މަޣްރިބް · 18:24

27 މެއި

May 27, 2019 35
ފަހު ދިހަ

ފިރިހެނުންނާއި އަންހެނުން ތަފާތުވަނީ ކޮންގޮތަކުން ހެއްޔެވެ؟ އަންހެނުންގެ ކަމަކަށް އޮންނަނީ ކެއްކުން ހެއްޔެވެ؟ ގޭތެރޭގެ މަސައްކަތްކުރުން ހެއްޔެވެ؟ ފިރިހެނުން އުޅެން ޖެހެނީ ބޭރުގައި ހެއްޔެވެ؟ އެ މީހުންނަށް ގޭތެރޭގެ މަސައްކަތް ހަރާމީ ހެއްޔެވެ؟ ނުވަތަ ކަމެއް ކުރަން ނުޖެހެނީ ހެއްޔެވެ؟ ހިތަށް އަރައި ފައިބަމުންދާ ޚިޔާލުތަކުން...

26 މެއި

May 26, 2019 3
ސިއްރު

ފުރާޅުމައްޗަށް ވެހެމުންދިޔަ ވާރޭގެ އަޑު އަހަން އޮވެވުނެވެ. ވާރޭ ހުއްޓާލާނެ އިރެއްގެ އިންތިޒާރުގަ އެވެ. ވިއްސާރަވިލާތަކުގެ ސަބަބުން ފަތިސްވިހެން ހިއެއް ނުވެ އެވެ. ދުނިޔެމަތި އޮތީ އަނދިރި ވެފަ އެވެ. އެކަމަކު ފަތިސްވެއްޖެކަން އަހަންނަށް ޔަގީނެވެ.

25 މެއި

May 25, 2019
ބައްޕަ ދެކެ ވަރަށް ލޯބިވޭ

އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔަމުން ދަނީ އެވެ. ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ފޮހެމުން ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ. ހީވަނީ ނަގޫ ރޯޅިއެއް އަރައި މުޅި ކޮޓަރިތެރެ އެފުށް މިފުށަށްޖެހިފައި އޮތްހެނެވެ. ތަޅައިގެން ގޮސްފައިވާ ބިއްލޫރީގެ މާވައްޓާ ދުރަށް، ބުރައިގެން ގޮސްފައިވާ ތަނޑިދިގު ހައެއްކަ...

23 މެއި

May 23, 2019 10
އާމިނާބި

ރެޔަށްވާ ވަރަށް ވެސް ގޭގައި ފެން ފޮދެއް ނެތްކަން އައިމިނާބި އަށް އެނގުނީ އަސުރުން އިރު ދަންވި ފަހުންނެވެ. ބަނޑިޔަލުގެ ފުލުގައި ހުރި ފެންފޮދު ގޭ ދޮރުމަތީ ހުރި ގިތެޔޮ މިރުސް ގަހަށް އަޅާލައި އުކުޅަށް ބަނޑިޔާ ޖަހައިގެން ބޮޑު މަގުން ހިނގައިގަތެވެ. މަގުމަތިން ދިމާވިހާ މީހަކަށް ނިތް އެއްލަމުން ހާލު އަހަމުން ގޮސް ހުކުރު މިސްކިތު ވަޅުން...

22 މެއި

May 22, 2019 4
ހިމާޔަތުގެ އަތް

މީހަކު މަރުވެގެން ދާއިރު ފުރަތަމަ ހުއްޓެނީ އަތްފައިގެ ހަރަކާތެވެ. ދެން ނޭވާ އެވެ. އޭރު އަދި ވިންދު ހުރެ އެވެ. ހަށިގަނޑުގެ އެހެން ހުރިހާ ހިސާބަކުން ވިންދު ޖެހުން ހުއްޓޭއިރު އެންމެފަހުން ވިންދު ހުންނަނީ ކަރުގެ ވަކި ހިސާބެއްގަ އެވެ. އެ ވިންދު ވެސް ހުއްޓުމާ އެކު ދެން މީހާ ފިނިވާން ފަށަ އެވެ. ހަރުކަށިވާން ފަށަ އެވެ.

21 މެއި

May 21, 2019 19
ފެންތިކި

އަހަރެން ވިސްނީ އީތަންއަށް އައި ބަދަލާ މެދުއެވެ. އިހުސާސް ވަމުން ދިޔައީ އޭނާ އަހަރެންނާ ދުރުވަމުންދާ ކަމެކެވެ. ސީދާ ސަބަބު އަހަރެންގެ ގާތުގައި ނުބުނި ނަމަވެސް ޔަގީނާ ގާތަށް ބުނަން އެނގެއެވެ. އޭނާ ފޫހިވީއެވެ. އަހަރެންނަށް އަންނަމުންދާ ބަދަލާ މެދު ހިތްހަމަ ނުޖެހުނީއެވެ. އަބަދު ބިހިތަކެއް ނަގައިގެން އުޅޭ މީހަކާ އެކު އުޅޭނީ ކިހިނެއް...

20 މެއި

May 20, 2019 4
ހާދިސާ

މުޅި ކޮޓަރިތެރެ އެއްވަސް ހިފާފައިވަނީ ޕެޓްރޯލްގެ ވަހެވެ. ޝަނާޔާ އަތުގައި އޮތް ކުޑަ ހަމުގައި ހުރި ޕެޓްރޯލްތައް މުޅި ގަޔަށް އޮއްސަމުން ދިޔަ އެވެ. އޭގެކުރިން އޭނާ ޕެޓްރޯލްތައް އެޅީ ކޮޓަރި ތެރެއަށެވެ. ބޮލުގެ އިސްތަށިގަނޑަށް އެންމެ ފަހު ބައި އޮއްސާލާފައި ހުސްވެފައިވާ ހަން އެނދުމައްޗަށް އެއްލާލި އެވެ. ލޮލަށް ގިނަވި ކަރުނަތަކާ އެކު މުޅި...

19 މެއި

May 19, 2019 11
އަސްލު ސަފަރުކަތްދަ

ހޫނު ގަރުދިޔަ އަޅައިގެން، ބާގަބޯތައްޓެއްގައި މޮޑެފައި ހުރި ބަތް ހުސްކުރަން ތިން ދަރިންގެ ފަހަތުން ޒުލޭހާ ދުވަނީ އެވެ. ބޮޑަށް އަނގަ ހުޅުވާށޭ، މިއޮތީ ދޮންބިސްކޮޅެކޭ، ލަގޮނޑިއެކޭ، އަވަސްކުރާށޭ އިރު އޮއްސެނީއޭ ކިޔަމުންނެވެ. އަސުރުން ފަސްވިތަނާ މަހުން ލެފި ހަސަނު މަސް ކަނޑަން އިނދެގެން ވެސް ގޮވަނީ އަވަހަށް ކައި، ގައިން ތާހިރުވެ،...

18 މެއި

May 18, 2019 5
މައުސޫމާ

މެންދުރުގެ އެންމެ ހޫނު ގަދަވެގެން އައި ވަގުތެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މަގުތަކުން ހަނިގޮތަކަށް ރެކެމުން އައިސް އުސް އިމާރާތެއްގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލައިފީމެވެ. ކުރިމަތީގައި އެ ހުރީ އެ ތަރިކައަކަށްޓަކައި ތާއަބަދުމެ އަހަރެން ފަޚުރުވެރިވާ އަހަރެންގެ ގެއެވެ. އަހަރެންގެ މުއްސަނދި ކަމުގެ ޗާލު ރަމްޒެވެ. އެ...

