28 އޮކްޓޯބަރ

October 28, 2019 11
މީރާ އަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2019 12
މީރާ އަށް ފަތުހުﷲ އައްޔަންކުރަން ކޮމިޓީން ނިންމައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން އިގްތިސާދީ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019
މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ދެ ނަން ކޮމިޓީއަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމެއް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

16 އޮކްޓޯބަރ

October 16, 2019 6
އިދިކޮޅު ލީޑަރުންނަށް އަމާޒުވި އިސްލާހު ބާތިލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން، ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިއަ އަހަރު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބާތިލްކުރަން މިއަދު ފާސްކޮށްފި އެވެ.

18 އޯގަސްޓް

August 18, 2019 27
އިދިކޮޅު ލީޑަރުންނަށް އަމާޒުކުރި އިސްލާހު ބާތިލްކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން މިދިއަ އަހަރު، ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން، ސަރުކާރުން މިއަދު ހުށައަޅައިފި އެވެ.

15 އެޕްރީލް

April 15, 2019 26
މާނިއުއާއެކު 26 މީހަކު އެންއައިސީއަށް ކުރިމަތިލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި، އެ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއުއާ އެކު 26 މީހެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

05 މާޗް

March 05, 2019 6
އީސީ އަށް މެމްބަރަކު އައްޔަން ކުރަން ވޯޓަކަށް ނޭހި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އިސްމާއިލް ހަބީބްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހަށް އެޖެންޑާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓާ މެދު މެމްބަރަކު މިއަދު ކުރެއްވި ޝަކުވާއަކާ ގުޅިގެން އެއަށް ވޯޓަށް ނާހައި ފަސްކޮށްފި އެވެ.