މެންދުރު · 12:05

އަލޯރާ އަހަރީ ޕްރޮމޯޝަނުގައި ކޮންމެ ދިހަ ދުވަހަކުން އައި ފޯނެއް ހޯދުމުގެ ފުރުސަތު

ރާއްޖޭގައި އެންމެ ނަން މަޝްހޫރު އެއް ފަރުނީޗަރު ފިހާރަ ކަމަށްވާ އަލޯރާ ޕޭން ހޯމްގެ އަހަރީ ޕްރޮމޯޝަން ރޯދަ މަހާ ދިމާކޮށް ފަށައިގެން ކުރިއަށް އެބަދެއެވެ. ޕްރޮމޯޝަަންގެ އިނާމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައި ފޯން 7 އެކެވެ.


އައި ފޯން 7 ހޯދުމުގެ ނަސީބު ލިބެނީ، ކޮންމެ 5،000ރ. ގެ ވިޔަފާރިއަކަށް ލިބޭ ކޫޕަންތައް ގުރުލައިގެނެވެ. އެގޮތުން ކޮންމެ 10 ދުވަހަކުން ނަސީބުވެރިއެއް ހޮވަން ވަނީ ނިންމައިފަ އެވެ. މި ޕްރޮމޯޝަނުގައި ފަރުނީޗަރު އައިޓަމުތަކުން 10 ޕަސެންޓުން ފެށިގެން 35 ޕަސެންޓާ ހަމައަށް ޑިސްކައުޓް ލިބޭނެ އެވެ.

އަލޯރާގެ ޕްރޮމޯޝަނަކީ ރޯދައަށް ބެޑްރޫމް ސެޓްތައް އާ ކުރަން ވިސްނާ މީހުނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަލޯރާއަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އާ ބާވަތްތަކުގެ ބެޑިން އައިޓަމްތައް ގަވާއިދުން ގެންނަ ބައެކެވެ. މި އަހަރުގެ ޕްރޮމޯޝަނަށް ވެސް މުޅިން އާ ބާވަތުގެ، ފެންވަރު ރަނގަޅު ގޮދަޑި އާއި އެނދު ވެސް ގެނެސްފައި ހުންނާނެ ކަމަށް އަލޯރާއިން ބުންޏެވެ.

އަލޯރާގައި ވިއްކަން ބަހައްޓާފައިވާ ބައެއް މުދާ: މި އަހަރުގެ ޕްރޮމޯޝަނަށް ވެސް މުޅިން އާ ބާވަތުގެ، ފެންވަރު ރަނގަޅު ގޮދަޑި އާއި ބާލީހާއި އެނދު ގެނެސްފައި އެބަހުރި

އަލޯރާއަކީ މާލޭގެ ފަރުނީޗަރު ސަޕްލަޔަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު އެތެރެކުރަމުންދާ އެއް ފަރާތެވެ. އަލޯރާއިން ބުނާ ގޮތުގައި، އެ ފަރާތުން އެތެރެކުރަނީ އީ-ވަން ސްޓޭންޑާޑް ފަރުނީޗަރެވެ. މާނައަކީ، އެއީ ތިމާވެއްޓާއި ސިއްހަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފެންވަރުގެ ފަރުނީޗަރެވެ. ފެންވަރު ދަށް ފަރުނީޗަރުގައި ފޯމަލްޑިހައިޑްގެ މާއްދާ ހިމެނެ އެވެ. އޭގެން ސިއްހަތައް ގެއްލުންތަކެއް ލިބުން އެކަށީގެންވެއެވެ. އަލޯރާއިން ގެންނަ ފަރުނީޗަރުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އަލޯރާއިން ޔަގީންކަން ދެއެވެ.

މީގެ އިތުރުން، އަލޯރާއިން ޕްރީ-އޯޑަރ ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން، 3-6 މަސް ދުވަހުގެ ކުރިން އޯޑަރު ކުރާ ފަރުނީޗަރުގެ އައިޓަމުތަކުން 8-15 ޕަސަންޓް ޑިސްކައުޓް ލިބޭނެ އެވެ.