26 އޯގަސްޓް

August 26, 2018 32
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް

އެމަނިކުފާނު ދަތި ނޭޅުވިނަމަ، ދިވެހި ރައްޔިތުން މިހާރަށް ވުރެ މާ ބޮޑަށް ހިތްހަމަޖެހިގެން އުޅުނީސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ގުރައިދޫގައި ވިދާޅުވެއްޖެ އެވެ.

August 26, 2018 14
ވެލާނާ އެއާޕޯޓުގެ އާ ރަންވޭގައި ތާރު އަޅައި ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

22 އޯގަސްޓް

August 22, 2018 45
ރައީސްގެ ތަރައްގީ އަށް ރައްޔިތުން ތާއީދު: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ހިންގަވާ ތަރައްގީގެ މަޝްރޫއުތަކަށް ހދ. ކުޅުދުއްފުށްޓާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތާއީދު ކުރާ ކަމަށާއި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގެ އާދަ...

August 22, 2018 38
އެންމެ ގިނަ ބަނދަރު ހެދީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ ހަތަރު އަހަރާއި އަށް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކި ރަށްރަށުގައި 70 ވަރަކަށް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ...

21 އޯގަސްޓް

August 21, 2018 33
ރައީސް ޔާމީން ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް

ރައީސް އަބްދުﷲ ޔާމީން ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމްފަރަށް މާދަމާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

20 އޯގަސްޓް

August 20, 2018 60
ރައްޔިތުން މަޝްރޫއުތަކުގެ އަގު ވަޒަންކުރޭ: ޝަހީމް

ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫތަކުގެ އަގު އެރަށް ރަށުގެ ރައްޔިތުން ވަޒަންކުރާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓް ދޭނެކަން ޔަގީން ކަމަށް އެމަނިކުފާންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2018 21
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކޮށްފައި ހުޅުމާލެ އަށް ދާ ވެހިކަލްތަކުން އެ އަވަށް ތޮއްޖެހުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

18 އޯގަސްޓް

August 18, 2018 5
ޔޫތު ސިޓީ އޯޕަން ޑޭގެ ހަރަކާތްތައް ފަށައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ޔޫތު ސިޓީ އޯޕަން ޑޭ" ނަމުގައި ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.

August 18, 2018 38
ހުޅުމާލޭގައި ތަރައްގީ ކުރަން އިތުރު ކަމެއް ނެތް:ސައީދު

ހުޅުމާލޭގައި ތަރައްގީ ކުރުމަށް އިތުރު ކަމެއް ނޯންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެ އަވަށް ތަރައްގީކޮށް ދެއްވާފައިވާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު،...

August 18, 2018 42
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި ކަމަށް އިދިކޮޅު...

17 އޯގަސްޓް

August 17, 2018 29
ޔާމީން ދެވަނަ ދައުރެއްގައި ރަށްތައް ފަޅުކުރާނެ: އަމީން

ވެރިކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ފުރުސަތެއް ދީފި ނަމަ ރާއްޖޭގެ ރަށްތައް ފަޅުކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

16 އޯގަސްޓް

August 16, 2018 47
އެއާޕޯޓު ހަދަނީ އެންމެ ކުޑަ އަގުގައި: ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރަނީ، އެއާޕޯޓު ހެދެން އޮތް އެންމެ ކުޑަ އަގުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2018 29
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް

އެމްޑީޕީގެ ވެރިކަމުގައި ނުކުރެވުނު ކަމެއް، ފަހުން ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2018 24
ބްރިޖުގެ ޓޯލް މި ހަފުތާގައި ކަނޑައެޅޭނެ: މުއިއްޒު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީއެއް ނުވަތަ ޓޯލް ނަގާނެ މިންވަރު، މި ހަފުތާގައި ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު...

August 14, 2018 27
އިދިކޮޅުގެ ދައުވަތު މިއުޅެނީ ގަބޫލު ނުކުރެވިގެން:ރިޔާޒް

އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތުމަށް ދައުވަތު ދެމުން އައި ނަމަވެސް އެ ދައުވަތު ގަބޫލު ނުކުރެއްވިގެން އުޅެނީ، ވެރިކަމަށް އައިސް އެ ސަރުކާރުން ކުރާނީ ކޮން ކަމެއްތޯ ސުވާލު އުފެދޭތީ...

13 އޯގަސްޓް

August 13, 2018 33
"ޖަޒީރާ ސިޔާސަތަކީ ހަމަޖެހޭ ވާހަކައެއް ނޫން"

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ވައުދުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

August 13, 2018 54
މަސައްކަތް ފުޅާ ކުރެވޭނީ ރައީސަށް ވޯޓު ދީގެން: ފާތުން

އިޖުތިމާއީ ގޮތުން އެކަމަނާ ކުރައްވާ މަސައްކަތްޕުޅު ފުޅާ ކުރެއްވޭނީ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ވޯޓު ދީގެން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު...

August 13, 2018 40
ރައީސް ޔާމީންގެ ގިނަ ވައުދުތަކެއް ތިމަރަފުއްޓަށް

ތ. ތިމަރަފުށީ ރައްޔިތުންނަށް ގިނަ އަދަދެއްގެ ކަންކަން ކުރަން ހުރި ކަމަށް ވިދާޅުވެ، އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވައުދުތަކެއް...

