ރިޕޯޓް / ހިޔާ މަޝްރޫއު

ވަރިއާ އެކު ފްލެޓް ދެ ފަޅިވާ އުސޫލެއް!

ދެ މީހުންގެ ނަމުގައި ފްލެޓް ރަޖިސްޓްރީކޮށްފައި ވަނިކޮށް ނުވަތަ ދެމަފިރިންނަށް ފްލެޓް ލިބި އެކަކު ފްލެޓް ދޫކޮށްލާ ފަހުން ކައިވެނި ރޫޅުމުން ދިމާވާ މައްސަލަތައް ވަރަށް ގިނަ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބުނު ބަޔަކު އެތަންތަން ބަލާލަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެއް ފްލެޓެއް ދެމަފިރިންގެ ނަމުގައި ރަޖިސްޓްރީ ކުރަން ޖެހުމުން، ރަޖިސްޓްރީކުރާނީ ކާކުގެ ނަމުގައިތޯ އުފެދޭ ހިޔާލު ތަފާތުވުން ބޮޑެވެ. އަދި ދެމަފިރިންނަށް ފްލެޓް ލިބުމުން އެކަކު ފްލެޓް ދޫކޮށްލަންޖެހޭ ހާލަތުގައި ފްލެޓް ދޫކޮށްލާނީ ކާކުކަން ނިންމުމަކީ ވެސް އަރާރުމަކަށް ދާންޖެހޭ ކަމަކަށް އޮންނަނީ ވެފަ އެވެ. އަދި ފްލެޓްގެ ވެރިމީހާގެ ވާރުތަވެރިންގެ މެދުގައި ފްލެޓް ބަހަންޖެހޭ ހާލަތުގައި ވެސް ހައްލު ނުކުރެވޭ މައްސަލަތައް ނުކުމެ އެވެ.

ފްލެޓް ރަޖިސްޓްރީކޮށްދިނުމުގައި އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި އޮތީ ކޯ ޝެއާރިން ނުވަތަ ދެމަފިރިންގެ ނަމުގައި އެއް ފްލެޓެއް ރަޖިސްޓްރީކޮށްދިނުމެވެ. މި ތަޖުރިބާ ގޯސްކަމުން މިގޮތަށް ރަޖިސްޓްރީނުކޮށްދޭން ކުރިން ނިންމި ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓްތަކާ އެކު އަލުން އަނެއްކާ މި ފުރުސަތު ވަނީ ދީފަ އެވެ. މިއީ ދެ މީހުންނަށް ފްލެޓް ލިބޭ ހާލަތުގައި ފްލެޓް ދޫކޮށްލާނެ މީހަކު ނުނިންމި އުފެދޭ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ދެމަފިރިން ވަކިވާންޖެހޭ ހާލަތު އައުމުން ވަރަށް ބޮޑު މައްސަލައަކަށްވާ ކަމެކެވެ.

އެންމެ ފުރަތަމަ ހިންގި މާލޭގައި ސޯޝަލް ހައުސިންގެ ދަށުން އެޅި "ސިނަމާލޭ" ފްލެޓްތައް ވެސް ދެމަފިރިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެ ތެރެއިން ވެސް އެތައް ބަޔަކު ވަރިވެ ފްލެޓްގެ މިލްކުވެރިކަމުގެ މައްސަލަ ބޮޑުވެފައިވެ އެވެ. ކުޑަކުޑަ އެޕާޓްމަންޓުގެ މެދުން ފާރެއް ރާނަން ޖެހޭ ހިސާބަށް ވެސް ގޮސްފައިވެ އެވެ.

މީގެ މައްސަލަތައް ކޯޓުގައި މިހާރުވެސް އެބަ ހިނގަ އެވެ.

