01 ޖުލައި

July 01, 2020 21
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ

"ނިއު ނޯމަލް" ގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފި ނަމަ ޕީކެއް އަތުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

30 ޖޫން

June 30, 2020 20
އޮފީސްތައް ހުޅުވާ ގަޑި އަދި ކަނޑައެއް ނާޅާ!

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ހުޅުވަން ނިންމި އިރު، އޮފީހަށް ދާން ޖެހޭ ގަޑި އާއި އޮފީސް ހުޅުވާފައި ބަހައްޓާ...

June 30, 2020 39
މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވާނެ: ރައީސް

ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް...

15 ޖޫން

June 15, 2020 40
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

14 ޖޫން

June 14, 2020 17
ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ...

13 ޖޫން

June 13, 2020 40
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!

ކޮވިޑް-19ގެ ބަލި ފެތުރުނަ ނުދޭން، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ހިތްވަރު ކުރަމުން އަންނަ އިރު، މި ކަމުން ސަލާމަތްވެގެން ނުވަތަ ސަލާމަތްވުމުގެ މަގުމަތީގައި، އަންނަ ހޯމަދުވަހު އާންމުންނަށް އެ ނުކުމެވެނީ ކުރިން އަހަރެމެން އުޅެމުން އައި އިގުތިސާދުގެ ތެރެއަކަށް ނޫނެވެ: ގައުމު މި އޮތީ ހިތަށް ވެސް ނުގެނެވޭ ފަދަ ދަތި...

31 މެއި

May 31, 2020 48
މެނޭޖަރެއްގެ ނަޒަރުން ކަރަންޓީންގެ ހިދުމަތް

އެކަކު ސޯޝަލް މީޑިއާގައި އާންމުކުރީ ހަލާކުވެފައި ހުރި ކްރީމްކޭކަރު ބިސްކޯދުތަކެކެވެ. އަނެއް މީހަކު އާންމުންނާ ހަމައަށް ގެނެސްދިނީ، ރިހަ އާއި ރޮއްޓާ އެކުވެފައި ހުރި ފޮޓޯއެކެވެ. މިހެން ގޮސް ހިތްހަމަނުޖެހުމާއި ޝަކުވާގެ އެތައް މަންޒަރެއް، ސޯޝަލް މީޑިއާގައި ދައުރުވެ، ކޮރޯނާވައިރަސްގެ ކަރަންޓީންގެ ހިދުމަތަށް އެތައް ބައެއްގެ...

26 މެއި

May 26, 2020 102
ނޫން! ނޫން! މިއީ އެންމެންގެ ލޮކްޑައުންއެއް!

އެޕްރީލް 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް އާދަޔާ ހިލާފު ކަމެއް ކުރެއްވި އެވެ. މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާއި، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު "އެކައްޗަކަށް ހެއްދެވުމެ"ވެ. އެ މަނިކުފާނުގެ މަގުސަދަކީ...

25 މެއި

May 25, 2020 259
މަޖިލިހުގެ ރައީސް ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

22 މެއި

May 22, 2020 33
އޮފީސްތަކުގެ މަސައްކަތު ގަޑި ޝިފްޓަށް ބަހާލާ: މަބްރޫކް

ކޮވިޑް-19ގެ ސަބަބުން އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތަށް ލުއިތަކެއް ދިނުމުމުން، އޮފީސްތަކުގެ މަސައްކަތު ގަޑިތައް ޝިފްޓްތަކަށް ބަހާލައިގެން ކުރުމަށް ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް އިލްތިމާސްކުރައްވައިފި އެވެ.

21 މެއި

May 21, 2020 21
ފިޔަވަޅުތަކަށް ލުއިދޭން ކެބިނެޓުން މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

20 މެއި

May 20, 2020 42
ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ، ފިޔަވަޅުތައް ކާމިޔާބު

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސް ވެސް ނުވަނީސް މިކަމުން އަރައިގަތުމުގެ ވާހަކަ ދެއްކެވެން ފެށީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކަމަށް.

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

May 20, 2020 11
ކޮވިޑް-19 އާ ގުޅިގެން ގެންނަ ސާމާނު އިސްރާފެއް ނުވާނެ: ސަރުކާރު

މަބްރޫކް ވިދާޅުވީ، އެއްވެސް އެއްޗެއް އިސްރާފު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް. އެ ތަކެތި ބޭނުން ކުރާނީ ނޭޝަނަލް ހެލްތު ކެއާ ޕްލޭނާ އެއްގޮތަށް ކަމަށް ވިދާޅުވި. ފަސް...

