ޢަޞުރު · 15:10

މިހާރު ބަދިގެ: ސިޓްރޯން ސްޕައިސް ޗިކަން ޕީޓާ

މެދުއިރުމަތިން އުފެދިގެން ގްރީސް އާއި ޔޫރަޕަށް ފެތުރުނު ޕީޓާ ބަނަހަކީ ގޮދަން ފުށުން ހަދާފައި އޮންނަ މަޑު، މީރު ބަނަހެކެވެ. މި ބަނަހުގައި އިންޑިއާ، ގްރީސް، ތުރުކީ، ލުބްނާން އަދި ސީރިޔާގެ ރަހަތައް އެކުލެވޭ ސްޓަފިންގްއާ އެކު އެކި ވައްތަރުގެ ޕީޓާ ހަދަ އެވެ.


ސިޓްރޯން ސްޕައިސީ ޗިކަން ޕީޓާ އަކީ ތަރުކާރިން ރަހަ ހެޔޮވަރުކޮށްދޭ، ޔޮގާޓް ސޯހުން ކުކުޅުގެ ރަހަ ފުރިހަމަ ކޮށްދޭ މީރު އެއްޗެކެވެ. ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭނެ އެވެ.

ޕީޓާ ބްރެޑް

ބަޓަރު

ކުކުޅު، ކޮށާފައި

ކެބެޖް، ކޮރިއެންޑާ، ފިޔާ، ޓޮމާޓޯ

އަސޭމިރުސް

ޔޮގާޓް ސޯސް