ހުރިހާ ކޮޅަކުން މައްސަލަ

މި މައްސަލާގައި ވާހަކަދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ އެއް ފްލެޓެއް ދެ މީހެއްގެ ނަމަށް ރަޖިސްޓްރީކުރުމުން ދިމާވާ ބޮޑެތި މައްސަލަތައް ތަޖުރިބާކުރެވިފައި ވާއިރު އަނެއްކާ އެގޮތަށް ރަޖިސްޓްރީކޮށްދޭން ފެށުމަކީ ވަރަށް ގޯސް ނިންމުމެއް ކަމަށެވެ. ހަމަ އެގޮތަށް، ދެ މީހުންނަށް ފްލެޓް ލިބި އެކަކު ފްލެޓް ދޫކޮށްލަން ޖެހޭ ހާލަތުގައި އެކެއްގެ ހައްގު ގެއްލޭ ގޮތަށް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލެޓެއް ދެބަޔަކަށް ބަހާލައި މެދުން ފާރެއް ރާނައިގެން އުޅެން ޖެހުމަކީ ތަނުގެ ބޭނުން ކެނޑޭ ހާލަތެއް ކަމަށް ވާއިރު އެހެން ނުހަދައި، ވަރިވެފައިވާ ދެ މީހުން އެއް ތަނެއްގައި އުޅެން ޖެހުމާއި ނުވެސް ދަންނަ މީހުން ފްލެޓަށް އައިސް އުޅުން ފަދަ ހައްލު ނުކުރެވޭ ބޮޑެތި މައްސަލަތައް މިހާރު ފްލެޓް ރަޖިސްޓްރީކުރާ އުސޫލުތަކާ ހެދި ދިމާވެ އެވެ.

"ތިމާ ނުރުހޭ މީހަކު ނުވަތަ ކުށުގެ އަމަލުތައް ހިންގާ މީހުން ވެސް ގެޔަށް އައިސް އުޅެން ފަށައިފާނެ. ފްލެޓްގައި ދެ މީހުންގެ ހިއްސާ އޮތުމުން، އެކަކު ނުރުހުނަސް އަނެއް މީހާގެ ހުއްދައާ އެކު މި ބުނާ ކަހަލަ މީހުން ގެޔަށް ވަންނާނެ. މި ކަންކަން ހުއްޓުވޭނެ ގޮތެއް ނޯވޭ،" ގުޅުން ކެނޑިފައިވާ ދެ މީހެއްގެ ހިއްސާ އޮންނަ ފްލެޓްތަކަށް އިޝާރާތްކުރައްވަމުން ވަކީލް ވިދާޅުވި އެވެ.

ހުޅުމާލެ ފްލެޓުތަކެއް.- ފޮޓޯ: ހައުސިން މިނިސްޓްރީ

މި މައްސަލަ ބޮޑުވެގެން އެއް ފްލެޓެއް ދެމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި ކޮންމެވެސް އެކެއްގެ ނަމުގައި ރަޖިސްޓްރީކޮށްދޭން މީގެ ކުރިން ނިންމި އެވެ. އެކަމަކު އެ ނިންމުމާ އެކު ދެން ކަންބޮޑުވުން ފާޅުކުރަން ފެށީ އެކެއްްގެ ނަމުގައި ރަޖިސްޓްރީކުރުމުން އަނެއް މީހާއަށް އިތުރު ބޯހިޔާވަހިކަމަށް އެދުމަށް އޮންނަ ހައްގު ގެއްލޭތީ އެވެ.

"ދެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި، ދެ މީހުން ވަރިވާއިރު މި ތަންތަން މުދާ ބަހާ ގޮތަށް ބެހުމަކީ ފަސޭހަ ކަމަކަށް ނުވޭ. ދެން މީގެ އަނެއްކޮޅު ވެސް އެބަ އޮތް. ދެ މީހުންނަށް ފްލެޓް ލިބި އެކަކު ފްލެޓް ދޫކޮށްލާފައި ކޮންމެވެސް އެކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ކައިވެނި ރޫޅޭ އިރު އެކެއްގެ ވަރަށް ބޮޑު ހައްގެއް އުނިވެގެން މި ދަނީ،" ވަކީލް ވިދާޅުވި އެވެ.

