ރިޕޯޓް / ހިޔާ މަޝްރޫއު

ފްލެޓް ލިސްޓާ އެކު ބޮޑެތި ޝަކުވާތަކެއް

ހިޔާ މަޝްރޫއުގެ ފްލެޓުތައް .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. މި ސަރުކާރު އައިސް، ކޮމިޓީއަކުން ފްލެޓްތަކުގެ މައްސަލަ ބަލަން ފެށީ ފްލެޓް ލިބޭނެ މީހުން ކުރިން ކަނޑައެޅި އިރު ބޮޑެތި ގޯސްތައް ހަދާފައި ހުރިކަން ފާހަގަކުރެވިގެންނެވެ. އެކަމަކު 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އަށް ޝަރުތު ހަމަވާ މީހުންނާއި ހަމަނުވާ މީހުން އެ ކޮމިޓީން އިއުލާންކުރުމުން، ނުހައްގުން ފްލެޓްތަކެއް "އަތުލާފައިވާ" ކަމުގެ ތުހުމަތު ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ސަބަބު ދޮގުކޮށް ބައެއް މީހުން ގެންދަނީ ވާހަކަދައްކަމުންނެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލުމުގައި ޝަކުވާތަކަށް ރިއާޔަތްކުރާނެ އެވެ.

އެޗް7 ކެޓަގަރީ އަށް ފޯމު ހުށަހެޅި 9،056 މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނީ 1،248 މީހުންނެވެ.

ކަޓުވާލި ސަބަބުތައް ދޮގުކުރޭ

ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި، މިދިޔަ ސަރުކާރުގައި ފްލެޓަށް މީހުން ހޮވި އިރު 68 ޕޮއިންޓް ލިބުނު އާމިނަތު ނަރީޝާ ހިމެނެ އެވެ. އޭނާ ކެޓި ސަބަބެއް ކަމަށް ލިސްޓުގައި އޮތީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ މީހަކަށް ނުވުމެވެ. އެކަމަކު، މިފަދަ މީހުންގެ ފަރާތުން ވަކާލުތުކުރަމުން އަންނަ "އާއްމު އެކުވެރި ގުޅުން" ޖަމްއިއްޔާ އިން ނަރީޝާއާ ހަވާލާދީ ބުނާ ގޮތުގައި އޭނާއަކީ ހުޅުމާލޭގައި ދިރިއުޅޭ މީހެކެވެ. އެ ޖަމްއިއްޔާ އިން ޓްވީޓުކުރި ސްކްރީން ޝޮޓްތަކެއްގައި ނަރީޝާ ބުނެފައި ވަނީ ފްލެޓް ކޮމިޓީ އަށް ގުޅައި، މާލޭގައި ދިރިނޫޅޭ ކަމަށް ނިންމީ ކޮން ފަރާތަކުން ދިން މައުލޫމާތެއްގެ މައްޗަށްތޯ ސުވާލުކުރުމުން "ޖަވާބެއް ނުދެވުނު" ކަމަށެވެ.

"އަޅުގަނޑަކަށް ނުގުޅާ ހާލަތު ބަލާކަށް އަދި ދިރިއުޅެނީ ކޮން ތާކުތޯ ބަލަން ވެސް،" އެއް މެސެޖެއްގައި އޭނާ ލިޔެފައިވެ އެވެ.

އައިޝަތު ނާސިރާ ޝިހާބަކީ ކުރީގެ ސަރުކާރުން 70 ޕޮއިންޓް ދިން މީހެކެވެ. އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމާފައި ވަނީ ފޯމު ހުށަހެޅި ތާރީޚުގައި، އޭނާ ނުވަތަ އޭނާގެ ފިރިމީހާ ވަޒީފާ އަދާކުރާކަން އެނގޭނެ ލިޔެކިޔުން ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ. އެކަމަކު އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާ އިން ޓްވީޓްކުރި ސްލިޕަކުން ދައްކާ ގޮތުގައި އޭނާގެ ފޯމާ އެކު ހުށަހެޅި ލިޔެކިޔުމުގެ ތެރޭގައި ވަޒީފާގެ ލިޔުން ހިމެނުނު ކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ފާހަގަލާފައިވެ އެވެ.

