ޢަޞުރު · 15:40

16 ޖޫން

June 16, 2017 19
ދިވެހި ބަހުގެ ލޯބީގައި ޑިޒައިނަރަކު ދައްކާ ތަފާތު

ކުޑަކުދިންނާ ގުޅޭ ކަހަލަ ދިވެހި ފޮތްތަކާއި އަދަބީ ސާމަނު ވަރަށް މަދެވެ. މިހާރުގެ ކުދިން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވާ އެއް ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. އާމިނަތު ޝަރީހާން އިބްރާހީމް ބޭނުންވަނީ އެކަން ބަދަލުކުރާށެވެ.

15 ޖޫން

June 15, 2017 17
ކެންސަރުގެ ހިތި ރަހައިން ފާތުން ނެރުނު "ރަސްރަހަ"

ފާތުމަތު އުމަރު (ފާތުން)ގެ އުމުރުގެ ބޮޑު ބައި ހޭދަވީ ކެންސަރުގެ ވޭނާއި ހިތްދަތިކަމުގަ އެވެ. އެންމެ ފުރަތަމަ އެ ބަލީގެ ޝިކާރައަކަށްވީ މަންމަ އެވެ. ދެން އެއްބަނޑު ބޭބެ އަށް ކެންސަރު ޖެހި ކުއްލިއަކަށް މަރުވެ، އެންމެ ފަހުން ފާތުން ވެސް ކެންސަރުގެ ވަކިތަކުގެ ދަށަށް ގެންދިޔައީ އެވެ. އެކަމަކު އެ ހަނގުރާމައިގައި އާދަޔާޚިލާފު ހިތްވަރެއް...

07 ޖޫން

June 07, 2017 26
ސީއެޗްއެސްއީ އުފައްދަން މާ ދުރުން އައި ޕްރިންސިޕަލް

އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާ އެކު އަޅުގަނޑު އެކި ދިމަދިމާލަށް ނަޒަރު ހިންގާލީމެވެ. އެތެރޭގައި ތިބި ހައެއްކަ މީހުންގެ ތެރެއިން ހޯދަން ބޭނުންވީ 94 އަހަރުގެ މީހެކެވެ. އަވަސް އަވަހަށް ސޯފާ އިން ތެދުވެ އިނގިރޭސި ބަހުން މަރުހަބާ ކީ އޭނާކަން ގަބޫލުކުރަން ސިކުނޑި ދެކޮޅުހެދި އެވެ.

31 މެއި

May 31, 2017 23
ޖީހާންގެ ދިވެހި ރަހަތަކުން ޗައިނާ ކުޅުދިޔާވެއްޖެ

ހަމައެކަނި ގޭގައި ކައްކައި އުޅޭ މީހަކު ޕްރޮފެޝަނަލް ކެއްކުންތެރިންނާ ވާދަކޮށް ބޮޑު މުބާރާތަކުން އެއްވަނަ ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކު ފާތުމަތު ޖީހާން ސަލީމަށް އޭނާގެ ކާމިޔާބީ އެހާ ފޮނިވި ސަބަބު ވަރަށް ތަފާތެވެ؛ އެއީ ދުނިޔޭގެ އެންމެ މީހުން ގިނަ ގައުމުގައި ދިވެހި ރަހަތަކަށް މަގާމެއް ހޯއްދަވައިދެއްވަން އޭނާ ކުރައްވާ...

29 މެއި

May 29, 2017 15
ޑީޑީގެ މެސެޖް: ކުރިއެރުން ބޭނުންތަ؟ ގުރުބާނީއެއް ވޭ!

ފުވައްމުލަކަށް އުފަން މުހައްމަދު ހަސަން ދީދީ (ޑީޑީ) އަމިއްލަ ދިރިއުޅަމަކާ ކުރިމަތިލި ފުރަތަމަ ދުވަހު ވެސް އަޒުމަކަށްވީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ މަގެއް އޭނާގެ ދަރިންނަށް ތަނަވަސްކޮށްދިނުމެވެ. އަހަރުގެ އެތައް މަހެއް އާއިލާއާ ވަކިން ހޭދަކޮށް ދިރިއުޅުން ކޮޅަށް ޖެހުމުގައި އޭނާގެ އެންމެ...

