ރިޕޯޓް / އެމްޑީޕީ

ޓެކްސް ބިލާ އެކު ދެ ފެކްޝަންގެ ފަހު ތަޅާލުންގަނޑު!

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

16 ނޮވެމްބަރ 2022 - 07:21

38 comments

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަމަލު ކުރައްވާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ތެދުވެވަޑައިގެން، ތަޅުމުގެ މެދުގައި މޭޒު ކުރިމަތީ "އިހުތިޖާޖެއް" ކުރައްވާ ތަން އަބަދުވެސް ފެންނަނީ އެ އިރެއްގެ އިދިކޮޅު ފަރާތުންނެވެ.

ނަމަވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިމުމަކާ ހަމައަށް ގޮސް ވޯޓަށް އަހަން އުޅުނު ވަގުތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިފުޅުމަތީ ހުންނެވީ އާންމުކޮށް ބަހެއް ވިދާޅުނުވެ އިންނަވާ، މިވަގުތު މެޖޯރިޓީ އޮތް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ އެންމެ ބާރުގަދަ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

"އަމީންއާންމާއި ކައުންސިލާ ޖެނަރަލް ޔަގީން ކަން ދެއްވި މިއަދު [ޓެކްސް ބިލުގެ] ތިން ވަނަ ކިޔުމަށް ގޮސް ދެން ވޯޓަށް އަހާނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭ ވިދާޅުވި އެވެ.

މަޖިލީހާއި އެމްޑީޕީގެ ތާރީހުގައި ވެސް މިހާތަނަށް ފެނިފައި ނުވާ އެތައް ކަމެއް މި ދެތިން ދުވަހު މަޖިލިސް ތެރޭގައި ހިނގައިފި އެވެ. ސުޕަ މެޖޯރިޓީ އޮތް ޕާޓީން އައްޔަން ކޮށްފައިވާ ރިޔާސަތުގެ "ފައިބުޑަށް ވެއްޓި" އާދޭސް ކުރާ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ސަރުކާރާއި މަޖިލީހުގެ ބާރު އެއް ޕާޓީއެއް އަތުގައި އޮތް އިރު މި ފެންނަނީ ސަރުކާރުގެ މުހިންމު ބިލުތަކާއި މަސައްކަތް މަޖިލީހުގައި ތާށިވާ ތަނެވެ.

އެންމެ ފަހުން އެމްޑީޕީގެ އެންމެ މަގުބޫލު ކަމަށް މި ހުރިހާ ދުވަހު ދެކެމުން އައި ނަޝީދަށް އެ ޕާޓީގެ ކޮންމެ މެންބަރެއް ވެސް މިހާރު ހިތު ހުރި އެއްޗެއް އެއްވެސް ޖެހިލުމެއް ނެތި އަންނަނީ ގޮވަމުންނެވެ!

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން--

"ރާއްޖެ އަށް ދިމާވެގެން މި އުޅެނީ ޗާގޯސްގެ މައްސަލައެއް ނޫން، އިމެއް ގެއްލިގެން ވެސް ނޫން. މި ރާއްޖޭގައި މި އުޅެނީ މަނިކުފާނަށް ވެރިކަން ނުލިބިގެން. އިރާދަކުރެއްވިއްޔާ ދެން މި ރާއްޖެ އެ ހާލަތަކަށް ނުދާނެ،" ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހްމަދު (އިއްސެ)، ނަޝީދާ ދިމާއަށް ވިދާޅުވި އެވެ.

"މަނިކުފާނަށް މި ރާއްޖޭގެ ރިޔާސަތު ދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަކަށް ނޫން. މަނިކުފާނުގެ ބާރެއް ހިނގާ ގޮތަށް ވެސް ރިޔާސަތު ދޭން ދިވެހިން ތިބީ ތައްޔާރަކަށް ނޫން، އަޅުގަނޑުމެންނެއް އެ މަންޒަރެއް ނުބަލާނަން."

މި ފެންނަނީ ދޭތެރެއަކުން ވަޓްސްއެޕް ގްރޫޕެއްގައި ހިނގާ ފަދަ ޒުވާބެއް ނޫނެވެ. މަޖިލީހުގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި މިހާރު އޮތީ ރައީސް އާއި ނަޝީދުގެ ދެ ފެކްޝަންގެ ބޮޑު ތަޅާފޮޅުންގަނޑެވެ. ރެނދު އަޅައިގެން ގޮސް މުޅި ޕާޓީގެ އެތެރެ ފަޅައިގެން ހިނގައްޖެ އެވެ.

