ވ. ތިނަދޫ: މި އަހަރުގެ ޓޫރިޒަމް ދުވަހުގެ ބައެއް ހަރަކާތްތައް ބޭއްވި --. ފޮޓޯ: ނިޝާން އަލީ/މިހާރު
ވާވު އަތޮޅަކީ ރާއްޖޭގައި އެންމެ ކުޑަ އާބާދީ އޮތް އަތޮޅެވެ. އެކަމަކު ފަސް ރަށުގައި ގާތްގަނޑަކަށް 2،000 މީހުން އުޅުނަސް މިއީ ރާއްޖޭގެ ރީތިކަން އެންމެ ފުރިހަމައަށް ފެންނާނެ އެއް އަތޮޅެވެ. އެ ރީތިކަން، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަން "ވާވު"ގެ ނަން ވެސް ވަނީ ބަދަލުވެފަ އެވެ. ހޭޝްޓެގެއްގެ ގޮތުގައި "ވާއުއެޓޯލް" ބޭނުންކުރާތާ އެތައް ދުވަހެކެވެ. އެކަމަކު ޓޫރިޒަމް ދުވަހުގެ ރަސްމިއްޔާތެއްގެ ތެރޭގައި އެ ނަމަށް ސަމާލުކަން ލިބުނީ އަދި ކިރިޔާ އެވެ.
"އެ ދަމައިގަތީ މިފަދަ އިވެންޓެއް ބޭއްވުމުގެ ބޭނުން. އެބޭފުޅުން އެނެގީ ޓެގްލައިން. އެއީ ޖަޒީރާވަންތަކަމަކީ،" ޓޫރިޒަމް ދުވަސް ފާހަގަކުރަން ވ. ކެޔޮދޫގައި އޮތް ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
"ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ފަށަމުން ވ އަތޮޅު ދަމައިގަނެވި މި އަތޮޅުގެ ޓެގްލައިން."
🏕 Totally in sync with the nature! I've been enjoying my meditative walks in this island. So beautiful #islandlife #wowatoll #camping.
— Naaisha Haneef (@aarcturuss) March 13, 2016
ސޯޝަލް މީޑިއާގައި ވ. އަތޮޅާ ބެހޭ ގޮތުން "ވާއުއެޓޯލް" ބޭނުންކޮށްފައި
އަލީ ވަހީދު އެކަން ފާހަގަކުރެއްވުމާ އެކު ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގައި އެންމެން ވެސް ދެން ސޯޝަލް މީޑިއާގައި ބޭނުންކުރަމުން ގެންދިޔައީ "ވާއުއެޓޯލް" އެވެ.
ވ. އަތޮޅަށް ދާ ޓޫރިސްޓުންނާއި އެ އަތޮޅުގެ ގެސްޓްހައުސްތަކުން "ވާއުއެޓޯލް" ޓެގްލައިން ބޭނުން ކުރާތާ ފުދޭވަރަކަށް ދުވަސް ވެއްޖެ އެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މި ޓެގް ބޭނުން ކޮށްފައި ހުރިކަން ޓްވިޓާއިން ވެސް އެނގެ އެވެ.
މިކަން އެންމެ ފުރަތަމަ ފެށުނީ ގެސްޓްހައުސް ވިޔަފާރީގެ ތެރެއިންނެވެ. ބޭރު ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް "ވާވު އެޓޯލް" ކިޔަން އުޅޭ އިރު ބުނެވެނީ "ވާއު އަޓޯލް"ގެ އަޑާ އެކު އެވެ. އެގޮތުން ވާވު އަތޮޅަށް އައިސް ނަގާ ފޮޓޯތައް ޓެގްކޮށްލަނީ "ވާއުއެޓޯލް" ޖަހައިގެންނެވެ. ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތައް ބޭނުންކޮށްގެން މި ޓެގްލައިން ގިނަ ބަޔަކު ބޭނުން ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
My favorite atoll too! #WowAtoll https://t.co/vibLldnCZD
— ExtreMyst (@AzMyst) April 8, 2016
"ވާއުއެޓޯލް" ޖަހައިގެން 2016 ގައި މީހަކު ކޮށްފައިވާ ޓްވީޓެއް
މީގެ ކުރިން މި ޓެގްލައިން މަޝްހޫރުވީ ވ. އަތޮޅު މީހުންނާއި އެ އަތޮޅަށް ޗުއްޓީއަށް ދާ ޓޫރިސްޓުންގެ މެދުގަ އެވެ. ނަމަވެސް ޓޫރިޒަމް ދުވަސް ފާހަގަކުރަން މި ބޭއްވި ހަރަކާތާ އެކު މުޅި ރާއްޖެއަށް ވާވު އަތޮޅަކީ، ސޯޝަލް މީޑިއާގައި، "ވާއުއެޓޯލް" އަށް ވުން ކައިރި އެވެ.
