ރިޕޯޓް / މީހުން

ގޮތް ދޫކުރާނެ ދެ ޒުވާނުންނެއް ނޫން، ނަތީޖާ ވެސް އެހާމެ ފޮނި!

އަފްޝަން (ކ) އަދި އަކްމަލް ގާޑިޔާއެއްގެ މަތީގައި އިށީނދެގެން. ގޯޓްފިޝްގެ މޭސްތިރިންނަކީ މި ދެ ޒުވާނުން.

ދޮރު ހުޅުވާފައި އެތެރެއަށް ވަދެ ހިނގައިގަތް ތަނުން ވަދެވުނީ ތެޅިގަލުން ރާނައިގެން ހަދާފައި ހުރި ކުޑަ ފޮށިގަނޑެއް ވަރުގެ ކޮޓަރިއަކަށެވެ. އެއީ ތިރީހަށް ވުރެ ގިނަ އަހަރުވެފައިވާ ދުވަސްވީ ގޭގެ ކޮޓަރިއެކެވެ. ގޭތެރޭގެ އޮނިގަނޑު އިހު ޒަމާނުގެ ގޮތްގަނޑާ މާ ބޮޑު ތަފާތެއް ނެތެވެ. އަތް ފޯރާފަށުގައި ހުރި ބޮތްކަކުން މުޅި ކޮޓަރި ދިއްލާލަ އެވެ. ފެންޑާ އިން ފެންނަނީ ބަނބުކެޔޮ ގަހެއްގެ ފަތްތައް ހެލިލަ ހެލިލަ ހުރި ތަނެވެ. ކޮޓަރީގައި ހުރި ސޯފާއެއްގައި އިށީނުމާ އެކު މަރުހަބާ ކީ އަފްޝަން އަޝްފާގު، 27، އާއި އަކްމަލް ޝަހީދު، 25 އެވެ. އެއީ ދިވެހިންގެ މެދުގައި މަޝްހޫރު ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގެ މޭސްތިރިންނެވެ.

ރާއްޖޭގައި ކެއުމާއި ބުއިމުގެ ހިދުމަތް ދޭ ތަންތަނާ ބަލާއިރު ގޯޓްފިޝްގެ މާހައުލު ވަރަށް ތަފާތެވެ. ނަން ވެސް ތަފާތުވެފައި އަޅައިގަންނަ ގޮތެއް ހުރެ އެވެ. ރަހަ ވެސް ހަމަ އެހާމެ ތަފާތެވެ. ގޯޓްފިޝްގެ އަޖުމަ ބަލާލަން ދާ ކޮންމެ މީހެއްގެ ދުލު ކުރިއަށް އަންނަނީ މި ލަފުޒުތަކެވެ. މިއީ، މި ދެ ޒުވާނުން ކުރި އާދައިގެ މަސައްކަތެއް ނޫނެވެ. އަދި މި ދެ ޒުވާނުންގެ ގޯޓްފިޝް ދަތުރަކީ ރާއްޖޭގެ އާ ވިޔަފާރިތަކަށް ވެސް އޮތް ނަމޫނާ މަސައްކަތެކެވެ.

އަކްމަލް އާއި އަފްޝަން ފުރަތަމަ ދިމާވީ 2010 ގައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމްގައި ކިޔަވަން އުޅެނިކޮށެވެ. އޭރު އަފްޝަން އުޅުނީ ފުޑް އެންޑް ބެވަރެޖް ލެކްޗަރާއަކަށެވެ. އަކްމަލް ކިޔަވަމުން ދިޔައީ ޓްރެވަލް އެންޑް ޓުއަރިޒަމެވެ. ދެ މީހުން އޭރު ބައްދަލުވި އިރު ވެސް އާ ވައްތަރެއްގެ ތަނެއް ހިންގުމުގެ ޝައުގުވެރިކަން ހުއްޓަސް، އެކަން ކޮޅެއްގައި ނުޖެހި އެތައް އަހަރެއް ފާއިތުވެގެން ދިޔަ އެވެ.

ގޯޓްފިޝްގައި ހަދާ، އާންމުންގެ މެދުގައި މަގުބޫލް މީޓްލޯފް.

