ރިޕޯޓް / ކޮވިޑް-19

ކޮވިޑް-19: އަނެއްކާވެސް ނުބައި އަލާމާތެއް

ކޮވިޑް-19 އަށް ސާމްޕަލެއް ޓެސްޓްކުރަނީ. ހާލަތު ގޯސްވާކަމުގެ ބަައެއް އަލާމާތްތައް މިހާރު ދަނީ އަނެއްކާވެސް ފެންނަމުން

ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަރަށް މަދުކަމަަކަށް ނޫނީ މިހާރު ވަނީ ލުއިދީފަ އެވެ. މީގެ ކުރިން ކަންތައް ވެފައިވާ ގޮތަށް ބަލާ އިރު ކޮންމެ ލުޔަކާ އެކު މުޖުތަމައުގެ ކޮންމެވެސް ބައެއްގެ ފަރުވާކުޑަކުރުން ނުވަތަ އިހުމާލު ފެެނެ އެވެ. އެއާ އެކު އެދިމާލަކުން ބަލި ފެތުރުން އިތުރުވެ އެވެ. އޮގަސްޓްމަހު ރާއްޖޭގައި ބަލިޖެހުނު މީހުންގެ އަދަދު ބޮޑުތަކުން މައްޗަށް އަރައިގެން ދިއުމަކީ އޭގެ މިސާލެކެވެ.

ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތް ވަރު ދެނެގަންނަން ސިއްހީ މާހިރުން ބަލާ ފާހަގަތަކުގެ ތެރެއިން އެއް ފާހަގަ ނުވަަތަ އިންޑިކޭޓާ އަކީ ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދެވެ. އެ އަދަދު އިތުރުވުމަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެރުތޭލެއް ހަލުވިކަން ދައްކައިދޭ އަލާމާތެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު ފްލޫ ކްލިނިކްތަކުން ނެގި ސާމްޕަލްތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަނެއްކާވެސް މައްޗަށް ދާން ފަށައިފަ އެވެ. ބުރާސްފަތިދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފްލޫ ކްލިނިކްތަކުން ޓެސްޓްކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިދިޔަ ހަފްތާގައި ހުރީ ނުވަ ޕަސެންޓްގައި ކަމަށެވެ.

"[ފްލޫ ކްލިނިކް ޕޮޒިޓިވިޓީ] ލެވެލް ވަންގައި [މި ވަގުތު ] ހުރި ނަމަވެސް ލެވެލް ޓޫއާ ވަރަށް ކައިރީގައި މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް ފެތުރޭ ވަރު މައްޗަށް ދާ ނަމަ އެންމެ ފުރަތަމަ ބަދަލު އަންނާނެ އެއް އިންޑިކޭޓާއަކީ ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިިޓިވްވާ އަދަދުތަކެވެ. ފްލޫ ކްލިނިކް ޕޮޒިޓިވިޓީ އިތުރުވަންޏާ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ފަރުވާތެރިވާންވީ ދީފައިވާ ލުއިތައް ބޭނުންކުރަން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ކުރުމާ މެދުގަ އެވެ.

ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަަދު އިތުރުވެއްޖެ

"މޫދަށް ދިޔަސް، ޕާކަށް ދިޔަސް، ރަށްޓެހިންނާ ބައްދަލުކުރަން ގޭގެއަށް ދިޔަސް މިއިން ކޮންމެ ކަމެއްގަައި ވެސް، އާއްމު ދިރިއުޅުމުގައި ފިހާރައަށް ދިޔަސް، މިކަހަލަ ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ތިން ހަތަރު ކަމެއްގެ ވާހަކަ، މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބޮޑެތި ކްލަސްޓާތަކެއް

ފްލޫ ކްލިނިކް ޕޮޒިޓިވިޓީގެ އިތުރުން އެޗްއީއޯސީގެ އަނެއް ކަންބޮޑުވުމަކީ ބޮޑެތި ކްލަސްޓާތައް އުފެދެމުން ދިއުމެވެ. ޑރ. ނަޒްލާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ އެންމެ މީހެއްގެ ފަރާތުން އެތައް ބަޔަަކަށް ބަލި ޖެހިދާނެ ކަމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ ބޮޑެތި ކްލަސްޓާތަކަކީ އެގޮތަށް އުފެދުނު ކްލަސްޓާތަކެއް ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ.

