ޢަޞުރު · 15:05

20 ފެބުރުއަރީ

February 20, 2018 13
ދިވެއްސެއް، ސިއްހީ ދާއިރާގެ ނުފޫޒު ގަދަ ލީޑަރަކަށް

ރައްޓެހިންތަކަކާ އެކު "ވޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އަހްމަދު ފަސީހު ކުންފުންޏެއް ރަޖިސްޓްރީކުރީ، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ އުންމީދުގަ އެވެ. އުމުރުން އެންމެ 24 އަހަރުގައި އާދައިގެ ގޮތަކަށް ފެށި މި ކުޑަ ވިޔަފާރި އޭގެ އަށް އަހަރު ފަހުން މި ވަނީ ދުނިޔެ ބަލައިގަންނަ ފެންވަރުގެ އަގުހުރި ޚިދުމަތަކަށް ވެފަ އެވެ.

14 ފެބުރުއަރީ

February 14, 2018
މިއުޒިކީ ފަހުލަވާނުންގެ "ދޯ"

ރާއްޖޭގެ އެހާރާއި މިހާރުގެ އެންމެ ވަރުގަދަ މިއުޒިކީ ތަރިންނާ އެކު "ދޯ" ގެ އަށް ވަނަ އަދަދު މިއަދު ނެރެފި އެވެ.

19 ޖެނުއަރީ

January 19, 2018 6
ފުރާނަ ސަލާމަތްވީ ވަޒީފާއާ ހެދި: ކެންސަރުގެ ވާހައެއް

ނޭވާލުމާއި ކެއުން ފަދަ ކަންކަން ގިނަ މީހުން ކުރަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. އެކަމަކު ކެންސަރު ބަލީގެ މީހަކަށް، އެއީ އެހާ ކުދިކުދި ކަންތައްތަކެއް ނޫނެވެ.

05 ޖެނުއަރީ

January 05, 2018 30
ޒުވާނެއްގެ ގަލަމުން ފާތުމަ، ފިރިހެން ފާތުމައެއް ނޫން

އެކުގައި މަސައްކަތްކުރާ ބަޔަކު މިދިޔަ ރޯދަ މަހު އެ މީހުންގެ އަމިއްލަ "މިއީ ކާކު؟" މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އެ މަޖަލުގެ ތެރޭގައި އެކަކު ފޮނުވި ކަޅާއި ހުދުގެ ފޮޓޯއަކުން ފެނުނީ ދަނޑިގަނޑެއް ހިފަހައްޓާލައިގެން ކެމެރާ އަށް ހިނިތުންވެލައިގެން ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެއީ ކާކުކަން ދެނެގަންނަން ގިނަ މީހުންނަށް...

16 ޑިސެމްބަރ

December 16, 2017 69
"އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!

އެއީ އިންތިހާ ދަރަޖައިގެ ލޯތްބެއްގެ ވާހަކަ އެވެ. އެ ލޯތްބާ މެދު އުފެދިފައިވާ މަތިވެރި ޝުއޫރުތަކެވެ. އެ ލޯބި ގެއްލުމުން ލިބުނު މާޔޫސްކަމެވެ. އެކަމަކު ވެސް ތަގުދީރުގެ ނިޔާއަށް ގޮންޖަހައި، ދުނިޔެ މަތިން ފޫހިނުވާނެކަމުގެ ޔަގީންކަމެވެ. އެއީ މަރު ދުވަހާ ހަމަޔަށް ވެސް ނުގުޑާނެ ފަދަ އަޒުމެއްގެ ވެސް ވާހަކަތަކެވެ.

07 ޑިސެމްބަރ

December 07, 2017 34
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް

އަންހެނަކަށް ވީތީ އެހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް އިޒްމިއާ ޒާހިރު ކުރިއަކުން ހިއެއް ނުކުރެ އެވެ. ފުލުހަކަށް ވީ ހިސާބުން އޭނާ އަށް ފާހަގަކުރެވުނީ ހައިރާންވާހާ ބޮޑު ތަފާތުކުރުމެކެވެ. ފިރިހެނުންނާއި ވަރަށް ގިނަ އަންހެނުންގެ ވެސް ވިސްނުމުގައި، ފުލުހުންގެ ތެރޭގައި އަންހެނުންގެ ހަމައެކަނި މަގާމަކީ އިދާރީ މޭޒުދޮށެވެ....

