ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ރޯދަ ހަދިޔާ ބެހުން-- ފޮޓޯ: ޔާމީން ޓްވިޓާ
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސޮދަގާތު ފައުންޑޭޝަނުން ރޯދަ ހަދިޔާގެ ގޮތުގައި ކަދުރާއި ހަނޑޫ ބަހަން ފަށައިފި އެވެ.
އެ ފައުންޑޭޝަންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ކަދުރާއި ހަނޑޫ އެ ފައުންޑޭޝަނުން ބަހަމުން އަންނަނީ ހިލޭ ސާބަހަށް ކަމަށެވެ. މުޅި ރާއްޖެ އަށް އެ ހަދިޔާ ބަހަން ނިންމާފައިވާ ކަމަށާއި މިހާރު އެ ކަން ކުރިއަށް ދަނީ މާލޭގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ސޮދަގާތު ފައުންޑޭޝަނުން މާލޭގެ ގެތަކަށް ޒިޔާރަތްކޮށް ހަނޑޫ ބަހަމުން ދާއިރު މާލޭގެ އެކި ހިސާބުތަކަށް މަޖިލިސް މެމްބަރުން ހިމެނޭ ގޮތަށް ޓީމްތައް ޒިޔާރަތްކޮށް ގޭގެ އަށް ކަދުރާއި ހަނޑޫ ބަހަ އެވެ.
ކަދުރާއި ހަނޑޫ އެހީ ކޮން ބައެއްގެ އެހީއެއްތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެއީ އެ ފައުންޑޭޝަންގެ ހަރަދުގައި ހޯދާފައިވާ ތަކެތި ކަމަށެވެ.
ސޮދަގާތު ފައުންޑޭޝަނުން ކަދުރު ބަހާ އިރު މީގެ ކުރީ އަހަރުތަކުގައި އަރަބި ގައުމުތަކުން ހަދިޔާ ކުރާ ކަދުރު ސަރުކާރުން ރައްޔިތުންނަށް ބަހަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު އަދި ކަދުރު ނުލިބޭ ކަމަށެވެ.
ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް އަންނަނީ ތަފާތު ތަކެތި ބަހަމުންނެވެ. އެ ގޮތުން 2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާ އިން ދިވެހި ރައްޔިތުންނަށް ބަހަން ދިން ކަދުރުތަކެއް ސޮދަގާތު ފައުންޑޭޝަން ނަމުގައި ބެހި މައްސަލައެއް ފެންމަތިވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކާސިމު
14 May 2018
ވެންމަސް ވެނަށް ކާންދެނީ!
އަރީފް
14 May 2018
މި ޤައުމުގެ ރައްޔިތުން އެހާ ގަމާރުވީމަ ވާނެގޮތް މިފެންނަނީ ވެންމަސް ވެނަށް ކާންދޭއިރުވެސް ނޭނގެނީ އުހަރުމެން އަގައިން ބުންޏަސް ނަގާ ފައިސާ (ޓެކްސް) މިފައިސާ އިން އެއްޗެހި ގަނެގެން މިބަހަނީ މިކަމަނާ މި ޤައުމުގަ ކުރިނވެސް އުޅުނު އެއްޗެއްބެހިބާ މިވަރު ހަދާން ކޮށްލިޔަސް އެކަކުވެސް އޭގަ ނުހިފާނެ މިކަމަނާ މަތިވީމަ ރައްޔިތުން ދައްކޮލާ މިންވަރު ﷲ ގެ އިރާދަފުޅުން އެންމެންވެސް މަސައްކަތް ކޮށްގެން ލާރިލިބޭ ކީއްކުރަން މީގަ ހިފަންވީ
ފަސްމީރު
14 May 2018
މެންބަރުންގެ އަގެއް ކޮބާ ރިހައާ ބަތާ އަޅައިދިނުމަށް އުނދުޅި ހިފައިގެން މެންބަަރުން މި ތިބެނީ
ސާމަރާދޫނި
14 May 2018
މަ ކަދުރު ކޭކު އަޅަން، ކަދުރުކޮޅެއް ބާނުން.
ލައްކަވާހަކަ
14 May 2018
ހާކިމާ ބުނީ ހުދު އަނބިމީހާވެސް ނާހަޔޭ ކިހިނެއް ހޯދި ފައިސާތަކެއްތޯ؟ އެ ފައިސާއިން މުދާ ގަނެ މި ބަހަނީ ރައްޔިތުންނަށް
އެމުނި ކެމުނި
14 May 2018
ވިސްނާ ވިސްނާވެސް ނޭންގުނު ތިޔަ ފައުންޑޭޝަންއަށް ފައިސާ ހޯދާގޮތެއް. ވަރަށް ޅަފަތުގައި އޮތް ފައުންޑޭޝަންއެއް އެކަމަކު މަހެއްގެ މައްޗަށް އެތައްމިލިއަން ރުފިޔާއެއް އެބަ ހަރަދުކުރޭ. އެވަރަށް ފައިސާވަންނަ ކޮޅެއް ނުފެނޭ..
ޜާކަނި ސައްތާރު
14 May 2018
މިވެރިކަން ނިމުމުން ތިޔަ ސަދަގާތް ކުރާނެ ނަމަ ހާދަ ރަގަޅޭ ހިތައް އަރާ
ވާސިރު
14 May 2018
މެމްބަރުގެ ނަގޫ އެކަންޏެއް ނުން މުޅި މީހާ ފިތުނޭމަ ދޯ އެވައްތަރަށް އިއްޒަތްތެރި މެމްބަރަކު އުޅޭނީ، ލަދުން ބޯ.ހަލާކު
ޔާމިން
14 May 2018
ތި ފައުންޑޭޝަނުން ރައްޔިތުންގެ މުދާ ވަކި ބަޔެއްގެ ނަމުގަ ބަހަމުންދާ ދިޔުން ހުއްޓުވޭނީ ހަމަ ރައްޔިތުންނަށް. ތިމާއަށް ދިއްކޮއްލާ ނުވަތަ ލިބޭ އެއްޗަކީވެސް ހަލާލު އެއްޗެއްތޯ ބަލަންޖެހޭ ނުވަތަ ދޭމީހާގެ އެއްޗެއްތޯ ބަލަން ޖެހޭ
ނާޒިމް ( ޖ)
14 May 2018
ކިހާ ދެރަކަމެއް! ހަނޑޫ ކޮޅަކާއި ކަދުރު ކޮޅެއް ދިނީމަ އެދެވުނީ އެއްއިރު ކާލާނެ އެތިކޮޅެއް! އެވެސް ހޯދި ގޮތެއް ލިބުނުގޮތެއް އެނގޭ އެއްޗެއް ނޫން! ހުރިތާކުން ނެގުނު ގޮތަކަށް ނަގައިގެން ދޭ އެއްޗެއް ނޫން ކަމެއްވެސް ދެނެވޮޑިގެން ވާނީ ﷲ. ތިޔަށްވުރެ ރަނގަޅެއްނު ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އަމާނާތްތެރިވެ ތެދުވެރިވިއްޔާ! ކިތަންމެ ވަރަކަށް ބެހިޔަސް ހިތެއް ނުހޯދޭނެ!