12 އެޕްރީލް

April 12, 2020 23
މަޖިލީހުގެ އާއްމު ޖަލްސާތައް ފަށަން މަސައްކަތްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާތައް އަންނަ ހަފުތާގައި ފަށަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާތީ ޖަލްސާތައް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާ އިން މިރޭ ބުނެފި އެވެ.

08 އެޕްރީލް

April 08, 2020 42
ނަޝީދު ހިޔާލުފާޅުކުރެއްވުމަށް ފަހު ޖަލްސާ ހުއްޓާލައިފި

ކޮވިޑް-19 އާ ހެދި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި އެކަމާ ގުޅިގެން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޚިޔާލު ފާޅުކުރުމަށް ފަހު، އެއިން އެއްވެސް ކަމެއް ކުރިއަށް ނުގެންގޮސް މަޖިލީހުގެ މިއަދުގެ ޖަލްސާ ކުއްލިއަކަށް ނިންމާލައިފި އެވެ.

07 އެޕްރީލް

April 07, 2020 17
ދެ ދުވަހުގެ ބަހުސަކީ ހިޔާލު ހޯދުމެއް: ނަޝީދު

މިހާރުގެ ކައުންސިލްތަކުގެ އުމުރު ދިގުކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން އިސްހާލު ހުށައެޅިޔަސް، މިދިއަ ދެ ދުވަހު އޮތް ބަހުސުން ދޭހަވީ، އެފަދަ ބަދަލެއް ގެނައުމަކީ މެމްބަރުންގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.

06 އެޕްރީލް

April 06, 2020 13
ގާނޫނުއަސާސީ އިސްލާހުކުރަން ހުރަހެއް ނެތް: އޭޖީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

April 06, 2020 30
ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދު ސުވާލު އުފައްދައިފި

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު...

02 އެޕްރީލް

April 02, 2020 124
މެމްބަރުން ވިސްނަވަނީ ރާއްޖެ އަނބުރައިލަން: ނަޝީދު

ކޮވިޑް-19އާ އެކު، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދޭނީ ރާއްޖޭގެ އިގްތިސާދީ މިސްރާބު...

April 02, 2020 34
ނަޝީދު، ކޮރޯނާވައިރަސް އަށް ނެގެޓިވް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮރޯނާވައިރަސް ޓެސްޓް ނެގެޓިވް ވެއްޖެ އެވެ.

01 އެޕްރީލް

April 01, 2020 53
ނަޝީދު، ކޮވިޑް-19 އަށް ޓެސްޓުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރައްވައިފި އެވެ.

April 01, 2020 69
ކޮވިޑް-19އަށް ޓެސްޓްކުރަން މިހިރީ ތައްޔަރަށް: ނަޝީދު

މި ފަހުން އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައެޅި އުސޫލާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓްކުރަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި...

30 މާޗް

March 30, 2020 34
މެމްބަރުން ވާންވީ ރައްޔިތުންގެ އެކުވެރިންނަށް: ނަޝީދު

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 17 މީހަކު ފެނިފައިވާއިރު، ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށާއި މިފަދަ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

25 މާޗް

March 25, 2020 68
އިންޓަނެޓް އަގުހެޔޮ ނުކުރާ މައްސަލަ މަޖިލީހަށް

ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައި ވާއިރު އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިރޭ...

24 މާޗް

March 24, 2020 49
ޖަލްސާތައް އޮންލައިންކޮށް ގެންދަން ނިންމައިފި

ކޮވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށް ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.

20 މާޗް

March 20, 2020 23
ކޮވިޑް 19: ކާމިޔާބާ ގުޅިގެން ތައުރީފާއި ޝުކުރު

ކޮވިޑް 19ގެ ހާލު ބޮޑުވެގެން ފަރުކޮޅުފުށިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އަށް ލި އިޓަލީގެ، އުމުރުން 70 އަހަރުގެ މީހާ އާއި އޭނާގެ އަނބިމީހާ މުޅިން ރަނގަޅުވުމާ އެކު އެ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރާއި ތައުރީފު އޮހެމުން އެބަ ދެ އެވެ.

