28 އޮކްޓޯބަރ

October 28, 2016
އިއްޒަތާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކާއި އީމާންތެރިކަން

ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ މާއްދީ ބޭނުންތަކުގެ އިތުރުން ނަފްސާނީ ބޭނުންތަކެއް ވެސް ހުރެ އެވެ. މީގެ ތެރޭގައި އިންސާނާގެ އިއްޒަތާއި ބާރާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކެއް ވެއެވެ. ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ އިންސާނަކުވެސް މި ބޭނުންތައް ފުއްދަން އެދެއެވެ. މިއީ އިންސާނާގެ އަސާސީ...

27 އޮކްޓޯބަރ

October 27, 2016 3

21 އޮކްޓޯބަރ

October 21, 2016
އިސްލާމީ އަޚްލާޤުގެ މިންގަނޑުތައް

ބައެއް މީހުން ދެކޭ ގޮތުގައި އަޚްލާގަކީ ސާބިތު މިންގަނޑެއް އޮންނަ އެއްޗެއް ނޫނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އަޚްލާޤީ މިންގަނޑުތައް ބިނާ ވެފައި ވާނީ އަޚްލާޤީ ހުކުމްތައް އަބަދުވެސް އެއްގޮތަކަށް އޮތުމުގެ މައްޗަށެވެ. އެހެންކަމުން އަޚްލާޤީ މިންގަނޑު ތަކާ މެދު އިސްލާމް ދީން ދެކޭ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އެއީ އިސްލާމީ...

17 އޮކްޓޯބަރ

October 17, 2016 15
މުފްތީ މެންކް އަނެއްކާ ވެސް ރާއްޖެ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ، ދަރުސް ދެއްވުމަށް އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

14 އޮކްޓޯބަރ

October 14, 2016 1
އިސްލާމީ އަޚުލާޤުގެ ތެރެއިން ޒިންމާދާރު ވާން ދަސްކުރުން

އިސްލާމީ އަޚްލާޤީ ނިޒާމަކީ މީސްތަކުންނަށް އެމީހުންގެ ދުނިޔެއާއި އާޚިރަތުގެ ކަންކަން އިސްލާހުގެ މަގުން ހިންގުމުގައި ނުހަނު ފައިދާ ބޮޑު ނިޒާމެކެވެ. ސަބަބަކީ މި ނިޒާމުގެ ދަށުން ޚުލްޤުވެރިވާ އިންސާނާ އަށް އަޚްލާޤީ ވަކިވަކި ސިފަތައް ދަސްކޮށްދިނުމުގެ އިތުރުން އެ ހުރިހާ ކަމެއްގެ ތެރެއިން ޖުމްލަކޮށް ދަސްވާ އާންމު ކަންތައްތަކެއްވެސް...

13 އޮކްޓޯބަރ

October 13, 2016 6
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދު ކުރާ އިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެ ސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މި ދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވައިލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނަ އެވެ. އެ އަށް ފަހު ސޫރަތް ބިނާވެފައިވާ ގޮތާއި،...

06 އޮކްޓޯބަރ

October 06, 2016 3
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 29، 2016 ދުވަހުގެ އަދަދާ ގުޅޭ)

30 ސެޕްޓެމްބަރ

September 30, 2016 2
އިސްލާމީ އަޅުކަމުގެ ނިޒާމުން ތަރުބިޔަތަށް ލިބޭ މަންފާ

އިސްލާމް ދީނުގައިވާ އަޅުކަންތަކަށް ނަޒަރު ހިންގައިލާ އިރު އެތައް ކަމެއް ފާހަގަވެ އެވެ. މިގޮތުން އެއީ ހެއްދެވި ފަރާތަށް ވެވޭ އަޅުވެތިވުމެކެވެ. ރޫހާނީ ތަމްރީނުތަކެކެވެ. މަތިވެރި މައުނަވީ ކަންކަމާ ގުޅިފައިވާ ކަންކަމެވެ. އިންސާނީ ފިތުރަތާ ގުޅުން ހުރި ކަންކަމެވެ. ތާރީޚުގައި ފާހަގަ ކޮށްލެވޭ އީމާންތެރިންގެ ހަނދާންތައް އައު ކުރުވާ...

29 ސެޕްޓެމްބަރ

September 29, 2016 6
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 22، 2016 ދުވަހުގެ އަދަދާ ގުޅޭ)

27 ސެޕްޓެމްބަރ

September 27, 2016 10
މުސްހަފް މާލްދީފްގެ 50،000 ފޮތް ޗާޕުކޮށްފި

ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން "މުސްހަފް މާލްދީފް"ގެ 50،000 ހަތިމެއް ފުރަތަމަ ބުރުގައި ޗާޕުކޮށްފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 3
މާއްދިއްޔަތަށް އިސްކަން ދިނުމަކީ ގެއްލުން ހުރި ކަމެއް

ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުންނަށް އުފާ ލިއްބައިދޭ ކޮންމެ އެއްޗަކަށް ނުވަތަ ކަމަކަށް އިންސާނާ ލޯބި ކުރުމަކީ ތަބީއީ ކަމެކެވެ. އަދި މިފަދަ ތަކެއްޗާއި ކަންކަން އިންސާނުންނަށްޓަކައި ޒީނަތެއް ކަމުގައި ﷲ ވަނީ ލައްވަވާފަ އެވެ. މި ގޮތުން މުދަލާއި ދަރިންނަކީ ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަން ކަމުގައި އަލް ކަހްފު ސޫރަތުގެ 46 ވަނަ...

