މެންދުރު · 12:07

12 ޖޫން

June 12, 2018 13
ބުރަޔަސް ހިތް ފުރިފައި: ސޯޝަލް ވޯކަރެއްގެ އުފާވެރިކަން

ވަޒީފާގައި ފައްޒަ ފުއާދުގެ އެކި ދުވަސްތައް ތަފާތެވެ. ބައެއް ދުވަސްތައް ނިމެނީ މަސައްކަތުގެ ގޮންޖެހުންތަކުގެ މާޔޫސްކަންމަތީގަ އެވެ. ދެން ހުންނަނީ ހިތް ފުރިގެން ފައްޒަ ގެ އަށް ދާ ދުވަސްތަކެވެ. ސޯޝަލް ވޯކަރެއްގެ ބުރަ، އުނދަގޫ ޒިންމާތައް އަދާކުރުން އޭނާގެ އުފަލަކަށް ހަދައިދެނީ އެފަދަ ދުވަސްތަކެވެ.

10 ޖޫން

June 10, 2018 33
ދިވެހިންނަށް ވުރެ ދިވެހި ބަންގްލަދޭޝްގެ ރައްޔިތެއް!

ނާސަރީ ބުކްޝޮޕަށް ވަދެ ދިވެހި ތާރީހާ ބެހޭ ފޮތެއް، ދިވެހި ބަހާ ބެހޭ ފޮތެއް، ދިވެހި ވާހަކައެއްގެ ނަން ބުނެލުމާ އެކު މުހައްމަދު ޝަރީފުލް އިސްލާމް ހަމައެކަނި އެ ފޮތް ހުރި ތަން ދައްކާލަނީއެއް ނޫނެވެ. ބައެއް ފަހަރު ދިވެހި ލިއުންތެރިންގެ ނަން ބުނެލުމުން ވެސް އެ މީހުންގެ ފޮތްތަކާ ބެހޭ މައުލޫމާތާ އެކު ކަސްޓަމަރުންނަށް އެހީތެރިވެ އެވެ....

07 ޖޫން

June 07, 2018 15
ފަރަށް އެރި ބޯޓަށް އެހީވުމަށް ގުރައިދޫން ދެއްކި ނަމޫނާ

ތ. ގުރައިދޫ ނެރުމައްޗަށް އިއްޔެ އުރުނު ގދ. ތިނަދޫ ބޯޓުގައި ހުރި މުދާ ސަލާމަތް ކުރުމުގައި ގުރައިދޫގެ ރައްޔިތުން ބައިވެރިވެ، އެކަމުގައި ނަމޫނާ ދައްކައިފި އެވެ.

30 މެއި

May 30, 2018 17
ނިއު ރޭޑިއަންޓުގެ މަޝްހޫރު ސަޕޯޓަރު ކައިރޭ މަރުވެއްޖެ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކްލަބް، ނިއު ރޭޑިއަންޓުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވި ކައިރު ޅަތުއްތު (ކައިރޭ) މިއަދު މަރުވެއްޖެ އެވެ.

29 މެއި

May 29, 2018 6
މިއަދުގެ ފިލާވަޅު: "ކަރުނައާ ނުލައި ކެއްކުން"

އެމަނިކުފާނަށް ރޭދުވާ 24 ގަޑިއިރަށް ވުރެ އިތުރީ ކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އުމުރުފުޅުން އެންމެ 43 އަހަރުގައި އަވަހާރަވީއިރު ލިޔުންތެރިކަމުގެ ރޮނގުން ހަޒާނާއެއް ދޫކުރައްވާފައިވާކަމެވެ. ކޮންމެ މައުލޫއެއް ނަމަވެސް އެމަނިކުފާނުގެ ސިކުނޑިފުޅުން ގަލަންކޮޅާ ހަމަޔަށް ސިގްނަލްތައް ފޮނުވާލަނީ އެހާމެ ބާރުމިނެއްގަ އެވެ. އަދަބީ...