18 މާޗް

March 18, 2020 13
މަޖިލިސްގެ ޖަލްސާތައް ވެސް ހުއްޓާލައިފި

ހާއްސަ ހާލަތެއްގައި މެނުވީ ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލައިފިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނުކުރައްވައިފި އެވެ. މަޖިލީހުގެ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރާނީ ގޭގައި ތިބެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

17 މާޗް

March 17, 2020 43
އިންތިޚާބު ލަސްކުރުމުގެ ފަރުވާ އޮތީ މަޖިލީހުގައި:ނަޝީދު

އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

16 މާޗް

March 16, 2020 185
ރާގު ބަދަލުވެ، ފިިޔަވަޅުތަކަށް ނަޝީދުގެ ތައުރީފް

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން، އެ ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ރަނަގަޅު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

07 މާޗް

March 07, 2020 81
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު

ރައްޔިތުންނަށް ހެޔޮއެދިގެން އެެމްޑީޕީން މިހާތަނަށް ވަރަށް ބުރަކޮށް މަސައްކަތްތައް ކޮށްދީފައިވީ ނަމަވެސް އެ ކަން ފާހަގަނުކޮށް، "މި ތިބެވެނީ މާ މަޑުން" ކަމަށާއި ޕާޓީ ހިންދެމިލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2020 121
އިތުބާރަށް އެދިވަޑައިގެން ދެ ރައީސުން ގޭގެޔަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކާމިޔާބުކުރުން މުހިންމު އިންތިހާބެއް ކަމަށާއި އެހެންވެ ރައްޔިތުން މިފަހަރު އެ ޕާޓީ އަށް އިތުބާރުކޮށް ވޯޓު ދިނުން އެދިވަޑައިގަންނަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު...

05 މާޗް

March 05, 2020 42
އަތޮޅު ކައުންސިލަށް މުހިންމީ ފަންނީ މީހުން: ނަޝީދު

ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގަން އަތޮޅު ކައުންސިލްތަކަށް މުހިންމީ ފަންނީ މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

04 މާޗް

March 04, 2020 47
ކޮރޯނާވައިރަސް: އިދިކޮޅުން އުޅެނީ ހާސްކަން އުފައްދަން؟

ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ބާރަށް ފެތުރެމުންދާ ދިއުމާ މެދު ރާއްޖޭގައި ހާސްކަން އުފެދޭ ގޮތަށް ވާހަކަދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި ބައެއް...

March 04, 2020 67
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"

ރާއްޖެ އަށް އެމަނިކުފާނުގެ އެހީތެރިކަމާ އެކު، ދީނާ ދެކޮޅު ޖަމިއްޔާއެއް ގެނެސް ވޯކްޝޮޕްތައް ބޭއްވި ކަމަށް ވިދާޅުވެ ހަގީގަތެއް ނެތް ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ...

03 މާޗް

March 03, 2020 91
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރަކު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2020 43
ކަމުނުދިޔަ ޒަހާ އަށް ނަޝީދު ދެއްވީ އޭ ރިޕޯޓެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދު ވަކިކުރާނެ ކަމުގެ އިންޒާރު ދީ، އަދި އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވަމުން ދަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޒަހާ އަށް "އޭ"...

March 02, 2020 42
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް

ބޯހިޔާވަހިކަމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ބޭއިންސާފާއި ހައްގު ނިގުޅައިގަތުމުގެ އުސޫލު އެމްޑީޕީގެ ވެރިކަމުގައި ތަންފީޒުނުކުރާނެ ކަމަށާއި ހައްގުވެރިންނަށް...

March 02, 2020 152
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު

މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން...

01 މާޗް

March 01, 2020 40
އަމިއްލަ މީހެއްގެ ލޯނު މައްސަލަ ވެސް މަޖިލިހަށް!

ރައްޔިތުންގެ މަޖިލިހުން މިހާރު ފެންނަ ބައެއް މަންޒަރުތަކުން، އެއް ބަޔަކަށް ގަބޫލުކުރެވެނީ، ގައުމު ހިންގުމުގެ ބާރު ވެސް އޮތީ އެތަނަށް ކަމެވެ. އާންމު މީހަކާއި ބޭންކަކާ ކޮށްފައިވާ މުއާމަލާތެއްގެ މައްސަލަ ވެސް، ކޮމިޓީއަށް ވައްދައިފި އެވެ. ވަޒީރުން މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު...