20 މާޗް

March 20, 2020 8
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި

ނިއު ދިއްލީ (މާޗް 20) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ރޭ ފަތިހު ތަންފީޒްކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2020 2
5 އަހަރުގެ ކުއްޖާ ރޭޕްކުރީ އެމެރިކާ އެމްބަސީ ގޯތިތެރޭ

ނިއު ދިއްލީ (ފެބްރުއަރީ 8) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ގޯތި ތެރޭގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުމުގެ ކުށުގައި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

18 ޖެނުއަރީ

January 18, 2020 3
ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި

ނިއު ދިއްލީ (ޖެނުއަރީ 18) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒް ކުރުން އަންނަ މަހު 1 އަށް ފަސްކޮށްފި އެވެ.

17 ޑިސެމްބަރ

December 17, 2019 6
ބީޖޭޕީގެ މެމްބަރުގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެ

އިންޑިއާގައި މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ރޭޕް ކޭސްގައި ހިމެނޭ ބީޖޭޕީގެ ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުގެ މައްޗަށް އެ ކުށް އިއްޔެ ސާބިތުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2019 1
ރޭޕް މައުލޫއު، ސިޔާސީ ފަައިދާއެއްގެ ގޮތުގައި؟

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ "ރޭޕް"، މި ލަފުޒު ބޭނުންކުރެއްވި ގޮތުން ސިޔާސީ ބޮޑު ހިޔާލު ތަފާތުވުމަކަށް ގޮސް، މިދިއަ ހުކުރުދުވަހު އިންޑިއާގެ ޕާލިމެންޓްގެ ޖަލްސާ އެތައް ފަހަރަކު ހުއްޓާލަން ޖެހިއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2019 17
ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ހަތަރު މީހުން މަރާލައިފި

ހައިދަރުއާބާދު (ޑިސެމްބަރު 6) - އިންޑިއާގެ 27 އަހަރުގެ ޒުވާން އަންހެންމީހާ ރޭޕްކޮށް، އަންދާލުމުގެ ތުހުމަތު އެޅިފައިވާ ހަތަރު މީހުންގެ ގަޔަށް ފުލުހުން ބަޑި ޖަހައި މިއަދު މަރާލައިފި އެވެ.

05 ޑިސެމްބަރ

December 05, 2019 6
ރޭޕުގެ މައްސަލާގައި ކޯޓަށްދަނިކޮށް ގައިގައި ރޯކޮށްލައިފި

އުއްތަރަ ޕްރަދޭޝް (ޑިސެމްބަރު 5) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 23 އަހަރުގެ އަންހެނަކު ކޯޓަށް ދަނިކޮށް އޭނާގެ ގައިގައި ބަޔަކު ރޯކޮށްލައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 3
އިންޑިއާގެ ގޭންގް ރޭޕުގެ މައްސަލަ އަވަސް ނިޔާ ކޯޓަށް

ހައިދަރުއާބާދު (ޑިސެމްބަރު 2) - އިންޑިއާގެ ހައިދަރުއާބާދުގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި އޭނާ އަންދާލި މައްސަލަ އަވަސް ނިޔާ ކޯޓުން ބެލުމަށް ދެކުނުގެ ޓެލަންގާނާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޗަންދުރަޝެކަރު ރާއޯ ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2019 10
އިންޑިއާގައި އަނެއްކާވެސް ރޭޕް، މަރު، އަންދާލުން

އިންޑިއާގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އޭނާގެ އަންދާލައިފައި އޮތް ހަށިގަނޑު ފެނުމުން، އާންމުން ރަތަށް އަރައިފި އެވެ.

02 އޯގަސްޓް

August 02, 2019 8
ރޭޕުގެ ތުހުމަތުކުރި މެންބަރު ބީޖޭޕީން ބޭރުކޮށްލައިފި

ނިއު ދިއްލީ (އޮގަސްޓް 2) - އިންޑިއާގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކުލްދީޕް ސިންގް ސެންގަރު އެންމެ ފަހުން ޕާޓީން ބޭރުކޮށްލައިފި އެވެ.

01 އޯގަސްޓް

August 01, 2019
ރޭޕުގެ އަނިޔާލިބުނު ކުއްޖާގެ މައްސަލައަށް ސުޕްރީމް ކޯޓު

ނިއު ދިއްލީ (އޮގަސްޓް 1) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ ކުޑަ އަންހެން ކުއްޖާ ދަތުރުކުރި ކާރު އެކްސިޑެންޓްވި ހާދިސާގައި އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ބާރުގަދަ ސިޔާސީ ފަރާތަކަށް ކުރާ ތުހުމަތުތައް އެ ގައުމުގެ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.