މަޖިލީހުގެ ތެރޭ ރައީސްގެ ބާރުގަދަ ކަން ވަރަށް ސާފެވެ. އެކަމަކު ނަޝީދަށް ތާއީދު ކުރައްވާ ތިން މެންބަރުން ތިއްބަވާ ރިޔާސަތުގެ ބޭނުން އެ ފެކްޝަނުން ހިފަނީ ބޭނުން ގޮތަކަށެވެ.

ސަރުކާރު މެންބަރުން ވާހަކައިގެ މެދު ތެރެއިން މައިކު ކަނޑުއްވާލަ އެވެ. ނިޒާމީ މައްސަލައެއްގެ ފުރުސަތު ވެސް ދެއްވަނީ ބޭނުންވާ މެންބަރުންނަށެވެ. ބަހުސް ކުރުމުގެ ވަގުތު ނަޝީދު ބޭނުންވާ މެންބަރުންނަށް ގިނައިން ލިބެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

މިވަގުތު މުޅި ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ފޯކަސް އޮތީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށެވެ. ރައީސްގެ ފަހު އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން އޮތް ހަމައެކަނި މަގަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމެވެ.

އެހެންވެ، ނަޝީދުގެ ފެކްޝަނުން އަޅައިލީ ސަރުކާރުގެ އެންމެ "ރިހޭ ފައިގަ" އެވެ. ބަޖެޓު ފާސް ކުރާ ދުވަސް ޖެހެމުން އަންނަ އިރު އަދިވެސް ޓެކްސް ބޮޑު ކުރާ ބިލު އޮތީ ޕާކު ކޮށްފަ އެވެ. ސަރުކާރު ހިންގަން ދަތި ކުރާނެ ކަމުގެ ނުސީދާ އިންޒާރާއެކު ސަރުކާރު ހުރިހާ މެންބަރުން ޕްރެޝަރަށް ވައްޓާލައިފަ އެވެ.

އެ ރުޅިގަނޑާ އެކު މި ވަގުތު މަޖިލީހުގެ ގިނަ މެންބަރުންގެ އިތުބާރެއް ނަޝީދަކަށް ނެތެވެ. އަދި ކުރިން އޮތް އިހްތިރާމުގެ ފުކެއް ވެސް ނުދައްކަ އެވެ.

"އިންސާނަކަށް 15 ހައިސިއްޔަތަކުން ދުނިޔޭގައި ނޫޅުއްވޭނެ. ކޮންމެވެސް އެއް ހައިސިއްޔަތަކުން، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަންޏާ އެއީ ރިޔާސަތު. އެކަމަކު ކުރީގެ ރައީސްގެ ހައިސިއްޔަތުން ޕާކިސްތާނުގެ ހައިސިއްޔަތުން ލަންކާ ހައިސިއްޔަތުން ކަންތައް ކުރެއްވީމަ އެބަ އޮޅޭ،" ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ނަޝީދަށް އަމާޒު ކުރައްވައި ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނަވައިގެން ޓެކްސް ބިލަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލި އަފީފް އާ ބެހޭ ގޮތުން ސުވާލު ކުރުމުން ސަރުކާރު ފަޅީގެ މެންބަރުންނަށް އޭނާ މަގާމުގައި ހުންނެވުން ވެސް ގާނޫނާ ހިލާފު ވެއްޖެ އެވެ.

އެއް މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައި އޮންނަނީ ރިޔާސަތުގައި އިންނަވާ ތިން ވަނަ ބޭފުޅަކީ މަޖިލީހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރުންނަކީ އެ ޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި އެމްޑީއޭގެ އަހުމަދު ސިޔާމް މުހަންމަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަފީފް އެ ހުންނަވަނީ ވެސް ގާނޫނުއަސާސީ އާ ހިލާފަށް. އެހެން ހުރެ ބޭނުން އެއްޗެއް ނުހެދޭނެ ކަން އެނގެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި ޒުވާބުތައް ބޮޑުވެ، މެންބަރުންގެ ކެތްތެރިކަން ކޮޅުންލައިގެން މަޖިލީހުގެ ޖަލްސާ ނިންމެވި ގޮތަށް ވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު އަރިހަށެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ގިނަ މެންބަރުން ބޭނުންވީ ނަޝީދު މިހާރުން މިހާރަށް ވަކި ކުރުމަށެވެ.

އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައިގެ ޕެޓިޝަންގެ މަސައްކަތް އަލުން ފައްޓަވައި ސޮއި ހަމަ ކުރުމަށް ފަހު މައްސަލަ ހުށަހަޅަން ބޭނުންވި އެވެ. ނަމަވެސް އެކަމާ ދެކޮޅުވާ މެންބަރުން ވެސް ތިއްބެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި ގޮތުގައި ނަޝީދު ވަކި ކުރުމަކީ ސީދާ އެމަނިކުފާނު މިވަގުތު ބޭނުންފުޅުވާ ގޮތެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައި ވަނިކޮށް މި ދަނޑިވަޅުގައި ނަޝީދަށް އެވަރުގެ ލަނޑެއް ދީފި ނަމަ އެ ކާޑު ވަރަށް ބޮޑަށް ކުޅޭނެ އެވެ. އޭގެ ޑެމޭޖުތަކެއް ވެސް ރައީސަށް ލިބިދާނެ އެވެ.

"ޗެއާޕާސަން އިންތިހާބުގައި ވެސް ވިދާޅުވަމުން ގެންދެވި ތިމަންނާ ޕާޓީން ވަކި ކުރަން އުޅޭ ވާހަކަ. އެ ކާޑު މިހާރު ވެސް ކުޅެން ހިފާނެ. ދާއިރާގެ ގޮނޑީގައި އަދި މާ އުނދަގޫ ބޮޑު ވާނެ،" މެންބަރަކު ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ވަކި ގޮތަކަށް ކަންތައް ކުރެއްވުމަށް ރައީސް އިރުޝާދެއް ނުދެއްވަ އެވެ. އެ ނިންމުން އޮތީ މެންބަރުންގެ އޮތް މައްޗަށް ދޫކޮށްލައްވަފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ބަހުސް ނިންމާލުމަށް ފަހު ޓެކްސް ބިލަށް ވޯޓަށް އަހަން ޖެހޭނެ އެވެ. އިއްޔެ ވެސް އަދި އޭގެ ކުރީ ދުވަހާއި މިދިޔަ ހަފްތާގައި ވެސް އެކަންތައް އޮންނަން ޖެހޭނީ ނިމިފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގައި މިވަގުތު ހުންނެވި އެންމެ ސީނިއާ މެންބަރުން މިހާރު ތިއްބެވީ ޕްރެޝަރުގަ އެވެ. ނަޝީދުގެ މައްސަލާގައި ގޮތްތަކެއް ނިންމަން ޖެހިއްޖެ ކަމަށް ގަބޫލު ކުރައްވައިގެނެވެ. އެކަމަކު އެމަނިކުފާނު ވަކި ކުރާނެތޯ ނޫނީ ދެން ވެސް ނޭވާ ހިފަހައްޓާލައިގެން ދައުރު ނިމެންދެން މަޑު ކޮށްލާނީތޯ އެއީ އުފެދޭ ސުވާލެކެވެ.

38 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްބެ

16 November 2022

ޑްރާމާ ނުކުޅެ ތިކަން ނުކުރެވެނީތަ? ތިދެން އެއްބައެކޭނުން.

The name is already taken The name is available. Register?

ރަނާ

16 November 2022

ރިޔާސަތުގަ އިންނަ މީހާވެސް ބޭނުންހާ ގޮތަ ކަށް ކަނަތައް ކޮށްގެން ނުވާނެ ޖަލްސާތަކުގަ ކަންތައް ކުރަންވާ ގޮތުގެ ގަވައިދެއް އޮވޭ އަމަލް ނުކުރާނަމަ ރިޔާސަތު އިންނަ މޯހާއާ ދެކޮޅަށްވެސް އަޑު އުފުލަން ޖެހޭނެ.

The name is already taken The name is available. Register?

ރެޕް

16 November 2022

މީ ގާނޫން ލިބިދޭ ބާރޯ....ވެރިންނަށް ރައްޔިތުން ދިން ބާރޯ، ރައްޔިތުނަށް ވީ ގުދު ބިންދާ ށޯ... ވާނަމަ އަޑު ހުރި ބާރެއްލާ، ވާން ވައުދުވަނީ ވީ ހާލެއްގާ. ގައުމު ދަވާލިއަސް ވެރިމީހާ.. ސޯލިހު އައުޓް

The name is already taken The name is available. Register?

އެމްސް

16 November 2022

ރަޢިއްޔަތުންގެ ފެކްޝަނާއި ސަރުކާރުގެ ފެކްޝަންބާ؟

The name is already taken The name is available. Register?

