ރިޕޯޓް / ފ. ނިލަންދޫ

ނިލަންދޫ: ޑޮކްޓަރުން އުފެއްދުމުގެ ނަމޫނާ ރަށެއް

2،300 މީހުންގެ އާބާދީ ހިމެނޭ އެ ރަށުގައި 10 ޑޮކްޓަރުން މި ވަގުތު އެބަތިބި. އަދި 14 މީހަކު އަންނަނީ ޑޮކްޓަރުންނަށް ވުމަށް ތަމްރީނު ވަމުން. މިއީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ޑޮކްޓަރުން ހިމެނޭ އެ ރަށް.

ރާއްޖޭގެ އެވްރެޖް އާބާދީއެކެވެ. އެކަމަކު، ފ. ނިލަންދޫގެ އެންމެ ހާއްސަ އެއް ކަމަކީ ތައުލީމީ އަދި ގާބިލް ޒުވާނުންތަކެއް ނެރުމެވެ.

އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަރީފް ވިދާޅުވި ގޮތުގައި 2،307 މީހުން ދިރިއުޅޭ ނިލަންދުއަކީ އަބަދު ވެސް ތައުލީމަށް ލޯބިކުރާ ރަށެއް ކަމަށެވެ. އޭގެ ނަތީޖާއަކީ، އެކި ރޮނގުރޮނގުން މަތީ ތައުލީމް ހާސިލްކޮށްގެން އެކި މަގާމުތައް އަދާކުރާ މީހުން ތިބުމެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް، އަހުމަދު އަލީއަކީ ވެސް ނިލަންދުން ތައުލީމުގެ ބިންގާ އަޅައިގެން ހުވަފެންތައް ހަގީގަތަކަށް ހެދި މީހެކެވެ. އޭނާ މިހާރު އަންނަނީ މެލޭޝިޔާގައި ނަރުސްކަމުގެ ދާއިރާއިން ޕީއެޗްޑީ ހަދަމުންނެވެ. އޭނާގެ އިތުރުން މަރިޔަމް އަހުމަދު ވެސް އަންނަނީ ނާސިން އިން ޕީއެޗްޑީ ހަދަމުންނެވެ.

ގާނޫނީ ދާއިރާއިން ޝަފީގާ ނައީމް އަދި އަބްދުލް މަޖީދު އިބްރާހިމް ނަމަކަށް ކިޔާ މީހަކު ވެސް އަންނަނީ ޕީއެޗްޑީ ހަދަމުންނެވެ.

ނިލަންދޫން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވީ އެ ދާއިރާގެ ކުރީގެ މަޖިލީހުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލެވެ. އެއީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ.

އަރީފް ވިދާޅުވި ގޮތުގައި އެ ރަށަކީ ދީނީ ކަންކަމަށް ވެސް ހާއްސަ ސަމާލުކަން ދޭ ރަށެއް ކަމަށެވެ. ގުރުއާން ހިތުދަސް ތިން ހާފިޒުން މި ވަގުތު ވެސް ތިބިއިރު، އަދި ވެސް އެ ރޮނގުން ކުރިއަށް ދިއުމަށް އެތައް ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ހަތަރު ބިދޭސީން ފިޔަވައި ބާކީ ތިބީ އެ ރަށުގެ ޓީޗަރުންނެވެ. ނަރުސްކަން ކިޔަވައިގެން ވެސް ރަށުން ވަޒީފާ ނުލިބި ނުވަ ނަރުހުން ރަށުގައި އެބަތިބި ކަމަށް އަރީފް ވިދާޅުވި އެވެ.

"އެ ހުރިހާ ތަނެއްގައި ވެސް ދިވެހިން ގިނައީ ހަމަ. އެކަމަކު، ރަށަށް ހިދުމަތްކުރަން ވެގެން އަދި ރަށުން ވަޒީފާއެއް ލިބޭތޯ މަޑުކޮށްލައިގެން ގިނަ މީހުން ތިބީ،" ޓީޗިން އިން މާސްޓާސް ނިންމައިގެން ސްކޫލުން ވަޒީފާ ނުލިބިގެން ކައުންސިލްގެ އެސްޖީއަކަށް ކުރިމަތިލެއްވި އަރީފް ވިދާޅުވި އެވެ.