17 މެއި

May 17, 2019 11
ރަށް-ނާމާން-ރޭ

ގިސްލައި ކަރުނަ އަޅަމުން މަންމަ އަހަރެންގެ ބޮލު ފުނާ އަޅައި ނަލަ ހައްދަނީ އެވެ. އިރުއިރުކޮޅުން ކަރުނަތައް ފޮހެލަ އެވެ. ހުވަނދު މަލުގެ ތާސީރުން އެއްވަސް ވެފައިވާ ކާށިތެލުން އޮފުކޮށްލާފައި އޮތް އިސްތަށިގަނޑުގެ ފަހަތަށް ހުޅިއެއް ޖަހާލައި، އެ ހުޅީގެ ތެރެއަށް ހަރުކޮށްލި ތާޒާ ގުލްޗަމްޕާ މަލަކުން ފުރިހަމަކޮށްލި އެވެ. ހުރި ހަމައެކަނި...

16 މެއި

May 16, 2019 10
ރުޅި

އަހަރެންގެ ލޭ ހުރީ ކެކި އެވެ. އޭނަ އަތުޖެހިއްޖެ ނަމަ މަރާ ކުދި ކުދި ކުރާނަމޭ ހިތަށް އެރި އެވެ. އަތުގައި އޮތް ވަޅީގެ މިޔައިގައި ހޭކިފައިހުރި ލޭތައް ލައިގެން ހުރި ގަމީހުން ފޮހެލީމެވެ. ވަޅީގެ މިޔަ ތޫނުކަމުން ރިހިކުލަ އަރަ އެވެ. އަހަރެންގެ ސޫރަ ސާފުވާހާ އެ ވަޅީގެ އާކަން ގަދަ އެވެ.

15 މެއި

May 15, 2019 16
ތަގުދީރުގެ ނިޔާ

ހެނދުނުއްސުރެ ބޯވަމުން، ޖަމާވަމުން އައި ވިލާތަކުން މުޅި އުދަރެސް ވަނީ ބައްދާލައިފަ އެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅި ވެސް އާދަޔާ ޚިލާފަށް ބާރުވާން ފަށައިފި އެވެ. ހީވަނީ ހަމަ ދެންމެދެންމެ ވާރޭ އޮއްސައިގެންފާނެ ހެންނެވެ. ޖަމީލާ އިނީ ކުޑަ ދަރިފުޅު އުރާލައިގެން ބޭރު ފެންޑާ އުނދޯލީގަ އެވެ. ދަރިފުޅު ނިންދަވާފައި އުސްމާނު...

14 މެއި

May 14, 2019 9
އަނދިރިފަރާތް

ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކުން ދުވަހެކެވެ. ތަރައްގީގެ އަލިކަމާއި ތަމައްދުނުގެ ކުލަތައް ފެންނަމުންދާލެއް ކުޑަޔަކަސް ވަށައިގެން ވަނީ ހިތްހަމަޖެހުމެވެ. ދަރިންގެ ލޯތްބާއި އަވައްޓެރިންގެ އެކުވެރިކަމުން ފުރިގެންވާ ހިތްތަކެކެވެ. މާތްވެގެންވާ ރަމަޟާން މަހަށް ހަނދު ބެލުމުގެ ތައްޔާރީތަކުގައި ރަށުގެ ކުދި ބޮޑު...

13 މެއި

May 13, 2019 2
ނަދާގެ މަންމަ

ނަދާ އުފަންވީ އަނގައިގައި އޮތް ރިހި ސަމުސަލަކާ އެކުގަ އެވެ. އޭނަ އަށް މަދު އެއްޗެއް ނުވެ އެވެ. ފައިސާއިން ގަނެވެން ހުރި އެއްޗެއް ވިއްޔާ ބައްޕަ އޭނަ އަށް ހޯދައިދިނެވެ. އެކަމަކު ނަދާގެ ހަޔާތުން އުނިވެފައިވާ މަންމަގެ ލޯއްބަކީ އެ ފައިސާއިން ވެސް ނުގަނެވުނު އެއްޗެކެވެ.

12 މެއި

May 12, 2019 4
އުމުރު

ފިހާރަ ތަޅުލާފައި ނިކުމެ ނިކުމެ ހުއްޓާ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށި އެވެ. ނަގައި ބަލައިލިއިރު ޒީނާ އެވެ. ޒީނާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. މީހަކާ އިނދެގެން ޒީނާ ދިރިއުޅެނީ ވަކިންނެވެ.