ނާސިރާގެ ފޯމާ ބެހޭގޮތުން އެކުވެރި ގުޅުން ޖަމްއިއްޔާގެ ޓްވީޓް

ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި ބައެއް މީހުންނަށް އެ ބައިން އެއްވެސް މާކްސްއެއް ދީފައި ނެތް ކަމުގެ ޝަކުވާތަކެއް ވެސް އެބަ ހުއްޓެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވީ ކުރީގެ މާކްސް އަށް ބަދަލު އައީ ފޯމުތަކުގައި ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުން ކަމަށެވެ. އެކަމަކު އިވެލުއޭޓް ކުރި ގޮތް ގޯސް ކަމަށް ވަންޏާ އެކަން ގޯސް ކަމަށް ބުނެ ސާބިތުކޮށްދިނުމުގެ ފުރުސަތު އެބަ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅާ އިރު ވެސް ނުގުޅޭ މީހުންގެ ލިސްޓުގައި ނަން ނެތުމާއި އެކަމާ ބެހޭ ގޮތުން ރައީސް އޮފީހުގައި ކުރި ޝަކުވާ އަށް ޖަވާބެއް ނުލިބޭ މައްސަލަ ވެސް ފާހަގަކުރެވެ އެވެ.

ކުރިން ފްލެޓް ލިބިފައި މިފަހަރު ކެޓި ކަމަށް ބުނާ މީހެއްގެ ޓްވީޓެއް

ހާލަތު ބެލި އުސޫލެއް ނޭނގޭ

ގޭގެ އަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލި ގޮތާ މެދު ވެސް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ބައެއް މީހުން ދެކޭގޮތުގައި އެއްކުރީ ހާލަތު ދެނެގަނެވޭނެ ފަދަ މައުލޫމާތުތަކެއް ނޫނެވެ. އެކި މީހުންނާ ކުރި ސުވާލުތައް ތަފާތުކަން ވެސް ބައެއް މީހުން ކިޔައިދިނެވެ. އަދި ފްލެޓަށް އެދި ފޯމު ހުށަހެޅި ފަހުން ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލައި އެ ކަންކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމުގެ ޝަކުވާތައް ވެސް އެބަހުއްޓެވެ.

މިފަދަ ހިތްހަމަނުޖެހުންތައް ހުރި އިރު، ދިރިއުޅުމުގެ ހާލަތު ބަލަން ކޮމިޓީން ގެންގުޅުނީ ކޮން އުސޫލެއް ކަމެއް ސާފެއް ނޫނެވެ. އެފަދަ އުސޫލެއް އާއްމުކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުން ހުޅުވާލާފައިވާ ޕޯޓަލް މެދުވެރިކޮށް، އެޗް7 ކެޓަގަރީގެ މީހުންނަށް މި މަހު 13ގެ 3:00އާ ހަމައަށް ޝަކުވާ ހުށަހެޅޭނެ އެވެ. އެހެންކަމުން އެ މީހުންނަށް ދެން އޮތީ އެ ޝަކުވާތަކަށް ފަހު ދެން އަންނާނެ ބަދަލަކަށް އިންތިޒާރުކުރުމެވެ.

38 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 14%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

04 December 2020

ތިކޮތަރުކޮށިތަށް ކުރީގެ ލިސްޓްގައި އޮތްގޮތަށް ދީފަ އާފުލެޓްތަކެއް ރައްޔިތުންނަށް އަޅާދެއްވަންވީނޫންތޯ

The name is already taken The name is available. Register?