އެ ކްލަސްޓާތައް އުފެދުނީ މަސައްކަތުގެ މާހައުލުގަ އެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކްލަސްޓާތައް ބޮޑުވާ ސަބަބަކީ ބަލީގެ އަލާމާތްތައް ހުރި ނަމަވެސް ޓެސްޓްނުކޮށް، ބައެއް މީހުން މަސައްކަތަށް ނުކުތުމެވެ. މަސައްްކަތުގެ މާހައުލުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް އެގޮތަށް ނުކުންނަ ބައެއް މީހުން ފަރުވާތެރި ނުވާކަން ފާހަަގަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްްސަކޮށް އޮފީސް މާހައުލުގައި މިވާގޮތަކީ މަސައްކަތްކުރާ އިރުގައި ޑެސްކްތައް ވެސް ދުރުގައި ބަހައްޓާފައި އަދި އެންމެން ވެސް ދުރުދުރުގައި ތިބެވޭ. އެކަމަކު ސައިބޯ ގަޑީގައި އެންމެން އެއްކޮށް، މާސްކް ނަގައިގެން ކައިރިކައިރީގައި ތިބެގެން ހަމަ އެބަ ސައިބޮއި ހެދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު އުފެދިފައިވާ ކޮވިޑްގެ ބޮޑެތި ކްލަސްޓާތަކުގެ ތެރެއިން އެއް ކްލަސްޓާ އުފެދުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްފަޅުހުރާގަ އެވެ. އެ ކްލަސްޓާގެ ކޭސްތަކުގެ އަދަދު ވަނީ 50 އަށް ވުރެ މަތިވެފަ އެވެ. ބުރާސްފަތިދުވަހު އެކަނި ވެސް 14 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. ހުކުރު ދުވަހުގެ ތަފާސްހިސާބެއް އަދި ނުލިބެ އެވެ. ބަލިޖެހުނު މީހުންނާއި ކޮންޓެކްޓުންނާ އެކު އެ ކްލަސްޓާގައި 134 މީހުން އެބަ ތިއްބެވެ.

ބޮޑު އަނެއް ކްލަސްޓާ ނިސްބަތްވަނީ އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓަށެވެ. އެ ކްލަސްޓާގައި މިހާތަނަށް 57 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، 76 ކޮންޓެކްޓުން ވަނީ ފެނިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި އުޅޭ މީހުންގެ ތެރެއިން ވެސް ބޮޑު ކްލަސްޓާއެއް ވަނީ އުފަންވެފަ އެވެ. މިއީ ޗައިނާ އާއި އެހެން ބައެއް ގައުމުތަކުގެ އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރަމުން އަންނަ މަޝްރޫއުއެކެވެ.

ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގެ އިގުތިސާދީ ގެއްލުން އެންމެނަށް ވެސް އެނގެ އެވެ. އެހެންކަމުން މަސައްކަތުގެ މާހައުލާއި އާންމު ދިރިއުޅުމުގައި ވެސް ފަރުވާކުޑަނުކޮށް، އަމަލްތައް ރަނގަޅަށް ބަހައްޓަން އެބަ ޖެހެ އެވެ.

29 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 34%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ.

24 November 2020

ކިރިޔާ މައިތިރިވެލާއިރަށް ދެފަޔަށް ހިނިއަރައިގެން އެބަ ތެޅިގަނޭ. ރަނގަޅަށް ކޮންޓްރޯލްވަންދެން ބޭއްވިއްޔާވާނީ ކީއްބާ؟ ހުރިހާ އޮފީސްތަކަށް މިހުން ޢާންމު އުސޫލުން ނެރެފި. އެއްވެސް ކަމެއް ނޮންނަ ތަންތަނުގަވެސް.

The name is already taken The name is available. Register?