ތައުލީމީ ގާބިލް މީހުން އުފެއްދުމުގެ ތެރެއިން ވެސް ނިލަންދޫގެ އެންމެ ހާއްސަ އެއް ކަމަކީ ޑޮކްޓަރުން އުފެއްދުމުގައި ނަމޫނާއަކަށް ވުމެވެ.

އެކި ހޮސްޕިޓަލްތަކުގައި ނިލަންދޫގެ 10 ޑޮކްޓަރުން މި ވަގުތު އެބަ ތިއްބެވެ. އޭގެ އިތުރަށް 14 ދަރިވަރުން އަންނަނީ ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. އެ ތަނުން އެއް ދަރިވަރެއްގެ އިންޓާންޝިޕް ނިމުމަކާ ކައިރިވެފައިވާއިރު، ދެން ތިބީ އެކި އަހަރުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

އެ ދަރިވަރުން ނިމުމުން، ނިލަންދުއަށް ނިސްބަތްވާ ޑޮކްޓަރުންގެ އަދަދު 24 އަށް އަރާނެ އެވެ.

"ތައުލީމަށް ވަރަށް ލޯބިކުރާ ބައެއް ނިލަންދޫގައި އުޅޭނީ. ހާއްސަކޮށް ޑޮކްޓަރުން ގިނަކަން ފާހަގަކުރެވޭ. އެއް އާއިލާގެ ތެރޭގައި ވެސް އުޅޭނެ ވަރަށް ގިނަ ޑޮކްޓަރުން. ވެދާނެ އެ ސަބަބާ ހެދި ކަމަށް ޝައުގުވެރިކަން އުފެދުނީ،" އަރީފް ވިދާޅުވި އެވެ.

"އެކި ހަރަކާތްތަކުން މިހެން ދިމާވާ ބޭފުޅުން ވެސް ވިދާޅުވާނެ ނިލަންދޫ ބޭފުޅަކާ ބައްދަލުނުވާ ހަރަކާތެއް ނުބޭއްވެއޭ. ޕޮލިހާއި ސިފައިންގޭގެ އިސް މަގާމުތަކުގައި ވެސް މި ރަށު ބޭފުޅުން ގިނަވާނެ،"

ޕޮލިހުގައި މަސައްކަތްކުރާ ރާއްޖޭގެ އެންމެ ފުރަތަމަ ޕެތަލޮޖިސްޓް، ޑރ. ހަސަން އުމަރު އަދި ޓްރީޓޮޕްގައި މަސައްކަތްކުރައްވާ ހިތުގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުލް އަޒީޒަކީ ވެސް ނިލަންދޫ ބޭފުޅެކެވެ.

އެ ރަށަށް އުފަން، މޯލްޑިވްސް ބްލަޑް ސާވިސްގައި މަސައްކަތްކުރައްވާ އެސޯސިއޭޓް ޕީޑެޓްރިއޭޝަން ޑރ. އަހުމަދު އުމަރު ވެސް ވިދާޅުވި ގޮތުގައި އެ ރަށަކީ އަބަދު ވެސް ތައުލީމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ.

"އަޅުގަނޑު ވެސް ރަށުން ކިޔެވުމަށްފަހު މާލެ ބަދަލުވީ. ވަރަށް ބޮޑު ފަހުރެއް ތައުލީމީ ރަށަކަށް ވުމަކީ."

57 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 8%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނާބެ

21 August 2022

އަހަރެމެން ރަށުގަ ފޮނިކެނޑިމުން ޕީ.އެޗް.ޑީ ނަގާފަ ތިބި 10 މީހުންނާއި ބޮޑުކެނޑުމުން ޕީ.އެޗް.ޑީ ނަގާފަ ތިބި 40 މީހުން އުޅޭ. އަދި ޕާޓޭކަމުން ޕީ.އެޗް.ޑީ ނަގާފަ ތިބި 10 މީހުން އުޅޭ. ޕީ.އެޗް،ޑީ މަދުތަ؟

The name is already taken The name is available. Register?

ކުޅުދުއްފުށީ ރައްޔިތެއް.

