މަޣްރިބް · 18:20

ބޮޑު އިނާމުތަކާ އެކު ޓެޕްކޯން އިން ރޯދަ ޕްރޮމޯޝަނެއް ފަށައިފި

"ރޯދަ އަށް އާ ކޮށްލަމާ" ގެ ނަމުގައި ޓެޕްކޯން އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.


އަންނަ މޭ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް ހާއްސަ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މޭ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ގައި ޓެޕްކޯންގެ ހުރިހާ ފިހާރަ އަކުން ވެސް ހާއްސަ ޑިސްކައުންޓު ލިބޭނެ އެވެ. އެގޮތުން، ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރި އަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. އަދި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި ޕްރޮމޯޝަންގައި، އާންމުކޮށް ރޯދަ މަހުގެ ތައްޔާރީތަކަށް ބޭނުންވާ ސާމާނުތައް ކަމަށް ވާ ކުލަ އާއި ލައިޓާއި ބަދިގެ އަށް ބޭނުންވާ ތަކެތިން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. ޑިސްކައުންޓު ލިބޭނީ ފަސް ޕަސެންޓާއި 50 ޕަސެންޓާ ހަމައަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ސައިކަލެއް ލިބިގެންދާނެ--ފޮޓޯ:ޓެޕްކޯން

މި ޕްރޮމޯޝަންގެ ލަކީ ޑްރޯ އިން އެއް ވަނަ އޮވޭ މީހަކަށް "ހޮންޑާ އެއާ ބްލޭޑް ސްޕެޝަލް އެޑިޝަން" ގެ ސައިކަލެއް ލިބޭނެ އެވެ.