01 ޖުލައި

July 01, 2020 8
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ، ރާއްޖޭގެ އެހެން ރަށްރަށުން މާލެ އަށް ދަތުރުކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން...

July 01, 2020 15
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް

މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް، ކޮވިޑް-19 ގެ ލުޔާއެކު، ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

21 ޖޫން

June 21, 2020 30
ބާޒާރުމަތި: މާސްކް އަޅައިގެން، އެކަމަކު ތޮއްޖެހިފައި!

މާލޭގައި ކޮވިޑް-19 ގެ ކޭސްތަކުގެ އެންމެ ބޮޑު ކްލާސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ އެވެ. އެހެންވެ ބާޒާރު މައްޗަށް ގޮސް އުޅުމުގައި އިތުރަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިރުޝާދު ދެ އެވެ. މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިތަކެއް ދީފައިވާއިރު އަނެއްކާ ވެސް...

20 ޖޫން

June 20, 2020 75
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ...

June 20, 2020 53
ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

19 ޖޫން

June 19, 2020 36
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

18 ޖޫން

June 18, 2020 39
ބައެއް މީހުންގެ އަމަލުތަކާ މެދު ޝިފާގެ ކަންބޮޑުވުން

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ދެ މަސްދުވަހުގެ ލޮކްޑައުންއަކަށް ފަހު ހުޅުވާލުމުން ބައެއް އާންމުންގެ އަމަލްތަކާ މެދު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

June 15, 2020 7
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

June 15, 2020 18
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"

މާލެ އިން ކޮވިޑް-19 ފެނުމާއެކު އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭއިރު އަދިވެސް ބައްޔާ މެދު ސަމާލުވެގެން އުޅުމަށާއި ގޭގައި ތިބި އުމުރުން...

14 ޖޫން

June 14, 2020 34
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ

މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.

June 14, 2020 32
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

June 14, 2020 39
"ލުއި ދިނަސް މާލެ އަދިވެސް އޮތީ ރެޑް އެލާޓްގައި"

ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުންކޮށް، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، އާއްްމުންގެ މެދުގައި ބަލި ފެތުރެމުންދާތީ މާލެ އަދިވެސް އޮތީ ރެޑް...

13 ޖޫން

June 13, 2020 31
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

11 ޖޫން

June 11, 2020 13
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

June 11, 2020 102
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10...

09 ޖޫން

June 09, 2020 12
ލުއިދިން ފަހުން ބަލި ފެތުރުނު މިންވަރު ބަލަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އެޅި ފިޔަވަޅުތައް ލުއިކުރި ފަހުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުނު މިންވަރު ދެނެގަތުމަށް ހާއްސަ މަސައްކަތެއް ފަށަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

06 ޖޫން

June 06, 2020 42
މިހާރު މާލޭން ރަށަށް ގޮސް ކަރަންޓީނުވެވޭނެ

ކޮވިޑް-19 ފެތުރިފައިވާ މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބެވޭ ގޮތަށް އުސޫލު އެކުލަވާލައި ރަށްރަށަށް މީހުން ފޮނުވަން ފަށައިފި އެވެ.

04 ޖޫން

June 04, 2020 122
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

29 މެއި

May 29, 2020 23
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

28 މެއި

May 28, 2020 119
އުއްމީދުކުރި ވަރުގެ ލުޔަކަށް ނުވުމުގެ ކަންބޮޑުވުން!

ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި، ބަންދުވެ ތިބޭތާ 43 ދުވަސް ފަހުން މިއަދު ލޮކްޑައުނަށް ލުޔެއް ދިން އިރު އެއް ބަޔަކު އުއްމީދުކޮށްގެން ތިބީ ފަތަން ދެވޭނެ ކަމަށެވެ. އަނެއް ބައެއްގެ ވިސްނުމުގައި ހުރީ ބޭރުގައި ދުވެ، ކަސްރަތުކޮށްލާށެވެ. މައިންބަފައިން ހީކޮށްގެން ތިބީ ގޭތެރޭގެ ހާސްކަމުގައި ތާށިވެފައި ތިބި ކުދިން ބޭރަށް ނެރެލެވޭނެ...

20 މެއި

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

18 މެއި

May 18, 2020 107
ލޮކްޑައުން އުވާލާނެ ކަމުގެ އިޝާރާތެއް އަމީން ދެއްވައިފި

މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް ނޭޅި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެ ކަމަށް. އެކަމަކު، މިއަދުގެ ހާލަތަށް އާދެވުނީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުމުން ކަމަށް އަމީން ވިދާޅުވި.

May 18, 2020 68
ގޭބަންދުގައި މަހެއް: ހިތްދަތި، މާޔޫސް ދިރިއުޅުމެއް

ކޮރޯނާވައިރަސްއާ ހެދި މާލެ ލޮކްޑައުންކޮށް، ގޭގައި ބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ތޮއްޖެހިފައިވާ ވެރިރަށުގައި، ކުދިކުދި ތަންކޮޅުގައި އުޅޭ މީހުންގެ މި...

May 18, 2020 39
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ...

15 މެއި

May 15, 2020 38
ލޮކްޑައުން ހަރުކަށިކޮށް މުދާ ވިއްކުން މަޑުޖައްސާލައިފި

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކުމަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހުއްދަ ދިނުން ވަގުތީ ގޮތުން މިއަދު މަޑުޖައްސާލައިފި އެވެ.

May 15, 2020 61
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު...

14 މެއި

May 14, 2020 43
ލޮކްޑައުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

10 މެއި

May 10, 2020 10
މާލެއިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ

މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.