ދެ މީހުންގެ ނަމުގައި ފްލެޓް ރަޖިސްޓްރީކޮށްފައި ދެމަފިރިން ވަކިވާން ޖެހުމުން ކުރިމަތިވާ މައްސަލަ އާއި އެކެއްގެ ނަމުގައި ފްލެޓް ރަޖިސްޓްރީކޮށްފައި ވަރިއާ ހިސާބަށް ދިއުން ވެސް ވަނީ މައްސަލައަކަށެވެ. އަދި ފްލެޓްގެ ވެރިފަރާތް މަރުވެ މުދާ ބަހަން ޖެހޭއިރު، ކުޑަކުޑަ ފްލެޓެއް އެތައް ދަރިންނެއްގެ މެދުގައި ބަހަން ޖެހުމަކީ ވެސް އަނެއް މައްސަލަ އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ވިދާޅުވީ ދެ މީހުންނަށް ފްލެޓް ލިބުމަށް ފަހު ދެ މީހުން އެއްބަސްވެގެން އެކެއްގެ ނަމުގައި ފްލެޓް ރަޖިސްޓްރީ ކުރުމަށް ފަހު، ވަރިވި ނަމަވެސް އެއީ ރަނގަޅު ގޮތެއް ކަމަށެވެ.

"އޭގައި ދެން ކުރާނެ ކަމެއް ނޯންނާނެ. އެއީ އެންމެ ފުރަތަމަ ވެސް އޮންނަ ގޮތް [ދެ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރުން/ އެއްބަސްވެގެން އެކެއްގެ ނަމުގައި ރަޖިސްޓްރީ ކުރުން]. ދެން ފަހުން އެހެން ސިޓުއޭޝަނެއް ދިމާވަންޏާ ވަރަށް ގިނަ ކަންކަން ދިމާވެދާނެ،" އަކްރަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ހައްލަކީ ކޮބާ؟

ދެމީހުންގެ ނަމަށް ރަޖިސްޓްރީކުރުމުން އެތައް މައްސަލައެއް ދިމާވާއިރު މިކަމަށް ހައްލެއް ލިބެން އޮތީ ކޮންމެވެސް އެކަކުގެ ނަމުގައި ތަން ރަޖިސްޓްރީކޮށްގެން ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު އެކެއްގެ ނަމުގައި ރަޖިސްޓްރީ ކުރިޔަސް، ފްލެޓް ދޫކޮށްލާ މީހާ އަށް، ކައިވެނި ރޫޅޭ ހާލަތުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ނުގެއްލޭނެ ގޮތެއް އޮންނަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއީ ކައުންސިލް ހައުސިން ވިޔަސް، ސޯޝަލް ހައުސިން ވިޔަސް އިތުރު އޮޕަޗިއުނިޓީސްތައް ހޯދައިދޭން އެބަޖެހޭ. ދެން އެ މީހެއްގެ ފެންވަރުން ހޯދާނީ. އެކަމަކު ޑިމާންޑާ އެއްވަރަށް އެކި ކެޓަގަރީތަކުން ތަންތަން ހަދަންވީ. އޭރުން މިކަން ހައްލުވާނީ،" އޭނާ ވިދާޅުވި އެވެ.

މި ދިމާވާ، ފްލެޓްގެ މިލްކުވެރިކަމުގެ މައްސަލަ ހައްލުވާނީ ސަރުކާރުން ސޯޝަލް ހައުސިން އާއި ކައުންސިލް ހައުސިން ކުރިއަށް ގެންދާއިރު، މިހާރު އޮންނަ ގޮތަށް އެ ތަންތަނަކީ އެެއްވެސް މީހަކަށް އަމިއްލަ ކުރެވޭ ތަންތަނަށް ނުވާ ގޮތަށް ހެދުން ކަމަށް ވަކީލް ވިދާޅުވި އެވެ. އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ކައުންސިލް ހައުސިންގައި ތިބެނީ ވަރަށް ދަށް އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި އެ މީހުންގެ އާމްދަނީ މަތިވެއްޖެ ނަމަ، އެތަންތަނުން ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫނީ ވަކި ވަރެއްގެ ކުއްޔެއް ދައްކަން ޖެހޭނީ. އެ މީހުންނަށް އެތަން އަމިއްލައެއް ނުކުރެވޭނެ. އެމީހުން އޯންކުރަންޏާ ޖެހޭނީ އެމީހުންގެ ކެޓަގަރީއެއްގެ ތަނެއް ގަންނަން. އެހެންވީމާ މިހެން ހަދާ ތަންތަން، ދެމަފިރިން ވަކިވެގެން ވެސް އެތަން ބާއްވަން ބޭނުންވާނީ ތަންކޮޅެއް ނިކަމެތިވީމާ ކަމަށް މި ބަލަނީ. އެހެންވެއްޖެއްޔާ އެ މީހުންނަށް ވެސް އެކަހަލަ، ތަނެއް އެބަ ދޭންޖެހޭ. އޯން ނުވާ ގޮތަށް. ރަޖިސްޓްރީ ނުވާ ގޮތަށް. އެތަނުގެ މިލްކުވެރިކަން ސިޓީ ކައުންސިލަށް ނޫނީ ރަށު ކައުންސިލަށް ދީގެން ވިޔަސް،" ވަކީލް ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އެކަހަލަ ގޮތަކަށް އަމަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންނަށް މިލްކުވެރިކަން ދިނުމުގެ ބަދަލުގައި އެ މީހުންގެ އާމްދަނީ މަތިވަންދެން ނުވަތަ އެ މީހުން މަރުވަންދެން އެތަނުގައި އުޅެވޭ ގޮތަށެވެ. ބޯހިޔާވަހިކަމަށް ދޭ ފްލެޓަކީ އެ ތަނުގައި އުޅޭ މީހާގެ މުދަލަކަށް ނުވިޔަސް އެ މީހެއްގެ ހާލަތު ބަދަލުވަންދެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަކީ މަގްސަދު ކަމަށް ހަދައިގެންނެވެ.