28 މެއި

May 28, 2018 11
ވަނަ ތިނެއް އެކަމަކު އަޒުމް އެކެއް

ޒުވާން ގާރީ އަޝްރަގް ނާޒިރަށް 2012 ގައި މެލޭޝިއާ އިން ދިމާވި އުސްތާޒަކު ދިން ނަސޭހަތް އޭނާގެ ހަނދާނުން ދުވަހަކު ވެސް ނުފޮހެވޭނެ އެވެ. މިއަދު ދިގު ރާގަށް ޤުރުއާން ކިޔެވުމުގައި 27 އަހަރުގެ އަޝްރަގަށް ލިބޭ ކާމިޔާބީތަކުގެ ފަހަތުގައި މެލޭޝިއާގެ އުސްތާޒު ރަޟީގެ ދައުރު ބޮޑު ކަމަށް އޭނާ ދެކެ އެވެ. އެކަމަކު އެ އުސްތާޒާ އެކު އޭނާއަށް...

27 މެއި

May 27, 2018 18
ރާއްޖޭގެ ޗާލު ރަށްރަށުން ދިވެއްސެއްގެ ދަތުރުނާމާ

ރާއްޖޭގެ ރަށްރަށާއި ނާޒުކު ތިމާވެއްޓާ މެދު އަބްދުﷲ އާދަމް (އެޑަމް)ގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ޝައުގުވެރިކަމަށް މަގުފަހިކުރި ކަންތައްތަކެއް ވެ އެވެ؛ އޭނާ ބޮޑުވީ ހދ. ކުޅުދުއްފުށީ ހޭޅިފަށާއި މޫދާއި ވަލުތެރެ އާއި ހިތްގައިމު ކުޅީގައި ވަގުތު ހޭދަކޮށް ހިތްހަމަޖެހުން ހޯދަމުންނެވެ. ރަށުން މާލެ ބަދަލުވެ މަސައްކަތުގެ މައިދާނަށް...

26 މެއި

May 26, 2018 26
އިންނާނެ މީހަކު ބޭނުންވެއްޖެ!

އައްޑޫގެ ބޮޑު ސްކޫލެއްގެ ޒިންމާދާރު މަގާމެއް އަދާކުރަމުން އަންނަ އަބްދުﷲ ވަހީދު ހުސްހަށި ބަޔަށް ހުންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. ކުރިން ކުރި ކައިވެނި ނާކާމިޔާބުވީ ނަމަވެސް، އަލުން މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ އުއްމީދު އޭނާ ކަނޑައެއް ނުލަ އެވެ. އެކަމަކު އުމުރުން 37 އަހަރުގެ ވަހީދުގެ މި ހުވަފެނަށް އެޅިފައިވާ ހުރަހަކީ...

24 މެއި

May 24, 2018 18
ގޮތް ދޫކުރާނެ ޒުވާނުންނެއް ނޫން، ނަތީޖާ ވެސް ފޮނި!

ދޮރު ހުޅުވާފައި އެތެރެއަށް ވަދެ ހިނގައިގަތް ތަނުން ވަދެވުނީ ތެޅިގަލުން ރާނައިގެން ހަދާފައި ހުރި ކުޑަ ފޮށިގަނޑެއް ވަރުގެ ކޮޓަރިއަކަށެވެ. އެއީ ތިރީހަށް ވުރެ ގިނަ އަހަރުވެފައިވާ ދުވަސްވީ ގޭގެ ކޮޓަރިއެކެވެ. ގޭތެރޭގެ އޮނިގަނޑު އިހު ޒަމާނުގެ ގޮތްގަނޑާ މާ ބޮޑު ތަފާތެއް ނެތެވެ. އަތް ފޯރާފަށުގައި ހުރި ބޮތްކަކުން މުޅި ކޮޓަރި ދިއްލާލަ އެވެ....

22 މެއި

May 22, 2018 20
ހޮޓާ ހިންގުމުގައި ވަހީދުގެ "ކުއީން" އަކީ އަންހެނުން!

