ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

ރޯދަ އަށް ގެންނަ ބޭރުގެ ހާފިޒުން ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

ރޯދަ މަހު އިސްލާމީ މަރުކަޒުގައި ދަމު ނަމާދު ކުރަނީ. ،މިފަހަރު ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ: ފައިލް ފޮޓޯ

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް މިއަދު ވިދާޅުވީ ބޭރުގެ ހާފިޒުންނަށް މި ފަހަރު ޖަހައިދޭނީ ވަކި މުއްދަތަކަށް ދޫކުރާ ހާއްސަ ވިސާއެއް ކަަމަށާއި އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާނެ ކަމަށެވެ.

"ހާފިޒުންނަށް އަޅުގަނޑުމެން މި ފަހަރު މި ދޫކުރަނީ ހާއްސަ ވިސާއެއް ވަކި މުއްދަތަކަށް. އެ ވިސާ ހޯދަން ފަސް ދުވަސް ކުރިން އެޕްލައި ކުރަން ޖެހޭނެ. ވިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށް،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ހާފިޒުންނާއި ގާރީންނަށް މި ފަހަރު ދޫކުރާ ހާއްސަ ވިސާ އަށް އެދި ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ އާއި އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެ އެވެ. އަދި، ރާއްޖެ އަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި، ހާފިޒުންނާއި ގާރީން ގެނައުމުގެ އުސޫލަށް ބަދަލު ގެނައީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުތައް ފެތުރުން ހުއްޓުވުމަށެވެ.

ކޮންމެ ރޯދަ މަހަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާމުވެ ތަރާވީހު ކުރުމަށް ބޭރުގެ ހާފިޒުންނާއި ގާރީން ގެންނަމުން ދެ އެވެ. ގިނަ ރަށްރަށް ހާފިޒުން ގެންނަނީ އެ ރަށެއްގެ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެންނެވެ.

23 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭކު

29 April 2019

ކިތަންމެވަރަކަށް ދީން ނައްތާލާން އުލުނަސް ތިކަމެއްނުވާނެ އިންޝާﷲ.

The name is already taken The name is available. Register?

އިޙްސާސް

29 April 2019

ތަރާވީސްކުރަން ރާއްޖެއިން ބޭރުން މީހުން އެތެރެ ނުކުރުމަށް ގޮވާލަން. ތަރާވީހުގެ އިމާމުކަން ކުރަން ދިވެހިންނަށް ފުރުސަތުދީ.. ރާއްޖޭގައިވެސް ހާފިޒުންނާ ޤާރީން އެބަތިބި..

The name is already taken The name is available. Register?

ސޯބިރު

29 April 2019

ނުޖެހޭ މި ބައިގަޑެއް މިތަނައް ގެންނާކައް

The name is already taken The name is available. Register?

މިހާދު

29 April 2019

ތަރާވީސްކުރަން ޖެހެނީ ކޮންމެހެން ގުރުއާން ހިތުދަސްމީހުންނެއް ނޫން. އެންމެން ކުރިންވެސް ރާއްޖޭގައި އިމާމުކަން ކުރީ ދިވެހިން. އެމީހުންނަށް އެނގޭ ވަރަކަށް ފިލިފޮތުގެ ސޫރަތްތައް ކިޔެވީމާ އެ ނިމުނީ. މިހާރަކަށް އައިސް ތަރާވީސްކުރުންވެސް އޮންނަނީ ބޮޑު ގޮތްދެއްކުމަކަށް ބަދަލުވެފައި.

The name is already taken The name is available. Register?

2019

29 April 2019

ވަރަށް ރަނގަޅު ވާހަކައެއްތީ! ރާއްޖޭގެ މިސްކިތްތަކުގައި އަމިއްލައަށް ތަރާވީޙުނަމާދު ކުރާތާ 880 އަހަރަށް ވުރެ ގިނަދުވަސް ވީފަހުން މާމޮޅުބަޔަކު އައިސް ދެއްކުންތެރި ގޮތްތަކެއް ފަށައި އިސްރާފުކުރުން ހައްދުން ނައްޓުވައިފި!

The name is already taken The name is available. Register?

ނިއުމާ & އަންނި

29 April 2019

ވަރަށް ބޮޑު ތެދެއް.ފަރުޞު ނަމާދުގެތެރެއަށް ވެސް ދެއްކުންތެރިކަންވައްދައިފި.ނަމާދަށް ތިބޭއިރު ހީވަނީ ގުރުއާން މުބާރާތެއްގެ އޯޑިއަންސްގަ ތިބޭހެން.

The name is already taken The name is available. Register?

ހަނަފީ

29 April 2019

ތީ އަބަދުވެސް ކިޔަކަން އޮންނަ ގޮތް. 4 އަހަރު ވީ ހާފިޒުން ގެންނަތާ. ތިޔަށް ބަދަލެއްނާދެ.

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

29 April 2019

ހަމައެކަނި އެމީހުންނަށް ހުއްދަނުދޭންވިއްޔެއްނޫން. މިގައުމުގާ އުޅޭ ޑޮޓުންތައްވެސް ބޭރުކުރަންވީ. ނޫނީ އަބަދު ތިބެންޖެހޭނީ ބިރުވެރިކަމެއްތެރޭގާ.

