17 މާޗް

March 17, 2020 43
އިންތިޚާބު ލަސްކުރުމުގެ ފަރުވާ އޮތީ މަޖިލީހުގައި:ނަޝީދު

އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2020 81
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު

ރައްޔިތުންނަށް ހެޔޮއެދިގެން އެެމްޑީޕީން މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްތައް ކޮށްދީފައިވީ ނަމަވެސް އެ ކަން ފާހަގަނުކޮށް، "މި ތިބެވެނީ މާ މަޑުން" ކަމަށާއި ޕާޓީ ހިންދެމިލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2020 42
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބޭއިންސާފާއި ހައްގު ނިގުޅައިގަތުމުގެ އުސޫލު އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުނުކުރާނެ ކަމަށާއި ހައްގުވެރިންނަށް...

March 02, 2020 152
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު

މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން...

24 ފެބުރުއަރީ

February 24, 2020 103
ވަށަފަރޭ ވިދާޅުވެ އޮޅުވައެއް ނުލެވޭނެ: މުއިއްޒު

ހއ. ވަށަފަރަށް އޭނާ ނިސްބަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ އެންޓި ކެމްޕޭން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 42
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްްޒު ނުސީދާކޮށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2020 64
މި އަހަރުގެ މަޝްރޫއުތައް 500 އަށް ވުރެގިނަ: ރައީސް

ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައިވެރިއެއްގެ ގޮތުން ކައުންސިލްތަކަށް ދީފައިވާ ގާނޫނީ ބާރުވެރިކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެން ގިނަ މަޝްރޫއު މި އަހަރު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2020 98
60 ޕަސެންޓަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާނެ: ރައީސް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އެމްޑީޕީން ކާމިޔާބު ކުރާނީ 60 ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 50
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

01 ފެބުރުއަރީ

February 01, 2020 47
ވޯޓު ފޮށިތައް އަންދާލީ ޖޯޝް ގަދަވެގެން: ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައަޅަން އިއްޔެ ބޭއްވި ޕްރައިމަރީގައި، ގއ. އަތޮޅުގައި ހިނގި ހަމަނުޖެހުން ތަކަކީ "ޖޯޝު ގަދަވެގެން" ވީ ކަމެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2020 35
އެމްޑީޕީގެ ވާހަކަ ގިނަ، އަމަލެއް ނުފެނޭ: ޝިޔާމް

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާ ދިމާކޮށް ވެސް އެމްޑީޕީގެ ވައުދުތަކާއި ވާހަކަތައް ގިނަވެއްޖެ ކަމަށާއި މީގެކުރިން ދެއްކި އެފަދަ ވާހަކަތަކަށް އަމަލީ ސިފަ ގެނައުމަށް...

January 16, 2020 33
އެހެން ޕާޓީތަކުން ދައްކަނީ ގައުމެއް ހަލާކުވާނެ ސިފަތައް

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު...

15 ޖެނުއަރީ

January 15, 2020 38
ޔުމްނާ: އެއް ޕާޓީއަށް ހުރިހާ ގޮނޑިތައް ދިނުން ގޯސް!

އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދިނުން ގޯސް ކަމަށް ވިދާޅުވެ، ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭންގައި އެ ޕާޓީ އަށް އަޣުލަބިއްޔަތު ދޭން ޖެހޭ ކަަމަށް ދައްކަމުން އަންނަ ވާހަކަ އަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އަދި އެމްއާރުއެމްގެ ނައިބު ރައީސް ޔުމްނާ މައުމޫން، ނުސީދާ ރައްދެއް މިއަދު ދެއްވައިފި އެވެ.

14 ޖެނުއަރީ

January 14, 2020 78
ހާއްޔަށް އެހެން ބަޔަކު ބިސްއަޅާނެ ކަމެއްނެތް: ނަޝީދު

މިއީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ހާއްޔަށް އެހެން ބަޔަކަށް ބިހެއް ނޭޅޭނެ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2020 37
ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން: ނަޝީދު

އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ކޯލިޝަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019 35
ކުރީގެ ރައީސުންނަށް މަޖިލީހުގެ ދޮރު ބަންދުވާން ޖެހޭތަ؟

ރާއްޖޭގެ ކުރީގެ ރައީސުން މިހާތަނަށް ވެސް ދަމަހައްޓަމުން އައި އެއް ސަގާފަތެއް އޮވެ އެވެ: ރައީސްކަމުން ވަކިވެވަޑައިގަތުމަށް ފަހު ދައުލަތުގެ އެހެން މަގާމެއް އަދާނުކުރެއްވުމެވެ. އަލުން ރައީސް ކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވިޔަސް އަދި ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތަސް، ރައީސް ކަމަށް ވުރެ ދަށް...

24 ޑިސެމްބަރ

December 24, 2018 26
87 ދާއިރާ އަށް ޖޭޕީ ނުކުތުމަކީ ކުރިއެރުމެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޖުމްހޫރީ ޕާޓީން ހުޅުވާލުމަކީ ޑިމޮކްރަސީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2018 15
އިންތިޚާބުގެ ޕްރައިމަރީއަށް ނަޝީދު ފޯމު ހުށަހަޅައިފި

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

09 ނޮވެމްބަރ

November 09, 2017 14
އިންތިހާބަށް ބޭރު ބަޔަކު ވަންނަން ފުރުސަތެއް ނެތް

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބަޔަކު ވަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2017 139
ފައިނަލުގައި ކުޅެން އޮތީ ޑިސްކޮލިފައި ޓީމެއް: ޝައިނީ

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން 2018 ގައި އިންތިހާބުކުރަން، ފައިނަލްގައި ކުޅެން އޮތީ ޑިސްކޮލިފައި ވެފައި އޮތް ޓީމެއް ކަމަށާއި އެ މެޗު ފަސޭހަކަމާ އެކު ވެރިކަން ކުރާ ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.