27 މެއި

May 27, 2017 3
ޑީޑީގެ ބަދިގޭގައި ރަހަ ތަފާތު ވާހަކައެއް!

ކެއްކުމާއި ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އޭނާ ދުވަހަކު ވެސް ދުށް ހުވަފެނެއް، އަދި ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކައްކާ އަށް ވެދާނެ ކަން އެއީ އޭނާގެ ޅަ، އަދި ޒުވާން ސިކުނޑީގައި ވެސް ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެކަމަކު މުހަންމަދު ވަހީދު (އެންމެން ކިޔާ ގޮތުން ނަމަ ޑީޑީ) އަކީ ރާއްޖޭގައި...

15 މެއި

May 15, 2017 3
ސަން އައިލެންޑް ދެކެ ލޯބިވާ ޑޮކްޓަރު

މީގެ 29 އަހަރު ކުރިން އޭނާ ރާއްޖެ އައީ މާބޮޑު މައުލޫމާތެއް އެނގިގެނެއް ނޫނެވެ. އޭރު ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު ވެސް އެހާ ގިނައެއް ނޫނެވެ. ހާއްސަކޮށް މަތީ ފެންވަރުގެ ރިސޯޓްތަކެއް ނުހުރެ އެވެ. އެކަަމަކު އޭރު ވެސް ޑައިވިން އަކީ ރާއްޖެ އަންނަ ޓޫރިސްޓުން އެންމެ ކުރާ ހިތްވާ ކަންތަކެވެ. ނަވާސަތޭކަ އަށްޑިހަ އަށްވަނަ އަހަރު...

29 އެޕްރީލް

April 29, 2017 27
ދަރިވަރުންގެ ލޯތްބާ އެކު އުމުރުގެ ބޮޑު ބައި ރާއްޖޭގައި

އެ މީހުން ބުނާ ގޮތުން މާލޭގެ ކޮންމެ އިދާރާއަކަށް ދިޔަޔަސް އެ މީހުން ކިޔަވައިދިން ދަރިވަރަކާ ދިމާވެ އެވެ. "ސާ" އޭ ކިޔާފައި މަގުމަތިން މީހަކު ގޮވާނުލާ ދުވަހެއް މަދު ވާނެ އެވެ. އަމިއްލަ ގައުމާއި އާއިލާ ދޫކޮށްލާފައި ރާއްޖޭގައި އުޅޭތާ އެތައް އަހަރެއް ވީ ނަމަވެސް، އެ ބީރައްޓެހިކަން އެ މީހުންނަށް އިހުސާސް ނުވަނީ މި ސަބަބާ ހުރެ އެވެ.

11 އެޕްރީލް

April 11, 2017 8
ރައުދާ އަށް މުހިއްމުވީ އޭނާގެ ރީތިކަމެއް ނޫން: ވޯގް

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުން ދަނިކޮށް މަރުވުމުގެ ފަސް މަސް ކުރިން ރައުދާ އާތިފް ވަނީ ވޯގް މަޖައްލާގެ ކަވަރަށް އަރައިފަ އެވެ. މިއީ ދިވެހި މޮޑެލްއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. ވޯގްގެ އިންޑިއާ މެގަޒިންގެ މިދިޔަ އޮކްޓޯބަރު މަހުގެ އަދަދުގެ ބޭރުގަނޑުގައި އޭޝިއާގެ އެކި ގައުމުތަކުގެ ހަ މޮޑެލްއެއް ހިމެނި އިރު...

10 އެޕްރީލް

April 10, 2017 28
މާލޭގައި އަންހެން ޓެކްސީ ޑްރައިވަރަކު ހުންގާނަށް

ވިޔަފާރިވެރިއެއްގެ މުވައްޒަފެއްގެ ގޮތުގައި 17 އަހަރު ހޭދަކުރުމަށް ފަހު އާމިނަތު ވަހީދާ (އައިންތު) ފެށީ ކޭޝިއަރުކަމާ މުޅިން ތަފާތު މަސައްކަތެކެވެ. މި ފަހަރު އޭނާ އިޚްތިޔާރުކުރީ މަންމައެއް އަދި އަތްބެއްގެ ގޮތުގައި އަދާކުރަމުން އައި ޒިންމާތަކަށް ބޭނުން އިރަކު ވަގުތު ހުސްކުރެވިދާނެ ކަހަލަ ކަމެކެވެ. އައިންތުގެ އެ ނިންމުމަކީ...