19 މެއި

May 19, 2020 40
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟

މި ވައިރަހަށް ފިލައިގެން އަބަދަކު ގޭތެރޭގައި ނުތިބެވޭނެ އެވެ. ކޮވިޑް-19ގެ ބިރަށް މާލެ ލޮކްޑައުންކޮށް، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ. ވަޒީފާތައް ގެއްލުމާ އެކު އާމްދަނީގެ ދޮރުތައް ބަންދުވެ ކުލި ނުދެއްކި އާއިލާތައް ބިކަވެދާނެ ކަމުގެ މާޔޫސް ކަމެވެ. މި ހާސްކަމުގައި ދިރިއުޅުން ހުއްޓި ގިނަ...

18 މެއި

May 18, 2020 107
ލޮކްޑައުން އުވާލާނެ ކަމުގެ އިޝާރާތެއް އަމީން ދެއްވައިފި

މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް ނޭޅި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެ ކަމަށް....

May 18, 2020 200
އަޅުގަނޑަށް ވެސް ކެތްވާނީ ވަކި މިންވަރަކަށް: ނަޝީދު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ...

13 މެއި

May 13, 2020 174
ހުރިހާ ދިވެހިންނަށް ކޮވިޑް-19 ޖެހޭނެ: ނަޝީދު

ފަރުވާއެއް ނެތް ނުރައްކާތެރި ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޖެހޭނެ ކަމަށާއި ކުރަންވީ ކަމަކީ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2020 36
ރާއްޖޭގެ ހާލަތު ނިސްބަތުން ރަނގަޅު: މަބްރޫކް

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތް ދުނިޔޭގެ ނިސްބަތުން ވެސް ރަނގަޅު ކަމަަށް ސަރުކާރުން ބުނާ ބުނުން ރޭ އަނެއްކާ ވެސް ތަކުރާރުކޮށްފި އެވެ.

May 10, 2020 7
އަތޮޅުތަކުގައި ހަދާ ފެސިލިޓީތައް އެބަ ނިމޭ: ސަރުކާރު

ކޮވިޑް-19 ފެތުރޭ ހާލަތަށް ތައްޔާރުވާން ރާއްޖޭގެ އަތޮޅުތަކުގައި ހަދާ ހެލްތު ފެސިލިޓީތައް ނިންމުން ލަސްވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ...

May 10, 2020 21
އައްޑޫގައި ޕީޕީއީގެ ދަތިކަމެއް ނެތް: ސަރުކާރު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އައްޑޫގައި ކުރާ މަސައްކަތަށް ބޭނުންވާ ރައްކާތެރި ކަމުގެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

04 މެއި

May 04, 2020 22
ކޮވިޑް ފެތުރުން ކުރިއަށް އޮތް ދެހަފުތާތެރޭ އިތުރުވެދާނެ

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މައްޗަށް ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2020 55
އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު:އުމަރު

އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު ކަމަށާއި ކޮރޯނާ ވައިރަސްއާ އެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަަމަށް ވިދާޅުވެ، އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

30 އެޕްރީލް

April 30, 2020 50
"ކޮވިޑް-19ގެ މަރުގައި ސަރުކާރުގެ އިހުމާލު އެބައޮތް"

ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

20 އެޕްރީލް

April 20, 2020 9
ޑެލިވަރީ ކޮތަޅުތަކާ ހަވާލުވުމުގައި ސަމާލުވާން އެދިއްޖެ

މާލެ ލޮކްޑައުންގެ ހާލަތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ޑެލިވަރީކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، ސާމާނާ ހަވާލުވުމުގައި ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ އެދިއްޖެ އެވެ.

19 އެޕްރީލް

April 19, 2020 30
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ

ކޮވިޑް-19 މާލޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި ތިން ކްލަސްޓާގެ ތެރޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު، އޭނާއާ ބައްދަލުވި މީހުން ސިއްރުކޮށް ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭތީ އެ މީހާގެ ޒާތީ މައުލޫމާތު އާއްމުކުރަން ސަރުކާރުން ނިންމައިފި އެވެ.