"ސީދާ މިވެނި ކަމެއް ކުރާށޭ، އެގޮތަކަށް ނޫން. ވަރަށް ސަޅި ކަމެއް ކުރަން ހިނގާށޭ މަޝްވަރާ ކުރަމުން ދިޔައީ. އޭގެ ފަހުން އެކަހަލަ ވާހަކައެއް ނުދައްކާތާ އެތައް ދުވަހެއް ވެސް ވި،" އަފްޝަން ބުންޏެވެ.

ކެފޭއެއް ހުޅުވުމުގެ މަޝްވަރާތައް އިތުރަށް ގަދަވީ ދެ މީހުން ދެ ދިމާއަކަށް ދިޔަ ހިސާބުންނެވެ. އޭރު އަފްޝަން ކިޔަވަން ނިއުޒިލެންޑުގައި ހުރިއިރު އަކްމަލް ހުރީ ކިޔަވަން ސްރީ ލަންކާގަ އެވެ. ކިތަންމެ ދުރުގައި ހުއްޓަސް، އަފްޝަނާއި އަކްމަލްގެ ގުޅުން ވަކި ކުޑައެއް ނޫނެވެ. ކެފޭ ހުޅުވުމަށް ފުރިހަމަ ކުރަން ޖެހޭ މުހިންމު ހުރިހާ ކަމެއްހެން، ނިންމާލީ ދެ މީހުން، ދެ ގައުމުގައި ތިބެ ފޯނު މެދުވެރިކޮށް ކުރި މުއާމަލާތްތަކުންނެވެ.

ގޯޓްފިޝްގެ މެނޫ އާއި ޑިޒައިނާ ލޭއައުޓާއި ނަން ފާސްކޮށް، ކެފޭއެއް ހިންގުމުގެ ތަޖުރިބާ މާ ބޮޑަށް ނެތް ކަމުގައި ވިޔަސް، ހިދުމަތް ފެށުމަށް އަތުކުރި އޮޅާލީ 2015 ގެ ފަހުކޮޅެވެ. ދެ މީހުންގެ ހުވަފެން ހަގީގަތަކަށްވެ، 2016 ގެ ޖުލައިގައި ކެފޭ ހުޅުވީ އާއިލާގެ އިންވެސްޓްމަންޓަކުންނެވެ.

ދިވެހިންނަށް މުޅިން އާ ނަންތަކެއް

ރެސްޓޯރަންޓަކަށް ނުވަތަ ކެފޭއަކަށް ކާން ހިނގައްޖެ ނަމަ، ދިވެހިން އާންމުކޮށް އޯޑަރު ދޭނީ ފްރައިޑް ރައިސް އަކަށް ނުވަތަ ކޮއްތު ރޮއްޓަކަށެވެ. އަކްމަލް އާއި އަފްޝަންގެ އަމާޒަކަށްވީ ދިވެހިންގެ ވިސްނުން ބަދަލު ކުރުމަށެވެ. ދިވެހިންނަށް މީގެ ކުރިން ނުފެންނަ ކެއުންތަކެއް ގެނެސްދީ، އާންމުންގެ ހިތް ދަމައިގަތުމަށެވެ.

"ރެސްޓޯރަންޓުތަކުގައި ހުންނާނީ އާންމުކޮށް އެއް ޑިޝްތަކެއް. އެކި މީހުން ކެއްކީމަ ރަހަ ތަފާތު ވާނީ އެކި އެއްޗެހި އެޅީމަ. އެއްވެސް ކަހަލަ ތަފާތު ކެއުމެއް ތަޖުރިބާކޮށްލަން ޗޮއިސް އެއް ނޯންނާނެ. އެހެންވެ، އެއީ ގޯޓްފިޝްގެ މެނޫގައި އާ އެއްޗެހި ހިމަނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ،" އަކްމަލް ބުންޏެވެ.

ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ.

