ރިޕޯޓް

ކުރިން އެއީ ހިތާމައެއް، މިއަދު ފަޚުރެއް!

ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މިހާރަށް އިންޓަވިއޫ ދެނީ-- ފޮޓޯ: އަހުމަދު ޝައްފާހް

ސަލާން ގޮވާލައި އިންޓަވިއުއަކަށް އެދުމާ އެކު އާދަމް މުހައްމަދު ބުނެލީ މަޑުކޮށްލުމަށެވެ. އެއަށް ފަހު ލޮގް ފޮތެއް ހިފައިގެން އަ އެވެ. އެއީ ޝަހީދު ހުސެއިން އާދަމްގެ އާއިލާ ކައިރިއަށް ޒިޔާރަތް ކުރާ މީހުންގެ ޝުއޫރު ލިޔުމަށާއި ސޮއިކުރަން 2001 އިން ފެށިގެން ގެންގުޅޭ ފޮތެކެވެ. އެފޮތުގައި އަޅުގަނޑު ވެސް ޝުއޫރު ލިޔެ ސޮއިކުރީމެވެ. އެއީ އިންޓަވިއުގެ ކުރިން ނުވަތަ ހުސެއިން އާދަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން އެކަން އޮންނަ ގޮތެވެ.

އެހަދާންތަކަށް 29 އަހަރު

އެއީ މީގެ 29 އަހަރު ކުރި އެވެ. އެރޭ ފަތިހު ބަނޑޭރިގޭ ބޭރު ގޭޓްގެ ހުޅަނގު ފަޅީގެ ޑިއުޓީގައި ހުރީ އުމުރުން 20 އަހަރުގެ ޕްރައިވެޓް ހުސައިން އާދަމް އެވެ. އެރޭ ފަތިހު ތަމަޅައިންގެ ޓެރަރިސްޓުން މާލެ އަރައި ހަމަލާ ދޭން ފެށުމާ އެކު ހުސައިން އާދަމް ހަމަ ވަގުތުން ރައްދުގައި ހަމަލާދޭން ފެށި އެވެ. ތިނެއް ނޮވެމްބަރުގެ އުދުވާނީ އެ ހަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ހިފެހެއްޓީ އޭނާގެ އަތުގައި އޭރު އޮތް 60 ވަޒަން، ހިތްވަރާ އެކު ބޭނުންކޮށްގެންނެވެ.

ތަމަޅަ ޓެރަރިސްޓުން ދެމުން ދިޔަ ހަމަލާތަކަށް އެއްވެސް މީހެއްގެ ކޮމާންޑެއް ނެތި އަމިއްލައަށް އިސްނަގައި ރައްދު ދަނިކޮށް ހުސެއިން އާދަމް ޝަހީދުވީ އަތުން ވަޒަން ހުސްވުމާ އެކު އެވެ. އޭރު ސިފައިންގޭގެ ގޭޓްތަކާއި ރޭވުންތައް ހުރީ ޑިއުޓީގައި ބޭރުގައި ފޯރިއަށް ތިބޭ މީހުންނަށް ފަސޭހައިން ސަލާމަތްވެވޭ ގޮތަކަށެއް ނޫނެވެ.

ރަށުގެ ވެސް ފާހަގަކޮށްލެވޭ، ރަނގަޅު ކުއްޖެއް

މީގެ 49 އަހަރު ކުރިން 1968 ގައި އުފަންވި ހުސެއިން އާދަމަކީ އައިޝަތު ހަސަން އާއި އާދަމް މުހައްމަދަށް ލިބުނު 13 ކުދިންގެ ތެރެއިން ހަތަރު ވަނަ ކުއްޖާ އެވެ. އޭނާގެ މަންމަ އައިޝަތު ސިފަކުރާ ގޮތުގައި ހުސެއިން އާދަމަކީ ކުޑައިރުން ސުރެ ވެސް ބަނިޔާދަން އަދި ބަސްއަހާ ކުއްޖެކެވެ.

"ވަރަށް ރަނގަޅުކޮށް އެކުއްޖާ އުޅުނީ. ސަކަރާތް ޖަހައި އެކަހަލަ ފާޑުފާޑެއް ނޫން. ރަށުގެ އެންމެ ރަނގަޅު ކުއްޖަކަށް ފުދޭ އެކުއްޖާ،" އައިޝަތު ބުންޏެވެ.