ބިއްސެ

16 November 2022

އިއްސެއަކީ ވަރަށް ގޮތެއް ނެތް މީހެއް. އަންނި ވެރިކަން ނުލިބިގެން އުޅުމާ ރައްޔިތުން ފެލަން ސަރުކާރުން އުޅުމާ ކޮންމެހެން އެއްވަރުކުރާނެ ކަމެއް ނެތް. އަންނި ނުބައި ކުރުމަކުން ޖީއެސްޓީ ނެގުމަކީ ރަގަޅުކަމެއް ކަމަކަށް ނުވާނެ. އަންނިއަށް ބަވަބަވާފަ ތިމާމެން ކުރާ ނުތާހިރު ކަންތައް ފޮރުވަން ތިއުޅެނީ. އަންނި ކޮންމެ ކަހަލަ މީހަކަށްވިއަސް ރިޔާސަތުގަ އިންނަހާ ދުވަހު ތިޔަ ޒާތުގެ ވާހަކަ މަޖްލިސް ރައީސަކާ ދިމާއަށް ތަޅުމުގައި ދެއްކިގެން ނުވާނެ.

The name is already taken The name is available. Register?

ޗަކޮއް

16 November 2022

ނަޝީދަށް މަ ތާއީދު ނުކުރިއަސް ބުނަން ޖެހެނީ ދައުލަތުގެ އާއްމުދަނީ އިތުރުކުރަން ރައްޔިތުންގެ އަތުން ޓެކްސް ނެގުން ނޫންކަމެއް ބަޖެޓްގައި ޖަހަން ނޭނގުނު ބަޔަކު ވެރިކަމަށް ކުފޫހަމައެއް ނުވެޔޭ. އަމުދުން ބޭކާރު ސިޔާސީ މަގާމުތަކާއި އެފަދަ ހަރަދުތައް ކުޑަކޮށްގެން ބަޖެޓަށް ދިރުން ގެެންނަން ނޫޅެ، ރައްޔިތުން ފެލަން ދިމާކުރީމާ ދެން ސޯލިހަށްދޭނެ ވޯޓެއް ނޯންނާނޭ

The name is already taken The name is available. Register?

ބޮޑުމީހާ

16 November 2022

ސްލޯވެރިކަމެއްގަ ޑިސިޝަން ނެގުންވެސް ސްލޯވާނެ

The name is already taken The name is available. Register?

ހަސަން ކުރުސީ

16 November 2022

އެއްވެސް ފެކްޝަނެއް ރަނގަޅެއްނޫން. ދެފެކްޝަނުގާވެސް ތިބީ އަމިއްލައެދުމުން ފުރިފާތިބި ބައެއް.

The name is already taken The name is available. Register?

ޒުއްބަ

16 November 2022

އެކަމު މިފަހަރު ސޯލިހުފެކުޗަނުގެ ނުބައިކަން ފެނުއްޖެ. ދަރިންގެދަރިންނަށްވެސް އެގޭވަރު ކޮއްފި

The name is already taken The name is available. Register?

ފައިވާން

16 November 2022

ޓެކްސް ބޮޑުކޮށްފަ ވޯޓު ހޯދަން ނާންނާތި

The name is already taken The name is available. Register?

އެމްސް

16 November 2022

ދިވެއްސަކަށް ނުދީ ހެދޭނެ ގޮތެއް އެބައޮތް؟ މަޖިލިހަށްވެސް ދެން ބިދޭސީން ލާންވީ! ވަޒީފާތަކަށްވެސް ދިވެހީން ކަމުނުދާތީ ބިދޭސީން ލަމުންދާތާ މިހާރު 40 އަހަރުވެސްވީ!

The name is already taken The name is available. Register?

48343

16 November 2022

ކުރިން މަޖުލީސް ގަޑުބަޑުކުރީ އިދިކޮޅާ އެއްކޮޅާ ދެމެދު އުފެދުނު ފިތުނަވެރިކަމުގާ. މިއަދު ތަޅާތަން މިފެންނަނީ އެއްކޮޅާ އެއްކޮޅާ ތަޅާތަން. މީ މިއަދު އަރަބިދުނިޔޭގާވެސް ފެންނަ މަންޒަރު. އެތާ އެތަޅަނީ މުސްލިމުންނާ މުސްލިމުން.

The name is already taken The name is available. Register?

އެމްސް

16 November 2022

ފަލަސްޠީނުގަ މުސްލިމުން ކަތިލާނީ އިޒްރޭލު މީހުން! މިޤައުމުގު މުސްލުމުން ކަތިލާނީ %100 ދިވެހީން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454