30 މެއި

May 30, 2020 14
އިދިކޮޅުގެ "އާނބަސް" ނުލިބުމުން ވޯޓު ހޯމަދުވަހުގެ ރޭ

ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް މިއަދު ފާސްކުރަން ކުރި މަސައްކަތަށް އިދިކޮޅު މެމްބަރުންގެ އާނބަސް ނުލިބުމުން، އަންނަ ހޯމަދުވަހުގެ ރޭ...

May 30, 2020 7
މަޖިލިސް: މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން...

28 މެއި

May 28, 2020 53
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލް ބަލައިގަތުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ޕާޓީގެ ހަތަރު މެމްބަރަކު އެއާ ޚިލާފުވެއްޖެ އެވެ.

27 މެއި

May 27, 2020 17
މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބާއްވަނީ

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަށް ބަހުސް ކުރުމަށް މިރޭ ވެސް ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

26 މެއި

May 26, 2020 15
ގާނޫނުއަސާސީ އިސްލާހު ކުރަން ވަކީލުން ހިޔާލު ތަފާތު

މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ގާނޫނީ ތަޖުރިބާކާރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުން އުފެދިފައިވާ ކަމެއް ކަމަށް...

May 26, 2020 28
ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި

ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު، މިއަދު ޖަލްސާތައް ފަށައި ގާނޫނުއަސާސީ...

25 މެއި

May 25, 2020 259
މަޖިލިހުގެ ރައީސް ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

20 މެއި

May 20, 2020 26
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް

ކޮވިޑް-19 ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެން ނެތިގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، ނިންމަން...

May 20, 2020 8
ދައުރު ދެންމުމުގެ އިސްލާހު އަންނަ ހަފުތާގައި ނިންމަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނު އަސާސީއަށް ބަަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ އަންނަ ހަފުތާގައި ނިންމަން އެޖެންޑާ ކުރައްވާނެ ކަމަށް...

08 އެޕްރީލް

April 08, 2020 42
ނަޝީދު ހިޔާލުފާޅުކުރެއްވުމަށް ފަހު ޖަލްސާ ހުއްޓާލައިފި

ކޮވިޑް-19 އާ ހެދި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި އެކަމާ ގުޅިގެން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޚިޔާލު ފާޅުކުރުމަށް ފަހު، އެއިން އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް މަޖިލީހުގެ މިއަދުގެ ޖަލްސާ ކުއްލިއަކަށް ނިންމާލައިފި އެވެ.

07 އެޕްރީލް

April 07, 2020 17
ދެ ދުވަހުގެ ބަހުސަކީ ހިޔާލު ހޯދުމެއް: ނަޝީދު

މިހާރުގެ ކައުންސިލްތަކުގެ އުމުރު ދިގުކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން އިސްހާލު ހުށައެޅިޔަސް، މިދިއަ ދެ ދުވަހު އޮތް ބަހުސުން ދޭހަވީ، އެފަދަ ބަދަލެއް ގެނައުމަކީ މެމްބަރުންގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.

17 މާޗް

March 17, 2020 43
އިންތިޚާބު ލަސްކުރުމުގެ ފަރުވާ އޮތީ މަޖިލީހުގައި:ނަޝީދު

އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2020 81
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު

ރައްޔިތުންނަށް ހެޔޮއެދިގެން އެެމްޑީޕީން މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްތައް ކޮށްދީފައިވީ ނަމަވެސް އެ ކަން ފާހަގަނުކޮށް، "މި ތިބެވެނީ މާ މަޑުން" ކަމަށާއި ޕާޓީ ހިންދެމިލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2020 121
އިތުބާރަށް އެދިވަޑައިގެން ދެ ރައީސުން ގޭގެޔަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކާމިޔާބުކުރުން މުހިންމު އިންތިހާބެއް ކަމަށާއި އެހެންވެ ރައްޔިތުން މިފަހަރު އެ ޕާޓީ އަށް އިތުބާރުކޮށް ވޯޓު ދިނުން އެދިވަޑައިގަންނަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު...

05 މާޗް

March 05, 2020 42
އަތޮޅު ކައުންސިލަށް މުހިންމީ ފަންނީ މީހުން: ނަޝީދު

ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގަން އަތޮޅު ކައުންސިލްތަކަށް މުހިންމީ ފަންނީ މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

03 މާޗް

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2020 42
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބޭއިންސާފާއި ހައްގު ނިގުޅައިގަތުމުގެ އުސޫލު އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުނުކުރާނެ ކަމަށާއި ހައްގުވެރިންނަށް...

March 02, 2020 152
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު

މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން...

24 ފެބުރުއަރީ

February 24, 2020 103
ވަށަފަރޭ ވިދާޅުވެ އޮޅުވައެއް ނުލެވޭނެ: މުއިއްޒު

ހއ. ވަށަފަރަށް އޭނާ ނިސްބަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ އެންޓި ކެމްޕޭން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

23 ފެބުރުއަރީ

February 23, 2020 42
ނަޝީދަށް ރައްދު ދެއްވަން މުއިއްޒު ބޭނުމެއް ނޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލެވެލަށް ވެއްޓެން ބޭނުން ނުވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްްޒު ނުސީދާކޮށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2020 64
މި އަހަރުގެ މަޝްރޫއުތައް 500 އަށް ވުރެގިނަ: ރައީސް

ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައިވެރިއެއްގެ ގޮތުން ކައުންސިލްތަކަށް ދީފައިވާ ގާނޫނީ ބާރުވެރިކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެން ގިނަ މަޝްރޫއު މި އަހަރު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2020 98
60 ޕަސެންޓަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާނެ: ރައީސް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އެމްޑީޕީން ކާމިޔާބު ކުރާނީ 60 ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 50
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.