ސިފައިންގެއަށް ވައްދަން ކުޅުދުއްފުށިން 12 ކުދިން މާލެ ފޮނުވަން އެނގިއިރު ހުސެއިން އާދަމް ތައުލީމް ހާސިލް ކުރަމުން ދިޔައީ ރަށު އަމީރު އަމީން ސުކޫލުގަ އެވެ. މި ރަށުން ނެގި 12 ކުދިންގެ ތެރޭގައި ހިމެނި ހުސެއިން އާދަމް މާލެ ފޮނުވި އެވެ. އެ 12 ކުދިންގެ ތެރެއިން ތަމްރީނަށް ފަހު ސިފައިންގެއަށް ވެއްދި ހަތަރު ކުދިންގެ ތެރޭގައި ވެސް އޭނާ ހިމެނުނީ އެވެ.

ސިފައިންގެއަށް ވަން ފަހުން ހުސެއިން އާދަމް ރަށަށް އައީ އެންމެ ފަހަރަކު އެވެ. އެއީ އީދަކަށެވެ. އަދި އޭނާއަށް މައިންބަފައިން ފެނުނު އެންމެ ފަހު ފަހަރަކީ ވެސް އެ އެވެ. ރަށަށް އައިސް އޭނާ ބޮޑަށް އުޅެނީ އަމިއްލައަށް ލަކުޑިން ބަޑި ހަދައި ސަމާސާއަށް އެ ޖެހުން ފަދަ ކަންކަމުގަ އެވެ. އޭނާގެ ބައްޕަ އާދަމް މުހައްމަދުގެ ހަނދާނުގައި އެކަން އެބަ ހުއްޓެވެ.

"ބަޑި ޖަހަން. އަމާޒަށް ބަޑި ޖަހަން، ދުނި އުކަން އެކަހަލަ ކަންތައް ކުރަނީ. ރަށަށް އައިސް ވެސް އަމިއްލައަށް ބަޑި ހަދައިގެން ގަހަށް އަރައިގެން ފަތަށް ޖަހާނީ،" އޭނާގެ ބައްޕަ ކިޔައިދިނެވެ.

ހުސެއިން އާދަމްގެ މަންމަ އާއި ބައްޕަ މިހާރަށް އިންޓަވިއު ދެނީ-- ފޮޓޯ: އަހުމަދު ޝައްފާހް

ޒުވާން ހުސެއިން އާދަމް ޒަވާޖީ ހަޔާތެއް ފެށުމުގެ ވާހަކަ ބައެއް ކައިރީ އޭނާ ދެއްކި ކަމަށް އަޑުއެރިޔަސް މައިންބަފައިންނާ އެކަން ހިއްސާކޮށްފައެއް ނުވެ އެވެ. އެހެންކަމުން ނޮވެމްބަރު 3 ގެ ގައުމީ ބަތަލުގެ ލޯބީގެ ވާހަކައަކީ އެއްގޮތަކުން ބަލާއިރު ސިއްރެކެވެ.

އެއީ މޮބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. މާލެ އާއި ރިސޯޓްތަކުގައި ނޫން އެހެން ހިސާބެއްގައި ފޯނެއް ވެސް ނުހުރެ އެވެ. އެހެންކަމުން މާލޭގައި ހުރި ހުސެއިން އާދަމާއި މިރަށުގައި ދިރިއުޅުނު އޭނާގެ މައިންބަފައިންނާ މާ ބޮޑަކަށް ވާހަކައެއް ނުދެކެވެ އެވެ. އޭނާ ފޮނުވި އެންމެ ފަހު މެސެޖްގައި އޮތީ ސިފައިންގެ އިން ކެނޑި، ބޯޓްދަތުރު ކުރަން ދާން ބޭނުން ވާހަކަ އެވެ.

"އޭނާ ބުނީ ބައްޕާއޭ އަހަރެން ދާނީ ދަތުރުކުރާށޭ ބޮންޑު ހަމަވީމަ ސިފައިންގެ. އެއިއްޔޭ އެންމެ ގިނަ ލާރި ލިބޭ ކަމަކީ،" ދަރިފުޅާ ދެކެވުނު އެންމެ ފަހު ވާހަކަ ކިޔައިދެމުން އާދަމް ބުންޏެވެ.

