13 ޖޫން

June 13, 2019 7
އީޕީއޭ މިނިވަން ތަނަކަށް ހަދާނަން: ރައީސް

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަކީ މިނިވަން ތަނަކަށް ވަރަށް އަވަހަށް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

June 13, 2019 11
ކޮރަޕްޝަން ބަލާ ކޮމިޝަންގެ މަސައްކަތް ލަސް: ހޫދު

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން މި ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް...

12 ޖޫން

June 12, 2019 4
އެސްއެމްއީގެ ސިޔާސަތަށް އަމަލު ކުރަން ފަށަނީ

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަ މާހައުލެއް ގާއިމް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަށް އަމަލު ކުރަން ކެބިނެޓުން ނިންމައިފި އެވެ.

June 12, 2019 12
ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފި

ބޮޑު ތިލަދުންމަތީގެ ފާހަގަކުރެވޭ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

June 12, 2019 9
ދިވެހި ކްރިކެޓަށް ސަޗިން ހެޔޮއެދުންތައް ފޮނުވައިފި

ދުނިޔޭގެ ކްރިކެޓް ޗާޓުން ދިވެހިރާއްޖެ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން އަދި އިންޑިއާ ގައުމީ ޓީމުގެ ކުރީގެ...

11 ޖޫން

June 11, 2019 19
ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ސުވާލު ކުރަނީ!

ވަޒީރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އެ މަޖިލިހަށް ފޮނުއްވުމުން އެ ބޭފުޅުންނާ ސުވާލު ކުރަންޖެހޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.

June 11, 2019 96
ސަރުކާރެއް ނުހިންގޭ، ދަރަނި ދަނީ ބޮޑުވަމުން: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފައިސާ ހޯދާނެ ގޮތެއް ނޭނގޭ ކަމަށާއި ދައުލަތުގެ ދަރަނި ބޮޑުވަމުން ދާ ކަމަށް އެމަނިކުފާނުގެ ކުރީގެ ސްޕެޝަލް އެންވޯއީ އަދި...

June 11, 2019 145
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟

ތިރީސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މި އަހަރަށް ފާސްކުރި އިރު އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށެވެ. އެކަމަށް...

10 ޖޫން

June 10, 2019 9
ރައީސް، ނަމާލްއާ ބައްދަލުކުރައްވައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

09 ޖޫން

June 09, 2019 18
މޯދީ އަށް ހަދިޔާކުރެއްވި ގުޅިން ފަންނުވެރިޔާ އުފަލުން

ގަލުގައި ދިވެހި ޒަމާންވީ ކުރެހުންތައް ކަނޑައިނެގުމުގެ މަސައްކަތްކުރާ، މުހައްމަދު އިމްރާނުގެ އުފެއްދުންތައް އަބަދުވެސް ރައީސް އޮފީހުގައި ހުރެ އެވެ. އެއީ ހަދިޔާގެ ގޮތުގައި ބޭރުގެ...

June 09, 2019 45
މަގުތައް ހަދައި، ބަލަހައްޓަން ކުންފުންޏެއް އުފައްދައިފި

މަގުތައް ހަދައި،ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އުފައްދަވައިފި އެވެ.

08 ޖޫން

June 08, 2019 18
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ...

June 08, 2019 25
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"

ރާއްޖެ ދެމިއޮންނާނީ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމުގެ ޔަގީން ކަން ދެއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއާ މެދު ބަހައްޓަވާ ގާތް ގުޅުމާއި...

04 ޖޫން

June 04, 2019 18
މިއީ މާފުކޮށް، ގުޅުން ބަދަހިކުރަންވީ ދުވަސް: ރައީސް

އީދު ދުވަހަކީ، އެކަކު އަނެކަކަށް މާފުކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާ އެކު، އިޖުތިމާއީ ގުޅުންތައް ބަދަހިކުރަންވީ ދުވަސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

03 ޖޫން

June 03, 2019 25
ރައީސްގެ އީދު ސަލާމް ކުރުން ނުބާއްވަން ނިންމައިފި

ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން މާދަމާ ނުބާއްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.

