02 ފެބުރުއަރީ

February 02, 2020 11
ރެއާލަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (ފެބްރުއަރީ 2) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2020 10
ރެއާލް މެޑްރިޑް އެއް ވަނަ އަށް އަރައިފި

ވަޔަޑޮލިޑް (ޖެނުއަރީ 27) – ރެއާލް ވަޔަޑޮލިޑް 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ބާސެލޯނާ އާއި ރެއާލް ސްޕެނިޝް ކަޕުގައި ކުރިއަށް

މެޑްރިޑް (ޖެނުއަރީ 23) - ސްޕެނިޝް ކަޕުގެ ގަދަ 32 ޓީމުގެ ބުރުގައި ރޭ ބާސެލޯނާ އިން އިބީޒާ އަތުން 2-1 އިން މޮޅުވެ އަދި ރެއާލް މެޑްރިޑުން ޔޫނިއަނީސްޓާސް އަތުން 3-1 މޮޅުވެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.

21 ޖެނުއަރީ

January 21, 2020 4
ބްރެޒިލްގެ ތަރިއެއް ރެއާލް މެޑްރިޑަށް

މެޑްރިޑް (ޖެނުއަރީ 21) – ރެއާލް މެޑްރިޑުން ބްރެޒިލްގެ އުމުރުން 18 އަހަރުގެ އުއްމީދީ މިޑްފީލްޑަރު ހެއިނިއާ ޖީސުސް ކަވާލިއޯގެ ސޮއި ހޯދައިފި އެވެ.

19 ޖެނުއަރީ

January 19, 2020
ފުރުސަތުގެ ބޭނުންހިފައި ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖެނުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން 2-1 އިން މޮޅުވެ ފުރުސަތުގެ ބޭނުންހިފައި ރެއާލް މެޑްރިޑުން އެއް ވަނަ އަށް އަރައިފި އެވެ.

13 ޖެނުއަރީ

January 13, 2020 7
ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 13) – ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

09 ޖެނުއަރީ

January 09, 2020 1
ވެލެންސިއާ ބަލިކޮށް ރެއާލް ސުޕަ ކަޕް ފައިނަލަށް

ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 9) - ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ވެލެންސިއާ އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

05 ޖެނުއަރީ

January 05, 2020 11
ރެއާލަށް މޮޅެއް، ބާސެލޯނާ ފަހު ވަގުތު އެއްވަރު

މެޑްރިޑް (ޖެނުއަރީ 5) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ގެޓަފޭ ބަލިކުރިއިރު، ބާސެލޯނާ ކުޅުނު މެޗުގައި ފަހު ވަގުތު އެސްޕަންޔޯލުން ޖެހި ގޯލާ އެކު 2-2 އިން އެއްވަރުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2019 4
ބޮޑު މުސާރަ ލިސްޓުގެ ކުރީގައި ބާސާ، ރެއާލް އަދި ޔުވެންޓަސް

ލަންޑަން (ޑިސެމްބަރު 25) - އެވްރެޖްކޮށް އަހަރެއްގެ މައްޗަށް އެންމެ އެންމެ ބޮޑު މުސާރަދޭ ކުޅިވަރު ޓީމުތަކުގެ ލިސްޓުގެ އެންމެ ކުރީ ތިން ޖާގަ ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް ހޯދައިފި އެވެ.

23 ޑިސެމްބަރ

December 23, 2019 3
ރެއާލް މެޑްރިޑަށް މުހިއްމު ދެ ޕޮއިންޓް ގެއްލިއްޖެ

މެޑްރިޑް (ޑިސެމްބަރު 23) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯއާ 0-0 އިން އެއްވަރުވެ ރެއާލް މެޑްރިޑް އަތުން މުހިއްމު ދެ ޕޮއިންޓް ގެއްލިއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2019 7
ބާސާ-ރެއާލް އެއްވަރު، ދަނޑު ބޭރުގައި ހަމަނުޖެހުން

ބާސެލޯނާ (ޑިސެމްބަރު 19) – ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާ ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ދަނޑު ބޭރުގައި އަނިޔާވެރި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

18 ޑިސެމްބަރ

December 18, 2019 5
އެލް ކްލަސިކޯ އަށް ސިޔާސީ ހިޔަނި އެޅުމުގެ ބިރު

ބާސެލޯނާ (ޑިސެމްބަރު 18) - ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ސަމާލުކަން ބޮޑު އެއް މެޗު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގާ ދިއުމުގެ ބިރު އެބަ އޮތްކަމަށް ދެ ޓީމުގެ ކޯޗުން ވެސް ބުނެފި އެވެ.

16 ޑިސެމްބަރ

December 16, 2019 5
ދެ ވަނަ ބުރުގައި ރެއާލާއި ސިޓީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 16) - ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން އަދި މުބާރާތުގެ އެއް...

December 16, 2019 2
ރެއާލް މެޑްރިޑް ފުރުސަތު ނަގާލައިފި

ވެލެންސިއާ (ޑިސެމްބަރު 16) – ފަހު ވަގުތު ލަނޑެއް ޖަހައި ވެލެންސިއާއާ 1-1 އިން ރެއާލް މެޑްރިޑް އެއްވަރުކުރި ނަމަވެސް ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރަން އެ ޓީމަށް ލިބުނު ފުރުސަތު،...

13 ޑިސެމްބަރ

December 13, 2019 9
ލިވަޕޫލަށް ޒިދާންގެ އިންޒާރެއް

މެޑްރިޑް (ޑިސެމްބަރު 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ ޓީމު ކަޓުވާލާނެކަމަށް ބުނެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ލިވަޕޫލަށް އިންޒާރެއް ދީފި އެވެ.

12 ޑިސެމްބަރ

December 12, 2019
މޮޅަކާ އެކު ޕީއެސްޖީ، ރެއާލް އަދި ބަޔާން ބުރު ނިންމާލައިފި

ޕެރިސް (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން މޮޅަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

05 ޑިސެމްބަރ

December 05, 2019
ޒިދާން ބޭނުންވަނީ ޕޮގްބާ

މެޑްރިޑް (ޑިސެމްބަރު 5) – މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގެންނަން ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބޭނުންވާ ކަމަށާއި އެކަމަކު ކްލަބުގެ މެނޭޖްމަންޓުގެ ހިޔާލު އެކަމާ ތަފާތު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

01 ޑިސެމްބަރ

December 01, 2019 4
ރެއާލް މެޑްރިޑް އެއް ވަނަ އަށް އަރައިފި

ވިޓޯރިއާ-ގަސްޓެއިޒް (ޑިސެމްބަރު 1) – ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

27 ނޮވެމްބަރ

November 27, 2019 5
ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް އެއް ވަނަ

ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ބަޔާން މިއުނިކާއި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2019 3
ޕީއެސްޖީ އަތުން ބަދަލުހިފުމުގެ ރޫހެއް ނެތް: ޒިދާން

މެޑްރިޑް (ނޮވެމްބަރު 26) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ބަދަލު ހިފުމުގެ ރޫހެއް ރެއާލް މެޑްރިޑްގެ ކިބައިގައި ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2019 4
އެއް ވަނަ މަގާމަށް ރެއާލުން ބާސާ ފަހަތުގައި ވިއްދާފައި

މެޑްރިޑް (ނޮވެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ މަގާމުގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި އެވެ.