ފ‫ުލެޓްމީހާ

04 December 2020

ކ‫ުރީ ސަރުކާރުގައި ވެސް އަދި މިހާރުގެ ސަރުކާރުގައި ވެސް ތިޔަ ކަން ހިންގަން ތިބީ މަގުމަތީގައި ހަޅޭއް ފަޅޭއް ޖަހަން އުޅުނު މީހުން. ކުރިން ވެސް މިހާރު ވެސް ޕޮއިންޓް ދެވިފައި ވާނީ ވެރިންނަށް އެނގޭ ގޮތަކަށް. ކާތިބު ކުދީން މާމޮަޅުވާނެ.

The name is already taken The name is available. Register?

މޫސަ123

04 December 2020

ކިހާދެރަކަމެއްތޯ ތިޔައީ ހަމަ ގައިމުވެސް ތިޔައީ ދިވެހިރަތްޔިތުން ދެއަހަރަށްވުރެ ގިނަދުވަސްވީ ތިޔަސަކަރާތެއްގަ.. ތިޔަ ފްލެޓް ތައް ހަވާލުކުރިނަމަ މިހާރު ތިޔަލޯނުތައް ދައްކަން ފައިސާލިބުނީސް ހަމަ ހައިރާން ވެ އަންތަރީސްވޭ ދެންވެސް ސަރުތު ހަމަވާ މީހުނަށް ފްލެޓް ދީބަލަ ހެޔޮނުވާނެ ހާދަހާލަކުވޭ މިއުޅެނީ ކޮންމެ މަހަކު 25000ރ ކުއްޔަށް ދައްކަމުން މިއުޅެނީ ހަމަ ހަގީގަތުގަވެސް ވަރަށް އާދޭހާއެކު މިދަންނަވަނީ އަޅުގަޑުގެ ފްލެޓް އަޅުގަޑަށް ދެއްވާ ..

The name is already taken The name is available. Register?

ރަގަޅު

04 December 2020

އަޅުގަޑުގެ ދޮންތައަށް ޚާއްޞަ އެހީގެ ބައިންވެސް ހެދީ އެހެން.

The name is already taken The name is available. Register?

211111

03 December 2020

މާލެ އެޕާޓް މަންޓް ކުލިތައް 2022 ޑިސެ މްބަރ 1 ރޫ މް އެޕާޓް މަންޓް 5000 ރުފިޔާ 2 ރޫ މް އެޕާޓް މަންޓް 10000 ރުފިޔާ 3 ރޫ މް އެޕާޓް މަންޓް 12000 ރުފިޔާ 3+1 އެޕާޓް މަންޓް 15000 ރުފިޔާ ގުރޭޓާ މާލެއޭރިޔާ 13800 އެޕާޓް މަންޓު ނި މެނީ 2022

The name is already taken The name is available. Register?

ޫވުބު

04 December 2020

މިހެންވެދާނެތީ ފްލެޓް މާލެމީިހުނަށް ގިނަކޮށް ކުއްޔަށް އުޅޭމީހުންލި ބައިން މަދުކުރީ. މިސަރުކާރު އަކީ ތަފާތުކުރާ ސަރުކާރެއް.

The name is already taken The name is available. Register?

އިބޫކަޑަ

03 December 2020

އެންމެ ރަނގަޅު ގޮތަކީ ތި ފްލެޓް ތައް ކޮންމެ ކެޓަރީއަކުންވެސް ކުރިންވެސް ދޭން ކަނޑައެޅި އަދަދަށް ދިނުން. ޔާމީން ސަރިކާރުގަ ލިޔުންދިން 2500 ފްލެޓް މާލޭ މީހުނަށް ދޭން ނިންމާފަ، އަދި ހިޔާ ފްލެޓުން އެޗް ސެވަން އަށް ދޭން ކަނޑައަޅަފަ އޮތް އަދަދު މަދުކޮށްފަ އެބައިވެސް މާލޭ މީހުންނަށް ދޭ ގޮތަށް ހެދުމަކީ އެއްވެސް އިންސާފެއްނޫން. އެގޭ މާލޭގެ ކުލިވެއްޓޭނެތީ ތެޅޭތެޅުންކަން. އެކަމްވެސް ވ ނާއިންސާފު ކަންތައްކުރިގޮތް

The name is already taken The name is available. Register?

