21 ނޮވެމްބަރ

November 21, 2016 11
ފަތުވާ މަޖިލިސް އެކުލަވާލުމުގެ ބާރު ރައީސަށް

އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2016 6
ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަށް މެންކު އެހީވަނީ

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށް ރާއްޖެ އަށް އެހީތެރިވެދޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އިއްޔެ ވިދާޅުވެއްޖެ އެވެ.

19 ނޮވެމްބަރ

November 19, 2016 12
އިސްލާމީ އުއްމަތާ ގުޅުން ބަދަހިވެއްޖެ: ޝަހީމް

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ސަބަބުން ރާއްޖެ އާއި އިސްލާމީ އުއްމަތާ ދެމެދު އޮންނަ ގުޅުން ބަދަހިވެއްޖެ ކަމަށް އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

November 19, 2016 1
އިސްލާމިކް ޔުނިވަސިޓީ ފަންޑުގައި ހަ މިލިއަން ރުފިޔާ

އިސްލާމިކް ޔުނިވާސިޓީގެ ތަރައްގީގެ މަސައްކަތް ކުރަން ހުޅުވި ފަންޑުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ...

November 19, 2016 31
އަނެކާއާ ދޭތެރޭ ވިސްނާ ނަމަ ދުނިޔެ އަމާންވާނެ: ޖިހާދު

އެކަކު އަނެކަކާ ދޭތެރޭ ވިސްނާކަމަށް ވާ ނަމަ ދުނިޔެއަށް ހަަމަޖެހުން އަންނާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު، ބައިނަލްއަގުވާމީ އިސްލާމިކް ކޮންފަރެންސް...

18 ނޮވެމްބަރ

November 18, 2016 2
އިސްލާމީ އަޚްލާޤުގެ އިންތައް ދެނެގަތުމުގެ މުހިންމުކަން

އަޚުލާޤުގެ އިންތަކޭ ބުނާ ބަހުގެ މުރާދަކީ ހެޔޮ ނުބައި ނުވަތަ ރަނގަޅު ނުރަނގަޅު ވަކި ކުރުމަށްޓަކައި އެ ދެމެދުގައިވާ އިން ފާރެވެ. އިސްލާމީ އަޚްލާޤުގެ މިންގަނޑުތަކާ އެއްގޮތަށް އަޚްލާޤުގެ މަތީ ދެމި ހުރުމަށްޓަކައި މި ދެންނެވި އިންތައް ދެނެގަތުން ވަރަށް މުހިންމެވެ. އެއީ އެ އިންތައް ފަހަނަ އަޅައި ނުދިއުމަށްޓަކަ އެވެ.

16 ނޮވެމްބަރ

November 16, 2016 5
މުސްހަފު މާލްދީބްގެ އެއް ލައްކަ ކޮޕީ ރާއްޖެ ގެނެސްފި

ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެއް ލައްކަ ކޮޕީ ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ކޮޕީތައް މިއަހަރުގެ...

November 16, 2016 3
މާވެޔޮ މިސްކިތް ފަސްބުރި އަށް އިމާރާތް ކުރަނީ

މިހާރު ތަޅާލާފައިވާ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) ޒަމާނީ ފެންވަރަށް، ފަސް ބުރިއަށް އިމާރާތް ކުރަން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2016 2
އިންސާނާގެ ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން

އިންސާނުންނަށް ޤުދުރަތުން ލިބިފައިވާ އެކިއެކި ބާރުތަކާއި ކައުނުގައި އިންސާނާ އަށްޓަކައި ކިޔަމަންތެރި ކުރެވިފައިވާ ތަކެތީގެ ބޭނުން ހިފުމުގައި އެއް ބަޔަކީ އެމީހުންނާއި ދެންތިބި އެހެން މީހުންނަށް ވެސް އެއިން ގެއްލުން ނުވާނެ ގޮތުގައި އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުންނެވެ. ނަމަވެސް އަނެއް ބަޔަކީ އެބަޔަކަށް ނުވަތަ އެހެން...

01 ނޮވެމްބަރ

November 01, 2016 5
އެންމެ ބޮޑު އިސްލާމިކް ކޮންފަރެންސް މި މަހު 19 ގައި

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ އިސްލާމިކް ކޮންފަރެންސް މި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

28 އޮކްޓޯބަރ

October 28, 2016
އިއްޒަތާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކާއި އީމާންތެރިކަން

ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ވެސް ބޭނުންވާ މާއްދީ ބޭނުންތަކުގެ އިތުރުން ނަފްސާނީ ބޭނުންތަކެއް ވެސް ހުރެ އެވެ. މީގެ ތެރޭގައި އިންސާނާގެ އިއްޒަތާއި ބާރާއި ބާއްޖަވެރިކަމާ ގުޅޭ ނަފްސާނީ ބޭނުންތަކެއް ވެއެވެ. ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ އިންސާނަކުވެސް މި ބޭނުންތައް ފުއްދަން އެދެއެވެ. މިއީ އިންސާނާގެ އަސާސީ...

