01 ޖޫން

June 01, 2017 6
ކުރުވާހަކަ: ގުރުބާނީ

ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ވަކިވުމުން މާޔޫސްކަމުގައި މުޅި މީހާ ބަނދެވުނެވެ. ކާހިތެއް ބޯހިތެއް ނުވެއެވެ. މީހުންނާއި ވާހަކަދެއްކުމާއި މީހުން ފެންނަ ހިސާބަށް ނިކުތުން ބޮޑު ކަމަކަށް ވިއެވެ. އަބަދު ރޯން އޮވެވެނީ ކޮޓަރީގައެވެ. މަންމަމެން އައިސް ވިސްނައިދެން މަސައްކަތް ކުރިއެވެ. އެހެން އުޅެނިކޮށް ބައްޔަކަށް...

31 މެއި

May 31, 2017 10
ކުރުވާހަކަ: ހާއްސަ

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.

30 މެއި

May 30, 2017 7
ކުރުވާހަކަ: ބަނޑޭރިގަނޑު

ޑިއުޓީ ނިންމާފައި އައިސް ގެއަށް ވަންނަން ދިމާކުރިއިރު ދޮރު ހުރީ ތަޅުނުލައެވެ. އާދަޔާ ޚިލާފަށް ހިތް ތެޅިގަތެވެ. ކިތަންމެ ކުޑަ ކަމަކާ ވެސް ހިތަށް ފާޑުފާޑުގެ ވަސްވާސް ވަންނަނީ މާ ވަރަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޮފީހަށް އެދާ މީހާއަށް އެނބުރި ގެއަށް އާދެވިދާނެ ކަމާ މެދު ވެސް ޔަޤީން ނުކުރެވޭ ވަރަށް މާލޭގެ ހާލަތު މިވަގުތު...

29 މެއި

May 29, 2017 16
ކުރުވާހަކަ: ހަގީގަތަކަށްވި ހުވަފެން

އަނީސްއާއި އަހަރެންނަކީ ކުޑައިރުގެ އެކުވެރިންނެވެ. އެކަމަކު ދެމީހުންގެ އުޅުމާއި މިޒާޖު އުޑާއި ބިމާހައި ތަފާތެވެ. އަހަރެންނަކީ ބަސްމަދު ލަދުރަކި މީހަކީމެވެ. އަހަންނާ ޚިލާފަށް އަނީސްގެ ވާހަކަދެއްކުންތެރި ކަމަކީ އޭނާގެ އެންމެ ބޮޑު ހުނަރެވެ. އަނީސްގެ ފޮނި ބަސްތަކުން މީހުން ވާވައްދާލަން ފަސޭހައެވެ. އަހަރެމެން ދެމީހުން ކަމަކާއި...

28 މެއި

May 28, 2017 17
ކުރުވާހަކަ: ސުވާލު

އަހަންނަށް ޒަހީން ފުރަތަމަ ފެނުނީ އަހަރެމެން އޮފީހުގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އޮފީހުގައި އުޅުނު ގިނަ އަދަދެއްގެ އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް އޭނައަށް ހިތް ކިޔެވެ. އެކަމަކު އަހަރެންގެ ނަޒަރުގައި އަހަރެން މީ ޒަހީންއާ އެންމެ އެކަށީގެންވާ ފަރާތެއް ނޫނެވެ. މައްސަލައަކީ އަހަރެންގެ ހަމުގެ ކުލައެވެ....

