10 ޑިސެމްބަރ

December 10, 2019
ރޮކް ބުނަނީ ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ ކަމަށް

ބޮލީވުޑަކީ ވަރަށް އިހުތިރާމްކުރާ އިންޑަސްޓްރީއެއް ކަމަށާއި ކޮންމެވެސް ދުވަހަކުން ބޮލީވުޑްގެ ފިލްމަކުން ފެނިދާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2019 3
ތަރިންނަށް ހޮލީވުޑުން ފުރުސަތު ހޯދައި ދޭނަން: ޕްރިޔަންކާ

އިންޑިއާގެ ވީހާ ވެސް ގިނަ ފިލްމީ ތަރިން ހޮލީވުޑްގައި މަސައްކަތްކުރާ ތަން ދެކެން ވަރަށް ބޭނުންވާ ކަމަށާއި ވީ ވަރަކުން އަމިއްލަ އަށް އެފަދަ ފުރުސަތުތައް ހޯދައިދޭން ވެސް މަސައްކަތްކުރާނެ ކަމަށް ހޮލީވުޑްގައި މިހާރު މަސައްކަތްކުރާ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

08 އޮކްޓޯބަރ

October 08, 2019 1
މަޔަކަށްވާން ވަރަށް ބޭނުން: ޕްރިޔަންކާ

ދަރިއަކު ހޯދައި މަޔަކަށްވާން ވަރަށް ބޭނުން ކަމަށާއި އެކަމާ ދޭތެރޭ މިހާރު ވަރަށް ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2019
ޑައިރެކްޝަނުން ވެސް ފެނިދާނެ: ޕްރިޔަންކާ

ފިލްމެއް ޑައިރެކްޓްކުރުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ އަށް ލިބުނު ދުވަހަކުން ފިލްމު ޑައިރެކްޓް ވެސް ކޮށްފާނެ އިޝާރާތެއް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދީފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019
ނިކް އަކީ ބައްޕަ ފަދަ ނަމޫނާ މީހެއް: ޕްރިޔަންކާ

ނަމޫނާ ކައިވެންޏަކަށް ދެކެނީ އަމިއްލަ މައިންބަފައިންގެ ކައިވެނި ކަމަށާއި ފިރިމީހާ ނިކް އަކީ ބައްޕަ ކަހަލަ ނަމޫނާ ފިރިއެއް ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2019
ޕްރިޔަންކާ އާއި ރާޖް ނެޓްފްލިކްސްގެ ފިލްމަކަށް

ނެޝަނަލް އެވޯޑް ހޯދާފައިވާ އިންޑިއާގެ ހުނަރުވެރި ދެ ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ރާޖްކުމާރު ރާއޯ ނެޓްފްލިކްސްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

23 އޯގަސްޓް

August 23, 2019
ޕްރިޔަންކާ އަށް ނެޓްފްލިކްސްގެ ސުޕަހީރޯ ފިލްމެއް

ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނެޓްފްލިކްސްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

23 ޖުލައި

July 23, 2019 17
ޕްރިޔަންކާ ސިނގިރެޓް ބޯ މަންޒަރާ އެކު ފާޑުކިޔަނީ

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ޖެހުނީމާ ހުރިހާ ކަމެއް ވަރިކަމަށް މިހާރު ބެލެވިދާނެ އެވެ. އިންޑިއާގައި ދިވާލީ ފަދަ މުނާސަބަތުތައް ފާހަގަކުރަން ހަވާ އަރުވައި ބަޑި ބޭހުގެ ކުޅިވަރުތައް ކުޅޭތީ އެއީ އޭނާ ގަޔާވާ ކަމަކަށް ނުވެ އެވެ. އަދި ނޭވާ ހިއްލުމުގެ ހިއްލާތީ ބަޑިބޭހުގެ ކުޅިވަރުތަކަށް ތާއީދުނުކުރާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިދިޔަ...

08 ޖޫން

June 08, 2019 6
ޕްރިޔަންކާ: ޒުވާން އަންބަކު ހޯދުން މައްސަލައަކަށް ނުވޭ

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އޭނާ އަށް ވުރެ 10 އަހަރު ހަގު މީހަކާ ކައިވެނި ކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް، 26، އާއި ޕްރިޔަންކާ، 36، ގެ އުމުރުގެ ތަފާތު ބޮޑު ވާހަކައަކީ ބައެއް މީޑިއާތަކުން ވެސް ހުއްޓުމެއް ނެތި ދައްކާ ވާހަކައެކެވެ.

05 ޖޫން

June 05, 2019 4
ބޮޑުވަޒީރުގެ މަގާމަށް ޝައުގު އެބަހުރި: ޕްރިޔަންކާ

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް، މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

14 އެޕްރީލް

April 14, 2019 3
ވެޑިން ކޮމެޑީއަކަށް ޕްރިޔަންކާ

ހޮލީވުޑްގެ ބަތަލާ މިންޑީ ކޭލީ ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެން ހަމަޖެހިފައިވާ ވެޑިން ކޮމެޑީއަކަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކޮށްފި އެވެ.