އެންމެ ފުރަތަމަ އޭނާ އަކީ ޕިޔޯނެކެވެ. ބޮޑުވަޒީރުގެ އޮފީހުން ފެށިގެން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ވެސް އެ ވަޒީފާ އަދާކުރި އެވެ. އެކަމަކު ޒަވާޖީ ހަޔާތެއް ފަށައި ކުދިން ލިބެން ފެށުމުން، އިތުރު މަސައްކަތެއް ކުރަން މަޖުބޫރުވި އެވެ. އެހިސާބުން އޭނާ ވަނީ ސައި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށެވެ. އަންހެނުންގެ ގޭގެ...

21 މެއި

May 21, 2018 41
ޝަކުވާއަކާ ނުލައި: ތުރުތުރުއެޅިޔަސް ގަދަ ހިތްވަރު

އެންމެ ލޯބިވާ މީހާ މަރުވެގެން ދިޔުމުގެ ހިތްދަތިކަން ދުވަހަކު ވެސް ފިލައިފާނެ ހެއްޔެވެ؟ ދިރިއުޅުމަށް ބުރޫއަރުވާ، ފަރުވާއެއް ނެތް ބޮޑު ބައްޔެއް ހުއްޓާ އާދައިގެ މީހެކޭ އެއްގޮތަށް އުޅެން ކިހާ ހިތްވަރެއް ބޭނުންވާނެ ހެއްޔެވެ؟

20 މެއި

May 20, 2018 36
ކޮފީ ހަރަދު ހޯދަން ފެށި މަސައްކަތް ބޮޑު ވިޔަފާރިއަކަށް

އެ މީހުންގެ އާންމު އުސޫލަކީ ކޮންމެ ހުކުރު ދުވަހެއްގައި ކޮފީއަކުން ބައްދަލުވެލުމެވެ. އެއީ 2010 ވަނަ އަހަރުން ފެށިގެން އޮތް ރަހުމަތްތެރި ކަމެކެވެ. އަލީ މަޝާރު، 23، އާއި އަލީ ހަމީޒް، 24، އަކީ ކުޑައިރުން ފެށިގެން ރަހުމަތްތެރިންނެވެ. އެ މީހުންގެ ތެރެއަށް އިތުރުވި ތިން ވަނަ އަދި މި ދައްކަން އުޅޭ ވިޔަފާރީގެ ތެރެއަށް އިތުރުވި ނަމަކީ 25...

10 މެއި

May 10, 2018 2
"ދުޅަހެޔޮ ސިއްހަތަކަށް އިސްރަށްވެހިން" ހަރަކާތް މާދަަމާ

އުމުރުންދުވަސްވީ މީހުން ރަމަޟާން މަހު ދިރިއުޅުމުގެ ކަންކަން ބަހައްޓަން ޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް "ދުޅަހެޔޮ ސިއްހަތަކަށް އިސްރަށްވެހިން" ގެ ނަމުގައި ހާއްސަ ހަރަކާތެއް މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2018 13
ދިވެއްސެއް، ސިއްހީ ދާއިރާގެ ނުފޫޒު ގަދަ ލީޑަރަކަށް

ރައްޓެހިންތަކަކާ އެކު "ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އަހްމަދު ފަސީހު ކުންފުންޏެއް ރަޖިސްޓްރީކުރީ، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ އުންމީދުގަ އެވެ. އުމުރުން އެންމެ 24 އަހަރުގައި އާދައިގެ ގޮތަކަށް ފެށި މި ކުޑަ ވިޔަފާރި އޭގެ އަށް އަހަރު ފަހުން މި ވަނީ ދުނިޔެ ބަލައިގަންނަ ފެންވަރުގެ އަގުހުރި ޚިދުމަތަކަށް ވެފަ އެވެ.

14 ފެބުރުއަރީ

February 14, 2018
މިއުޒިކީ ފަހުލަވާނުންގެ "ދޯ"

ރާއްޖޭގެ އެހާރާއި މިހާރުގެ އެންމެ ވަރުގަދަ މިއުޒިކީ ތަރިންނާ އެކު "ދޯ" ގެ އަށް ވަނަ އަދަދު މިއަދު ނެރެފި އެވެ.

