15 މެއި

May 15, 2018 40
ވެރިކަމުގެ ނިޒާމެއް ނޫން، މައްސަލައަކީ މިއީ!

ތިން ބާރުގެ ތަޅާފޮޅުމެވެ. އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަނެ، މިނިވަން ކަމަށް އަރައިގަތީ އެވެ. ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މިނިވަން މުއައްސަސާތައް މިވަނީ ޒިންމާ އަދާކުރަން ނުކުޅެދިފަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މި ހަނގުރާމައިގައި ރައްޔިތުން...

25 އެޕްރީލް

April 25, 2018 34
މަޖިލީހާއި ޖުޑިޝަރީއަށް ވުރެ ބާރުގަދައީ ރައީސް: އަދުރޭ

ދައުލަތް އެކުލެވިގެން ވަނީ ތިން ބާރުގެ މައްޗަށް ނަމަވެސް އެ ތިން ބާރު ހިމެނޭ ގޮތުން މުޅި ދައުލަތުގެ ވެރިޔަކު ހުންނަ ކަމަށް ވާނަމަ، އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2018 26
ދައުލަތް ހިންގިޔަ ނުދެނީ ރައީސް ޔާމީން: އަލީ ޒާހިރު

ދައުލަތް ހިންގިޔަ ނުދީ "އޮބަހައްޓަނީ" ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2018 14
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

22 މާޗް

March 22, 2018 62
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!

އެ ގައުމެއްގެ އިދިކޮޅު ހުރިހާ ލީޑަރުން، ސިޔާސީ މަސްރަހުން ގެއްލުވައިލުމަކީ، ވަރަށް މަދު، ކެރޭ ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ހަމަ ގައިމު ވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންހެން މިހާރު ވަނީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ. އެއް ބަޔަކު ހިފައި ހައްޔަރު ކޮށްފަ އެވެ. އަނެއް ބަޔަކު ޝަރުއީ ހުކުމެއްގައި ބެދިފަ އެވެ.

15 މާޗް

March 15, 2018
ޖަޕާން ސަފީރަކަށް އުވައިސް އައްޔަން ކުރައްވައިފި

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އިބްރާހިމް އުވައިސް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

14 މާޗް

March 14, 2018 14
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުުގެ ދައުރެއް ނެތި، އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް...

March 14, 2018 76
ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަނެއްކާވެސް ސިޔާސީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

08 މާޗް

March 08, 2018 39
ރައީސް އަޒުލުކުރަން 57 ވޯޓު ހަމައެއް ނުވާނެ:ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަނިކުފާނު އަަޒުލުކުރަން ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2018 15
އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަހުމަދު ޝަރީފް ދެންމެ އައްޔަން ކުރައްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 70
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ހަރަކާތްތަކުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް "ގެއްލިއްޖެ" އެވެ.

21 ފެބުރުއަރީ

February 21, 2018 16
24 ރިސޯޓާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ: ރައީސް

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 24 ރަށަކާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 75
"އިހުލާސްތެރި މެމްބަރުންނާއެކު އަޣުލަބިއްޔަތު ހޯދާނަން"

އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

February 20, 2018 28
ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބާއްވަނީ

ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާނެ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.

February 20, 2018 39
އަދަދު ހަމައެއް ނުވި، މިއީ "ބާތިލް" ހާލަތެއް؟!

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛...

19 ފެބުރުއަރީ

February 19, 2018 49
"އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން"

ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ...

February 19, 2018 75
"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރާނަން"

މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް...

18 ފެބުރުއަރީ

February 18, 2018 23
މަޖިލީސް "ހިސޯރުކުރީ" މެޖޯރިޓީ ލިބެންދެން: އިދިކޮޅު

ޖަލްސާތައް ނުބާއްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށްގެން" އުޅެނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018 75
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟

ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕާޓީތަކުން އެތައް ފާޑެއް ކިޔަ އެވެ. ޚާއްސަކޮށް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކޯޓުތަކުން، އިދިކޮޅު ގިނަ ލީޑަރުންތަކެއް "ކަސްތޮޅު" އެޅުވި ގޮތުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލި...

08 ފެބުރުއަރީ

February 08, 2018 55
"ޕީޕީއެމާ ނުގުޅޭ މެމްބަރުންނަށް ދާއިރާތަކަށް ނޭރޭނެ"

ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިނުގެންފި ނަމަ، އެ މެމްބަރުންގެ ދާއިރާތަކަށް ވެސް އަރާވަޑައިނުގެންނެވޭނެ ކަމުގެ އިންޒާރު މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ރޭ ދެއްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2018 8
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި މިއަދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

03 ފެބުރުއަރީ

February 03, 2018 12
ސަރުކާރަށް މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 ބޭފުޅުން އެ މަގާމުން ވަކިނުވާ ކަމަށް، ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

29 ޖެނުއަރީ

January 29, 2018 63
ތިބެން ޖެހޭނީ ސިޔާސީ ލީޑަރުންގެ ހިޔަންޏަކު ނޫން:ރައީސް

ދިވެހިން އަބަދު ތިބެން ޖެހެނީ ސިޔާސީ ލީޑަރުންގެ ހިޔަނީގައި ނޫން ކަމަށާއި އޭގެ ބަދަލުގައި ތިބެންވީ އުސޫލުތަކެއްގެ ތެރޭގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

January 29, 2018 17
އެންމެ މީހަކަށް ވުރެ ގައުމު މިއޮތީ ކުޑަވެފައި: ޖަމީލް

ރާއްޖޭގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އެންމެ މީހަކަށް ވުރެ ގައުމު ކުޑަވެފައި އޮތުން ކަމަށާއި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކޮށް، އެކުލަވައިލި ގާނޫނުއަސާސީ...