ރިޕޯޓް / ރޯދަ މަސް

ސިޔަރަތުގައި ކިޔާ "އަލިފް ހާ" ގެ މާނަ އަކީ ކޮބާ؟

"އެއިން ފޮތަކުން ތަރުޖަމާކޮށް ލިޔެ ގަރާރުކުޅަ ތަކެއްޗެއްގެ ބޭރު ބަހެއް ލިޔަނީ ނަމަ އެ ބަހެއް ފެށޭ ތާނގައި 'ޔަގޫލުލް މުތަރްޖިމް' ނުވަތަ 'ގާލަލް މުތަރްޖިމް' ނިމޭތާނގައި 'އަލިފް ހާ' މިފަދައިން ލިޔާހުށީމެވެ"

ކީރިތި ރަސޫލާގެ ސިޔަރަތުގެ އޯޑިއޯ ކޮޕީތައް ދިވެހިރާއްޖޭގެ އަޑުގައި. -- ފޮޓޯ: ޕީއެސްއެމް

ގައުމުގެ އެންމެ ބޮޑު އަދީބު ހުސައިން ސަލާހުއްދީންގެ އެފަދަ ދެވަނައެއް ނެތް، ކީރިތި ރަސޫލާގެ ސިޔަރަތުގެ ތަރުޖަމާ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި، ކޮންމެ ވަގުތަކު ވިޔަސް ހާޖަރާގޭ މުހައްމަދު ތައުފީގުގެ އަޑުން އިވިއްޖެ ނަމަ ހީވާނީ ރޯދަމަސް ހެންނެވެ. އެ ސިޔަރަތުގެ ތަރުތީބާއި އިބާރާތްތައް ހިތުދަސް މީހުން ބައިވަރެވެ. އެއިން ދަސްވެފައި ހުރި ބައެއް ބަސްތައް އަހަރެމެންގެ ސަމާސާ ބަހުރުވައިގެ ތެރެއަށް ވެސް ވަދެފައިވެ އެވެ.

އޭގެ ތެރެއިން އެންމެ އާންމު އެކައްޗަކަށް ވާނީ "އަލިފް ހާ" އެވެ. ސިޔަރަތުގައި ބައެއް ވާހަކަތައް ކިޔައިދިނުމަށް ފަހު "އަލިފް ހާ" އޭ ބުނެ އެ ހިސާބުން އެ ވާހަކައެއް ނިންމާލާ ގޮތަށް، އަހަރެމެން ވެސް އެކި ކަންކަމުގައި އުފެދޭ ބަހުސްތަކުގައި އެންމެ ފަހު ބަސް ބުނެފައި، ދެން ދައްކާނެ ވާހަކައެއް ނެތްކަން އަންގައިދޭން "އަލިފް ހާ" އޭ ބުނާ ފަހަރު އާދެ އެވެ. އެކަމަކު އެއީ ކީކޭ ހެއްޔެވެ؟

ސިޔަރަތުގެ ތަރުޖަމާ ފައްޓަވަމުން ސަލާހުއްދީން ދެއްވާފައިވާ ތައާރަފްގައި މި "އަލިފް ހާ" ގެ ވާހަކަ ވެސް އާދެ އެވެ. އެއީ ސިޔަރަތު ތަރުޖަމާކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކާއި އުސޫލުތައް ބަޔާންކޮށްދެއްވަމުންނެވެ. ސަލާހުއްދީންގެ އިބާރާތްކޮޅު ހަމަ އެ އޮތް ގޮތަށް މިތާ ނަކަލުކޮށްލާނަމެވެ.