Wowatoll beautiful Rakeedhoo 🌴💙 pic.twitter.com/D6mNVrH9cP
— Rabeeu19® (@rabeeu53) August 27, 2018
ވ. ރަކީދުއާ ގުޅޭ ގޮތުން މީހަކު ކުރި ޓްވީޓެއް
ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ފޮޓޯތައް ވެސް ގިނަ ބަޔަކު "ވާއުއެޓޯލް" ޓެގްކޮށް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ. ވާވު އަތޮޅުގައި އެ ދުވަހުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށެވެ.
ޓޫރިޒަމް ދުވަހުގެ ގިނަ ހަރަކާތްތައް އޮތީ ވ. ކެޔޮދޫގަ އެވެ. އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވީ މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވި ކަމަށެވެ.
"ހަފްތާއެއްހާ ދުވަސް ލިބުނީ ތައްޔާރުވާން. މޫސުން ގޯސްވުމާ އެކު ގޮންޖެހުންތައް ދިމާވި. އެކަމަކު ވެސް މަސައްކަތް ކުރީ ރަށަށް އެރި އެންމެން ވެސް ހިނިތުންވުމާ އެކު ފައިބައިގެން ދާން،" ޔޫސުފް ވިދާޅުވި އެވެ.
ކެޔޮދޫގައި އޮތް ހުރިހާ ހަރަކާތެއްގައި ވެސް ދިވެހިވަންތަކަން ދައްކައިދޭން މަސައްކަތްކުރި އެވެ.
ނައިބު ރައީސް ފައިސަލް ކެޔޮދުއަށް ފައިބައިވަޑައިގެންނެވި އިރު އެރަށު ރައްޔިތުން ތައްޔާރު ތައްޔާރުކުރި ހާއްސަ ހަދިޔާ ހިފައިގެން ކުޑަކުދިން -- ފޮޓޯ: ނިޝާން އަލީ/މިހާރު
މިކަން އެރަށަށް އެރި މެހެމާނުންނަށް ދިން މަރުހަބަގެ "މާބޮނޑިތަކުން" ވެސް ފެނުނެވެ. އެކަމަކު އެއީ މާބޮނޑިއެއް ނޫނެވެ. އެ ހަދާފައި ހުރީ ފުޅައްޕާއި އިހަލުގެ ވައްޕައިގެ އިތުރުން ރޯނު ބޭނުންކޮށްގެނެވެ. މި މަސައްކަތް ކުރީ އެރަށު ސްކޫލު ޓީޗަރުންނެވެ. މެހެމާނުންނަށް އެރުވި މި ހަދިޔާ އަކީ އެރަށުން ލިބުނު ސުވެނިއާއެކެވެ.
މީގެ އިތުރުން އެރަށުގައި ބޭއްވި ދިވެހި ބޮޑު ކެޔުމަށް 60 އަށް ވުރެ ގިނަ ބާވަތް ތައްޔާރުކުރީ ވެސް ރަށުގެ ރައްޔިތުންނެވެ. މި ހުރިހާ ކަމެއް ކުރީ އެރަށުގެ 11 ގެސްޓްހައުސް ވެސް ބައިވެރިވެގެންނެވެ. ކެޔޮދުއަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރު ވެސް 170 އެނދު އެބަ ހުއްޓެވެ.
ވ. ކެޔޮދޫގައި ބޭއްވި ދިވެހި ކެޔުން: މި ކެއުމަށް 60 އަށް ވުރެ ގިނަ އައިޓަމް ތައްޔާރުކުރި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް ދުވަހުގެ ބައެއް ހަރަކާތްތައް އެ އަތޮޅު ތިނަދޫގައި ވެސް ކުރިއަށްދިޔަ އެވެ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސައިން ވިދާޅުވީ އެރަށުގައި ޓޫރިޒަމް ދުވަހަށް އައި މެހެމާނުންނަށް، ރަށު ފެންވަރުން އެންމެ ފުރިހަމައަށް ކަންކަން ކޮށްދިނެވެ.