27 މެއި

May 27, 2017 10
ކުރުވާހަކަ: ކަމަނަ

- ހަގީގީ ހާދިސާއެއް -

24 މެއި

May 24, 2017 8
ލޯތްބަށް މަގޭ އޮތް އިތުބާރު

އަހަންނަށް އެންމެ ފުރަތަމަ ލޯބިވެވެނީ ސިފަދެކެއެވެ. ދެން ބެލެނީ މިޒާޖަށެވެ. ރީތި ފިރިހެނެއް ފެންނައިރަށް އަހަރެންގެ ހިތުގައި އަޖައިބެއް ކަހަލަ މިޔުޒިކެއް ކުޅެވެން ފަށައެވެ. އެ ހިސާބުން، އެ މީހެއްގެ ފަސްފަހަތުން އަހަރެންނަށް ހިނގެން ފަށައެވެ. އޭނައަށް ނޭނގޭހާ ސިއްރުންނެވެ. އަހަރެންގެ ރާޑަރުން އޭނަ ކައްސައިލާނީ އޭނަގެ މިޒާޖުގައި...

21 މެއި

May 21, 2017 3
އުދާސް

އަހަންނަށް ފެނުނީ އަނދިރިކަމެވެ. ހިތްދަތިކަމެވެ. ނުތަނަވަސްކަމެވެ. އޮފީހުގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން، ދެ ލޯމަރައިލައިގެން އެތައް އިރަކު އަހަރެން އިނީމެވެ. ލޯ ހުޅުވަންވީ ކީއްކުރަން ހެއްޔެވެ؟ އެއްވެސް މީހަކަށް ބަލައިކަށް އަހަރެން ބޭނުމެއް ނޫނެވެ. ހެޔޮއެދޭ އެކަކު ވެސް ނެތެވެ. ކޮންމެ މީހަކު ވެސް އުޅެނީ...

17 މެއި

May 17, 2017 13
އޮޅުނުވި މަގޭ ހިތް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

14 މެއި

May 14, 2017 35
މަންމަ: އަސަރުން ލޯ ތެންމާލި، ހިތް ރޮއްވާލި

ހޫނު ގަދަ ދިލަ އުދާސް މެންދުރެއްގައި، ރަތްދަކަ އަވިން ދޮންވެފައިވާ އަތިރިމައްޗަކުން ލިބޭ ފިނިހިޔާކޮޅެއްގައި މަޑުކޮށްލެވޭ ވަގުތު ކޮންމެވެސް އިޝްގީ ވާހަކައެއްގެ ހިޔާލު...

May 14, 2017 12
އޮޅުނުވި މަގޭ ހިތް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

10 މެއި

May 10, 2017 10
އޮޅުނުވި މަގޭ ހިތް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

07 މެއި

May 07, 2017 13
އޮޅުނުވި މަގޭ ހިތް

އެކުވެރިންނާ އެކުގައި ފުޓުބޯޅަ ކުޅެން އުޅެފައި އަހަރެން ގެއަށް އައީ އިރާކޮޅުއެވެ. އެ ރެއަކީ އާދައިގެ ރެއެކެވެ. ކުޅުނު މެޗުން މޮޅުވީ އަހަރެންގެ ޓީމެވެ. ފެންވަރައިގެން އަހަރެން ދާން ހަމަޖެހިފައިއޮތީ ތުއްތުބޭގެ ކައިވެނި ޙަފުލާއަށެވެ. އަހަރެންގެ ވަރަށް ގިނަ އެކުވެރިން އެ ތަނަށް ދާނެއެވެ. އުމުރުން ބާރަ އަހަރު ނަމަވެސް، އަހަރެންގެ...

03 މެއި

May 03, 2017 7
މަނާރަތު

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

30 އެޕްރީލް

April 30, 2017 5
މަނާރަތު

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

26 އެޕްރީލް

April 26, 2017 4
މަނާރަތު

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

23 އެޕްރީލް

April 23, 2017 3
މަނާރަތު

(ބުދަ ދުވަހުގެ ނޫހާ ގުޅޭ) ރެއެއްގެ ދަންވަރުގެ ވަގުތެވެ. މަނާރަތު އޮތީ ދެބަދޭތެރޭގައެވެ. ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑަށް މަނާރަތު ލޯ ހުޅުވައިލިއެވެ. ކޮޓަރި އޮތީ ވަރަށް އަނދިރިކޮށެވެ. ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ. އެކަމަކު، ދޮރު ހުޅުވައިލުމުން ބޭރުން، ކޮންމެވެސް ވަރަކަށް އަލި ވަނެވެ. ދޮރުމަތީގައި ހުރި، ހިޔަންޏެއް ކަހަލަ...