އެވާހަކަ ދެއްކިތާ މާ ގިނަ ދުވަހެއްނުވެ އެވެ. ނޮވެމްބަރު 3 ގެ ހަމަލާ ރާއްޖެއަށް އަމާޒުވި އެވެ. އެދުވަހު މާލެ އާއި ރަށްރަށާ ގުޅުން އޮތީ ކެނޑިފަ އެވެ. މާލެއަށް ބަޔަކު އަރައި ހަމަލާދެމުން ދާކަން އެނގުމުން ހުސެއިން އާދަމްގެ މައިންބަފައިން ވެސް އަވަސްވެގަތީ ދަރިފުޅުގެ ހާލު ބެލުމަށެވެ. އެގޮތުން ހުސެއިން އާދަމްގެ ބައްޕަ، ރަށު އޮފީހުގެ ސެޓް މެދުވެރިކޮށް މާލެއިން މީހަކަށް ގުޅައި ހުސެއިން އާދަމް ކޮބައިތޯ ސުވާލުކުރި އެވެ. މާކަ ގިނަ އިރުތަކެއްނުވެ ލިބުނީ ދަރިފުޅު ޝަހީދުވިކަމުގެ ހަބަރެވެ.

"ގުޅާފައި ބުނީ ބޭބޭއޭ އޭނާ ވަނީ މިހާރު ނިޔާވެފައޭ. ދެން އަޅުގަނޑު އަތުން ފޯނު ދޫވީ. ދެން އައީ ގެއަށް. ތެޅެމުން ފޮޅެމުން. މީހުންގަނޑު އާދޭ ހޯސްލާފައި ފަހަތުން. ވާނުވާއެއް ނޭނގޭ މާލެއަކުން،" އާދަމް މުހައްމަދު ބުންޏެވެ.

ދާދި ފަހަކާ ޖެހެންދެން ވެސް، ހުސެއިން އާދަމްގެ މަރަކީ، އެދެމަފިރިންނާއި އެ އާއިލާއަށް ބޮޑު ހިތާމައެކެވެ. އެ ހަނދާންތަކާ އެކު ލޮލުން ކަރުނަ ފާއްދާލަ އެވެ. ނަމަވެސް މިއަދު އާދަމް މުހައްމަދާއި އައިޝަތު ހަސަން އަށް، ހުސެން އާދަމްގެ ޝަހީދުވުމަކީ ފަހުރެކެވެ.

"ވަރަށް ފަހުރުވެރިވޭ. މިޒަމާނަށް އައިސް ނުލިބޭ މަގާމެއް ވިއްޔަ އެއީ ޝަހީދެއްގެ މަގާމް. އޭރުގައި ވަރަށް ހިތާމަކުރިން. ފަހުން އައިސް އެކަން ކެނޑިއްޖެ. މިހާރު އުފަލެއް. ޝަހީދުންގެ ދަރަޖަ ދަންނަބޭކަލުން ކީމަ. އެމީހުންނަކީ މަރުވެދާ ބައެއް ނޫނޭ،" އާދަމް ބުންޏެވެ.

ޝަހީދު ޙުސައިން އާދަމްގެ އެ މުހިންމު ޖިހާދުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން އޭނާއަށް ޑަބަލް ޕްރޮމޯޝަން ދިނެވެ. މެޑެލް ފޯ އެކްޝެޕްޝަނަލް ބްރައިވަރީ (ހުރަވީ ރަން މެޑަލް) އާއި ޖިހާދުގެ ރަން މެޑެލް އާއި ނޮވެމްބަރު 3 ގެ މެޑެލް ވެސް ދިނެވެ.

ފުލުހުންގެ މައި މަރުކަޒަށް "ޝަހީދު ޙުސައިން އާދަމް ބިލްޑިން" ގެ ނަމުން ނަން ދީފައި ވަނީ ވެސް އޭނާގެ ހަނދާންތައް ތާރީހުން ނުފޮހެވޭނެ ދަރަޖައެއްގަ އެވެ.

32 ކޮމެންޓް, 657 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 22%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާައަލީ

02 July 2019

ޚިތްވަރުގަދަ ބަތަލެއް

The name is already taken The name is available. Register?