އަކްރަމް ވިދާޅުވީ މިހާރު ހައުސިން މިނިސްޓްރީން ރާވާފައިވާ ގޮތަށް އެކި ކެޓަގަރީތަކަށް ބަހާލައިގެން ފްލެޓް ދޭއިރު އޭގެ ތެރެއިން ސޯޝަލް ހައުސިން އަކީ އަމިއްލައަށް ފްލެޓް ނުގަނެވޭ މީހުންނަށް އޮންނަ ފުރުސަތަކަށްވާނެ ކަމަށެވެ.

"އެތަންތަން ދާއިމީއެއް ނުވާނެ. ސޯޝަލް ހައުސިން އަގު ހެޔޮވާނެ. އެކަމަކު ނުއެއް ގަނެވޭނެ. އެކަމަކު ސޯޝަލް ހައުސިން އިން އެފޯޑަބަލްއަށް ވެސް ބަދަލުވެވިދާނެ،" އެފޯޑަބަލް ހައުސިން އަކީ ކެރި ފޯރުންތެރިކަން ހުރި މީހުންނަށް ގަނެވޭނެ ތަންތަންކަން ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވި އެވެ.

ސޯޝަލް ހައުސިންގެ ދަށުން ފްލެޓްތައް އަމިއްލަ ނުކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން މިސަރުކާރުން ގެންގުޅޭއިރު އެއީ ދެ މީހުންގެ ނަމަށް އެއް ފްލެޓެއް ރަޖިސްޓްރީކުރުމުން ދިމާވެދާނެ މައްސަލަތަކުގެ ހައްލު ކަމަށް ވަކީލުން ގަބޫލުކުރައްވަ އެވެ. އެކަމަކު ފްލެޓް އަމިއްލަ ނުކުރެވޭ ގޮތަށް ގަވާއިދުތައް ހަދައި މިކަން ތަންފީޒުކުރުމަކީ އާންމުންގެ ނުރުހުން ބޮޑު ކަމަކަށްވެ އެކަން ކުރެވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.

28 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަލާޙޫން

24 November 2021

މިލްކުވެރި ކުރުވުމަކީ ދީނީ އަދި ޤާނޫނީ ހައްގެއް! ދެން އެ ޙައްްޤު ވެސް ނިގުޅައިގަނޭ! ކައިގެން ފަލަވަނީ ސްޓޭޓް. އާއްމުންނަށް ވީ ފައިދާއެއް ޙަރާން. ވެރިކަމާ ތަޅަންޖެހެނީ މިހެންވެ

The name is already taken The name is available. Register?