"މިހާރު އެނގޭނެ މިކަމަކީ ކިތަންމެ މަދު ބަޔަކަށް ވެސް ވާނެ ކަމެއްކަން. ރަށް ތައްޔާރު ކުރުމުގައި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" ޝިފާގު ވިދާޅުވި އެވެ.
ތިނަދުއަކީ ވ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގާ އެއް ރަށެވެ. ހަ ގެސްޓްހައުސްގައި ގާތްގަނޑަކަށް 200 އެނދު އޮޕަރޭޓްކުރެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ބޭއްވި ކެނޯ ރޭސް ފަށަން ނައިބު ރައީސް ފައިސަލް ނަސީމް ކެޔޮދުއަށް ވަޑައިގަތުމުން އެރަށު ސްކޫލް ދަރިވަރުން އައިޓަމެއް ހުށަހަޅައި ދެނީ--. ފޮޓޯ:ނިޝާން އަލީ/މިހާރު
ޓޫރިޒަމްގެ އެންމެ ބޮޑު އިވެންޓް ރާއްޖޭގެ އެންމެ ކުޑަ އަތޮޅުގައި ބޭއްވުމުގެ ސަބަބުތައް ވަރަށް ގިނަ އެވެ. މިއީ މާލެ އަތޮޅު ނެގުމަށް ފަހު ގެސްޓްހައުސްތަކުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަތޮޅެވެ. އެވްރެޖުކޮށް ކޮންމެ މަހަކު އެ އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 200،000ރ ދައުލަތަށް ދައްކަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަހު ވ. އަތޮޅުން 1.7 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީއަށް ވައްދައިފަ އެވެ.
ރާއްޖޭގެ އެންމެ ކުޑަ އަތޮޅުގެ މަންޒަރު ބަދަލުކޮށްލީ ގެސްޓްހައުސް ވިޔަފާރިންނެވެ. އެހެންކަމުން "ވާއުއެޓޯލް"ގެ ގޮތުގައި ޓެގްލައިންތައް ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. އެހާ ވެސް ބޮޑަށް އެ އަތޮޅުން ދުނިޔޭގެ އެކި ގައުމުތަކުގެ ގެސްޓުންނަށް ރާއްޖޭގެ ރީތިކަމުން ހައިރާންކަން ގެނެސްދީފި އެވެ. އާޝޯހުކޮށްދީފި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ައަލި މަނިކު
29 September 2019
ރަނގަޅު ގޮތަކީ ވ. އަތޮޅު، ފ. އަތޮޅު، ހުވަދު އަތޮޅު ދިވެހިބަހުން ނަމަ މިހެން ލިޔުއްވާ! ްއަދި ކިޔުއްވާ!
އިބިރިހިންބެއްޔާ
29 September 2019
ޖަޒީރާވަންތަ އަދި ސަޤާފީ ގޮތަކީވެސް ތިއީ.
އަޙްމަދު ޒަކީ
28 September 2019
ދެން ދުވަސް ކޮޅަކުން ބާ އަތޮޅު “ބަރ އަޓޯލް”އަށް ބަދަލުވާނެ.
900 ޑިގުރީ
28 September 2019
ދެން އަތްޖަހާ ކިތަންމެ ވާހަކައެއް ސޯސަލް މީޑިޔާ މެދުވެރިކޮށް ދެއްކިނަމަވެސް ހަގީ ގަތަކީ ވ. ޢަތޮޅުގެ ރައްޔަތުން ވަރަށް ނިކަން ވަކިން ޚާއއސަކޯސް ރަކީދޫ މީހުންނަކީ މިއަދު އެންއ ނިކަެތިކޮށް އުޅޭ މީހުންތިބިރަށް މައުމޫން ސަރުކާރާއި ނަސީދުގެ ސަރުކާރާއި ޔާމީންގެ ސަރުކާރާއި އިބޫ ގެ ސަރުކާތުންެސް އަޅާނުލާ ރަށަކީ ރަކީދޫ އަތޮޅަކީ ވ. ޢަތޮޅު
މަރްޔަމް މާ
30 September 2019
ވ. ރަގަނޅު ވާހަކައެއް. ވ އަތޮޅު ރަކީދޫ މީހޫން އެންމެ ހާލުގައި ދިރިއުޅެނީ.. އެ ކަމަށް އަޅާލާނެ ހަމަ އެއްވެސް ބަޔަކު ނެތް.. ކޮންމެ ސަރުކާރެއް ގަޢީ ވެސް ރަކީދޫ މީހުން ތިބެން ޖެހޭނީ މިހެން.. ވޯޓް ލަާއިރު އަބަދުވެސް ބަދަލަކަށް ވޯޓް ލައިލައި ތިބެން ޖެހެނީ.. އަމަލީ ގޮތުން އެއްވެސް ކަމެއް ނުވޭ.. ވވވ ދެރަ މައްސަލައެއް މީ..