އަހުމަދު މީމު

23 November 2020

ރައްފުށު ގެސްޓުހައުސްތައް ހުޅުވީ މަދުބައެއްގެ ފައިދާއަށް ރަށްރަށުގަ ގެސްޓްހައުސް ހުޅުވާ މުޅި ރަށު އެންމެން ބަންދުވެ އަދިނުވިތާކަށް މާސްކު އަޅުވާ މިނިވަންކަމާއެކު ދިރިއުޅެމުންދި ޔަ ބަޔަކު ރަށު ބަންދު ކޮށް ހަދަނީ ދެން ކޮބާބާ ނިކަމެތި މީހުންގެ ހައްގު

The name is already taken The name is available. Register?

އަބްދޫ

22 November 2020

ބަލި ނައްތާލެވޭނީ ޓެސްޓް ކުރާގޮތް ބަދަލުކުރި ދުވަހަކުން. ކޮންމެ ގޭބިސިއެއް ވަކިން ޓެސްޓް ކުރަމުންގޮސް މުޅި މާލެ ދެބުރަށް ނިންމާ އިރު ބަލި ޖެހިފައިވަ އެންމެން އެކަހެރި ކުރެވިދާނެ އޭރުން މަުޖްތަމައުގާ ބަލި ޖެހިފައިވާމީހުން ތިބުމުގެ ފުރުސަތު ހަނިވެދާނެ.

The name is already taken The name is available. Register?

ރައްޔިތުމީހާ.

24 November 2020

ސަރުކާރުގެ ބާރުހުރި މަޤާމެއްގަ ކުނެތް އެކއްޗެްްވެސް ވިސްނޭ މީހަކު. އަދި އެނގޭމީހަކު ބުނާގޮތެއް ހަދާމީހަކުވެސް. ޤުރުއާނ ކިޔެވީމާ ހިތްހަމަ ނުޖެހޭ މީހުން ބުނާހާ ގޮތަކަށް ޤައުމު ހިނގަން ޖެހެނީ. ދެން ވާނީ މިކަހަލަ ގޮތެއް ނޫންތޯ

The name is already taken The name is available. Register?

ނުދައްކާވާހަކަ

22 November 2020

އަދަދު ތިރިކުރަންވީ ވަރަށް ތިރިނުވަނީސް ލުއިތައް ދިނީމަ ވާނެ ގޮތްވާނެ. ތަންތަން ހުޅުވާފަ މީހުން ނުދާށޭ ބުންޏަސް އެހެން އެކަމެއްނުވާނެ. ގައުމުން ކޮވިޑް މަދުކުރަން ކިތަންމެ މަސައްކަތެއް ކުރިއަސް އަންނަ ޓޫރިސްޓުންގެ ފަރާތުން ބަލި އެތެރެވާނެ. ގެސްޓްހައުސްތަކުން ރަށްތަކަށް ފެތުރޭނެ. ޓޫރިޒަމް ކުރިއަށް ގެންދިއުމުގެ މާނައަކީ ގައުމުގައި ބަލިވެސް ކުރިއަށް ދާނެއޭ. އަލާމާތްނެތި ފެތުރޭ ބައްޔެއް ހުންބަލާ އެއްޗަކުންނާ ނެގެޓިވް ޓެސްޓް ރިޒަލްޓަކުން ނުހުއްޓުވޭނެ

The name is already taken The name is available. Register?

ފަހުދު

22 November 2020

އަދިވެސް 15 ގަސްޕާކު ހުޅުވޭތޯ ބަލާ

The name is already taken The name is available. Register?

ކުޑަ

22 November 2020

ސަރުކާރުގެ ސްޓެންޓެއް ތިޔައީ ރައިސް ދެއްކެވި ވާހަކަ އާއި 2021 ވަނަ އަހަރުގެ ބަޖެޓް ގެ ކަންތަކުގައި ރައްއިތުން ނުކުމެދާނެތީ ބިރުން މި ސަރުކާރު މިހިފަހައްޓަނީ ކޮއިޑްއިން

The name is already taken The name is available. Register?