19 August 2022

ނިލަންދޫއަކީ ގާރީންނާއި ޑޮކްޓަރުން ގިނަ ރަށެއް. އަހަރެމެން ރަށު ހޮސްޕިޓަލުގައި އުޅުއްވާ ޑރ ފައިސަލްއަކީ ނިލަންދޫ ބޭފުޅެއް. އޭގެ އިތުރުން އޭނާއަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އޮންނަ ޢަރަބި ތަޢުލީމުގެ ބޭފުޅެއް. އެހެންވެ ސިއްހީ ފަރުވާއަކާ މެދު ދީނީގޮތުން އުފެދުނު ޝައްކެއް ވެސް އޭނާ އޮޅުންފިލުވައިދެއްވި. އޭނާގެ އަނބިކަނބަލުންނަކީ ވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރެއް. ނިލަންދޫ މީހުނަށް ހަމަ ސާބަސް.

The name is already taken The name is available. Register?

ސާގަރު

19 August 2022

ޢެންމެ ވަގުސެޓްފިކެޓްވެސް ގިނަ ރަށަކީ ތިއީކަމަށް ވެދާނެ، އެމްއެންޑީ އެފް އިން އިހަށް ދުވަހު ވަކިކުރި އޮފިސަރެއްވެސް އެއީ ޑޮކްޓަރެއް، ކަޑާލީ ވަގުސެޓްފިކެޓް ގެންގުޅެ މުައަށްސަސާއަށް އޮޅުވައިލައިގެން، މައްސަލަ ހިންދާލީ ވެރިންގެތެރޭ ތިބިބައެއް އެކަމުގަ ބެދޭތީ

The name is already taken The name is available. Register?

ނުވާނެ

19 August 2022

ނިލަންދޫ އަށް ނިސްބަތްވާ ޑޮކްޓަރެއް އެމްއެންޑީއެފްގައި އަދި ނޫޅޭނެ! އެކަމަކު ކިޔަވާ ދަރިވަރެއް އުޅޭނެ! ވަގު ސެޓްފިކެޓްގެ މައްސަލައިގައި ކަޑާލިކަމަށް ތިޔަބުނާ ފަރާތަކީ ޑޮކްޓަރެއް ނޫން! އެޔަގީންކަންދެން!

The name is already taken The name is available. Register?

ބޮޑު ސާގަރު

19 August 2022

ނުވާނެއަށް ބުނެލަން އޮތީ އެޑޮކްޓަރު ވޯލްޑްކަޕަށްވެސް ދިޔައީ ޑޮކްޓަރެކޭ ކިޔައިގެން، ސިފައިންގެ އޮފިސަރ ރޭކްންކުވެސް ޖެހީ ޑިގްރީ އޮތޭކިޔައިގެން، ދެން ތިޔަބުނާސޮރު މިހާރު ކިޔަވަނީ އެތާއުޅޭ ދައްތަގެ ނުފޫޒުން ހޯދި ފުރުސަތަކުން، ސިފައިންގެއަށް ހުޅުވާލައިގެން ދިން ފުރުސަތަކުން ނޫން، ތެދަށް ބުނަންޔާ ތިރަށުމީހުން ފުރުސަތު ހޯދިފައި ހުރީ ކޮންމެސް ކޮރަޕްޓް މީހެއްގެ ފަރާތުން

The name is already taken The name is available. Register?

ނުވާނެ

20 August 2022

އކޮންމެ އެއްޗެކޭ ކިޔައިގެން ވެސް ޖެހިދާނެ! އެކަމަކު ވެސް އެއީ ޑޮކްޓަރެއް ނޫން! މިބުނީ މެޑިކަލް ޑޮކްޓަރެއް ނޫން! މެޑިކަލް ޑޮކްޓަރުން ނޫން މީހުން ވެސް ސްޕޯޓްސް ދާއިރާއިން ކިޔަވާ ތިޔަބުނާ ކަޑާލި މީހަކީ އެދާޢިރާއިން ކިޔެވި މީހެއްކަމަށްވަނީ! އެކަމަކު އެއީކީ މެޑިކަލް ޑޮކްޓަރެއް ނޫން! އެހެން އަޅުގަނޑު މިބުނަނީ! ދެން މިބުނާ މެޑިސިން ހަދާ ސޮރަކީ ތިޔަބުނާ ދައްތަގެ ކޮއްކޮ އެއް ވެސް ނޫން އަމްދަކުން

The name is already taken The name is available. Register?

