20 އެޕްރީލް

April 20, 2018 28
ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން ޖެހޭނެ:އިދިކޮޅު

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިޚާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ރިޕޯޓުގައި ބަޔާން ކޮށްފައިވާ، އިސްލާމް ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.

19 އެޕްރީލް

April 19, 2018 13
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"

އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންކަން ކުރަން ގޮވާލާ ޖަމާއަތްތަކުން ވަކިވާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ބުނެފި އެވެ.

April 19, 2018 65
"ދީނީ މިނިވަންކަން ފިޔަވައި ހުރިހާ ކަމެއް ބަލައިގަނޭ"

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ފިޔަވައި...

15 އެޕްރީލް

April 15, 2018 17
ހާލަތުން އަރައިގަތުމަށް އެއްބައިވަންތަވާންޖެހޭ: ރައީސް

ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިކޮށްފައިވާ ހިތްދަތި ހާލަތުން އަރައިގަންނަން މުޅި އިސްލާމީ އުއްމަތް އެއްބައިވަންތަ ވާންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު...

April 15, 2018 98
ދީން ކުރިއެރުވުމުގެ އެވޯޑެއް ރައީސް ޔާމީނަށް

އިސްލާމް ދީނުގެ އަސާސްތައް ކުރިއަރުވައި ސައްހަ މައުލޫމާތު ފެތުރުމާއި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް،...

14 އެޕްރީލް

April 14, 2018 20
ދީނީ ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދަން ބައްދަލުވުމެއް

އިސްލާމްދީނުގެ ބައެއް އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

13 އެޕްރީލް

April 13, 2018 3
ﷲ އަށްޓަކައި އިންސާނާ އަދާކުރަންޖެހޭ ހައްގުތައް

އިސްލާމީ ޝަރީޢަތުގައިވާ ގޮތުން ކޮންމެ މީހަކުވެސް ދެނެގަނެ އަދާކޮށްދިނުން ލާޒިމުވާ ހައްގުތަކެއް ވެއެވެ. މި ހައްގުތައް އަދާކޮށްދޭން ޖެހެނީ މައިގަނޑު ހަތަރު ފަރާތަކަށެވެ. އެއީ މާތްﷲ އާއި، އަމިއްލަ ނަފްސާއި، އެހެން އަޅުތަކުންނާއި، އަޅުތަކުން ފިޔަވައި އެހެން ހުރިހާ މަޚްލޫޤުތަކުންނަށެވެ.

11 އެޕްރީލް

April 11, 2018 63
ދީނީ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ

އިސްލާމްދީން ދޫކޮށް މުރުުތައްދުވާ މީހުންނާއި ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންނަށް ގެއްލުން ދޭ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި އުސޫލެއް އާއްމުކޮށްފި އެވެ.

30 މާޗް

March 30, 2018 2
އެއްބައިވަންތަކަން ދެމެހެއްޓުމުގައި ނަބިއްޔާގެ މަންހަޖު

ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ އަކީ މުސްލިމުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އެންމެ ފުރިހަމަ ނަމޫނާ އެވެ. ﷲ ގެ ރުހިވޮޑިގަތުމާއި އާޚިރަތް ކާމިޔާބު ކުރަން އެދޭ މީހަކަށް އެންމެ ރަނގަޅު ނަމޫނާއެއް ކަމުގައި އެކަލޭގެފާނު ވާކަން ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފަ އެވެ.

09 މާޗް

March 09, 2018 44
އެންމެ ރަނގަޅަކީ ބާރަށް ބިސްމި ކިޔުން: ފަތުވާ

އަޑުހަރުކޮށް ގުރުއާން ކިޔަވާ ނަމާދުތަކުގައި ސޫރަތުލް ފާތިހާ ކިޔަވަން ފަށާއިރު އެންމެ ރަނގަޅަކީ އަޑު ހަރުކޮށް ބިސްމި ކިޔުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި...

March 09, 2018 2
ގައުމިއްޔަތުގެ ގުޅުން ވަރުގަދަވާން ޖެހޭ

އިންސާނުންނަކީ އެކަކު އަނެކަކާ އެތައް ހައިސިއްޔަތަކުން ގުޅިފައިވާ މަޚްލޫޤުތަކެކެވެ. އިންސާނީ ހައިސިއްޔަތުންނާއި ގައުމީ ނުވަތަ ވަތަނީ ހައިސިއްޔަތުންނާއި އަވައްޓެރިކަމުގެ...

02 މާޗް

March 02, 2018 36
ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔަން އަންގައިފި

ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކުގައި މާތް ﷲ ގެ އިސްމުފުޅު ތާނަ އިން ލިޔާތީ އެކަން ނުކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އަންގައިފި އެވެ.

March 02, 2018
ފަރުދުންގެ ގުޅުމުގައި ވެސް އަދުލުވެރިކަން ދެމެހެއްޓުން

އިސްލާމް ދީނަކީ އަދާލަތުގެ މައްޗަށް ގާއިމުވެގެންވާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ދީނެކެވެ. ﷲ އަކީ އަދުލުވެރި ރަސްކަލާނގެ އެވެ. ﷲ ގެ ދީނަކީ އަދުލެވެ. ނަބީންނާއި...

16 ފެބުރުއަރީ

February 16, 2018 60
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު

މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 5
ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދައްކަން އެދެފި

މި އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދެފި އެވެ.