ގޯޓްފިޝްގެ މެނޫގެ ހިމެނޭ ގާތްގަނޑަކަށް ތިރީހަކަށް އައިޓަމަކީ އަކްމަލާއި އަފްޝަންގެ މަޝްވަރާގެ މަތިން ހިމަނާފައި ހުރި އައިޓަމްތަކެކެވެ. ހާއްސަކޮށް، މިކަމުގައި އަފްޝަންގެ ދައުރު ބޮޑެވެ. ގޯޓްފިޝް ހުޅުވުމުގެ ކުރިން ނިއުޒިލެންޑްގައި ހުރިއިރު، ވަރަށް ގިނަ ކެއުންތައް އަފްޝަން ހަދަ އެވެ.

"ޓެސްޓް ރައުންޑަކަށް ހެދިން ޑިޝްތަކެއް. ޑިޝް އަށް ބޭނުންވާ ތަކެތި އެކޮޅުން ފަސޭހަ އިން ލިބޭ. އެކޮޅުގައި ހުރެފައި ރެސިޕީ ވެސް ހެދީ. ތަން ހުޅުވި ފަހުން ޑިޝްތަކަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ލަފައަށް ބަލާފައި. އަހަރުމެން އަމިއްލަ އަށް ވެސް ވިސްނާފައި ބައެއް ބަދަލުތައް ގެނައިން،" އަފްޝަން ބުންޏެވެ.

އޭނާ ބުނީ ގޯޓްފިޝްގެ މެނޫގައި ހުރި ކާ އެއްޗެހި، އެހެން ތަންތަނުގައި ހުންނަ މެނޫއާ ތަފާތު ވާނެ ކަމަށެވެ. އެގޮތުން ޕޮޓްޕައި އާއި މީޓްލޯފްއަކީ ރާއްޖެ އަށް މުޅިން އާ، އާންމުންގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު ކާއެއްޗެއް ކަމަށް ވެސް އަފްޝަން ބުންޏެވެ. އަދި ޑެއިލީ ސްޕެޝަލްސްގެ ނަމުގައި މުޅިން ތަފާތު، އާ ކެއުންތަކެއް ކޮންމެ ދުވަހަކު ތައްޔާރު ކުރަމުން އަންނަ ކަމަށް އަކްމަލް ބުންޏެވެ.

"އެކަހަލަ ބައެއް ކެއުންތައް އެބަހުރި އެއްވެސް ތާކު އަދި ނުހަދާ. އާ އެއްޗެހި ކާން އަންނަ މީހުން ވަރަށް ގިނަ. އެކަމަކު ބައެއް މީހުން ސޭފް ސައިޑެއްގައި ހުންނަން ވެގެން ފްރައިޑް ރައިސް ނަގާނެ. އެހެން އެއްޗެހި ނަގަން ޖެހިލުންވާތީ. ފްރައިޑް ރައިސްއަކީ މެނޫ އަށް ލާން ބޭނުން ނުވި އެއްޗެއް،" އަފްޝަން ބުންޏެވެ.

ރިހާކުރު ދިޔަ އަދި ބަނބުކެޔޮ ބަތް.

"ކޮންމެ ދުވަހަކު މެސެޖްކޮށްފައި އަހާނެ ޑެއިލީ ސްޕެޝަލް އަށް ކޮން އެއްޗެއްތޯ ހުރީ. އެއީ ކޮން އެއްޗެއްކަން އަހާފައި، އޭތި ކާން އެބަ އާދޭ މިތަނަށް. އާ ޑިޝްތައް ކަސްޓަމަރުންނަށް ކަމުދޭތޯ ބަލާފައި މެނޫ އިން ނުހިނގާ އެއްޗެއް ނަގާފައި، ކަމުދާ އެތި އެބަ ލަން މެނޫ އަށް،" އަކްމަލް ބުންޏެވެ.

އަކްމަލާއި އަފްޝަން، ދިވެހިންނަށް ދޭ ޔަގީންކަމެއް އެބައޮތެވެ؛ ގޯޓްފިޝް އިން ދިވެހިންނަށް ހިދުމަތް ދޭތާ ގާތްގަނޑަކަށް ދެ އަހަރުވީއިރު، އިންސާފު ކުރާ ކޮންމެ ކެއުމެއް މީރުވެފައި "ޕޯޝަން ހެޔޮވަރު" ވާނެ އެވެ. އެއްވެސް މީހަކު "އެތިކޮޅު" މަދުވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