މީނާ ކުމާރީ

23 November 2021

ކައިވެނި ކުރަނީ ޢުމުރަށް އުޅެން. ދެން ހަމަ ކުޅޭ ކުޅިވަރެންހެން ވަރި ކުރީމަ ނުވާން ހުންނަ ހުރިހާ ނުބައިކަމެއް އޭގެ ފަހަތުން ނުކުންނާނެ. ސިކުނޑި އަކީ އެއިން ވިސްނާ ބަޔަކަށް މަންފާކުރާނެ އެއްޗެއް.

The name is already taken The name is available. Register?

ކިނބޫ

22 November 2021

ކަލޭމެންގެ ސަރުކާރުން ކުރާ ކޮންމެ ކަމެއްގަ އޮންނާނީ ދެކޮޅުނުޖެހުމާއި މައްސަލަ. ކުރީ ސަރުކާރުން ހެދި އުސޫލެއް ކަމަށް ހީކޮށްގެން ދޯ ތިލިޔުނީ؟

The name is already taken The name is available. Register?

2021

22 November 2021

އެއްބުރުން ލިބުނީމަ ދެމަފިރިންނަށް ނުވަތަ ބޭނުން އެކަކު ނަމުގަ ރަޖިސްޓްރީކުރެވޭ، ދެމަފިރިންނަށް ދެބުރަކުން ލިބުނީމަ ދެމަފިރިން އެންމެ އެދޭ ކޮންމެވެސް އެއްތަނެއް އިޚްތިޔާރު ކުރަންޖެހޭގޮތަށް އޮންނަނަމަ ކީއް. ޢޭރުންވެސް ބޯހިޔާވަހިކަން ބޭނުންވާ ހައްޤު އެހެން އާއިލާއަކަށް ފައިދާ ކުރީހެއްނު

The name is already taken The name is available. Register?

ނުރަބޯ

22 November 2021

އެއް ފްލެޓް ދެބައި ކޮށްގެން ދެމީހުން އެހެން މީހުންނާ ކައިވެނި ކޮށްގެން ހަމަ އެ ފްލެޓްގެ ދެބައިގައި އުޅޭއިރު މައްސަލަ ނުޖެހޭނެބާ…؟

The name is already taken The name is available. Register?

ޖަޒީރާ ޝަރީއާ

22 November 2021

ދެބައި ނުކިޔާ. ފިރިހެންމީހާގެ ހައްގު ކޮބާ؟ 2 ބައި އިތުރައް!

The name is already taken The name is available. Register?

ކުޑަސޮރު

22 November 2021

ދެމަފިރިންގެ ނަމުގަ އޮތަސް ވަރިވެއްޖެނަމަ ފުލެޓް ލިބެންޖިހޭނީ ދަރިންނާ ހަވާލްވާ ފަރާތަކައް 18އަހަރު ކުދިންނައް ވާދެން

The name is already taken The name is available. Register?

ބޯހާވިޔާ

21 November 2021

ތިހުރިހާ ކަމެއް ގޮސް ނިމެނީ ދެމަފިރިންގެ ކައިވެންޏަށް... ރީތިކޮށް އުޅެން ފުރަތަމަ ދަސްކޮށްބަލަ، ކައިވެންޏަކީ އަމިއްލަ ބޭނުމަށް ކުރާކަމެއް ނޫން، އެޔަށްވުރެ މާތް މަތިވެރި މަޤްސަދުތަކެއް ކަޑައަޅުއްވާފައިވާ ކަމެއް.

The name is already taken The name is available. Register?

މަގޭހިޔާލް

21 November 2021

ފްލެޓް ވެރިމީހާ ނިޔާވާ ހާލަތްތަކުގަ އެފްލެޓްގެ ވެރިމީހާގެ ދަރިންގެ ބޮޑުބޭބެއަށްވެސް ބައި އަޅަންޖެހޭ ގޮތަށް އޮންނަނީ މީ ވަކި ކުޑަ މައްސަލައެއްތަ؟

The name is already taken The name is available. Register?

އަޖައިބުވެދާނެ

21 November 2021

ތިޔަ ފްލެޓްތަކުގެ މިލްކުވެރިކަމުގެ މައްސަލަ ނެތަސް ރާއްޖެއަކީ ވަރި އެންމެ ގިނަ އެއްގައުމު. ފައިސާއަކީ ހުރިހާ ގުޅުމެއްގެ ދޭތެރެއަށް ވަންނަ އެއްޗެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454