08 ޖޫން

June 08, 2020 63
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ

މާސްޓަޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

06 ޖޫން

June 06, 2020 64
ތިމާވެއްޓަށް ގެއްލުން ވިޔަސް ގުޅިފަޅު ހިއްކަން ޖެހޭ

ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

31 މެއި

May 31, 2020 21
ގުޅީފަޅު ހިއްކުމުން ފަރަށް ގެއްލުންވާތީ މަޖިލީހަށް

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްޓަކައި އެ ރަށުގެ ފަޅުން ބައެއް ހިއްކަން ފެށުމުން ވިލިމާލޭގެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލަ ބަލައިދޭން އެދިވަޑައިގެން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 59
ފްލޯޓިން ކޮންސެޕްޓަށް ބަނދަރުތައް ހަދަންޖެހޭ: ނަޝީދު

ބަނދަރު ހެދުން ފަދަ މަޝްރޫތައް ރާއްޖޭގައި މިހާރު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ވާ ގޮތަށް ކަމަށާއި ފްލޯޓިން ކޮންސެޕްޓަށް އެކަން ބަދަލު ކުރަންޖެހޭ ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

13 ޖޫން

June 13, 2019 5
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓު އަދިވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

26 މެއި

May 26, 2019 1
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓުގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

25 މެއި

May 25, 2019 14
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"

ވެލި ބަރުކޮށްފައި އޮއްވައި ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން އަމަލުކުރީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ކަމަށާއި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާ އިން ރޭ ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2019 40
އީއައިއޭތަކުގައި ކޮން ކިލަނބުކަމެއް؟

ތިމާވެށި މެނޭޖުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއްގެ ގޮތުގައި އައިޝާ ނިޔާޒު އޭނާގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާ ވެސް ކުޑަކުރަން މަގުފަހިކޮށްދެއްވުމެވެ. މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓުތައް ހެދުމުގެ މަސައްކަތް އޭނާ...

02 ސެޕްޓެމްބަރ

September 02, 2018 36
ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!

ސިނަމާލެ ބްރިޖަށް އެންމެންގެ ތައުރީފެވެ؛ އެތައް ސަތޭކަ ބަޔަކު އިއްޔެ ބްރިޖަށް ޖަމާވީ މާކަނޑުގައި އަޅާފައިވާ އެ ބްރިޖުގެ ރީތިކަން ދެކިލައި ފޮޓޯ ނަގާށެވެ. އެންމެންގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބްރިޖު މަތީގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެވެ.

10 މެއި

May 10, 2018 28
ގެއްލުމާއި ހަލާކު: މި ތަރައްގީގެ އަގަކީ ކޮބާ؟

ކުޅިތަކާއި ފަޅުތައް ހިއްކައިގެން ބިން ބޮޑުކުރުން ކޮންމެހެން މަޖުބޫރު ހެއްޔެވެ؟ މިހާ ގިނަ އެއާޕޯޓްތަކެއް ކޮންމެހެން ބޭނުންވޭ ހެއްޔެވެ؟ މަޝްރޫއުތައް ހިންގާ އިރު ރާއްޖޭގެ ނާޒުކު ވެއްޓަށް ބަލައިލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ ތިމާވެއްޓަށް ލޯބިކުރާ އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން މި ވަގުތު ކެނޑިނޭޅި ކުރަމުން އަންނަ...