މިފްކޯގެ ރޯދަ ޕްރޮމޯޝަނުން އުމްރާ ދަތުރެއް

މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން މިފްކޯ އިން ކުރިއަށް ގެންދާ 'ފަސްމީރު ރޯދަ ބައިވެރިޔާ' ގެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.


މިފްކޯ އިން ބުނިީ އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން އެއް ވަނަ އަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް އަދި ދެވަނަ އަށް ތައިލެންޑު ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ތިންވަނަ އަށް ހޮވޭ މީހަކަށް ދެނީ އެއް އަހަރު ދުވަހަށް ބޭނުންވާވަރަށް ފެލިވަރު މަހެވެ.

ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ 48 ދަޅުގެ ތެޔޮ މަސްކޭހެއް ގަތުމުންނެވެ. ކޮންމެ މަސް ކޭހަކަށް ކޫޕަނެއް ދޫކުރެ އެވެ.

މާދަމާ އިން ފެށިގެން ޖޫން މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެ އަދި ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަ ތަކުގަ އެވެ.