01 ޖުލައި

July 01, 2020 19
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ

"ނިއު ނޯމަލް" ގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފި ނަމަ ޕީކެއް އަތުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

28 ޖޫން

June 28, 2020 18
ލޮކްޑައުން ލުއިކުރިތާ އެއް މަސް: ކޭސްތައް ވީ މަދު

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އެންމެ ހަރުކަށިކޮށް ލޮކްޑައުން އޮތް އެއް މަސް ދުވަހުގެ ހިސާބުތަކާއި ލޮކްޑައުން އަށް ލުއި ދޭން ފެށި ފަހުން މި ވީ މަަސް ދުވަސް އަޅާބަލާއިރު، ލޮކްޑައުން ލުއިކުރި ފަހުން ކޭސްތައް ނިސްބަތުން މަދު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

21 ޖޫން

June 21, 2020 5
ޝަރީއަތްތައް މެދުކަނޑާލައި، ކޯޓު ޑިސްއިންފެކްޓް ކުރަނީ

ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ކޯޓުން މިއަދާއި މާދަމާގެ ޝަރީއަތްތައް ކެންސަލްކޮށް، ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

20 ޖޫން

June 20, 2020 75
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ނަތީޖާއެއް ފެނިދާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

19 ޖޫން

June 19, 2020 33
ބަލިން ސަލާމަތް ވަންދެން ލޮކްޑައުންގައި ނުތިބެވޭނެ

ކޮވިޑް-19 މުޅި ދުނިޔެ އިން ނެތިގެންދާނެ ކަމަށް ބަލައި، އަހަރު، ދެ އަހަރު ވަންދެން މުޅި ރާއްޖެ ލޮކްޑައުން ހާލަތެއްގައި ނުބޭއްވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ރޭ ވިދާޅުވެއްޖެ އެވެ.

18 ޖޫން

June 18, 2020 39
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

June 18, 2020 19
ކޮވިޑް ފެތުރޭ ވަރު ބަލަން ދިރާސާއެއް ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރާއްޖޭގައި އެޅި ފިޔަވަޅުތައް ލުއިކުރުމުން މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރޭ މިންވަރު ބަލަަން ކުރާ ދިރާސާއެއްގެ މަސައްކަތް...

June 18, 2020 49
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އެއް ކޭސް އަނެއް ކޭސްއާ ގުޅުމެއް ނެތި ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް ކަމަށް ހެލްތު...

17 ޖޫން

June 17, 2020 27
މުވައްޒަފަކު ޕޮޒިޓިވް ވިޔަސް މަޖިލިސް ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓވް ވެފައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

16 ޖޫން

June 16, 2020 19
ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

14 ޖޫން

June 14, 2020 34
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ

މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.

June 14, 2020 39
"ލުއި ދިނަސް މާލެ އަދިވެސް އޮތީ ރެޑް އެލާޓްގައި"

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށް، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އާއްްމުންގެ މެދުގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް...

13 ޖޫން

June 13, 2020 4
އިތުރު 10 ޕޮޒިޓިވް، ރަނގަޅުވި އަދަދު 1،200އަށް

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އިތުރު 10 މީހަކު ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 1،200 އަށް އަރައިފި އެވެ.

10 ޖޫން

June 10, 2020 72
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ކަންކަން އިއުލާނުކުރަން މިރޭ ބާއްވަން...

June 10, 2020 11
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

08 ޖޫން

June 08, 2020 37
ކޮވިޑަށް ޓެސްޓުކުރާ މެޝިނަކާއި ކިޓްތައް ޔޫއޭއިން ދީފި

ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތަކާއި އެހެން ބައެއް މުހިއްމު ތަކެތި ޔޫއޭއީ އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

June 08, 2020 12
ރަނގަޅުވި ބައެއް މީހުން އާ އުސޫލާ އެއްގޮތަށް ދޫކޮށްފި

ކޮވިޑް-19 އިން ރަނގަޅުވި ކަަމަށް ކަނޑައަޅާ އާ އުސޫލުގެ ދަށުން މީހުން ދޫކުރަން ފަށާފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

06 ޖޫން

June 06, 2020 42
މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

04 ޖޫން

June 04, 2020 48
ހެލްތު އިމަޖެންސީގައި އަމަލުކުރާ ގަވައިދު ހަދައިފި

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮޮތަށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދު ހެލްތު މިނިސްޓްރީން ހަދައި އެ އަށް އަމަލުކުރަން ފަށައިފި އެވެ.