ތިއްތަ1

20 August 2022

ނުވާނެއަށް ބުނެލަން މި ލިއުމަކީ ރަށުގެ ފަސްބައި ރީތިކޮށް ލަން ޖަށްސާފަ އޮތް ޕީއާރު ސުޓަންޓެއްތަ، މަވެސް ތޮސޮރުދަންނަން ކޮށްކޮޔަކަށް ވިޔަސް ނުވިޔަސް ތިސޮރު ކިޔަވަން ދިޔައީ ނުގަވައިދުން ނުފޫޒުބޭނުން ކޮށްގެން

The name is already taken The name is available. Register?

ޚހގ0ުުިގުގ

19 August 2022

ހއ. އުލިގަމުގެ އާބާދީގެ ކޮންމެ 100 މީހަކަށް އުލިގަމަށް އުފަން ޑޮކްޓަރުން ތިބޭ. ނިކަން ނިލަންދޫން މި ރެކޯޑް މުގުރާލަބަލަ.

The name is already taken The name is available. Register?

ސުލޭމާނޫ

22 August 2022

އައްޑޫ ހިތަދޫގަ ޕްރޮފެސަރ އެއްހުންނާނެ އަޅެ މިމަސްނިމުމުގެ ކުރިން މިކަންވޭތޯ ގައުމުގެ ހުރިހާރަށަކަށް ގޮންޖަހަން . ބެކާރު ރައްދުނުދޭތި ކަމެއްކުރަންޏާ ލައިކެއްދީ . ހެެެހެހެހެ

The name is already taken The name is available. Register?

ޙިލްމާ

18 August 2022

ޢައްޑޫ މީދޫގައި ޕީއެޗްޑީ ފުރިހަމަ ކޮށްފައި 8 މީހުން އެބަ ތިބި..

The name is already taken The name is available. Register?

ޟޯހާ

18 August 2022

ފޮނިކަނޑައްވެސް ވައްރައް މޮޅުމީހުން އުޅޭރަށެއްތީ

The name is already taken The name is available. Register?

ފަރު

18 August 2022

ރަށުގަ ނޫޅުއްވި ކަމުގައިވިޔަސް އެ ބޭފުޅުން ވާނީ އެރަށުގެ ރައްޔިތުން ނަށް ނޫން ކަމަކަށް ނުވާނެ. ދިވެހި މަންމަ އަކާއި ބައްޕައަކަށް ލިބިފައިވާ ކޮންމެ ބޭފުޅެއްގެ ފަރާތުން ރަށަކަށް ލިބިފައިވި ނުވަތަ ލިބެމުންދާ ރީތި ނަން އެއީ މުޅި ދިވެހި ރައްޔިތުންނަށް ލިބޭނެ ފަޚުރެއް އަދި އުފަލެއް. ކޮންމެ ކަމެއް ސިޔާސީ ނުކުރައްވާ. ނިލަންދޫ އަކީ ދީނީ، ޤާބިލް ކުޅަދާނަ ދަރިން ތަކެއް ނިސްބަތްވާ ނަމޫނާ ރަށެއް.

The name is already taken The name is available. Register?

ޢަޖޭބު

18 August 2022

މިހާރު ހުރިހާ ރަށެއްގަ ވެސް ހަމަ ތިހާ ޑޮކްޓަރުން ގިނަ. ޢެކަމަކި ހުރިހާ ރަށެއްގަ ނެތް އެކަހަލަ ގާތިލެއް

The name is already taken The name is available. Register?

ޖަވާބު

18 August 2022

ރަށުގައި އަދާކުރާނެ ވަޒީފާ އެބަހުރިތަ.ސިޔާސީ ރޯނުއެދުރު ނުވެ ވިސްނަބަލަަ ކަންއޮތްގޮތް.

The name is already taken The name is available. Register?

ޑެބީ

18 August 2022

ހުރިހާ ދާއިރާއަކުންވެސް ނަމޫނާ ރަށެއް. ޑޮކްޓަރުކަމުން. އަނިޔާވެރި ގާތިލެއް. ކޮރަޕްޓް ސިޔާސީ މީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454