19 އެޕްރީލް

April 19, 2017 7
މަނާރަތު

ހަތްދިހައިގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ހަމްދާއަށް އޭރު އެންމެ ތޭރަ އަހަރެވެ. މޫނުގައި ހުދު ފުށް ޖަހައިލައިގެން ރަށުގެ އެދުރުދައިތަ ގެއަށް ކިޔަވަން ދިޔަ ދުވަސްވަރެވެ. ޚިޔާލެއް ފިކުރެއް ނެތެވެ. ލޯބި ކިޔަނީ ކޮން ގަހަކު އަޅާ މޭވައަކަށްކަމެއް ހަމްދާއަކަށް ނޭނގެއެވެ. ހަމްދާއަށް އެނގެނީ ކިޔެވުމާއި، ކުޅުމާއި، ކެއުމެވެ....

16 އެޕްރީލް

April 16, 2017 6
މުޅޯ

މުޅޯ މުފީދާގެ ގެއަކީ ތަފާތު ގެއެކެވެ. ވަލާ އެންމެ ކައިރީގައި ހުރުމުގެ އިތުރުން އެ ގެއަކީ ނުރަނގަޅު އިރުވަރެއްގައި އެޅުނު ބިންގަލެއްގެ މަތީގައި ބިނާކުރެވުނު ގެއެއް ކަހަލައެވެ. ގެ ރީއްޗެވެ. ފެންވަރު ރަނގަޅުވެފައި، ބޮޑެވެ. ރަށު ފެންވަރުން ބަލާއިރު ޖަވާހިރެއް ފަދައެވެ. މުފީދާގެ ދެމަފިރިން އެ ގޭގައި ދިރިއުޅުނުއިރު، މުފީދާ ބުނި ކޮންމެ...

12 އެޕްރީލް

April 12, 2017 18
ރާހި

ހިތެއް ވިއްޔާ ލޯބީގެ އޮއިވަރު ހިނގާނެއެވެ. އެއީ ކަން އޮންނަ ގޮތެވެ. އެކަމަކު، ލޯބިވެރިޔަކު ހޯދުމަކީ އަމިއްލައަށް ކުރާންޖެހޭ ކަމެކެވެ. އަހަރެންގެ ދައްތަގެ ފިރިއެއް ހުރެއެވެ. އަންހެން ކޮއްކޮގެ ކައިވެނީގެ ޙަފުލާ ފެށެން އޮތީ ތިން ގަޑިއިރެވެ. ލޯބިވެރިޔަކު ހޯދުމަކީ އެ މީހުންނަށް އުނދަގޫކަމެއް ނޫނެވެ. ދައްތަގެ ކައިވެނި އޮތީ ރޫޅުމުގެ...

09 އެޕްރީލް

April 09, 2017 5
އިޤްރާރުނާމާ

އަހަންނަކީ ވޮލީކުޅޭ މީހެކެވެ. ވިޔަފާރިވެރިއެކެވެ. ދެ ރޮނގުގައި ވެސް އަހަންނަކީ ކާމިޔާބު މީހެކެވެ. އިސްކޮޅުން ދިގު ހަށިގަނޑަކާއި، ފަން އިސްތަށިގަނޑަކާއި، ބަރު އަޑެއްގެ ވެރިއަކީމެވެ. އަންހެންކުދިން ހިތްކިޔާ އެތައް ސިފައެއް ލިބިފައިވާ، މުރާލި މީހަކީމެވެ. ހަޔާތުގެ ބައިވެރިއަކަށް ހެދީ ހިދާޔާއެވެ. އެއީ އަހަރެން އެންމެ ލޯބިވި...