12 މެއި 2020 - 09:36
ރޯދަމަހަކީ އެއްގޮތަކުން ބަލަންޏާ ދިރިއުޅުމުގެ ހަރަދުތައް ކުޑަވާން ޖެހޭނެ މަހެކެވެ. ނަމަވެސް ގިނަ ފަހަރަށް ފެންނަނީ އެ މަންޒަރެއް ނޫނެވެ. ބޭނުންވާ ވަރަށް ވުރެ ގިނައިން ކާއެއްޗެހި ތައްޔާރުކުރުމާއި، އިސްރާފު ވެސް ބޮޑުވާ ތަނެވެ.
"ރޯދަމަހަކީ އިގުތިސާދުކުރަން ދަސްކޮށްދޭ މަސް،" ކަމަށް ޝެއިހު ނަސްރުﷲ އަލީ ވިދާޅުވި އެވެ.
"އެކަމަކު އެއާ ހިލާފަށް ދިރިއުޅުން ބައްޓަންކުރަމުން ދާ ތަން މި ފެންނަނީ."
އިސްލާމް ދީން ބާރުއަޅަނީ އާންމުކޮށް ވެސް އިސްރާފުކުރުމާ ދުރުވާށެވެ. އެހެންކަމުން މާތްވެގެންވާ ރޯދަމަހު އެ ނުބައި އާދައިން ދުރުވޭތޯ މާ ބޮޑަށް ވެސް މަސައްކަތްކުރަން ޖެހެ އެވެ.
"ﷲ ސުބުހާނަހޫ ވަތަޢާލާ، އިސްރާފުކުރުމަކީ، އެ އިލާހު ލޯބިވެވޮޑިގެންނުވާ ކަމެއް ކަމާއި އިސްރާފުކުރާ މީހުން ދެކެ ވެސް އެ އިލާހު ލޯބިވެވޮޑިގެންނުވާކަން ވަނީ ބަޔާންކުރައްވާފައި،" މިފަހަރުގެ "ރަންމުތު"ގައި ނަސްރުﷲ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy