މެންދުރު · 12:07

މިހާރު ފިޓް: ވާމްއަޕް ސްޓްރެޗް

ކަސްރަތު ކުރުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މުހިންމު ކަމެކެވެ. އެ މީހެއްގެ އުމުރާއި ސިއްހީ ހާލަތާ ގުޅޭ ގޮތުން ކަސްރަތުކުރަންޖެހޭނެ އެވެ.


ކަސްރަތުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބިދިނުމަށާއި ކަސްރަތުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރެ އެވެ. ކުޅިވަރުތަކާއި ކަސްރަތާއި ބައެއް ބާވަތުގެ މަސައްކަތުގެ ކުރިން އެކަމަށް ހަށިގަނޑު ތައްޔާރުކޮށްލަން ޖެހެ އެވެ. އެއީ ލިބިދާނެ ދާއިމީ ގެއްލުމަކުން ސަލާމަތްވުމަށާއި ކަސްރަތާ ގުޅިގެން އަރާ ތަދުތަކާއި ހާނީއްކަތަކުން ދުރުވެ ތިބުމަށް މުހިންމު ކަމެކެވެ.

"މިހާރު ފިޓް" ގައި މި ކަންކަން މި ކިޔައިދެނީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިންނެވެ.