ފަތިސް · 04:37

މިހާރު ބަދިގެ: ޗިކެން ކެސަޑިއާ

ފަހަރެއްގައި "ޗިކެން ކެސަޑިއާ" އޭ ކިޔަން އުނދަގޫވެދާނެ އެވެ. ނަމަވެސް މިއީ ތައްޔާރުކޮށްލުމަށް މާ ގިނަ ވަގުތެއް ނަގާނެ ކެއުމެއް ނޫނެވެ. ތައްޔާރުކޮށް ނިމޭތަނުން ހުސްވާނެ ކަމުގެ ޔަގީންކަން ވެސް ދޭން ކެރޭ މިންވަރަށް މީރު އަދި އެހާމެ މަގްބޫލު ވެސް ކެއުމަކީ އެވެ.


ކެސަޑިއާ އަކީ މެކްސިކޯގެ ކެއުމުގެ ފޯރީގެ ތެރެއިން އުފެދިގެން، ފިހިގެން އައި ރަހައެކެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެސަޑިއާ ވެފައި ވަނީ އެސަރަހައްދަކަށް ހާއްސަ ރަހަތަކާ އެކު ފިހާލެވޭ އެއްޗަކަށެވެ. އެގޮތުން ކެސަޑިއާގެ ވައްތަރުތަކަށް ބަލާއިރު ޗިކެން ކެސަޑިއާ އަކީ ޔަގީނަށް ވެސް އެންމެ ގިނަ ބަޔަކު އެއްގޮތަކަށް ތައްޔާރުކޮށް އެންމެ ގިނަ ބައެއްގެ ގޮތުގައި މަގްބޫލުކަން ހޯދާފައިވާ ކެސަޑިއާއެވެ.

ޗިކެން ކެސަޑިއާ އަކީ މެކްސިކޯ އިން ދުނިޔެ އަށް ތައާރަފްކޮށްފައިވާ ކެއުންތަކަށް ބަލާއިރު ވެސް ލިސްޓުގެ އެންމެ ކުރިން ޖާގަލިބޭ ކެއުމެކެވެ.

"މިހާރު ބަދިގެ" އަށް ޗިކެން ކެސަޑިއާ ގެނެސްދެނީ މާލޭގައި މަގްބޫލުކަން ހޯދާފައިވާ ރެޓްރޯ ކެފޭގެ ހުނަރުވެރިކަމާ އެކުގަ އެވެ. "މިހާރު ބަދިގޭގެ" ފުރަތަމަ ހަތް ދުވަހުގެ ރެސިޕީ ގެނެސްދޭނީ ވެސް ރެޓްރޯ ކެފޭއިންނެވެ.

ވީޑިއޯ އިން މި ފެންނަ ޗިކެން ކެސަޑިއާ ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެތި:

- ތެޔޮ - 25 ގްރާމުގެ ފިޔާ - 10 ގްރާމުގެ ލޮނުމަދު / ކުދިކޮށް ކޮށާލާފައި - 100 ގްރާމުގެ ކުކުޅު މަސް - 10 ގްރާމުގެ ކޮރިއަންޑާ ޕައުޑަރު - 15 ގްރާމުގެ އޮނިއަން ޕައުޑަރު - ލޮނު - އަސޭމިރުސް - 15 ކޮރިއަންޑާ - 80 ގްރާމުގެ ބެލްޕެޕާ - ޓޯޓީލާ ބްރެޑް - މޮޒަރެއްލާ ޗީޒް