علي وحيد ރަސްގެތީމު

02 July 2019

إنشاء الله، إناالله وإناإليه راجعون آمين ،އިންސާނަކަށް ލިބޭ ނަސީބަކީ ކަތީބަކުދޭއެއްޗެއްނޫނެވެ. ﷲގެ رحمة ފުޅާއެކު މިންވަރު ކުރަށްވާކޮންމެ މިންވަރު ކުރެއްވުމަކީ،ރަނގަޅަސް،ނުރަނގަޅަސް،ހެވަސް، ނުބަޔަސް، ﷲގެ حظرةގައި شكر ކުރަންޖެހޭކަމެކެވެ. محروم حسين آدمގެ ބައްޕާފުޅުގެ ފަރާތުން ފެނިގެން އެދިޔައީ ސުކުރުވެރިކަމާއިއެކީ ﷲގެ މިންވަރުފުޅަށް إيمان ވިމިންވަރެވެ.

The name is already taken The name is available. Register?

ޝާއިރާ

04 November 2018

ތަމަޅައިންގެ ޓެރެރިސްޓުން މާލެ އެރީއެއްނޫން. ދިވެހި ޚާއިނުން ލަންކާބަޔަކު ވާ ވައްދައިގެން މާލެ ގެނައީ. ތަހްޤީޤުން އެނގޭ ގޮތުގައި އެމީހުންނަށް ވާނުވާ އެއް ވެސް އަންގާފަ ނެތް.

The name is already taken The name is available. Register?

ބޯހަލާކު!

04 November 2017

ގައުމު ދެކެ ލޯބި ވުމާ ސަރުކާރު ދެކެ ލޯބި ވުމުގެ ތަފާތު އެންމެންވެސް ދަންނަން ޖެހޭ!

The name is already taken The name is available. Register?

ދިވެހި ދަރިއެއް

04 November 2017

އަހަރެން އެ ދިވެހި ދަރިއަށް ސަލިއުޓް ކުރަން. ﷲ އެހިވަރުގަދަ ބަޠޮލަށް ސުވަރުގެ މިންވަރުކޮށް ދެވާށީ. އާމީން

The name is already taken The name is available. Register?

ބޯގޯސް

04 November 2017

އެކަމަކު މިއަދު ބަޔަކު ނުވިސްނާ މިހަކު ވިޤުރުބާނީގެ ބަދަލު ތިމަންނަމެން މިޤައުމަށް މިދެނީ ކިހިނެތްކަމެއް. މަދު ލާރީގެ ދަހިވެތި ކަމުގައި މިދަނީ.

The name is already taken The name is available. Register?

ާއާއިސާ

03 November 2017

ރޮވިއްޖެ

The name is already taken The name is available. Register?

787900ޔހ

03 November 2017

2 އާއިލާގެ ކޯޅުމުގައި ރައްޔިތުން ސަލާމަތްކުރަން ގުރުބާންވި ދަރިއެއް. ހިތާމަވެރި ދުވަހެއް.

The name is already taken The name is available. Register?

ޝިޔާމް

03 November 2017

"ވަރަށް ފަހުރުވެރިވޭ. މިޒަމާނަށް އައިސް ނުލިބޭ މަގާމެއް ވިއްޔަ އެއީ ޝަހީދެއްގެ މަގާމް. އޭރުގައި ވަރަށް ހިތާމަކުރިން. ފަހުން އައިސް އެކަން ކެނޑިއްޖެ. މިހާރު އުފަލެއް. ޝަހީދުންގެ ދަރަޖަ ދަންނަބޭކަލުން ކީމަ. އެމީހުންނަކީ މަރުވެދާ ބައެއް ނޫނޭ،" އާދަމް ބުންޏެވެ. އާނ ބޭބެ އުފާ ކުރޭ. ޝަހީދުންނަކީ ﷲ ގެ ހަޒުރަތުގައި މަރުވެފައި ތިބޭ ބައެއް ނޫން. ރިޒުޤު ލިބޭ ހާލު ދިރިތިބި ބައެއް.

The name is already taken The name is available. Register?

އައިޖޭ

03 November 2017

ޝަހީދު ހުސައިން އާދަމް އަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި... މިދެމަފރިރިންނަށް ކެތްތެރިކަަމައި މަތް ކަން ދެއްވާށި...އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!