ހިރަފުސް ފޮޅާލައިފައި އާ ޑިޒައިނެއް

ކުރިން ގޯޓްފިޝް ހުރި ދިލްބަހާރުމަގުގެ ތަނަކީ ދެ މީހުން މާ ހިތްހަމަޖެހޭ ލޮކޭޝަނަކަށް ނުވި އެވެ. ރޭގަނޑު ގަޑީގައި ކިތަންމެ ތޮޮއްޖެހިފައި އޮތް ކަމުގައި ވިޔަސް، ދުވާލު އެތަން އޮންނަނީ ފަޅުކޮށެވެ. އެކަމަކު، ދެ މީހުންގެ ހިތްވަރަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. ވިޔަފާރި ހުއްޓާލައި ގޭގައި ތިބޭކަށް ބޭނުމެއް ނުވި އެވެ. އެ މީހުން ގަބޫލުކުރި ގޮތުން ނަމަ، އޭރު ހިތްހަމަޖެހޭ ވަރަށް ވިޔަފާރި ނުވީ ގޯޓްފިޝް ހުރި ތަނުގެ ގޮތުންނެވެ. އެތާ ކައިރީގައި އޮފީހެއް ނެތުމާއި ޓްރެފިކް އޮތުމާއި ޕާކް ކުރާނެ ތަނެއް ނެތުމަކީ އެ މީހުން ދެއްކި ސަބަބެވެ.

ގޯޓްފިޝް މިހާރު ހިންގަމުން އަންނަ ތަނަކީ ދެ މީހުންނަށް ބޮޑު "ޖަވާހިރެއް" ފަދަ ތަނެކެވެ. ދެ މީހުން ވަރަށް ގަޔާވާ ތަނެކެވެ. އޮފީސްތަކުގެ "މެދެވެ". ދުވާލާއި ރޭގަނޑު ވެސް އެތަން އޮންނަނީ ތޮއްޖެހިފަ އެވެ. ގޯޓްފިޝް ކެފޭ ބަދަލުކޮށްލަން ލިބުނީ އެ މީހުން ބޭނުންވި ކަހަލަ މުސްކުޅި ގެއެކެވެ. އަކްމަލް ބުނި ސަލްޓަން ޕާކުގެ ބިތްދޮށުގައި ހުރި ސަކީނާ މަންޒިލްގައި ހުޅުވި ކެފޭއާއެކު އާމްދަނީ މިހާރު ވަނީ ތިން ގުނަ އަށް ވުރެ އިތުރުވެފަ އެވެ.

"އަހަރުން ކުރިއަށް ދާން އިތުރަށް މަސައްކަތްކޮށްފި ނަމަ، ކޮންމެ ކަމެއް ވެސް ކުރެވޭނެ ކަން ގަބޫލު ކުރިން. ވިސްނުން ތަފާތު ނަމަ، ކުރިއަށް ނުދާ ހާލަތެއްގައި އޭރު އޮތީ،" އަފްޝަން ބުންޏެވެ.

"ކިޔަވާފައި ހުރި އެއްޗަކުން ނޫން، ކުރީގައި މަސައްކަތް ކޮށްފައި ހުރި ތަނަކު ނޫން. މިތަން ރަން ކުރަން ހުރިހާ ގޮތެއް ދަސްވީ މިދިޔަ ލޮކޭޝަންގެ ތަޖުރިބާ އިން."

ކެފޭ ހުޅުވައިގެން މިއަދާ ހަމައަށް އައިއިރު، އެތަން ހިންގުމުގައި އަމަލީ ގޮތުން ވެސް އުޅެނީ ދެ ޒުވާނުންނެވެ. ވަޒީފާގައި ގެންގުޅެނީ ކައްކާއިންގެ ގޮތުގައި ހަ މީހަކާއި ކަސްޓަމަރުންނަށް ސާވިސް ދިނުމުގައި ހަ މީހެކެވެ. އެ މީހުންނަށް ގަވައިދުން، އަކްމަލާއި އަފްޝަން އިރުޝާދު ދީ ހަދަ އެވެ.