09 ފެބުރުއަރީ

February 09, 2018 4
އިސްލާމީ މުޖުތަމައުގައި އޮންނަންވީ ސަލާމަތާއި އަމާންކަން

ސަލާމަތާއި އަމާންކަން ދެމެހެއްޓުމަކީ އިސްލާމީ މުޖުތަމައުގެ މުހިންމު އަސާސަކަށް ވުމުގެ ކުރިން އެއީ މުޖުތަމައުގެ ވަރަށް މުހިންމު އެއް މަގުސަދެވެ. ސަލާމަތާއި އަމާންކަމާ ގުޅިފައިވާ އެންމެ މުހިންމު ލަފުޒަކީ "އައްސަލާމް" އެވެ. އައްސަލާމް އަކީ ﷲ ގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވާ ގޮތުން...

23 ޖެނުއަރީ

January 23, 2018 96
މާފަށް އެދުނީ ރޭޕް ކަމަށް ގަބޫލުކުރާތީއެއް ނޫން:އިޔާޒް

އޭނާ ދެއްވި ޖަވާބެއްގެ މާނަ ނުބައިކޮށް ނެގި މީހުންގެ ފަރާތުން މައާފަށް އެދިވަޑައިގަތީ، ދެމަފިރިންގެ ދޭތެރޭގައި ހިންގާ ކަންތައްތަކަކީ "ރޭޕަށް" ވާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތްތަކަށް ތާއީދު ކުރެއްވުމުގެ ގޮތުން ނޫން ކަމަށް ޝައިޚް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖެނުއަރީ

January 22, 2018 56
އިޔާޒުގެ ޖަވާބު ބޮޑު މައްސަލައަކަށްވުމުން މާފަށް އެދެފި

އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަކީ "ރޭޕެއް ނޫން" ކަމަށް ވިދާޅުވެ ޝައިހް މުހައްމަދު އިޔާޒް އަބްދުއްލަތީފް ދެއްވި ޖަވާބު، ބޮޑު މައްސަލަގަނޑަކަށްވެ ފާޑުކިއުންތައް އަމާޒުވުމުން، އޭނާ މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

20 ޖެނުއަރީ

January 20, 2018
ޖަރީމާތައް ހުއްޓުވުމަށް އިސްލާމް ދީން ހުށަހަޅާ މަންހަޖު

އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާ ދިރިއުޅެން ޖެހެނީ ކުށްފާފަތަކުން ދުރުހެލިވެ އެހެން މީހުންގެ ހައްގުތަކަށް ރައްކާތެރިވެ ހުރެގެންނެވެ. އެހެންވެ ހުރިހާ ބާވަތެއްގެ ޖަރީމާތަކާ އިސްލާމް ދީން ވަރަށް އިދިކޮޅެވެ. އެއީ އޭގެ ސަބަބުން ފަރުދުންނަށާއި ޖަމާއަތަށް އެކި ގޮތްގޮތުން ގެއްލުން ލިބޭތީ އެވެ. ރައްކާތެރިކުރަން އިސްލާމް ދީން...

19 ޖެނުއަރީ

January 19, 2018 53
ބުދު ދީނުގެ ބަޔަކާ މެދު ހިތްހަމަނުޖެހުމުން ހިމާޔަތްދީފި

ބުދު ދީނުގެ ދެ ހާމުދުރަކު މާލެ އައިސް އުޅެނިކޮށް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެ މީހުންނަށް ފުލުހުން ހިމާޔަތް ދީފި އެވެ.

05 ޖެނުއަރީ

January 05, 2018 2
މާޔޫސްނުވެ ދިރިއުޅެން އިސްލާމްދީނުން އިރުޝާދު ލިބޭ

ދިރިއުޅުމުގައި އުފަލާއި ހިތްހަމަ ޖެހުން ނުލިބިގެން ޝަކުވާ ކުރުމަކީ އިންސާނީ ތަބީއަތެކެވެ. މިގޮތުން ބައެއް މީހުން ބައެއް ހާލަތްތަކުގައި ކުރާ ޝަކުވާ އެއީ ހަގީގަތުގައި ވެސް މާޔޫސް ކަމެއް ލިބުމުން ކުރާ ޝަކުވާއަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ގިނަ މީހުންނަކީ އެމީހުންނަށް ދިރިއުޅުމުގެ ހަޔާތުގައި ލިބިފައިވާ ނިއުމަތްތަކާއި...

30 ޑިސެމްބަރ

December 30, 2017 77
"ޝަހިންދާގެ ދިފާއުގައި ނަޝީދު ތެދުވުމުން ކަންބޮޑުވޭ"

ޑިމޮކްރަސީ ނެޓްވޯކްގެ ރައީސް ޝަހިންދާ އިސްމާއިލް، އިސްލާމް ދީނާ ޚިލާފް ޓްވީޓެއް ކުރި ކަމަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ބަލަން ފެށުމުން އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމުން ޕީޕީއެމުން އެކަން ކުށްވެރިކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2017 9
ކޮންމެ މުސްލިމަކުމެ އެހެން އިންސާނުން ދެކެ ލޯބިވާންޖެހޭ

އިންސާނުންގެ މެދުގައި އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ޖަޒުބާތު ދެމިއޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެއްވެސް އިންސާނަކަށް އެހެން އިންސާނުންގެ އެހީތެރިކަމާ ނުލައި ދިރިނޫޅެވޭ ހިނދު އެހެން މީހުންނާ އެކު ކުރާ މުޢާމަލާތުތައް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ މިދެންނެވި ޖަޒުބާތު އޮވެގެން ކަމަށްވާތީ އެވެ. އިސްލާމް ދީނަކީ...

28 ޑިސެމްބަރ

December 28, 2017 28
އެހެން ދީންތަކަށް މަގުފަހިވާ ވާހަކަ ނުފަތުރަން އެދެފި

އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހިރާއްޖޭގައި ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން މިރޭ އިލްތިމާސްކޮށްފި އެވެ.