03 ޑިސެމްބަރ

December 03, 2017 3
ވިޝްކާގެ ކާމިޔާބީއާ ހިސާބަށް ރިޝްމީގެ ދަތުރު

އޭރު މީހުން ދުށީ އޭލެވެލް ފެންވަރަށް ކިޔަވައިގެން ފިލްމު ކުޅެން ނުކުތުމަކީ "ދިރިއުޅުން ބޭކާރުކޮށްލުން" ކަމަށެވެ. ހަގީގަތުގައި، އައިޝަތު ރިޝްމީ ބޭނުންވީ ވެސް ޓީޗަރަކަށް ވާށެވެ. މަންމަ އާމިނަތު ރަޝީދާގެ ފިޔަވަޅުމަތިން އެކްޓިންގެ ތެރެއަށް އޭނާ ވަނީ ކެރިއަރެއްގެ ހުވަފެނަކު ނޫނެވެ؛ ރިޝްމީ ބޭނުންވީ އެންމެ ލަވައެއް ކުޅެލާށެވެ.

02 ޑިސެމްބަރ

December 02, 2017 64
އަނިޔާގައި ޑރ. ނާޒުގެ އަމިއްލަ ތަޖުރިބާ ނަމޫނާއަކަށް

އަނިޔާ ލިބޭ މީހުންނަށް ނަފްސާނީ ފަރުވާދެއްވުމުގައި އަދި އަނިޔާއާ ދެކޮޅަށް ވާހަކަދައްކަވައި ހޭލުންތެރިކުރުމުގައި ޑރ. އައިޝަތު އަލީ ނާޒު އަދާކުރައްވާ ދައުރު އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު މީހުންނަށް އާއްމުކޮށް ނޭނގި އޮތް ކަމަކީ، އޭނާ ވެސް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފަ އެވެ.

17 ނޮވެމްބަރ

November 17, 2017 4
ހުސް ފައިގައި މެރެތަނެއް: ކައިގެ އާދަޔާހިލާފު ދަތުރު!

ކަސްރަތުގެ ޕާސަނަލް ޓްރެއިނިން ދިނުމާއި ތަފާތު ކްލާސްތައް ނަގައިދިނުމުގެ ތެރޭގައި މުޅި ދުވަސް ހޭދަކުރި ނަމަވެސް އޭނާ އަކީ ދުވުންތެރިއެއް ނޫނެވެ. ދުވުމަކީ އޭނާ ފޫހިވެސް ވާ ކަމެކެވެ. އެކަމަކު ދުވުމުގައި، ފަރުބަދައެއްގެ އުހަށް އެރުން ފަދަ، 42 ކިލޯމީޓަރުގެ މެރެތަން ރޭސް ކައިޝާ ސަލީމް (ކައި) ފުރިހަމަކޮށްފި އެވެ. ހައިރާންނުވެދާނެ އެވެ....

04 ނޮވެމްބަރ

November 04, 2017 53
ވަޒީފާގަ 43 އަހަރު، ސަލާމެއް ނުބުނޭ، ގަޑިއެއްނުޖެހޭ

މިއީ އާދައިގެ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރައްވާތާ 40 އަހަރު ވެއްޖެ އެވެ. ދުވަހަކު ވެސް އޮފީހަށް ސަލާމް ބުނެފައެއް ނެތެވެ. ކޮންމެ ދުވަހެއްގެ ހަތެއް ޖަހާއިރު އޭނާ ހުންނަވާނީ ފިހާރައިގަ އެވެ. މިއީ ރާއްޖޭގައި ހުރި އެންމެ އުމުރުން ދުވަސްވީ، ދުވާ މީހާ ވެސް މެ އެވެ. އުމުރުން 60 އަހަރުވީ ނަމަވެސް...

03 ނޮވެމްބަރ

November 03, 2017 32
ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!