ގޯޓްފިޝްގެ އޮނިގަނޑަކީ ނިއުޒިލެންޑާއި ލަންކާގައި ހުންނަ ބާ އިމާރާތްތައް ނަކަލުކޮށްގެން ހެދި ތަނެކެވެ. ގެއަކީ އިހު ޒަމާނުގެ ސްޓައިލަށް ހުރި ގެއަކަށްވާތީ އަފްޝަން އާއި އަކްމަލް ބޭނުންވީ ގެއަށް ވީހާ ވެސް މަދު ބަދަލެއް ގެނެސް ކެފޭ ހުޅުވާށެވެ. ކެފޭގައި މުޅިން ހެން ހުރީ ނީލަން ފިހާރަ އިން ގަނެގެން ހިރަފުސް ފޮޅާލުމަށް ފަހު އަލުން ބޭނުން ކުރަމުން އަންނަ ތަކެއްޗެވެ. މަދު އެއްޗެއް ނޫނީ ބޭރަކުން ނުގެނެ އެވެ.

ގޯޓްފިޝްގައި ހުރި ގޮނޑި އާއި މޭޒު ފަދަ ތަކެތި ހެދީ ރީސައިކަލްކޮށްގެންނެވެ. އަކްމަލާއި އަފްޝަންގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކެފޭ ބައްޓަން ކުރުމަށެވެ. އެގޮތުން ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅިއެއްގައި ކަސްޓަމަރުންނަށް ފެން ދިނުމަކީ ގޯޓްފިޝް އިން ކުރާ ކަމެކެވެ. ގޯޓްފިޝް އިން ވަނީ ޕްލާސްޓިކް ހޮޅި ވެސް ބޭނުން ކުރުން ހުއްޓާލައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަމާޒަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެތަން ބައްޓަން ކުރުމެވެ. އަކްމަލް ބުނި ގޮތުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެތަން ބައްޓަންކޮށްފައިވާތީ އެތަނަށް އަންނަ މީހުން ވެސް މަދެއް ނޫނެވެ.

އަކްމަލް (ކ) އަދި އަފްޝަން. ދެ ޒުވާނުން ގުޅިގެން ފެށި ވިޔަފާރި ވަރަށް ބޮޑަށް ވަނީ ފުޅާވެފައި.

އަފްޝަނާއި އަކްމަލަށް ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް، ވިޔަފާރި ދިޔައީ، ފެށުނީއްސުރެ ރަނގަޅުވަމުންނެވެ. އެ މީހުންގެ ވިޔަފާރި މިހާރު އޮތީ ވަރަށް އުހުގަ އެވެ. ދެ ޒުވާނުން އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ވިޔަފާރި ހިނގަ އެވެ.

ފޯނު ކޯލުން ރާވާލި ކަންކަން، އިސާހިތަކު ބޮޑު ވިޔަފާރިއަކަށްވެ، ފުޅާވެއްޖެ އެވެ. ދެ މީހުންގެ އަމާޒު މިހާރު ހުރީ ތަފާތު ކެއުންތައް ތައާރަފުކޮށް، އެހެން ކެފޭއެއް ހުޅުވުމަށެވެ. ރޯދަ އަށް ފަހު، މެނޫ އަށް އާ ކެއުންތަކެއް ތައާރަފް ކުރުމަކީ އަމާޒެކެވެ. ހުޅުމާލޭގައި ކެފޭ އެއް ހުޅުވުމަކީ ވެސް އަމާޒެކެވެ.

18 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 6%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްސެ/ ހުޅުމާލެ

26 May 2018

ދިވެހިރާއްޖޭގައި ހިދުމަތްދޭތަންތަނުން 3 ވަނަ ފަހަރަކަށް އެހިދުމަތެއް ނުލިބޭނެ. ބޭނުންވާ އެއްޗެއް ނުލިބޭނެ. ދެން އެބުނަނީ ފްރައިޑް ރައީސް މެނޫއަށް ލާކަށް ބޭނުމެއްނޫނޭ! އެހެންނަމަވެސް އެނުލައްއެއް އަދި ތިކަމެއް ނުވާނެ. ޔޫރަޕްގެ ކެއުމަކީ ދިވެހިންނަށް އެހާކަމުދާ ކެއުމެއްނޫން. ބަދަލުކުރަން ވަރަށް ދުވަސް ނަގާނެ.

The name is already taken The name is available. Register?