ފްލެޓް

03 December 2020

އަޅުގަނޑު ދަންންވާނީ ތިޔަ ބުނާ ފްލެޓް ކޮމެޓީން ކުރި އެއް ކަމެއްވެސް ނެތޭ. ޕަޓީ ކުދިންކޮޅުގެނަން ތައް ހިމަނާ ކުރިން ފqލެޓް ލިބިފައިތިބި އެތައް ބައެއްގެ ހައްގު ނަހަމަގޮތުގްައި އަތުލައި ގަތީ. އަޅުގަނޑާއި ފިރިމީހާ އުޅެނީ އެއްގެއެއްގަ. 2 މީހުންގެވެސް ދަރިން ތިބީ އެއްވަރަކަށް. އެކަމަކު 2 މީހުންނަށް ދަރީންގެ ބައިންވެސް ދިރިއުޅުމުގެ ބައިންވެސް ލިބުނުމާކްސް އުޑާ ބިމާހާ ތަފާތު. ދެން ކޮން އިންސާފެއްތޯ. ކުރިން ފްލެޓް ލިބޭ ލިސްޓުގަވެސ ހިމެނުނު. މިފަހަރު ފިރިމީހާއަށްވެސް އަދި އަޅިުގަނޑުވެސް ފްލެޓް ލިބޭމީހުންގެ ތެރޭގައި ނުހިމެނޭ. އިންސާފު ވެރިިވާނީ މިވަރަށް

The name is already taken The name is available. Register?

ހައްގުބަސް

03 December 2020

ޝަކުވާއަކީ ނަމެއްގަ އޮންނަ އެެއްޗެ. ވާކަމެއްނެ

The name is already taken The name is available. Register?

ކުޅިބަލަންހުރިމީހެއް

03 December 2020

މިލިޔަނުން ނަގާފަ މީހުނަށް ބަދަލު ދޭންވީމަ ލަހެއްފަހެއްނެތް!ކުލި ކުޑަވެދާނެތީ ކޮތަރުކޮށިތައް ދޫކުރާކަށް ނުކެރުނު.ބޯހިޔާވަހި ކަމަށް ހައްލެއް އައިސްފިނަމަ ނިއުޒިލޭންޑާ ސުވިޒިލޭންޑާ ވިލާތައް ގޮސް ތިބި ކުދިންނަށް 24/7 ޗިލިންގ ގަ ނުތިބެވޭނެތީ ހައްލެއް ގެނެވޭކަށްނެތް.މޑޕ ގެ ސިޔާސަތުގަ ނެތް ބޯހިޔާވަހިކަމަށް ސަމާލުކަމެއް.އެމީހުން ބޭނުންވަނީ ނިކަމެތި މީހާ ފެލަން.އެކަން ވވ ފުރިހަމަ އަށް އެބަކުރޭ!ބާރުތަށް ބޮޑިކުރުން ކަމަކީ.ދުވަހަކުވެސް ވެރިކަން ދޫނުކުރާތި!

The name is already taken The name is available. Register?

އެމްޑީޕީމީހާ

03 December 2020

ހަގީގަތު ރައިސް ޔާމިން އަކީ ގަދަމީހެއް.

The name is already taken The name is available. Register?

ގުދުގުދާ ބެއްޔާ

03 December 2020

ޢާ! ދައލަތުގެ މުދާ ނަގަން ވަރަށް ހުސިޔާރު ގަދަ މީހެއް! އެހެންވެ ޖަލުގައި އެއޮތީ!

The name is already taken The name is available. Register?

ޞޒބސގ

04 December 2020

މިސަރުކާރުން ދައުލަތުގެ މުދަލާނޫންތަ އެކުޅެނީ. ދައުލަތުގެ ރަސްމީނިޝާންޖެހި ލިޔުންވެސް ޖޯކަކަށްތިހަދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!