ސަލާން ގޮވާލައި އިންޓަވިއުއަކަށް އެދުމާ އެކު އާދަމް މުހައްމަދު ބުނެލީ މަޑުކޮށްލުމަށެވެ. އެއަށް ފަހު ލޮގް ފޮތެއް ހިފައިގެން އަ އެވެ. އެއީ ޝަހީދު ހުސެއިން އާދަމްގެ އާއިލާ ކައިރިއަށް ޒިޔާރަތް ކުރާ މީހުންގެ ޝުއޫރު ލިޔުމަށާއި ސޮއިކުރަން 2001 އިން ފެށިގެން ގެންގުޅޭ ފޮތެކެވެ. އެފޮތުގައި އަޅުގަނޑު ވެސް ޝުއޫރު ލިޔެ ސޮއިކުރީމެވެ. އެއީ...

18 ސެޕްޓެމްބަރ

September 18, 2017 131
ނަޝީދަށް މުންދު: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ

ތިރީގައި މިވަނީ "މިހާރު"ގެ އަހުމަދު ހަމްދޫނަށް މުންދު ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

04 ސެޕްޓެމްބަރ

September 04, 2017 37
އެޑަމްގެ ސައިތަށި: މާމެލާމެލީގެ ވަހާއި ރީތި ކުލަތަކުން

މަތީގައިވާ ފޮޓޯއިން ފެންނަން އެހެރީ ކުލަ އަޅައިގެން ގިރާފައިވާ ޖޫސްތައްޓެއް ނޫނެވެ. އެއީ މަލެއްގެ ރީތި ކުލަ ނެރެގެން އާދަމް ވަހީދު (އެޑަމް) ގިރާފައި ހުރި މީރު ސައިތައްޓެކެވެ. ތަފާތު މާމަލުން، އެ ފަދަ ސައި ހެދުމަކީ އެޑަމް މިހާރު އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. ކުލައާ އެއްވަރަށް އޭގެ ރަހަ ވެސް ނުލާހިކު މީރެވެ.

03 ސެޕްޓެމްބަރ

September 03, 2017 26
ސާރާގެ ހިތުގައި ޖަހާ ރާޅު ވިންދު އެންމެންނަށްޓަކައި

ކިރިޔާ މަރުނުވި ހާދިސާއަކުން ކުރި ފުރަތަމަ ތަޖުރިބާ އަށް ފަހު ސާރާ މުހައްމަދު ހީކުރީ އެއީ އޭނާ ރާޅަށް ދާނެ ފަހު ފަހަރު ކަމަށެވެ. ފައިގެ ވާގަނޑު ގަލެއްގައި އަޅައިގަނެ ސާފް ބޯޑާ އެކު ބިޔަ ރާޅުތަކާ ލައި ތަޅަތަޅައި އޮތް ދުވަހު ބޮޑެތި އެތަކެއް އަނިޔާތަކެއް ލިބުނެވެ. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ބޯޑު ހިފައިގެން ގޮސް އޭނާ އޮތީ...

31 އޯގަސްޓް

August 31, 2017 13
ކޮންފަރެންސެއްގައި ބައިވެރިވި ދިވެއްސަކަށް ރަން މެޑަލް

ސްރީ ލަންކާގައި ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިވި ދިވެހި އަންހެނަކަށް ރަން މެޑަލްއެއް ލިބިއްޖެ އެވެ.

12 އޯގަސްޓް

August 12, 2017 59
މަގުބޫލުވަމުން އަންނަ ފުވައްމުލަކުގެ ޗަކަގަނޑު!

ޏ. ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ތަނަކީ އެރަށުގެ ބިޔަ ތުނޑި އެވެ. އަދި ބޮޑު ދެ ކުޅީގެ ސަބަބުން ވެސް ރަށުގެ ގުދުރަތީ ރީތިކަން އިތުރުކޮށްދެ އެވެ. އެކަމަކު މިހާރަކަށް އައިސް ފުވައްމުލަކާ ގުޅޭ ގޮތުން އެންމެ ގިނައިން އިވެނީ އެ ރަށުގައި އޮންނަ ކިސަޑުގަނޑު އެރި، އެ ނަގާ މަޖަލުގެ ވާހަކަ އެވެ.