08 މާޗް

March 08, 2017 21
ފިރިހެނުންތަކެއްގެ ތެރޭގައި ފިސާރި އަންހެނެއް!

އެމްއެންޑީއެފަށް އޭނާ ވަނީ ވަންނަ ހިތަކުން ނޫނެވެ؛ މާލޭގެ ސްކޫލުތައް ނިންމާ ބައެއް ކުދިން އެމްއެންޑީއެފްގެ ވަޒީފާތަކަށް ގެންދިޔައިރު، 2000 ވަނަ އަހަރު ޒިޔާނާ އަބްދުލްމަޖީދު ވެސް ހިމެނުނީ އެވެ. އެމްއެންޑީއެފުން ޒިޔާނާ އަށް ދިނީ މެރިޓައިމް ތަަމްރީނެވެ. ވަންނަން ޖެހުނީ ކޯސްޓްގާޑަށެވެ. އޭނާއާ އެކު އެހެން އަންހެނަކު ނެތެވެ. ވަށައިގެން...

07 މާޗް

March 07, 2017 21
އިތުރު ވާހަކައެއް ނެތް: މި ދެ ނަމުން ފުދޭ!

"ދެން މި ގެނެސްދެނީ ކ. ކާށިދޫ މުޝްތަރީ ކުލަބުގެ އީސާ މޫސާ އާއި އިސްމާއިލް މޫސާގެ މަދަހައެއް."

06 މާޗް

March 06, 2017 16
މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

ސަރުކާރަށް ގާތްގަނޑަކަށް 50 އަހަރު ހިދުމަތް ކުރެއްވި ހ. ފޭދޫ، މައިޒާން އިބްރާހިމް މަނިކު މިރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

04 މާޗް

March 04, 2017 10
ތަފާތެއް ނެތް ކަމުގެ ނަމޫނާ ދައްކާ ދެމަފިރިން

މިއީ ރާއްޖޭގެ ގިނަ އާއިލާތަކާ ތަފާތު އާއިލާއެކެވެ. މަންމަ އުޅެނީ އާއްމު ޚިދުމަތުގެ ޒިންމާދާރު މަގާމެއްގަ އެވެ. ގޭތެރޭގެ ކަންކަމުގަ އާއި ކުދިން ބެލުމުގައި ބައްޕަ ވެސް ހިއްސާވެ އެވެ. މާލޭ ރައްވެއްސަކަށް ވިޔަސް އަނބިމީހާ ދިރިއުޅެން ބޭނުންވީ ފިރިމީހާގެ ރަށުގަ އެވެ. ދެ ކުދިންގެ މަންމަ ކުރިއަށް ދާން ބޭނުންވީ ސިޔާސީ ދާއިރާ އިންނެވެ....

03 މާޗް

March 03, 2017 6
ނާބެ ތައްޔާރު! މި ދާއިރާ ތައްޔާރުތަ؟

ފިލްމަކަށް އިންވެސްޓް ކުރަން ޖެހިލުންވާ ވިޔަފާރިވެރިންނަށް މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވާން ބޭނުންވާ ވާހަކައެއް އެބައޮތެވެ: "ހަމަ އެއްގޮތަކަށް ވެސް ބިރު ގަންނާނެ ކަމެއް ނެތް ފިލްމަށް އިންވެސްޓްކުރާކަށް. އެހެން ވިޔަފާރިވެރިން ވެސް ފިލްމުތަކަށް ހަމަ ހޭދަކުރަންވީ. މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ރަނގަޅު ފައިދާއެއް...