19 ޖެނުއަރީ

January 19, 2018 6
ފުރާނަ ސަލާމަތްވީ ވަޒީފާއާ ހެދި: ކެންސަރުގެ ވާހައެއް

ނޭވާލުމާއި ކެއުން ފަދަ ކަންކަން ގިނަ މީހުން ކުރަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. އެކަމަކު ކެންސަރު ބަލީގެ މީހަކަށް، އެއީ އެހާ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

05 ޖެނުއަރީ

January 05, 2018 30
ޒުވާނެއްގެ ގަލަމުން ފާތުމަ، ފިރިހެން ފާތުމައެއް ނޫން

އެކުގައި މަސައްކަތްކުރާ ބަޔަކު މިދިޔަ ރޯދަ މަހު އެ މީހުންގެ އަމިއްލަ "މިއީ ކާކު؟" މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އެ މަޖަލުގެ ތެރޭގައި އެކަކު ފޮނުވި ކަޅާއި ހުދުގެ ފޮޓޯއަކުން ފެނުނީ ދަނޑިގަނޑެއް ހިފަހައްޓާލައިގެން ކެމެރާ އަށް ހިނިތުންވެލައިގެން ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެއީ ކާކުކަން ދެނެގަންނަން ގިނަ މީހުންނަށް...

16 ޑިސެމްބަރ

December 16, 2017 69
"އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!

އެއީ އިންތިހާ ދަރަޖައިގެ ލޯތްބެއްގެ ވާހަކަ އެވެ. އެ ލޯތްބާ މެދު އުފެދިފައިވާ މަތިވެރި ޝުއޫރުތަކެވެ. އެ ލޯބި ގެއްލުމުން ލިބުނު މާޔޫސްކަމެވެ. އެކަމަކު ވެސް ތަގުދީރުގެ ނިޔާއަށް ގޮންޖަހައި، ދުނިޔެ މަތިން ފޫހިނުވާނެކަމުގެ ޔަގީންކަމެވެ. އެއީ މަރު ދުވަހާ ހަމަޔަށް ވެސް ނުގުޑާނެ ފަދަ އަޒުމެއްގެ ވެސް ވާހަކަތަކެވެ.

07 ޑިސެމްބަރ

December 07, 2017 34
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް

އަންހެނަކަށް ވީތީ އެހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް އިޒްމިއާ ޒާހިރު ކުރިއަކުން ހިއެއް ނުކުރެ އެވެ. ފުލުހަކަށް ވީ ހިސާބުން އޭނާ އަށް ފާހަގަކުރެވުނީ ހައިރާންވާހާ ބޮޑު ތަފާތުކުރުމެކެވެ. ފިރިހެނުންނާއި ވަރަށް ގިނަ އަންހެނުންގެ ވެސް ވިސްނުމުގައި، ފުލުހުންގެ ތެރޭގައި އަންހެނުންގެ ހަމައެކަނި މަގާމަކީ އިދާރީ މޭޒުދޮށެވެ....

03 ޑިސެމްބަރ

December 03, 2017 3
ވިޝްކާގެ ކާމިޔާބީއާ ހިސާބަށް ރިޝްމީގެ ދަތުރު

އޭރު މީހުން ދުށީ އޭލެވެލް ފެންވަރަށް ކިޔަވައިގެން ފިލްމު ކުޅެން ނުކުތުމަކީ "ދިރިއުޅުން ބޭކާރުކޮށްލުން" ކަމަށެވެ. ހަގީގަތުގައި، އައިޝަތު ރިޝްމީ ބޭނުންވީ ވެސް ޓީޗަރަކަށް ވާށެވެ. މަންމަ އާމިނަތު ރަޝީދާގެ ފިޔަވަޅުމަތިން އެކްޓިންގެ ތެރެއަށް އޭނާ ވަނީ ކެރިއަރެއްގެ ހުވަފެނަކު ނޫނެވެ؛ ރިޝްމީ ބޭނުންވީ އެންމެ ލަވައެއް ކުޅެލާށެވެ.