04 އޯގަސްޓް

August 04, 2017 8
ޒަމްޕެގެ 333 ޗެލެންޖް، އަމިއްލަ ހިތްވަރު

ރޯދަމަހު ވެސް އިބްރާހިމް ޒަމީރު (ޒަމްޕެ) ބޭނުންވީ ދުވުމުގެ ތެރެއިން އަމިއްލަ ނަފުސަށް، ނުވަތަ ހަށިގަނޑަށް، ޗެލެންޖެއް ކުރިމަތިކުރާށެވެ. އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. އެއީ ދުވަން އޭނާގެ ހިތުގައި އޮތް ލޯތްބާއި، އެކަމުން އޭނާގެ ދިރިއުޅުމަށް ގެނެސްދޭ ފަސޭހަކަން، ރޯދަމަހުގެ ކެއުމުގެ ތެރެއިން، ދޫކޮށްނުލުމުގެ އަޒުމެކެވެ. އޭނާގެ...

01 އޯގަސްޓް

August 01, 2017 58
ގާޒީ ޒުބޭރު، ދެ ފުރާނަ ސަލާމަތްކޮށްދެއްވި އެހީތެރިއެއް

މީގެ އަށް އަހަރު ކުރިން، ފ. ދަރަނބޫދުއަށް ދިޔަ އެ އަތޮޅު މަގޫދޫ އަންހެނުންތަކެއް، އެނބުރި ރަށަށް ދާން އުޅެނިކޮށް، ދޯނީގައި އިން އަންހެނެއްގެ އަތުން އޭނާގެ ހަތް މަހުގެ ދަރިފުޅު މޫދަށް ވެއްޓުނެވެ. ބަނދަރު މަތީގައި އެ ވަގުތު ގިނަ ބަޔަކު ތިބި ނަމަވެސް، އެ ކުއްޖާ ސަލާމަތް ކުރުމަށް މޫދަށް ފުންމާލެއްވީ، ސިވިލް ކޯޓުގެ ގާޒީ ޒުބައިރު...

29 ޖުލައި

July 29, 2017 47
ތަލްއަތުގެ ކެމެރާއިން ރާއްޖޭގެ އުޑުމަތީގެ ރީތިކަން

ތަރިތަކާއި ޕްލެނެޓްތަކާއި ޖައްވީ ދުނިޔެއާ މެދު މުހައްމަދު ތަލްއަތުގެ ޝައުގުވެރިކަން އުފެދުނީ 1998ގައި ނިކުތް ފިލްމު، "އާމަގަޑަން" އިންނެވެ. ދުނިޔެއަށް ވެއްޓެން އަންނަ ގިނިހިލައަކުން ސަލާމަތްވާން މަސައްކަތް ކުރާ ތަން ދައްކާ މި ފިލްމަށް ފަހު، ގިނިހިލަ އާއި ތަރިތަކާ މެދު އުފެދުނު ސުވާލުތައް ހޯދަން ދެން އޭނާ ކިޔަން ފެށީ އެކަމާ ގުޅޭ...

28 ޖުލައި

July 28, 2017 12
ތަޒީއާއި އިއްބެގެ ގުޅުމުން ފައްކާކުރި އިންސައިޑް ޕްލަސް

އިބްރާހީމް ޝަރީފް (އިއްބެ) އާއި އައިޝަތު ތަޒީން ޝަރީފް (ތަޒީ)ގެ ދިރިއުޅުމުން ފެންނަނީ ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ ކަހަލަ ޝަރަފެކެވެ. ހަޔާތުގެ ބައިވެރިންގެ އިތުރުން ވިޔަފާރީގައި ހިއްސާވާ މި ދެމަފިރިން މަސައްކަތުގެ ވަގުތުތައް ވެސް ހޭދަކުރަނީ އެކުގަ އެވެ. އެއް އޮފީހެއްގެ އެއް ކޮޓަރިއެއްގަ އެވެ. ހުރިހާ ޚިޔާލެއް، ހުރިހާ...