"މި އަޅާ މި ސިޔަރަތު ތަރުޖަމާކުޅައުމަށް، ސިޔަރަތު ފޮތްތަކުގެ ތެރެއިން ޚިޔާރުކުޅައީ "އިމާމުލް ހަރަމައިން ވަ މުފްތިލް ބަލްދައިން އަލްމަރުހޫމުލް އައްލާމަތުއް ސައްޔިދު އަހްމަދު ޒައިނީދު އަހްލާން ރަހިމަހުﷲ ވަނަފައުނާބި" މިކަލޭގެފާނުންގެ "ސިޔަރަތުއް ނަބަވިއްޔާ" އޭ ކިޔޭ ފޮތާއި އަލްމަރްހޫމު ޝައިޚް މުހައްމަދުލް ޚިދްރީބި އަލްމުފައްތިޝް ބިލްޒާރަތިލް މައާރިފް ވަ މުދައްރިސުއް ތާރީޚިލް އިސްލާމީ ބިލް ޖާމިއަތުލް މިސްރިއްޔާ ރަހިމަހުﷲ ވަނަފައުނާބި މިކަލޭގެފާނުން ހެއްދެވި "ނޫރުލް ޔަގީން ފީ ސިޔަރަތިއް ސައްޔިދިލް މުރްސަލީން" މި ނަން ކިޔުނު ފޮތާއި ދެ ފޮތެވެ.

މި ދެ ފޮތަކީ މި އަޅާ ދެކެއުޅޭ ސިޔަރަތުތަކުގެ ތެރެއިން އެންމެ ސައްހަކަން ބޮޑު، އެންމެ ފަސޭހަ ދެ ފޮތެވެ. އަދި މި ނޫން ވެސް ކިތަންމެ ފޮތެއް މި ސިޔަރަތު ތަރުޖަމާކުޅައުމުގައި ބެލެވުނެވެ. މާތުރަ: އަސްލަކީ އެ ދެ ފޮތެވެ.

ފަހެ އެއިން ފޮތަކުން ތަރުޖަމާކޮށް ލިޔެ ގަރާރުކުޅަ ތަކެއްޗެއްގެ ބޭރު ބަހެއް ލިޔަނީ ނަމަ އެ ބަހެއް ފެށޭ ތާނގައި "ޔަގޫލުލް މުތަރްޖިމް" ނުވަތަ "ގާލަލް މުތަރްޖިމް" ނިމޭތާނގައި "އަލިފް ހާ" މިފަދައިން ލިޔާހުށީމެވެ."

ކީރިތި ރަސޫލާގެ ސިޔަރަތުގެ އޯޑިއޯ ކޮޕީތައް ދިވެހިރާއްޖޭގެ އަޑުގައި. -- ފޮޓޯ: ޕީއެސްއެމް

ވިދާޅުވެފައި އެ ވަނީ ތަރުޖަމާކުރުމުގައި އަސްލަކަށް ބެއްލެވި ދެ ފޮތުގައި އޮތް އެއްޗެއް ނޫން ނަމަ އެއީ ޔަގޫލުލް/ގާލަލް މުތަރްޖިމް [ތަރުޖަމާކުރާ މީހާގެ ބަސް/ބުނުމެއް] ކަމަށެވެ. މާނަ އަކީ އެއީ ތަރުޖަމާގައި އަސްލަކަށް ބެއްލެވި ފޮތަށް ނިސްބަތްނުވާ ވާހަކައެއްކަމެވެ. އެހެންވެ "އަލިފް ހާ" އަންނަނީ މިހެން ހުރި ތަފްސީލު އިބާރާތްތައް ނިމުނީކަން އަންގައިދެއްވުމުގެ ގޮތުންކަމެވެ.

"އަލިފް ހާ" އަކީ انتهى [އިންތަހާ] ރަމްޒުކޮށްދޭ ދެ އަކުރެވެ. އޭގެ މާނަ އަކީ "ނިމުނީ" އެވެ.

އެހެންވެ ސަލާހުއްދީންގެ ތަރުޖަމާގައި "އަލިފް ހާ" އޭ އޮތް ކޮންމެ ތަނެއް އެއީ ތަރުޖަމާގެ އަސްލު ކަމަށްވާ "ސިޔަރަތުއް ނަބަވިއްޔާ" އާއި "ނޫރުލް ޔަގީން ފީ ސިޔަރަތިއް ސައްޔިދިލް މުރްސަލީން" ފޮތުގައި ނެތް ވާހަކައެއް ކިޔައިދެއްވާފައި އެ ވާހަކަ ނިންމެވި ހިސާބެވެ.