11 މެއި

May 11, 2019 2
އެކަނިވެރިޔާ

ދޯނީގެ ދިރުނބާކޮޅުގައި އަހަރެން އިނީމެވެ. ހިތުގެ އުންމީދުތަކާއި މި ދަތުރުގެ މަގުސަދު އަހަންނަށް ރަނގަޅަށް ހަނދާންކޮށްދެމުން ދިޔަ ކަހަލަ އެވެ. ޖެހެމުންދިޔަ ވައިރޯޅިތަކާ އެކު ހޭވެމުންދިޔަ އަހަރެންގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ދޯނީގެ ގެގަނޑާ ދިމާއަށް އަހަރެން ބަލައިލީމެވެ. ރަށުން ފުރިގޮތަށް ބޯހިއްލާލަން ނުކެރިފައި މަލަކާ...

10 މެއި

May 10, 2019 4
ޖޫލީ

އެއާޕޯޓްގެ ރެސްޓޯރެންޓް ތެރޭ ފޯނުން ޚަބަރު ކިޔަން އަޒީމް އިންދާ މީހެއްގެ ހިޔަނި ވިހެން ބަލާލިއިރު ކުރިމަތީގައި ހުރީ ޅަދޮން އަންހެންކުއްޖެކެވެ. އަޒީމް އަށް ކަޅި އަޅާފައި ބަލާލެވުނީ ލޭ ކުލައިން ގަދަކޮށް ފަވާފައިވާ ތުންފަތަށެވެ. އެއާ އެކު އެ ކުއްޖާ އަށް ރަނގަޅަށް ބަލާލެވުނެވެ. ލޮލުގެ ތޫނުކަން ހަންޖަރެއް ފަދަ އެވެ. އަނދުން އަޅާ...

09 މެއި

May 09, 2019 5
ހާސިލްވޭތޯ

އަރީޝް އާއި އަހަރެންގެ ގުޅުމަކީ އިއްޔެ މެންދުރު އުފެދުނު ގުޅުމެއް ނޫނެވެ. އެ ގުޅުމުގެ ފެށުމަކީ އަހަރެންމެން ދެ އާއިލާގެ އެކުވެރިކަމެވެ. އަހަންނާއި އަރީޝް ޒުވާން ވަންދެން އުޅުނީ ދެ އެކުވެރިންގެ ގޮތުގަ އެވެ. ދެން ބަދަލުވީ ލޯތްބަށެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅޭއިރު ހިތްހަމަނުޖެހުންތައް ވެސް އުފެދޭނެ އެވެ. މައްސަލަ ވެސް...

08 މެއި

May 08, 2019 10
ހަގީގަތް

ވަކިނުވާން ވީ ވައުދުތަކާ އެކު ކުރެވުނު ކައިވެނީގެ ގޮށް މޮހުނީ އެވެ. ކޯޓުން ދެ މީހުން ވެސް ނިކުތީ އެ ނިންމުމާ ދޭތެރޭ ހިތްހަމަޖެހިގެންނެވެ. ކައިވެންޏަށް ލިބުނު އަންހެންދަރިފުޅުގެ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވީ ނާއިލާއާ އެވެ. އަހަރެންގެ ޒިންމާއަކީ ޚަރަދު ދިނުމެވެ. އަދި ދެ މީހުންގެ މެދުގައި ވާހަކަދައްކައިގެން އެއްބަސްވާ...

07 މެއި

May 07, 2019 10
އެންމެ އެދުމެއް

މަޑުމަޑު އެލާމްއަކުން އިއުލާންކުރީ މެންދަމުން އަލިވެ އެކެއްޖެހި ކަމެވެ. ދަންވަރުގެ ހިމޭންކަން ހިތްތަކަށް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. މަޑުތަންމަތިތަކުގައި އަރާމު ނިންޖަކުން ނަފްސުތައް ނިދާފައިވެއެވެ.