތްވަރަށް މެޑެއްޔެއް ހައްގު!

މޮރިޝަސް ކުޅުންތެރިޔާ ފޮނުވާލި ބާރު ޝޮޓް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްގެ ހާފަށް ވެއްޓުމާ އެކު، ރާއްޖެ އަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިހުގެ ރަން މެޑަލް ކަށަވަރުވީ އެވެ. ބައިނަލްއަގްވާމީ ގޭމްސްއެއްގައި ރާއްޖެ އަށް ޓީމު އިވެންޓުން ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. ދިވެހި ކުޅިވަރުގެ މުޅިން އާ...

20 ޖުލައި

July 20, 2019 4
ރައީސް، މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު...

July 20, 2019 7
ރައީސް، މޮރިޝަސްގެ ވަގުތީ ރައީސާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭއާ މިއަދު ބައްދަލު...

18 ޖުލައި

July 18, 2019 5
ރައީސްގެ ދެކަނބަލުން މޮރިޝަސް އަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު މޮރިޝަޝް އަށް ވަޑައިގެންފި އެވެ.

16 ޖުލައި

July 16, 2019 7
ބާ ކައުންސިލްގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވައިފި

ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

July 16, 2019 107
އާ ސަރުކާރުގެ ފުރަތަމަ ޕާކް: މަންޒަރު ބަދަލުކޮށްލައިފި

ކުރީގައި ނަމަ އެއީ ލޮނުޒިޔާރަތްކޮޅެވެ. ގޮތް ނޭނގޭ ޒިޔާރަތެއް ހުރި، އެ ޒިޔާރަތަށް ނަދުރުބުނެ އުޅުނެވެ. ބައެއް ހާއްސަ ދުވަސްތަކުގައި ރަސްރަސްކަލުން ރަސްމީ ގޮތުން އެތަނަށް ޒިޔާރަތް...

15 ޖުލައި

July 15, 2019 3
ޕީސީބީ އަލުން އެކުލަވައިލަން ރައީސަށް ދަންނަވަނީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަލުން އެކުލަވައިލަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށް ޓަކައި އެ މައްސަލަ...

July 15, 2019 9
ގޭމްސް ބާއްވަން ބޮޑު ހަރަދެއް ނުކުރާނެ: ރައީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ ނަމަ، އެ މުބާރާތަށް ވަސީލަތްތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން...

14 ޖުލައި

July 14, 2019 7
ސަޕޯޓަރުންގެ އުންމީދުތައް މަތިވެއްޖެ، ބޭނުންވަނީ މެޑަލް: ރައީސް

ކުޅިވަރުގައި ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައި ކަމަށާއި މިއީ މެޗަކުން އެއްވަރުވެގެން ނުވަތަ މެޗަކުން މޮޅުވެގެން އެކަނި، ހިތްހަމަޖައްސާލައިގެން ތިބެވޭ...

July 14, 2019 71
ރައީސް ބޭނުންވަނީ އާންމުންގެ ހިޔާލާއެކު ކަންކަން ކުރަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަން ދެއްވަނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަންކަން ކުރިއަށް ގެންދަވަން ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކުރަން ކަމަށް ނައިބު ރައީސް...

13 ޖުލައި

July 13, 2019 9
ބާ ކައުންސިލާ މެދު ޔަގީންކަން އެބަ އޮތް: ރައީސް

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން ގާނޫނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

July 13, 2019 41
މަސްވެރިންގެ ކަންބޮޑުވުންތަކަށް ރައީސްގެ އުއްމީދީ ޖަވާބު

މަސްވެރިކަމުގެ ފައިދާ މަސްވެރިންނަށް ހޯދައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލުހޯދުމަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި، މަސްވެރިންނާއި އާއްމުން ގިނަ ކަންބޮޑުވުންތަކެއް...

12 ޖުލައި

July 12, 2019 14
ބޮޑު އަގު ލިބޭ ގޮތަށް މިފްކޯއަށް ބަދަލު ގެންނަންޖެހޭ

މަސްވެރިން ބާނާ މަހަށް މިހާރަށް ވުރެ ބޮޑު އަގު ލިބޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ...

July 12, 2019 45
މިއަހަރު ރާއްޖޭގެ އާބާދީ ފަސްލައްކައަށް އަރާނެ: ރައީސް

އަންދާޒާތަކަށް ބަލާއިރު މި އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

11 ޖުލައި

July 11, 2019 56
އާމްދަނީ ބޭރަށް ދާ މައްސަލަ ހައްލުކުރަން ޖެހޭ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރުވާ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ...

July 11, 2019 72
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް

ރާއްޖެ އަށް އާމްދަނީ ހޯދުމުގައި ބައިވެރި ނުވާ ބަޔަކު ތިބުމަކީ އެކަމުގެ ސަބަބުން އިގުތިސާދަށް ލޮޅުން އަރާނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2019 27
ޑަބްލިއުއެލްޓީގެ ފައިސާއިން ވިލާގެ ބިލްތަކަށް ނުކެނޑޭނެ

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު، އެ ރަށްތައް ސަރުކާރުން ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގްރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީ އަށް އެނގުމަކާ ނުލައި ކަމަށް ބުނެ އެ ކުންފުނިން މައްސަލަ ޖައްސަން ފަށައިފި އެވެ.

09 ޖުލައި

July 09, 2019 10
ރައީސް ދަރިވަރުންނަށް: ޖަޒީރާވަންތަކަން އާލާކޮށްދީ!

ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި، ގައުމު ތަރައްގީކުރަން ދަންނަ ބައެއް ކަމަށް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކިޔަވާ ކުދިންގެ ކިބައިން މިރޭ އެދިވަޑައިގަންނަވައިފި...

July 09, 2019 32
އާ މަގާމުތަކަކާ އެކު އެމްއޭސީއެލް އަށް ބަދަލު ގެންނަނީ

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވަނީ އެއީ ބޮޑު...