އަރަބި ބަސް ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި "އަލިފް ހާ" އަކީ އިހުގެ އަރަބި ލިޔުންތަކުގައި ވެސް ބޭނުންކޮށްފައި ހުންނަ ރަމްޒު އަކުރުތަކެކެވެ. އެ ބޭނުންކޮށްފައި ހުންނަނީ ވަކި މައުޟޫއެއްގައި ލިޔުން ކުރިއަށް ގެންދަމުން ގޮސް، އެއާ ގުޅޭ އެހެން ވާހަކައެއް ކިޔައިދީފައި އެ ވާހަކަ ނިންމުނުކަން އަންގައިދޭށެވެ. "އަލިފް ހާ" ގެ ފަހުން ދެން އަނެއްކާވެސް ކުރިއަށް ގެންދާނީ ކުރިން ވާހަކަދެކެވެމުން އައި މައުޟޫގަ އެވެ.

މީގެ ފަހުން ސިޔަރަތު އަޑުއަހާއިރު މި ލަފްޒުތަކަށް ވިސްނުމުން ސިޔަރަތު އިތުރަށް ސާފުވާނެ ކަމަށް ފެނެ އެވެ. - އަލިފް ހާ

21 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 4%
icon angry icon angry 1%
icon wow icon wow 4%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

24 June 2021

ޢަހަރެން. ޙީކުރަނީ އހ އެއީ އަހަރެންގެ ހިޔާލު ކަމަށް،

The name is already taken The name is available. Register?

ސަލާހު

05 May 2021

ސިޔަރަތު އަޑުއަހަމުންގޮސް ޖީލެއް ފާއިތުވެއްޖެ، ޝުކުރިއްޔާ ސުވާލަކީ ސިޔަރަތުގެ ލިޔެފައިވާ ކޮޕީެއް ނުވަތަ ސޮފްޓް ކޮޕީއެއް އޮންލައިންކޮށް ނުވަތަ އީ-ބުކް ސްޓޯރެއްގައި ނެތްތޯ

The name is already taken The name is available. Register?

ކައުންސެލަރު

02 May 2021

އަހުރެން (......... ..... .......) އ. ހ މާނަކުރަނީ އަދިތިޔަހެނެއްނޫނެވެ. "ހެޔޮނިޔަތުގައި" މީހަކު ކަމެއް އޮތްގޮތް އޮޅުން ފިލުވައިދިނީމާ އެކަމަށް ޖޯކުޖަހާ ދިވެހިންގެ ބަލާވެރިކަން ހައެކެވެ. (މާނައަކީ ހަބާލާވެރިކަމެވެ) (މިތާނގައި "އ" ގައި ގުނަފާހަގައެއްޖަހައި އެވަނީ ބ. އަކަށް ބަދަލު ކޮށްފައެވެ.) މިއެވެ. އ. ހ ވަރަށް ވެދުން

The name is already taken The name is available. Register?

ދޮންކަލޯ ގެ ކަޅުކަލޯ

02 May 2021

އަރަބި ބަހަށް ލޯބި ފުޅާވެގެން ދިވެހި ބަސް އޮޔާގޮސް ގަޑުބަޑު ކޮއްފޫއެވެ. މި ފަހަކަށް އައިސް ރަންނަމާރި އޭ ކިޔާ، އުތުރު ކަރައިން ވަގަށް އެބައި މީހުންގެ ދީނީ ތަރިކަ އަމިއްލަ ގޮތަކަށް ބަދަލުކޮށް، ދިވެހީންގެ ތެރެއަށް ގެނެސް، “ކްރޭކެން” އޭ ކިޔުނު ކަނޑު ފުރޭތައި ގެ ވާހަކަ އަނބުރާ، އަދި އެ ވާހަކަ ގަބޫލް ނުކުރި މީހުން، ކަނޑުފަށްތާ ކަތިލައި، ކުޑަ ކުދީންނާއި އަންހެނުން ވެސް މަރާފޫއެވެ. އ. ހ އެއް ނޫން، މިކިޔާދެވުނީ ފޮރުވާފައި އޮތް އަނދިރި ތާރީހެވެ.