June 03, 2019 14
ޖޭއެސްސީގެ މެމްބަރަކަށް ހިސާން އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެމްބަރު ހިސާން ހުސައިން އެ ކޮމިޝަނަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

02 ޖޫން

June 02, 2019 8
ރައީސްގެ ފުރަތަމަ އީދު ސަލާމްކުރެއްވުން މުލީއާގޭގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ފިތުރު އީދު ދުވަހުގެ އީދު ސަލާމް ކުރެއްވުން، އެމަނިކުފާނު ދިރިއުޅުއްވާ ސަރުކާރުގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

01 ޖޫން

June 01, 2019 29
އުންމަތުގެ ލާބަޔަށް މަސައްކަތް ކުރާނަން: ރައީސް

އިސްލާމީ އުންމަތުގެ ލާބަޔަށް ކުރެވެން އޮތް ކޮންމެ ކަމެއް ރާއްޖެ އިން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

31 މެއި

May 31, 2019 17
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް

ރާއްޖެ އަކީ ދުޅަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

30 މެއި

May 30, 2019 31
ސައުދީން ރައީސަށް ހޫނު މަރުހަބާއެއް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

29 މެއި

May 29, 2019 60
މަލީކުގެ ލޯބި ބަސްތަކުން ސޯޝަލް މީޑިއާ ހެއްވާލައިފި

ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ހުކުރު މިސްކިތުން ތަރާވީސް ނަމާދު ނިންމެވުމަށް ފަހު ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަ ދެއްކި ކުޑަކުޑަ ކުއްޖަކަށެވެ.

May 29, 2019 6
އޯއައިސީ ސަމިޓަށް ރައީސް ފުރާވަޑައިގެންފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަރަބިއްޔާ އަށް މިއަދު...

May 29, 2019 28
ޖޭއެސްސީގެ މެމްބަރަކަށް ނަޝީދު އައްޔަން ކުރައްވައިފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިންތިޚާބު ކުރުމާ އެކު، އެ މަގާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް...

28 މެއި

May 28, 2019 31
ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރާ ގަވައިދު ނެރެފި

ޕެންޝަން ފައިސާ އިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ކަނޑައަޅައި ޕެންޝަން އޮފީހުން އެކުލަވައިލި ގަވައިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

May 28, 2019 16
ގާތްމީހުންނަށް މަންފާ ހޯދައިދިނުން ރަނގަޅުވީތޯ: ޖަމީލް

އާއިލީ ގޮތުން ގާތްމީހުންނަށް މަންފާވާ ގޮތަށް ސިޔާސީ ކަންކަން ނިންމުން މިހާރު ބަލައިގަނެވޭ ކަމަކަށް ވީތޯ ސުވާލުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރީގެ...

27 މެއި

May 27, 2019 58
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ބޮޑު ނިންމުން މިރޭ ބުރަވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮޅަށް ހެއްޔެވެ؟ ނުވަތަ ވޯޓުގެ ނަތީޖާ ނުކުންނާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ހެއްޔެވެ؟

May 27, 2019 29
އެމްޑީޕީގެ ބޮޑު ނިންމުން މިރޭ ދަރުބާރުގޭގައި

މާދަމާ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނަމެއް ކަނޑައެޅުމުގެ ވޯޓު މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

May 27, 2019 82
އަސްލަމް ގަބޫލުކުރައްވަނީ އެންމެ ގާބިލީ އޭނާ ކަމަށް!

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ސިޔާސީ އެތެރެކޮއިލު" ގެ އިސް އެއް ބޭފުޅާ އެވެ. މިދިޔަ މަހު އޮތް އާންމު އިންތިޚާބަށް...

26 މެއި

May 26, 2019 91
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް...

24 މެއި

May 24, 2019 7
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.

22 މެއި

May 22, 2019 108
މަޖިލީސް ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް: ރައީސް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް...

May 22, 2019 12
ގައުމީ އިނާމް، ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކޮށްފި

ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.