30 ޖުލައި

July 30, 2019 7
ރޭޕުގެ ޝިކާރައަކަށްވި ކުއްޖާ އެކްސިޑެންޓްވެ ސުވާލުތަކެއް

ނިއު ދިއްލީ (ޖުލައި 30) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ ކުޑަ އަންހެން ކުއްޖާ އިން ކާރު އެކްސިޑެންޓްވި ހާދިސާއާ މެދު ސުވާލުތަކެއް އުފެދި އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

19 އޮކްޓޯބަރ

October 19, 2018
ޖިންސީ ފުރައްސާރައިގެ އަދަބު ދިނީ މަގުމަތިން

ރޭޕް ކުރުން ގިނަ އިންޑިއާގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ފިރިހެނަކު އެންމެންގެ ތެރޭގައި ބޭޒާރުކޮށްލައިފި އެވެ.

22 އޯގަސްޓް

August 22, 2018
އިންޑިއާގައި ކުޑަ ކުއްޖަކު ރޭޕްކުރި ދެ މީހުން މަރަން ހުކުމްކޮށްފި

މަދިޔަ ޕްރަދޭޝް (އޮގަސްޓް 22) - އުމުރުން 8 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ދެ މީހުން މަރަން އިންޑިއާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

29 ޖޫން

June 29, 2018 3
ހަތް އަހަރުގެ ކުއްޖާގެ ރޭޕާ ގުޅިގެން ދެ މީހުން ހައްޔަރު

މަދްޔަ ޕްރަދޭޝް (ޖޫން 29) - އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގައި ހަތް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރުމާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފި އެވެ.

25 އެޕްރީލް

April 25, 2018 4
އިންޑިއާގެ ރޫހީ ޓީޗަރު ރޭޕުގެ ކުށުގައި އުމުރަށް ޖަލަށް

ނިއު ދިއްލީ (އެޕްރީލް 25) - އިންޑިއާގައި އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ރޫހީ ޓީޗަރު އަސަރަމް ބާޕޫގެ މައްޗަށް 16 އަހަރުގެ ކުއްޖަކު ރޭޕްކުރިކަން ސާބިތުވެ އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

22 އެޕްރީލް

April 22, 2018 9
ކުޑަ ކުދިން ރޭޕްކުރާ މީހުންނަަށް އިންޑިއާގައި މަރުގެ އަދަބު

ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

08 ޑިސެމްބަރ

December 08, 2017 1
އިންޑިއާ ރޭޕް: ކުޑަ ދަރިފުޅު ބަޔަކާ ހަވާލުކޮށްފި

ނިއު ދިއްލީ (ޑިސެމްބަރު 8) - އުމުރުން 10 އަހަރުގައި ބަލިވެ އިނދެ ވިހޭ އިންޑިއާ ކުއްޖާގެ ދަރިފުޅު ބަލަން ބަޔަކާ ހަވާލުކޮށްފި އެވެ.

31 އޮކްޓޯބަރ

October 31, 2017 3
އިންޑިއާ ރޭޕް: ދެ ބޮޑުބޭބެ ވެސް ކުށްވެރިވެއްޖެ

ނިއު ދިއްލީ (އޮކްޓޯބަރު 31) - އުމުރުން 10 އަހަރުގައި ބަލިވެއިނދެ ވިހޭ އިންޑިއާގެ ކުޑަ ކުއްޖާ ރޭޕްކުރުމުގައި އޭނާގެ ދެ ބޮޑުބޭބެ ވެސް ކުށްވެރިވާ ކަމަށް އަވަސް ނިޔާ ކޯޓަކުން މިއަދު ނިންމައިފި އެވެ.

10 އޮކްޓޯބަރ

October 10, 2017 2
އިންޑިއާ ރޭޕް: ކުޑަ ކުއްޖާ ރޭޕްކުރީ ދެވަނަ ބޮޑުބޭބެ

ނިއު ދިއްލީ (އޮކްޓޯބަރު 10) - ބޮޑު ބޭބެއެއްގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިނދެ ވިހޭ އިންޑިއާގެ 10 އަހަރުގެ އަންހެން ކުއްޖާގެ ދަރިފުޅުގެ ބައްޕައަކީ މި މައްސަލާގައި ފަހުން ހައްޔަރުކުރި ދެ ވަނަ ބޮޑުބޭބެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.