31 ޑިސެމްބަރ

December 31, 2018 49
ތަކަން-މާރަންދޫ: ހިދުމަތުގެ ގޮތުން އެއްކުރެވިދާނެ

ހއ. ތަކަންދު އާއި މާރަންދުއަކީ ރާއްޖޭގައި ދެ ރަށެއްގެ ދެމެދު އޮތް ކަނޑުގެ ނިސްބަތުން ބަލާ ނަމަ އެންމެ ކައިރި ދެ އަވަށްޓެރިންނެވެ. ދެ ރަށާ ދެމެދު ހުރީ އެންމެ 690 މީޓަރުގެ ރާސްތާއެކެވެ. ކުޑަ ޑިންގީއެއްގައި ނަމަ އެންމެ ތިން މިނިޓުން އެއް ރަށުން އަނެއް ރަށަށް ދެވެ އެވެ. ފެރީ ދޯންޏެއްގައި ނަމަ ގިނަވެގެން ހަތް މިނެޓެވެ. އެކި ބޭނުންތަކަށާއި...

30 ޑިސެމްބަރ

December 30, 2018 19
އާ ސަރުކާރުގެ ސިޔާސަތަށް ޗައިނާގެ ތައުރީފް

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތަކަށް މި ސަރުކާރުގައި ހުއްޓުމެއް ނައިސް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމުން ޗައިނާ އިން ތައުރީފުކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2018 22
ޓާމިނަލް ނޫން، މަސައްކަތްތައް އަންނަ އަހަރު ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫއުގައި، އާ އިންޓަނޭޝަނަލް ޓާމިނަލް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރު ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2018 21
ދުވާފަރުގައި 10 އަހަރު، ރަށްވެހިކަން ކަނދޮޅުދޫގައި!

އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އުފެދުނު ސުނާމީގައި ރ. ކަނދޮޅުދޫ މުޅިން ވީރާނާ ވިތާ މިއަދަށް މިވީ 14 އަހަރެވެ. ޑިސެމްބަރު 26، 2004 ގައި ހިނގި އެ ހާދިސާއަށް ފަހު ރ. އަތޮޅުގެ އެކި ރަށްތަކުގައިވާ ވަގުތީ ހިޔާތަކުގައި ކަނދޮޅުދޫ މީހުން ހަތަރު އަހަރު ހޭދަކުރި އެވެ.

25 ޑިސެމްބަރ

December 25, 2018 20
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް

ނ. މާފަރުގައި އަޅަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މާދަމާ ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

20 ޑިސެމްބަރ

December 20, 2018 8
އާ މަޝްރޫއުތަކެއް ހިންގުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތަކެއް ހިންގުމާ ގުޅޭ ގޮތުން، ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ އެކު ރާއްޖޭގެ ވަފްދުން މިއަދު މަޝްވަރާކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 7
އޭސީސީގެ އެންގުމަށް އެއްބާރުލުން ދޭނަން: ފެނަކަ

ސްރީލަންކާގެ ބަޔަކާ ހަވާލުކޮށްގެން 20 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުން ބާތިލްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ތަބާވާނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2018 8
ރައީސަށް އިންޑިއާގެ ބޮޑުވަޒީރު ތައުރީފު ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ތައުރީފު ކުރައްވައި، ދެބޭފުޅުންގެ ބައްދަލުވުމާ މެދު އުފާ ފާޅުކުރައްވައިފި އެވެ.

23 ނޮވެމްބަރ

November 23, 2018 28
ކުރީ ސަރުކާރުން ފައިސާ ހޯދީ އެންމެ ހެޔޮއަގުގައި:ސައީދު

ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައިސާ ހޯދީ ދުނިޔޭގެ މާލީ ބާޒާރުން ރާއްޖެއަށް މިހާތަނަށް ހޯދި އެންމެ ހެޔޮ އަގުގައި ކަމަށް އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2018 12
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް

ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވަން ވެވަޑައިގެންނެވި ހުވާއާ އެއްގޮތަށް ދެމިހުންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދިވެހި އެއްވެސް ރައްޔިތަކު...

November 17, 2018 44
ރައީސްގެ ފުރަތަމަ 100 ދުވަސް: ބޮޑެތި ވައުދުތަކެއް

ރާއްޖޭގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގެންނެވި، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު، ބޮޑެތި ގިނަ ކަންތައްތަކެއް ކުރަން އަޒުމް ކަނޑައަޅައި، އެކަން...

15 ނޮވެމްބަރ

November 15, 2018 9
އާ ރަންވޭ ބޭނުންކުރަން ފަށާނީ އަންނަ އަހަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2018 12
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމަށް އެއް ބިލިއަން ރުފިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު...

November 14, 2018 81
އިބޫގެ ފުރަތަމަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް

ދައުލަތުގެ ބަޖެޓެއްގެ އެންމެ ބޮޑު އެއް ފޯކަސް އަކީ ކުރިއަށް އޮތް އަހަރަށް ހުރި މަޝްރޫއުތަކެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އާންމުން ވެސް އެންމެ...

13 ނޮވެމްބަރ

November 13, 2018 5
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ބަޖެޓެއް ނޫން ކަމަށާއި އެހެންވެ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަން...

09 ނޮވެމްބަރ

November 09, 2018 38
އައްޑޫ ތަރައްގީ ނުވެ އެހެން ރަށެއް ތަރައްގީއެއްނުވާނެ

އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ، ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީވެގެން ނުދާނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2018 30
އައްޑޫ ރައްޔިތުންނަށް އޮތީ ދަރާފައި: ނަޝީދު

އައްޑޫގެ ރައްޔިތުންނަށް އެންމެން ވެސް ވަނީ ދަރާފައި ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެ ސިޓީ ތަރައްގީ ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2018 17
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"

ސިނަމާލޭ ބްރިޖްގެ އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެެއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2018 14
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން ބަންދުކުރަނީ

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރަން ނިންމައި، އެތަނުގައި ހުރި އުޅަނދުތައް ނަގަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

12 އޮކްޓޯބަރ

October 12, 2018 45
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"

ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްގީ ކުރި 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރުގެ ދެކުނު ސަރަހައްދުން މިހާރު ފެންނަނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ބަނދަރުގެ 100 ފޫޓެއްހާ ހިސާބަށް އޮތީ ދޮންވެލިގަނޑެއް ފެތުރިފަ އެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މިހާރު ބޮޑު "ފިނޮޅެކެވެ". މޫދަށް އެރި، މަޖާކޮށްލަން ވަރަށް ހިތްގައިމު...

11 އޮކްޓޯބަރ

October 11, 2018 17
ޕްރޮޖެކްޓްތައް ކުރިއަށްދާނެކަމަށް އިބޫ ވިދާޅުވި: ޗައިނާ

ރާއްޖެ އާއި ޗައިނާގެ އެއްބަސްވުންތަކަށް އިހްތިރާމްކުރައްވާނެ ކަމަށާއި ރާއްޖޭގައި ޗައިނާއިން ފަށާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާނެ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 15
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅާލައި، އެމްޓީސީސީން ހަދާފައިވާ ކޯޒްވޭ މަތިން ލޮނު އަރާތީ އެތަން ކަނޑާލަން ޖެހުނީ ކޯޒްވޭ ޑިޒައިންކޮށްފައި އޮތް ގޮތުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.