12 އޯގަސްޓް

August 12, 2018 28
ވިލިމާލެ-2 މަޝްރޫއުން 3،000 ފޯމު ނަގައިފި

މި އަހަރުގެ މިނިވަން ދުވަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އެދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 މީހުން ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

August 12, 2018 9
ރައީސް ޔާމީން ތ. އަތޮޅަށް މާދަމާ ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީން، ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވަން ނިންމަވައިފި އެވެ.

August 12, 2018 12
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ ދަތުރުތަކަށް ތާރު އަޅައިގެން ހަދާ މަގުތަކުގެ މަސައްކަތް، ބްރިޖު ހުޅުވެން ވާއިރަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު...

09 އޯގަސްޓް

August 09, 2018 27
ބަޔަކު އޮޑިން ފުންމާލުމުން ނިކަމެތިވި: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކެއް، އެ ޕާޓީ ދޫކުރައްވައި އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތުމުން ޕާޓީ ބަލިކަށިވެ ރައްޔިތުންގެ މަޖިލީހުގައި ވެސް ނިކަމެތިކަން ލިބުނު...

August 09, 2018 15
ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ހުޅުއްވައި ދެއްވަައިފި

މަސްވެރިންނަށް އުއްމީދުތަކެއް ދެމުން، ގއ. ކޫއްޑޫގައި މެރީނާއެއް މިއަދު ހުޅުވައިފި އެވެ.

08 އޯގަސްޓް

August 08, 2018 90
މަގާމުގެ ނުފޫޒު ފޯރުވަނީ އަޅުގަނޑެއް ނޫން: ރައީސް

ކަންކަމަށް މަގާމުގެ ނާޖާއިޒު ނުފޫޒު ފޯރުވަނީ އެމަނިކުފާނު ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ އިދިކޮޅުގެ "އޮޑިއަށް" އަރާ ތިއްބެވި ސިޔާސީ ބޭފުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިލީގައި ވިދާޅުވެއްޖެ އެވެ.

August 08, 2018 81
"ފައިސާ ހޯދާ ގޮތުގެ ސުވާލެއް ރައްޔިތުން ނުކުރާނެ"

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށާއި އެ މީހުން، އެމަނިކުފާނަށް އިތުބާރު ކުރާތީ، އެއާ ގުޅޭ ސުވާލު ވެސް ނުކުރާނެ ކަމަށް...

August 08, 2018 87
ތަރައްގީގެ ފައިސާފޮތީގައި އޮންނާނީ އަޅުގަނޑުގެ ނަން

ރާއްޖެ އަށް އަންނަމުންދާ ތަރައްގީ އަކީ ފައިސާ ފޮތީގެ އެއް ފުށް ކަމަށް ވާނަމަ، އޭގެ އަނެއް ފުށުގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީންގެ ސިއްކަ ކަން ރައްޔިތުން ގަބޫލުކުރުމަށް އެ...

07 އޯގަސްޓް

August 07, 2018 59
ރިޓަޔާކުރާ އުމުރު 74-75 އަހަރަށް ހަދާނަން: ރައީސް

ވަޒީފާތަކުގައި މަސައްކަތް ކުރާ ދިވެހިން ރިޓަޔާ ކުރާ އުމުރަކީ 74 ނުވަތަ 75 އަހަރަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން...

August 07, 2018 17
އިބޫ ވައުދުވަނީ ފުރިހަމަކޮށްދިން ކަންކަމަށް: ރައީސް

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަންނަވަނީ މި ސަރުކާރުން ރައްޔިތުންނަށް ފުރިހަމަކޮށްދީފައި...

04 އޯގަސްޓް

August 04, 2018 65
ހުރިހާ ރައްޔިތުންނަށް ގެދޮރު އަޅައިދޭނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ އެންމެންނަށް ގެދޮރު އަޅައި ދެއްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

August 04, 2018 33
މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

ނ. މާފަރުގައި ހަދަމުން އަންނަ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު އަންނަ ހަފުތާގައި ޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.

August 04, 2018 31
ރާއްޖޭގެ އާބާދީ 40 އަހަރު ފަހުން!

މީގެ ސާޅިހަކަށް އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތް ލަފާކޮށްލަން ހިނގާށެވެ. ތަރައްގީއަށް ބަލާއިރު ޔަގީނުން ވެސް އޮންނާނީ ވަރަށް ކުރީގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ...

03 އޯގަސްޓް

August 03, 2018 98
މަޝްރޫއުތައް ކުރިއަށް، ބިމުގެ އިސްލާހު ބަދަލުކުރާނަން

ރާއްޖޭގައި ގާނޫނާ އެއްގޮތަށް ކުރިއަށް ދާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2018 43
ވިލިމާލެ2 މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއް: މުއިއްޒު

ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް ހިންގަމުން، 315،000 މީހުންގެ އާބާދީއަކަށް ވިލިމާލެ 2 ތަރައްގީ ކުރުމަކީ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވަން ވަރަށް ވިސްނުންތެރިކަމާ އެކު ރައީސް އަބްދުﷲ ޔާމީން ރާއްވަވާފައިވާ ދެކޮޅުޖެހޭ ސިޔާސަތެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.