މެންދުރު · 11:55

މިހާރު ބަދިގެ: ތަލަޝިރީ ޗިކަން ބިރިޔާނީ

މިއީ ކުކުޅު މަހާއި ބަތް ކުޅިކޮށްކާން ބޭނުންވާ މީހުންނަށް ލިބޭނެ އެންމެ ބޮޑު ރޯދަ ހަދިޔާ އެވެ. ވަކިން ހާއްސަކޮށް ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ހާއްސަ ކެއުމަކަށް ތަލަޝީރީ ޗިކަން ބިރިޔާނީވާނެކަން ޔަގީނެވެ. މިއީ "ލޭންޑް އޮފް ސްޕައިސިސް" ގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާގެ ކެރަލާ ސްޓޭޓް އިން ދުނިޔެ އަށް މަޝްހޫރުކޮށްފައިވާ "އެގްޒޮޓިކް" ކެއުމެކެވެ.


ބުނެވޭ ގޮތުގައި ހުރިހާ ބިރިޔާނީތަކެއްގެ "މަންމަ ބިރިޔާނީ" އަކީ މި ތަލަޝީރީ ބިރިޔާނީ އެވެ. އިންޑިއާގެ ބިރިޔާނީތަކަށް ބަލާއިރު މިއީ އެމީހުންގެ ކުރީގެ މުސްލިމު ރަސްރަސްކަލުންގެ މެދުގައި ވެސް ވަރަށް މަގްބޫލުވެ އޭގެ ރަހަ ޒަމާންތަކަށް ބަދަލުވުމުގައި ވެސް މުސްލިމުންގެ ނުފޫޒު ނިކަން ބޮޑަށް އެކުލެވިގެން މަސްހުނިވެގެން އުފެދިގެން އައިސްފައިވާ ކެއުމެކެވެ.

ދިވެހިންގެ މެދުގައި ވެސް ބިރިޔާނީގެ ވައްތަރުތަކަށް މި ވަރަށް މަޝްހޫރުވުމުގެ ސިއްރަކީ ކޮބައިކަން މިހާރު އެބައެނގެ އެވެ. މިއީ މުސްލިމުންނާ ހިތާއި ހިތުގެ ގުޅުމެއް ފައްކާކޮށްފައިވާ ކެއުމަކީ އެވެ.

ވީޑިއޯ އިން މި ފެންނަ ގޮތަށް ތަލަޝީރީ ޗިކަން ބިރިޔާނީ ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތީގެ ލިސްޓެއް ތިރީގައި މި ހިމަނާލަނީ އެވެ.

- 200 ގުރާމުގެ ފިޔާ

- 100 ގުރާމުގެ ޓޮމާޓޯ

- 5 ގްރާމުގެ ސްޕައިސަސް

- 150 ގުރާމުގެ ޗިލީ ޕައުޑަރު

- 100 ގުރާމުގެ ޓާމެރިކް ޕައުޑަރު

- 50 ގުރާމުގެ ކޮރިއަންޑާ ޕައުޑަރު

- 50 ގުރާމުގެ ކަޝްމީރީ ޗިލީ ޕައުޑަރު

- 160 ގުރާމުގެ ޗިކެން

- 10 މިލިލީޓަރުގެ ފިނިފެން

- 10 ގުރާމުގެ ކަރީ ލީވްސް

- 50 ގުރާމުގެ ގްރީން ޗިލީ

- 200 ގުރާމުގެ މިލްކު

- 20 ގުރާމު ލޮނު

- 10 ގުރާމުގެ ކޮރިއަންޑާ ފަތް

- 10 ގުރާމުގެ މިންޓް ލީވްސް