ސާފު

25 May 2018

ގޮނޑިތައް ހުރިގޮތް ބުނިއިރު ގޮނޑިއެއްގެ ފޮޓޯ ފެންނާކަށް ނެތް. ގެ ބާ ކަމަށް ބުނިއިރު އެވެސް ދައްކާ ނުލެވުނު. މީހުން ނުވަންނާތީ އިސްތިހާރު ކުރާނެ މޮޅު ގޮތެއް. ހެހެހެ

The name is already taken The name is available. Register?

ފަރޫ

25 May 2018

ގޮތް ދޫކޮށްފަ ތަންކޮޅެއް ފާސްޓްކޮށް ހިދުމަތް ދީބަލަ. ތިތަނަކަށް ދިޔަ ދުވަހު ބަނޑަށް މަރުނުވީ ހަމަ ކިރިޔާ.

The name is already taken The name is available. Register?

ނަހޫ

25 May 2018

ތީގަ ވާގޮތަކީ މީހާގެ ހިއްބުނަނީ އަގުބޮޑުވީމަމީރޭ! އެކަމަކު އެކަން އޮތީ އެހެންނޫކަން އެގޭނެ ޓެސްޓު ކޮއްލީމަ މިގައުމުގަ އެފަދަ ޓެސްޓުތައް ކުރާ ޓީވީފުރަގުރާމެއް ނުހުރޭ ބޭރުގައުމުތަކުގަ އެއްޗެތީގެއަގާއި ހާދާފަ ހުންނަ މަކަރު ހާމަކުރާ ޓީވީޕުރަގުރާމު ތައްހުރޭ

The name is already taken The name is available. Register?

ޑޮންޑޮން މަތި

24 May 2018

މާލޭގަތަ؟ ގިނަމީހުންނަށް މޮޅުވާނެ އުބޮޑުވީވަރަކަށް. ކޮންމެ ރަހައެއް ލިޔަސް ހެޔޮ .

The name is already taken The name is available. Register?

ނާފިޒްބެ

24 May 2018

އަގުތަށް ބޮޑު ވިޔަސް ސަޅިހަމަ. ކާލަން މީރު، ހިތްހަަމަ ޖެހޭ. ކޮލީޓީ ހިފެހެއްޓީމަ އޯކޭ. ހިންގާ ބައެއްގެ އަންގަޔާ އަތާ ދިމާވާނީ ފެންވަރު ރަނގަޅު އެއްޗިހިވީމަ ތިއަގުގައި ކަމަށް ފެނޭ. ސަތޭކަޔަކުން 89% މަދެން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

24 May 2018

"އަފްޝަން އަޝްފާގު، 27، އާއި އަކްމަލް ޝަހީދު، 25 އަކީ ދިވެހިންގެ މެދުގައި މަޝްހޫރު ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގެ މޭސްތިރިންނެވެ." އަހުން ދިވެއްސަކަށް ނުވަނީ ތޯއްޗެ، ހަމަ ހުވާ އަދި މިއަޑުއެހީ، ދެ އެކުވެރިންގެ ވިޔަފާރީގަ ބަރަކާތް ލައްވާށި.

The name is already taken The name is available. Register?

އަޅެ

24 May 2018

ތިޔަ ތަނުގެ ފޮޓޮއެއް ހިމަނާލިނަމައެއްނު ތި ހުރި ޗާލުކަމެއްވެސް އެނގޭނީ!!

The name is already taken The name is available. Register?

ހެޔޮދުޢާ

24 May 2018

ތިކުދިންނަށް ފާގަތިކަމާއި ކާމިޔާބާއި ޘާބިތުކަން މިންވަރު ކުރެއްވުން އެދި ﷲއަށް ދުޢާ ދަންނަވަން! އާމީން

The name is already taken The name is available. Register?

މުސާ

24 May 2018

މަށަށްވެސް ވަރަށް އަގު ބޮޑު ، އަގާއި ދޭ ޚިދުމަތާ ނުބައްދަލު ތަނެއް ކަމަށް ފާހަގަކުރެވުނީ. ކުރިއަށް އޮތްތަނުގައި މިކަން ރަގަޅުކޮށްލަން ފެނޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!