27 އޮކްޓޯބަރ

October 27, 2016 3

21 އޮކްޓޯބަރ

October 21, 2016
އިސްލާމީ އަޚްލާޤުގެ މިންގަނޑުތައް

ބައެއް މީހުން ދެކޭ ގޮތުގައި އަޚްލާގަކީ ސާބިތު މިންގަނޑެއް އޮންނަ އެއްޗެއް ނޫނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އަޚްލާޤީ މިންގަނޑުތައް ބިނާ ވެފައި ވާނީ އަޚްލާޤީ ހުކުމްތައް އަބަދުވެސް އެއްގޮތަކަށް އޮތުމުގެ މައްޗަށެވެ. އެހެންކަމުން އަޚްލާޤީ މިންގަނޑު ތަކާ މެދު އިސްލާމް ދީން ދެކޭ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އެއީ އިސްލާމީ...

17 އޮކްޓޯބަރ

October 17, 2016 15
މުފްތީ މެންކް އަނެއްކާ ވެސް ރާއްޖެ

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ، ދަރުސް ދެއްވުމަށް އަނެއްކާ ވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސައިފި އެވެ.

14 އޮކްޓޯބަރ

October 14, 2016 2
އިސްލާމީ އަޚުލާޤުގެ ތެރެއިން ޒިންމާދާރު ވާން ދަސްކުރުން

އިސްލާމީ އަޚްލާޤީ ނިޒާމަކީ މީސްތަކުންނަށް އެމީހުންގެ ދުނިޔެއާއި އާޚިރަތުގެ ކަންކަން އިސްލާހުގެ މަގުން ހިންގުމުގައި ނުހަނު ފައިދާ ބޮޑު ނިޒާމެކެވެ. ސަބަބަކީ މި ނިޒާމުގެ ދަށުން ޚުލްޤުވެރިވާ އިންސާނާ އަށް އަޚްލާޤީ ވަކިވަކި ސިފަތައް ދަސްކޮށްދިނުމުގެ އިތުރުން އެ ހުރިހާ ކަމެއްގެ ތެރެއިން ޖުމްލަކޮށް ދަސްވާ އާންމު ކަންތައްތަކެއްވެސް...

13 އޮކްޓޯބަރ

October 13, 2016 6
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދު ކުރާ އިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެ ސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މި ދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވައިލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނަ އެވެ. އެ އަށް ފަހު ސޫރަތް ބިނާވެފައިވާ ގޮތާއި،...

06 އޮކްޓޯބަރ

October 06, 2016 3
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 29، 2016 ދުވަހުގެ އަދަދާ ގުޅޭ)

30 ސެޕްޓެމްބަރ

September 30, 2016 2
އިސްލާމީ އަޅުކަމުގެ ނިޒާމުން ތަރުބިޔަތަށް ލިބޭ މަންފާ

އިސްލާމް ދީނުގައިވާ އަޅުކަންތަކަށް ނަޒަރު ހިންގައިލާ އިރު އެތައް ކަމެއް ފާހަގަވެ އެވެ. މިގޮތުން އެއީ ހެއްދެވި ފަރާތަށް ވެވޭ އަޅުވެތިވުމެކެވެ. ރޫހާނީ ތަމްރީނުތަކެކެވެ. މަތިވެރި މައުނަވީ ކަންކަމާ ގުޅިފައިވާ ކަންކަމެވެ. އިންސާނީ ފިތުރަތާ ގުޅުން ހުރި ކަންކަމެވެ. ތާރީޚުގައި ފާހަގަ ކޮށްލެވޭ އީމާންތެރިންގެ ހަނދާންތައް އައު ކުރުވާ...

29 ސެޕްޓެމްބަރ

September 29, 2016 6
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 22، 2016 ދުވަހުގެ އަދަދާ ގުޅޭ)

27 ސެޕްޓެމްބަރ

September 27, 2016 10
މުސްހަފް މާލްދީފްގެ 50،000 ފޮތް ޗާޕުކޮށްފި

ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން "މުސްހަފް މާލްދީފް"ގެ 50،000 ހަތިމެއް ފުރަތަމަ ބުރުގައި ޗާޕުކޮށްފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 3
މާއްދިއްޔަތަށް އިސްކަން ދިނުމަކީ ގެއްލުން ހުރި ކަމެއް

ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުންނަށް އުފާ ލިއްބައިދޭ ކޮންމެ އެއްޗަކަށް ނުވަތަ ކަމަކަށް އިންސާނާ ލޯބި ކުރުމަކީ ތަބީއީ ކަމެކެވެ. އަދި މިފަދަ ތަކެއްޗާއި ކަންކަން އިންސާނުންނަށްޓަކައި ޒީނަތެއް ކަމުގައި ﷲ ވަނީ ލައްވަވާފަ އެވެ. މި ގޮތުން މުދަލާއި ދަރިންނަކީ ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަން ކަމުގައި އަލް ކަހްފު ސޫރަތުގެ 46 ވަނަ...

09 ސެޕްޓެމްބަރ

September 09, 2016 7
ހައްގަށް ވުރެ އިސްކަން ދޭންވީ މަސްއޫލިއްޔަތަށް

ހައްގުތައް ހޯދުމުގެ ވާހަކަ އަކީ އިންސާނީ ފިކުރުތަކުގައި ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ނަމަވެސް އިސްލާމީ ފިކުރުގައި ބޮޑަށް ބާރު އަޅަނީ ހައްގުތައް "ހޯދާކަށް" ނޫނެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރުމަށެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ހައްގުތައް ލިބިގެން ދިއުމަށެވެ. މިއީ މުޖުތަމައަށާއި...

07 ސެޕްޓެމްބަރ

September 07, 2016 4
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

(ސެޕްޓެމްބަރ 1، 2016 ދުވަހުގެ އަދަދާ ގުޅޭ)