03 ޖޫން

June 03, 2020 19
މިއަދު ޕޮޒިޓިވްވީ 9، އިތުރު 36 ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް އިތުރު ނުވަ މީހަކު ޕޮޒިޓިވްވެ އަދި އިތުރު 36 މީހަކު މި ބަލިން ރަނގަޅުވެއްޖެ އެވެ.

June 03, 2020 27
ޓޫރިޒަމް ހުޅުވައިލުން ގޯހެއް ނޫން: ޑރ. ބްރޫސް

ޑރ. ބްރޫސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ހުޅުވައިލުން އަވަސް ނުވަތަ ލަސްކަމަށް ދަންނަވަން ދަތި ކަމަށް. އެކަމަކު، ވިދާޅުވީ، މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ވެދާނެ ކަމަށް.

June 03, 2020 16
މިއީ ކާރިސާގެ ވަގުތުކަން ހަނދާން ނައްތާލައިގެން ނުވާނެ

ދިވެހިން މިވަގުތު ތިބީ ކާރިސާގެ ވަގުތެއްގައިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.

02 ޖޫން

June 02, 2020 24
ކޭސްތައް މަދުވެ، ގިނަ ބަޔަކު ރަނގަޅުވި ދުވަހެއް

މާލެތެރޭގައި ކޮވިޑް-19 ފެތުރެެން ފެށި ފަހުން މިއަދަކީ ޕޮޒިޓިވް ކޭސްތައް އެންމެ މަދު އެހެންމެ އެ ބަލިން އެންމެ ގިނަ މީހުން ރަނގަޅުވިކަން އިއުލާނުކުރި އެއް ދުވަހަށް ވެއްޖެ އެވެ.

June 02, 2020 10
ގާނޫނު ލާޒިމްކުރާ ގަވާއިދު ނެތް، ކަރަންޓީނާމެދު ސުވާލު

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގަވާއިދު ހެލްތު މިނިސްޓްރީން ހަދާފައި ނުވާތީ، މީހުން ކަރަންޓީން ކުރުމާ މެދު ސުވާލު އުފެއްދިދާނެ...

01 ޖޫން

June 01, 2020 18
ނަފްސާނީ ބަލިތަކަށް ވެސް ލުޔެއް ބޭނުންވޭ

ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ނަފްސާނީ އުނދަގޫތަކަށް ހައްލު ހޯދުމަށް ހެދި ވައިބާ ގުރޫޕަށް މެސެޖު ކުރާ އެއް ބަޔަކީ ކުރީ ސަފުގައި މި ބައްޔާ ހަނގުރާމަ ކުރާ މީހުންނެވެ. ގެއަށް ނުދެވި ވަކި އިމާރާތެއްގައި އެ މީހުން ތިބެން ޖެހޭއިރު އާއިލާގެ ރައްކާތެރިކަމާ މެދު އެ މީހުން ފިކުރު ކުރެ...

31 މެއި

May 31, 2020 8
ދުވަސްވީ މީހުންނާއެކީ އެހެން މީހުން ބޭރަށްނުދާން އެދެފި

ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދިއުމުގެ ހުއްދަ ދީފައިވާއިރު އެ މީހުންނާއެކު އެހެން އުމުރުތަކުގެ މީހުން ވެސް ބޭރަށް...

May 31, 2020 42
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން

އިއްޔެ އިރު އޮއްސި 6:00 އިން މިއަދުގެ 6:00 އަށް 101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަމަކު މީގެ ތެރޭގައި ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި ކޮންޓެއިންމަންޓް...

28 މެއި

May 28, 2020 20
ސިއްހީ ނުރައްކަލުގެ ހާލަތު ޖޫން 29 ގެ ނިޔަލަށް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަނެއްކާ ވެސް އަންނަ ޖޫން މަހުގެ 29 ގެ ނިޔަލަށް މިރޭ އިތުރު ކުރައްވައިފި އެވެ.