ފަތިސް · 04:52

ޗަައިނާގެ މުސްލިމުން މި އަހަރު ވެސް ރޯދަ ހިފުން މަނާކޮށްފި

ބެއިޖިން (ޖޫން 7) - އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޗައިނާގެ މުސްލިމުން މި އަހަރުގެ ވެސް ރޯދަ މަސް ފެށީ ސަރުކާރުގެ ފިއްތުންތަކާ އެކު އެވެ.


ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ބުނީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކުގައި ރޯދަ ހިފުމަކީ މަނާ ކަމެއް ކަމަށެވެ. ޗައިނާގައި އެންމެ ގިނައިން މުސްލިމުން ދިރިއުޅެނީ ޒިންޖިއާން ޕްރޮވިންސްގަ އެވެ. އުއިގޫރު ދަރިކޮޅުގެ 10 މިލިއަން މުސްލިމުން އުޅޭ މި ޕްރޮވިންސްގެ ރެސްޓޯރެންޓްތައް ދުވާލު ހުޅުވާފައި ބެހެއްޓުމަށް ވެސް ސަރުކާރުން ވަނީ އަންގައިފަ އެވެ. މިދިޔަ އަހަރު ވެސް ވަނީ މި ޕްރޮވިންސްގެ މުސްލިމުން ރޯދަ ހިފުން މަނާކޮށްފަ އެވެ.

އުއިގޫރު ދަރިކޮޅުގެ 10 މިލިއަން މުސްލިމުން އުޅޭ މި ޕްރޮވިންސްގެ ރެސްޓޯރެންޓްތައް ދުވާލު ހުޅުވާފައި ބެހެއްޓުމަށް ވެސް ސަރުކާރުން ވަނީ އަންގައިފައި. މިދިޔަ އަހަރު ވެސް ވަނީ މި ޕްރޮވިންސްގެ މުސްލިމުން ރޯދަ ހިފުން މަނާކޮށްފައި.

ޗައިނާ ސިފައިންނާއި އުއިގޫރު މުސްލިމުންނާ ދެމެދު ދޭތެރެ ދޭތެރޭން ކުރިމަތިލުން ހިންގަ އެވެ. ޗައިނާގެ އެކި ހިސާބުތަކުގައި ދޭ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ އުއިގޫރު މުސްލިމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޒިންޖިއާން ޕްރޮވިންސްގެ ލޯކަލް ގަވަރްމަންޓުން މިދިޔަ ހަފުތާ އިން ފެށިގެން ވަނީ މުސްލިމުން ރޯދަ ނުހިފުމުގެ ގޮތުން އިންޒާރުތައް ނެރެން ފަށައިފަ އެވެ. ޒިންޖިއާންގެ މެދުތެރޭގެ ކޮރްލާ ސިޓީގެ ސަރުކާރު ވެބްސައިޓުގައި އާއްމުކޮށްފައިވާ ނޯޓިސްއެއްގައި ބުނެފައި ވަނީ ރޯދަ މަހު އެއްވެސް މީހަކު ރޯދަ ހިފުމާއި ދީނީ އެއްވެސް އަޅުކަމެއްގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސްކޫލް ކުދިންނާއި ޓީޗަރުން ވެސް މިސްކިތްތަކަށް ދިއުމަކީ މަނާ ކަމެއް ކަމަށް ސިޓީގެ އެޑިއުކޭޝަން ބިއުރޯ އިން ވަނީ އަންގައިފަ އެވެ.