The name is already taken The name is available. Register?

ހަސަން ނުވަވަނަ

29 April 2019

އެހެންތަ އަހަރުމެން ހީކުރީ ޔާމީނުކަށް ހިފަހައްޓައިގެނ ދަތިކޮށްގެން ކަންތައް ކުރަނީ. އެޖެންޑާ 19 ސަޅިވާނެ

The name is already taken The name is available. Register?

ސަލީމު އިދުރީސް

29 April 2019

ތިދަރުނުދޭ ފަސްދޮޅަހާ ހަތްދިހާގެ އަރުކުގަ ރޭފުކުމާ ވައްކުރުމާ މީހުމެރުމެއްނެއް! މިހާރުއެހެންދޯ މިހާރު މިތިބެންޖެނީ ޓެރަޒަމުގެ ހަލާޔެއް ދީދާނެ ކަމައް ވެސްބިރުގަ މިއީ މީގެ ކުރިން ދިވެއްސަކު ހިތައް އެރުވި ކަމެއްނޫން! ތުބުޅި ދިކޮއް ފައިކުރިކުކޮއް ޕާކިތާނުވައްތަރު ޖުއްބާލައިގެން ދިވެހިންގެ ދިވެވަންކަންގެލި މިއަދުމިވަނީ ދިވެންގެ މޫނުމަތިން ކުރިންފެނު އުފާވެކަން ގެއްލިފަ

The name is already taken The name is available. Register?

ސަލީމު އިދުރީހުގެ އައްޕަ

29 April 2019

ދިވެހިބަހުން ހެޔޮކޮށް ލިޔެކިޔަން ދަސްކުރުމަށް ފަހުގައި ނޫސްތަކަށް ކޮމެންޓުކުރައްވަން މަޑުކޮށްލެއްވިއްޔާ މީހުންގެ ކުރިމަތީގައި ތިމާ ބޭޒާރުވުން ތަންކޮޅެއް ކުޑަވާނެ.

The name is already taken The name is available. Register?

މުހައްމަދުހަސަން

29 April 2019

ދެތިންމަސް ކުރިން ޝަހީދުއަލީ މިސްކިތުގައި ދީނީ ނަސޭހަތް ދެމުން ޝޭޚަކު ބުނީ ހިލޭއަންހެނަކަށް ހިލޭ ފިރިހެނެއްގެ އަދި ހިލޭފިރިހެނަކަށް ހިލޭ އަންހެނެއްގެ މޫނު ބެލުން ހަރާމްކަމެއްކަމަށް މަރުވީމަވެސް.. ހިތައް އެރި ރަހުމަތްތެރި މީހެ، އަވައްޓެރި، އެކުގައި މަސައްކަތް ކުރިމީހަކު މަރުވިޔަސް އޭނަ މޫނުބަލާލަންވެސް ނުދެވޭނެހޭ. އަހަރެންގެ ބުއްދި އަކަށް މިވާހަކަ ގަބޫލު ނުކުރެވޭ. ހަރުކަށިފިކުރުދަނީ ބާރުސްޕީޑުގަ ފެތުރެމުން، ފިޔަވަޅު އެޅުން އަވަސްކުރަންޖެހޭ

The name is already taken The name is available. Register?

މޫނު

29 April 2019

ދީނަކީ އެމީހަކު ހިތައް އައިގޮތަށް މާނަ ކުރަން އޮތް އެއްޗެއް ނޫން. ނޭންގޭނަމަ ބަލާ ހޯދަންވީ.

The name is already taken The name is available. Register?

ނަސޭހަތެއް

29 April 2019

ތިމާގެ އަމިއްލަ ބުއްދިއަށް ގަބޫލުކުރެވޭހައި ކަމެއް އަދި އެއީ އިސްލާމްދީނުގައި އެކަމެއް އޮންނަ ގޮތް ކަމަށް ނުވެ ހިނގައިދާނެ. ހަމައެފަދައިން، ތިމާގެ ބުއްދިއަށް ނުވިސްނޭ އެތައް ކަންތައްތަކެއް އިސްލާމްދީނުގެ ތަޢުލީމުގެ ތެރޭގައި ހިމެނިފައިވެދާނެ. ދީނީ ޢިލްމުވެރިންނާމެދު ނުނިޔަތްލުމުގެ ކުރިން ތިމާ އަމިއްލައަށް ކިޔަވައި ދަސްކޮށް ދީނުގައި ކަންކަން އޮންނަ ގޮތް ދެނެގަތުންމާ ބުއްދިވެރިއެއްނޫންތޯ؟

The name is already taken The name is available. Register?

ރަދީފް

29 April 2019

ރާއްޖޭގެ ތިބޭނެ ހާފިޒުން.ކޮންމެހެން ނުޖެހޭ އިންޑިޔާ އަދި ޕާކިސްތާނުން މީހުން ގެންނާކަށް.އަހަރެން ތަރާވީހް ނަމާދުކުރާނީ އާސަހަރާ މިސްކިތުގަ.ނުލާހިކު އަވަހަށް ނިމޭނެ ނަމާދު.ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454