ހުސެން22

22 November 2020

މިބަލިމަޑު ކަމާގުޅީގެން އަޅާާފަވާ ހަރުކަސިފިޔަވަޅުގެ ސަބަބުން ރިޒޯްޓްތަކުގަ މަސަޢްކަތްކުރާ ކުދިންގެ އާއިލާތައް ރޫޅި ބިކަވަނީ. 5 މަންތުވެންޖެމިތާގަ ބަންދުވެފަ... ކޮބާ ހިއުމަންރައިޓުސް

The name is already taken The name is available. Register?

ބޯގަޅި

22 November 2020

އެޗް ޕީ ޢޭ ހީވަނީ ކޮވިޑް މަދުވެދާނެތީ އުޅޭ ބައެއް ހެން، ދޫކޮއްލުމުގަވެސް އެއްވެސް އުސޫލެއްނެތި ދޫކޮއްލަނީ، މޮނިޓަރ ކުރުމެއްނެތް މަގުމަތީގަ ހާއްސަކޮއް ހުރިހާ ބަންގާޅީން މާސްކް އިންނާނީ ދަތްދޮޅީގަ، ހަމައެކަނި އިއުލާނެއްކުރިޔަކަސް ނުވާނެ، ެ

The name is already taken The name is available. Register?

ކޮވިޑު އެކަނި ނިކަމެތިންނަށް

22 November 2020

ވަކި އޭންގަލަކުން ވިސްނައިފި ނަމަ ކޮވިޑު ފެތުރުމުގެ ޒިންމާ އެޗްޕީއޭއިން ނަގަން ޖެހޭކަމަށް ބުނެވިދާނެ!1- 15 މީހުންނަށް ވުރެ ގިނައިން އެއްނުވަން އޮވޭ!2- ފިހާރަ ރެސްޓޯރަންޓްތައް ބޭނުންކުރުމުގައި ގައިޑްލައިން އަކަށް ތަބާވާން ޖެހޭ! އެކަން މޮނިޓަރ ނުކުރާތީ، މިހާރު އެތަންތަން ބަލާލަ ބަލަ!3- ލޮނުޒިޔާރަތްކޮޅު ޕާކު ބަލާލަ ބަލަ! އަދި މޮޅުކަމެއް ކަމަށް ދެތިން ދުވަހުން 15000 މީހުން އެތަނަށް ވަތްކަމަށް އިއުލާނުކުރި!4- އިހަށް ދުވަހު ހަވާ އެރުވިތަން ބަލާލަބަލަ!5- ހޯރަފުށި އެއަރޕޯޓް ހުޅުވަން އެރަށަށް މާލޭން ކިތަށް 15 މީހުން ދިޔަބާ؟6- ފަސް ދުވަހަށޭ ކިިޔާފަ ސަރުކާރުގެ ޓީމުތައް މުޅި ރާއްޖޭގައި ބުރުތަޅަންވީ! ނިކަމެތި އަމިއްލަ ފަރުދުން، ކަރަންޓީނު!

The name is already taken The name is available. Register?

ނަހޫ

22 November 2020

އަސްލުވެސް

The name is already taken The name is available. Register?

އިސްމާލި

22 November 2020

އޮފީސް މާހައުލުން ކްލަސްޓަރ އަދިވެސް އުފެދޭނެ. ސަބަބަކީ ސިވިލް ސަރވިސް އިން ވެސް މިހާރު އަންގައިފި އާދައިގެ މަތިން އޮފީހަށް ނުކުންނަން. އެއިގެ މާނައަކީ އަހަރެން މިއަދު ކުޑަކޮށް ކެއްސާ ކިނބިހި އެޅިއަސް މަ ދާނޭ އޮފީހަށް އެހެން ނޫނީ ސަލާން ބުނަން ޖެހޭނީ. ސަލާން ނެތިއްޔާ ދެން ނާންނަ ދުވަހަކަށްވެ މުސާރައިން ކަނޑާނެ. ކުރީގައި ނަމަ އެ ކަހަލަ ދުވަހަކީ ގޭގައި މަސައްކަތްކުރާ ދުވަހަކަށް ހަދައި ގޭގައި މަޑުކޮށްލާފައި ދެދުވަސް ވަރު ފަހުން ރަނގަޅިއްޔާ ނުކުމެވޭ/

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454