ބޭނުންވާ ތަކެތި:
1 ފޮތި ޕާން
1 ބިސް
2 ފޮތި މެލްބަން ޗީޒް
ފިޔާކޮޅެއް، ކިއުބްކޮށް ކޮށާފައި
ލޮނުމެދު ކޮޅެއް
އަސޭމިރުސް ކޮޅެއް
ލޮނު ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ތައްޓެއްގެ ތެރޭގައި ޕާން ފޮތި ބާއްވާފައި، ސަމުސަލަކުން ވަށްކޮށް މެދު އަޑިކޮށްލާށެވެ. ރަހަލާ ވަރަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ބިހުގެ ތެރެއަށް އަޅައި ގިރާލާށެވެ. ދެން އެ ބިސް ޕާން ފޮތީގެ ތެރެ އަށް އަޅާލާށެވެ.
އުނދުން މައްޗަށް ތަވާ އުދާފައި ޕާން ފޮތި އޭގެ ތެރެއަށް ލާށެވެ. ބިސް ރޯ ފިލަންދެން އުނދުން މަޑުކޮށްފައި ބަހައްޓާށެވެ. ބިސް ރޯފިލުމުން ޕާން ފޮތި އަނެއް ފުށަށް ޖަހާލާނީ އެވެ. އަނެއްކާވެސް ފުށުން ޖަހައި ބިސްގަނޑު އޮތް ފަޅީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ.
ޗީޒް ފޮތި ދިޔާވުމުން ޕާން ފޮތި ދެ ފަޅި ކޮށްލާށެވެ.
ނޯޓު:
މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް ރެސިޕީތައް މި ގެނެސްދެނީ ހެޕީ މާކެޓްގެ އެހީތެރިކަމާ އެކު އެވެ. ހެޕީ މާކެޓަކީ ފިނިކުރި ކާނާގެ ބާވަތްތައް ނުވަތަ ފްރޯޒަން ގުޑްސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ކުންފުންޏެކެވެ. ފިނިކުރި ކުކުޅު ރާއްޖެ އެތެރެކޮށް ވިއްކުމުގައި އެންމެ ކުރީގައި އުޅެނީ ވެސް ހެޕީ މާކެޓެވެ.
މި ރޯދަ މަހުގެ ރެސިޕީތައް ތައްޔާރުކޮށްފައި ވަނީ، ހެޕީ މާކެޓުން ވިއްކާ ބާވަތްތައް ބޭނުންކޮށްގެންނެވެ.
މި ފަހަރުގެ ރެސިޕީތައް ތައްޔާރު ކޮށްދިނީ، ސީ ހައުސްގެ ޝެފް، މޫސާ ރަމީޒެވެ. ކެއްކުމުގެ ދާއިރާގައި 16 އަހަރު ހޭދަކޮށްފައިވާ މޫސަ ވަނީ، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެސް ޝެފެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ކެއްކުމުގެ ދާއިރާ އިން މީހުން ތަމްރީން ކުރުމުގައި ވެސް ރަމީޒް ހަރަކާތްތެރިވެ އެވެ.