22 ޖޫން

June 22, 2019 7
ވިޔަފާރި ބަނދަރު ހަދަން ކޮންސަލްޓެންޓެއް ހޯދަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހެދުމަށް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

19 ޖޫން

June 19, 2019 13
ޕާޓްނާޝިޕް ފޯރަމް: ސަރުކާރަށް ބޮޑު އުއްމީދެއް

މިދިޔަ ދެ ދުވަހު އެންމެ ބޮޑަށް ފާހަގަވީ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމެވެ. ފޯރަމްގައި ބޭރުގެ 130 ވަރަކަށް މަންދޫބުން ބައިވެރިވި އިރު ސަރުކާރުން ވަނީ ވެރިކަމުގެ ފަސް އަހަރު ދުވަހު ކުރަން ބޭނުންވާ މަޝްރޫއުތަކުގެ ތަފްސީލު ހުށަހަޅައިފަ އެވެ. އެގޮތުން 70...

18 ޖޫން

June 18, 2019 5
އާންމު ބިޑަށް ލުމުން އަގު ދެ ގުނަ ހެޔޮވޭ: އަމީރު

ކުރިން 65 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަރުދަމާގެ މަޝްރޫއުތައް އާންމުކޮށް ބިޑަށް ހުޅުވާލުމުން މިހާރު 30 މިލިއަން ރުފިޔާއަށް ކުޑަވެއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖޫން

June 17, 2019 42
ޕާޓްނާޝިޕް ފޯރަމް: އެންމެ ފާހަގަކޮށްލެވޭ 10 މަޝްރޫއު

މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ގިނަ މަޝްރޫއުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

29 މެއި

May 29, 2019 5
ޕީއެސްއައިޕީ އަށް އަދި ހަރަދުކުރީ އެންމެ 10 ޕަސެންޓް

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމަށް މި އަހަރުގެ މިހާތަނަށް ހަރަދު ކޮށްފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރުގެ އެންމެ 10 ޕަސެންޓްކަން ހާމަވެއްޖެ އެވެ.

08 މެއި

May 08, 2019 11
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް އަންނަ މަހު ތެރޭގައި އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2019 16
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅޭ ގޮތުން، ސައުދީ ފަންޑާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

02 އެޕްރީލް

April 02, 2019 7
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރަން ބިޑަށްލަނީ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް އަންނަ ހަފުތާގައި ބީލަން ހުޅުވައިލުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

18 މާޗް

March 18, 2019 41
800 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަވެއްޓެރި އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ލައިން އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2018 81
އިބޫގެ ފުރަތަމަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް

ދައުލަތުގެ ބަޖެޓެއްގެ އެންމެ ބޮޑު އެއް ފޯކަސް އަކީ ކުރިއަށް އޮތް އަހަރަށް ހުރި މަޝްރޫއުތަކެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އާންމުން ވެސް އެންމެ އިސްކަމެއް ދޭނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަކަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ވެސް، އެކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. -- ބޮޑެތި...

13 ނޮވެމްބަރ

November 13, 2018 5
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބަޖެޓެއް ނޫން ކަމަށާއި އެހެންވެ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަން...

04 ސެޕްޓެމްބަރ

September 04, 2018 30
ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުތައް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް އަރާނެ ކަމަށް މޫޑީސް އިންވެސްޓާސް އިން ލަފާކޮށްފި އެވެ.

14 އޯގަސްޓް

August 14, 2018 56
ރިސޯޓް ހަދަން ލޯން ދީގެން މަޝްރޫއުތައް ނުހިންގޭނެ

ފައިސާގެ ދަތިތަކާ ހެދި، މިހާތަނަށް ނިންމައި ނުލެވި ހުރި ރިސޯޓުތަކުގެ ވެރިންނަށް ލޯނު ދީގެން، އިގްތިސާދީ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މިރޭ ރައްދު ދެއްވައިފި އެވެ.

03 މެއި

May 03, 2018 4
ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު އޭޑީބީން ހޯދަނީ

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން ފިނޭންސް މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއެކު މަޝްވަރާކޮށްފި އެވެ.

28 މާޗް

March 28, 2018 2
ސައުދީ ފަންޑުގެ މަޝްރޫއުތަކާ ބެހޭ މަޝްވަރާކޮށްފި

ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އެ ފަންޑުގެ އިސް ބޭފުޅުންނާ އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2017 7
ދަތިއަޅުވައި ވައްޓާލައިގެން މަޝްރޫއުތައް ނުހިނގާނެ

ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ހުއްޓުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި "ދަތިއަޅުވައި ވައްޓާލައިގެން" މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2017 57
ބޮޑު 9 މަޝްރޫއެއް:4 އެއާޕޯޓު، 20 ފަޅެއް ހިއްްކަނީ

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާއެކު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ބޮޑު ނުވަ މަޝްރޫއަކަށް ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު...

November 15, 2017 10
ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކުރުމުގެ މަޝްރޫއަށް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށާއި އެ...

02 ޖުލައި

July 02, 2017 5
މެއިގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން

މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު ހަތް ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

07 ޖޫން

June 07, 2017 2
އާ މަޝްރޫއުތައް ހުށަހަޅަން ފުރުސަތު ދީފި

ދައުލަތުގެ ބަޖެޓް ތައްޔާރުކުރާ ގޮތް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ އާ މަޝްރޫއުތައް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަންގައިފި އެވެ.

01 ޖޫން

June 01, 2017 45
ރާއްޖެއިން ސޮވަރިންބޮންޑް ވިއްކަން ހުޅުވާލައިފި

ރާއްޖެ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޮންޑެއް ވިއްކައިގެން 200 މިލިއަން ޑޮލަރު ހޯދުމަށް ފަހު، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފި އެވެ.