ހަތްކުޅިދުމަދު ރައްފުށު.
28 September 2019
ދެން އަތްޖަހާ..
ދޮންބެ
28 September 2019
ތިއަތޮޅު މީހުން ބަދަލު ކުރުމަށް ގޮވާލަން ވޭވަށުގަ އުޅެނީ 350 މީހުން ތިނަދޫގަ އެޔަށްވުރެ މަދު އަތޮޅު ޖުންލަ 1800 ހަމަނުވޭ އޭގެP މީހުން އުޅެނީ މާލެގަ, ރައްޔިތުން އުޅެނީ ވަރަށް ހާލުގަ ވިޔަފާރި ކުރާނެ މީހަކުނެތް, ސްކޫލްގަ 20 ކުދިން. މީހަމަ އަނިޔާއެއް. މިކަމުން ސަލާމަތް ކޮދީ ނޫނީ ގިނަ ކުދީން ލިބޭނޭގޮތް ސަރުކާރުން ހަދާދީ.
ކަނީރު
28 September 2019
ވޭވަށޭ! ނާތެދެއް! އެއީ ކޮންއަތޮޅެއްގެ ރަށެއްބާ
ހަހަ
29 September 2019
ފެލިދޫގެ އާބާދީ އަކީ ގާތްގަޑަކަށް 670. ޜަށުގައި އުޅޭނެކަމަށް ލަފާކުރަނީ 500. ކަންމަތީ ފިހާރައިގެ 7 ފިހާރަ ހިންގާ. އެއްޗެއް އެނގިން ނޫން ދޯ ކޮމެންޓ ކުރަނީ.
އައްޑޫ ގޫބައްޑާ
28 September 2019
ދެން އެންމެ އަވަހަށް ސީނު އަތޮޅު ސީ އަތޮޅަށް ބަދަލުކުރާނީ.
ދޮންތުއްތު
28 September 2019
އަތޮޅު ތަކަށް ހށ ގެ އަކުރުތަށް ދީފަވަނީ އިދާރީގޮތުން ފަސޭހަކުރަން.ނަމަވެސް މިހާރު އަތޮޅުތަކުގެ އަސްލުނަށް ފޮރުވޭގޮތަށް އަކުރުތަކުން ކިޔާ.އަސްލު ތިލަދުންމަތި،މިލަދުންމަޑުލު،އަރިއަދޫ އަތޮޅު،ވ.އަތޮޅަށް ނަމަ ފެލިދެއަތޮޅު މިނަން ތަކަކީ ދިވެހި ބަހުގެ ތަރިކައެއް.މިނަން ތަކަކީ ދެން އަންނާއޮތް ޖީލަށް ފޯރުކޮށްދޭންޖެހޭ އެއްޗެއް.
ހްމްމ
28 September 2019
މިހާރުގެ ޓޫރިޒަމް މިނިސްޓަރަށްވެސް ނޭނގޭނެ ތިޔަ ނަންތަކެއް. ޖަޒީރާވެރިކަން ކުރަން ބޭނުންވާ މީހުން ދަސްކޮށް އުޅޭ ކަހަލަ ނަންނަމެއް ނޫން ތިއީކީ.
ބިލެތްބޮނޑި
28 September 2019
މި ދުވަސް ފާހަގަކުރުން ތަންކޮޅެއް ދުރު އަތޮޅުތަކަށް ގެންދަން ޖެހޭ އަބަދުވެސް އުނގުތެރޭގަ
ވާލުސޮރު
28 September 2019
ރައްޔިތުން ވިސްނުން ބަދަލުކޮށްފި ނަމަ ކުރިއަރާނެކަން އިނގޭ ވާވުއަތޮޅުގެ ގެސްޓުހައުސް ހިންގާ ރަށްރަށަށް ބަލާލީމާ. އެހެން ހިސާބުތަކުގެ ރައްޔިތުންވެސް ވިސްނުން ބަދަލުކުރަންވީ