27 ފެބުރުއަރީ

February 27, 2017 29
އެންމެ ތިން މަސް ދުވަހުން ގުރުއާން ހިތުދަސްކުރި ނަބީހު

އަހުމަދު ނަބީހުހާ ތަފާތު އަދި ހިތުދަސްކުރުމަށް އެހާ ކުޅަދާނަ ކުއްޖަކާ އަހުމަދު އަލީ ދީދީއަށް އަދި ދިމައެއް ނުވެ އެވެ. ބާރަ އަހަރު ތެރޭ އެތަކެއް ކުދިންނަށް ގުރުއާން ކިޔަވައިދީފައިވާ ޓީޗަރަށް، އުމުރުން 14 އަހަރުގެ ނަބީހު ތަފާތުވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ؛ އޯޓިޒަމް ހުންނަ ނަބީހު ވަނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި...

19 ފެބުރުއަރީ

February 19, 2017 2
ލޮލަކަށް ނުފެނޭ، ދިރިއުޅުމުގައި ނުހިނގާ މަގެއް ނެތް!

ފުރާވަރަށް އަޅައިގެން އައިއިރު ހއ. ހޯރަފުށީ އަބްދުލް ހަމީދު ހުސައިން (ހަމީދުބެ) އަކީ ރަށު އުޅަނދުފަހަރުގައި މާލެ ގޮސް އުޅުނު ކުއްޖެކެވެ. މާލެ ބަނދަރުގައި ބައްތެލި އޮންނައިރު ބައްތެލިން މާލެއަށް މީހުން އަރުވައި ބޭލުމަކީ އޭނާގެ ޒިންމާ އެވެ. އެކަމަކު މީގެ ބައި ގަރުނު ކުރިން މާލެއަށް ކުރި ދަތުރާ ހިސާބުން އޭނާގެ ދުނިޔެ އަނދިރިވި އެވެ....

10 ފެބުރުއަރީ

February 10, 2017 130
116 ވައިބަ ގުރޫޕް! އިޔާޒަށް އެތައް ހާސް ސުވާލު!

މުޅި ދުނިޔޭގައި މަޝްހޫރު "ޖިން ރަމީ" ގޭމް ކުޅުމަކީ ދީނީ ގޮތުންް ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަތީފަށް މި ސުވާލު އެތަކެއް ފަހަރު، އެތައް ބަޔަކު ކޮށްފި އެވެ. އެއީ ޖަވާބު ދެއްވަން ފަސޭހަ ސުވާލެއް ނޫން ކަން އިޔާޒަށް ވެސް އެނގިވަޑައިގަތެވެ.

07 ފެބުރުއަރީ

February 07, 2017 29
ޒިޔާދާގެ ހުވަފެންތަކާ އެކު ދޮށީ ދަރިފުޅު އާ ފެށުމަކަށް

ޒުވާން މަންމަ ޒިޔާދާ ނައީމް މަރުވި އިރު ޒިދާން އިބްރާހީމް ހުސެން އަށް 17 އަހަރެވެ. އެ މައްސަލައިގައި ބައްޕަ ހައްޔަރުކުރި ހިސާބުން މަންމަ އާއި ބައްޕަ ވެސް ގެއްލުނީ އެވެ. އާއިލާގެ އެންމެ ދޮއްޓަށް ހުރި ޒިދާން އަށް، ފުރަތަމަ ދުވަހު ވެސް، އޭނާގެ ޒިންމާ ބޮޑުކަން އިހުސާސްކުރެވުނެވެ.

03 ފެބުރުއަރީ

February 03, 2017 37
މުހައްމަދު ކަލީމްގެ ފުން އިހުސާސްތައް ކެންސަރުގެ ވާހަކައިން

އެއް ބައްދަލުވުން ނިންމާލައްވާފައި އަނެއް ބައްދަލުވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވީ ހަމަ އާއްމުކޮށް ވެސް އޮފީހުގައި އުޅުއްވާނެ ފަދަ ގޮތަކަށެވެ. އެކަމަކު މުހައްމަދު ކަލީމް ދައްކަވަން އެ އުޅުއްވަނީ ވިޔަފާރިއާ ގުޅޭ ވާހަކަތަކެއް ނޫނެވެ. އޭނާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރުގެ ވާހަކަތަކެއް ވެސް ނޫނެވެ. މުޅިން އަމިއްލަ...