09 ސެޕްޓެމްބަރ

September 09, 2016 7
ހައްގަށް ވުރެ އިސްކަން ދޭންވީ މަސްއޫލިއްޔަތަށް

ހައްގުތައް ހޯދުމުގެ ވާހަކަ އަކީ އިންސާނީ ފިކުރުތަކުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ނަމަވެސް އިސްލާމީ ފިކުރުގައި ބޮޑަށް ބާރު އަޅަނީ ހައްގުތައް "ހޯދާކަށް" ނޫނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރުމަށެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ހައްގުތައް ލިބިގެން ދިއުމަށެވެ. މިއީ މުޖުތަމައަށާއި...

07 ސެޕްޓެމްބަރ

September 07, 2016 4
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 1، 2016 ދުވަހުގެ އަދަދާ ގުޅޭ)

02 ސެޕްޓެމްބަރ

September 02, 2016
މި އަހަރުގެ ހައްޖު ދުވަހަކީ ސެޕްޓެމްބަރު 11

މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރޭ ނިންމުމާ ގުޅިގެން މި އަހަރުގެ ހައްޖު ދުވަހަށް ވާނީ ހިނގަމުން މިދާ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

26 އޯގަސްޓް

August 26, 2016 1
އިންސާނާއާ އުޚުރަވީ ހަޔާތުގެ ގުޅުމަށް ސަމާލުވުން

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އުޚުރަވީ ހަޔާތަކީ އޮންނަ އެއްޗެއް ނޫނެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގައި އުޅޭއިރު ވަކި ކަމެއް ހަމައެކަނި ގަބޫލު ކޮށްލަނިކޮށް އުޚުރަވީ ހަޔާތް ކާމިޔާބު ކުރެވޭނެ އެވެ. އެކަން ގަބޫލު ނުކޮށްފި ނަމަ ގެއްލި ހަލާކު ވާނެ އެވެ. އުޚުރަވީ ހަޔާތާއި އިންސާނާ އާ ދެމެދު އޮންނަ ގުޅުމާ މެދު މިނޫން...

25 އޯގަސްޓް

August 25, 2016 2

07 އޯގަސްޓް

August 07, 2016 71
މަޖިލީހަށް ދިޔައީ ވުޖޫދުގައި ނެތް ފިގުހު އެކަޑަމީއެއް!

ފިގުހު އެކަޑަމީގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޖިލީހަށް ގެންދިޔަ ފަރާތްތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ އެވެ.

01 އޯގަސްޓް

August 01, 2016 2
ސާފުތާހިރުކަން ހިމެނެނީ އީމާންކަމުގެ ތެރެއިން

ސާފުތާހިރު ކަމަކީ އިސްލާމް ދީނުގެ މައިގަނޑު ތިން ބައި ކަމުގައިވާ ޢަޤީދާ އާއި ޝަރީޢާ އާއި އަޚްލާޤުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މުސްލިމެއްގެ އީމާންކަމާއި އަޅުކަމާއި އަޚުލާޤު ފުރިހަމަ ކުރެވޭނީ ސާފު ތާހިރު މީހަކަށް ވެސް ވެގެންނެވެ. މި ސާފުތާހިރުކަމުގެ ތެރޭގައި އިންސާނާގެ ޝަޚުސީ ސާފު ތާހިރު ކަމުގެ އިތުރަށް...

21 ޖުލައި

July 21, 2016 10
ކޮލަމް ކޯދު: ކީރިތި ޤުރުއާން ފަހުމްވުމަށް މަގެއް 1

"ކީރިތި ޤުރުއާނު ފަހުމްވުމަށް މަގެއް" މި ސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މި ސިލްސިލާ އަށް ދީފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތް ކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށް އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ...

16 ޖުލައި

July 16, 2016
ޓެރަރިޒަމާ ދެކޮޅަށް ބަންގްލަދޭޝްގެ 300،000 މިސްކިތުގައި ޚުތުބާ ދީފި

ޑާކާ (ޖުލައި 16) - ބަންގްލަދޭޝްގައި ހައްދު ފަހަނަޅާ ދިއުމުގެ ހަރަކާތްތައް އިތުރުވަމުންދާތީ އެ ގައުމުގެ ގާތްގަނޑަކަށް 300،000 މިސްކިތުގައި ޓެރަރިޒަމާ ދެކޮޅަށް އިއްޔެ ޚުތުބާ ދީފި އެވެ.