މެންދުރު · 12:02

އުރީދޫ ދީނީ ކުއިޒުން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

ޕީސް ފައުންޑޭޝަނާއި މެކްސްކޮމް ޓެކްނޮލޮޖީސް އާއި ޓްރޭވް ހައްޖު އެންޑް އުމްރާ އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާއްސަ އިނާމުތަކެއް ލިބޭ ދީނީ ކުއިޒެއް އުރީދޫން ފަށައިފި އެވެ.


މި ކުއިޒުގެ ސުވާލުތައް އިއުލާނު ކުރާނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހެވެ. އާންމުންނަށް ދީނީ މައުލޫމާތުތައް ފަސޭހަކަމާ އެކު އެނގިގެންދާ މި ކުއިޒަށް ޖަވާބު ދިނުމަށް ސުވާލު އާންމުކުރާ ދުވަހާއި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް ފުރުސަތު އޮވެ އެވެ.

މި ހާއްސަ ދީނީ ކުއިޒުގައި ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިއެއްގެ އިތުރަށް މުޅި މުބާރާތުގެ ނަސީބުވެރިޔާ ވެސް ހޮވާނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްވަނައަށް ހޮވޭ މީހަކަށް ވާވޭ ވައި5 ލައިޓް ފޯނެއް ލިބޭނެ އެވެ. މުޅި މުބާރާތުން އެއް ވަނައަށް ހޮވޭ މީހަކަށް ދެނީ އުމްރާ ދަތުރެކެވެ.

މި ސުވާލުތަކަށް ޖަވާބުދިނުމަށް #ދީނީސުވާލު ޖެހުމަށް ފަހު ޖަވާބު ދެވޭނެ އެވެ. އަންނަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކުއިޒަށް ފޭސްބުކާއި އިންޓަގްރާމާއި ޓްވިޓާ މެދުވެރިކޮށް ވެސް ޖަވާބު ދެވޭނެ އެވެ.

ޓްވިޓާއިން ޖަވާބުދޭ މީހުން އާންމުކޮށް ޕްރޮފައިލް ފެންނަ ގޮތަށް ސެޓިން ބަދަލުކޮށްފައި ހުރުން މުހިއްމު ކަމަށް އުރީދޫން ބުނެ އެވެ.