The name is already taken The name is available. Register?

ބޯބުރާންތި

03 May 2021

ކަލެއަށް މާ ބޮޑަށް އެގެނީ

The name is already taken The name is available. Register?

ސަލީމު އިދުރީސް

04 May 2021

ދޮންކަލޯ ގެ ކަޅުކަލޯގެ ވާހަޔައް މަގޭ ލޮލުން ބޮލުން ތާއީދު ރަންމާރިޔާއެކު ހަރެމެން ބަހާ ދެންހުރި އެއްޗެއްވަނީ ކަޑު ފައްތާފަކަން ހަމަބުއްދި ހުރި ކޮންމެމީހަކު ގަބޫލު ކުރާނޭ

The name is already taken The name is available. Register?

ޝޮރޮކޮނޮށުއަރާ

02 May 2021

171މުސްކުޅި އަންހެނަކު ފިޔަވާ އެވާހަކަތަ

The name is already taken The name is available. Register?

ޒަހީން

01 May 2021

އަރާ ބުނަން މަށަށްވެސްވީ ތިހެން

The name is already taken The name is available. Register?

ށަވިޔަނި

01 May 2021

ވަރަށް ގިނަބަޔަކަށް ތިކަން ސާފުވެއްޖެ. އަރަބި ބަހަކީ އިނގިރޭސި ބަސްހާ ގިނައިން ރަމްޒު އަކުރު ލިޔާ ބައެއްނޫން. އެކަމަކު ކުރީގެ ފޮތްތަކުން ފެނޭ ބައެއް ރަމްޒު. الش الشارح. صلعم صلي الله عليه وسلم. ثنا حدثنا. ٱنا ٱنبٱنا. نا اخبرنا. ض ضعيف. ايض ايضا ص ب صندوق البريد މިހާރުވެސް ބައެއް ރަމްޒު ބޭނުންކުރޭ. ކޮންމެ ކަމެއްގައި ޖޯކް ނުޖެހިއަސް ވާނެ.

The name is already taken The name is available. Register?

އަރާ

01 May 2021

ނިއުމަތުﷲ މިލިއުން ގެނެސްދިނީމަ މި އެނގުނީ އަލިފް ހާ އާ ބެހޭ ގޮތުން. މާ ގިނައިން ސިޔަރަތު އަޑުއިވިފަ ހުރުމުގެ ސަބަބުން ވާ ގޮތަކީ މިލިއުން ކިޔާއިރު ބައެއް ތަންތަންކޮޅު ކިޔެނީވެސް ސިޔަރަތު ކިޔައިދޭ ރާގާ އެއްގޮތަށް.

The name is already taken The name is available. Register?

އހރނ

01 May 2021

ތިކަހަލަ އަކުރުތަކުގެމާނަ އޮންނާނެކަމުގައި ބެލެވެނީ ލިޔުންތެރިޔާގެ ބަނޑުތެެރޭގައެވެ. އަނެއް ހަކަންތަކޭކިޔައިގެން ކޮމެންޓުކޮށްފައިވާކަމުގައި ބެލެވެނީ ވަރަށްވެސް ބޭކާރު ގޮތެއްގައެވެ. މާނަކުރާނެގޮތަކަށް ކުރަންވީއެވެ. ޞަލާޙުއްދީނަކީ ޢަރަބި ދަންނަ އެބަހަށް ލޯބިކުރުއްވަވާ ބޭކަލެއްކަމުން އަޅުގަނޑުގެ ހިޔާލޭ ވިދާޅުވެދާނެހެއް ހީއެއްނުވެއެވެ. އެހެންވީމައި، ބޮޑަށްޤަބޫލުކުރެވޭގޮތަކީ، ނިމުނީ ކަމުގައެވެ.

The name is already taken The name is available. Register?

ހުތާ

01 May 2021

ކުރިއަށްވުރެ ބޮޑަށް އޮޅުންފިލައޮފިއެވެ. ޝުކުރިއްޔާ ނިއުމަތު ޔައުނީ އަލިފް ހާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454