03 އެޕްރީލް

April 03, 2019 1
ރުޒޯ ދެބޭންގެ ފިލްމެއް ޕްރިޔަންކާ އަށް

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށް މި މަހު ރިލީޒް ކުރާ ހޮލީވުޑްގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގެ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރުޒޯ ދެބޭންގެ ތެރެއިން ޖޯއީ ރުޒޯ ކަށަވަރުކޮށް ދީފި އެވެ.

02 އެޕްރީލް

April 02, 2019 7
ވަރީގެ ވާހަކައާ ގުޅިގެން ޕްރިޔަންކާގެ ދެމަފިރިން ކޯޓަށް

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގައި މައްސަލަތަކެއް ޖެހި ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ ވާހަކަ ފެތުރި މަޖައްލާއާ ދެކޮޅަށް ދައުވާކުރަން އެ ދެމަފިރިން ނިންމައިފި އެވެ.

31 މާޗް

March 31, 2019
"ޖޯނަސް ބްރަދާޒް" އިތުރު ލަވައަކަށް ތައްޔާރު

ފަސް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެމެރިކާގެ ތިން ބެއިން ހިމެނޭ ބޭންޑް "ޖޯނަސް ބުރަދާޒް" އިން މިދިޔަ މަހުގެ ފަހުކޮޅު އައު ލަވައެއް ގެނެސް ދިނުމުން ފޭނުން ތިބީ ވަރަށް އުފަލުންނެވެ. "ސަކާ" ގެ ނަމުގައި ވީޑިއޯއާ އެކު ވެސް ގެނެސްދިން ލަވައަށް ފަހު، މި ބޭންޑްގެ އާ ލަވައެއްގެ އިޝާރާތެއް މިހާރު ވަނީ ދީފަ އެވެ.

30 މާޗް

March 30, 2019 15
ޕްރިޔަންކާ އާއި ނިކް ވަރިވަނީ؟

މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ވަރިވާން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

21 މާޗް

March 21, 2019 6
ޕްރިޔަންކާ ބުނަނީ ކައްކަން ނޭނގޭ ކަމަށް

އެއްވެސް ވަރަކަށް ކައްކަން ނޭނގޭ ކަމަށާއި އެގޮތުން ބަލައިފި ނަމަ އޭނާއަކީ ފުރިހަމަ އަންބަކަށް ނުވެދާނެ ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

05 މާޗް

March 05, 2019 1
ޕްރިޔަންކާއާ ދެކޮޅަށް ޕާކިސްތާނުން ޕެޓިޝަނެއް

މިދިޔަ މަހު ޕާކިސްތާނުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެން ޕާކިސްތާނަށް ދިން ހަަމަލާތަކުގެ ދިފާއުގައި ޕްރިޔަންކާ ޗޯޕްޅާ ޓްވީޓްކުރުމުން އޭނާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން އޭނާ ވަކިކުރަން ގޮވާލައި، ޕާކިސްތާނުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

26 ފެބުރުއަރީ

February 26, 2019
ޕްރިޔަންކާގެ ދެމަފިރިން އަލްމަބެއްގެ މަސައްކަތްކުރަނީ

ހޮލީވުޑްގައި ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމުގެ ކުރިން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ އިނގިރޭސި ލަވަ ކިޔަައިގެން ސަމާލުކަން ހޯދައިފަ އެވެ. އެގޮތުން "އެކްޒޯޓިކް" އާއި "އިން މައި ސިޓީ" އާއި "އައި ކާންޓް މޭކް ޔޫ ލަވް މީ" ގެ އިތުރުން "އިރޭޒް" ފަދަ ލަވަތަކަކީ އެ ލަވަތައް ނެރުނު ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުން ހޯދި ލަވަތަކެވެ.

20 ފެބުރުއަރީ

February 20, 2019 7
ޕްރިޔަންކާ ބަނޑުބޮޑެއް ނޫން

މިދިޔަ ޑިސެމްބަރު މަހު ކައިވެނިކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބަނޑުބޮޑު ކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް އޭނާގެ މަންމަ މަދޫ ޗޯޕްޅާ ދޮގުކޮށްފި އެވެ.

03 ފެބުރުއަރީ

February 03, 2019 2
"ބެޓްމޭން" ގެ ރޯލަށް ނިކް ޖޯނަސް ޝައުގުވެރިވޭ

ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓާ ބެޓްމޭންގެ ރޯލް އެކްޓަރު ބެން އެފްލެކް މި ފަހުން ކުޅެމުން ދިޔަ ނަމަވެސް 2021 ގައި ރިލީޒް ކުރާ "ބެޓްމޭން" ފިލްމުން އޭނާ ނުފެންނާނެކަން ޑައިރެކްޓަރު މެޓް ރީވްސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.