06 ސެޕްޓެމްބަރ

September 06, 2019 22
ބޯޓު ނައްޓާލުމާ އެކު ފެނުނީ ހުޅުގަނޑެއް

އެއާ އޭޝިއާގެ މަތިންދާ ބޯޓު އެފްޑީ178 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ ބެންކޮކަށް މިރޭ ނައްޓާލި އިރު، އެ ބޯޓުގެ ފަހަތުގައި އިން އެކަކީ ހަސަން އައްފާނެވެ. ހަމަޖެހިލައިގެން އިންދާ ކުއްލިއަކަށް ފެނުނީ ހުޅުގަނޑެކެވެ. ބޯޓު ނައްޓާލުމާ އެކު ފެށުނީ ބޮޑު ބިރުވެރިކަމެކެވެ.

01 ސެޕްޓެމްބަރ

September 01, 2019 9
ހުސެއިން: ނޮޅިވަރަންފަރުގެ ބިންގާ

ސައިކަލްގައި ތަނަކަށް ދާއިރު، ކޮންމެ މީހަކު ފެނުނަސް ގޮވާލަ އެވެ. ހިނގާފައި ދިޔަސް، އަނގައިން ބުނެލާފައި ނޫނީ އެހެން މީހެއްގެ ކުރިމަތިން ހުރަހެއް ނުކަނޑަ އެވެ. މީހުންނާ މަޖާކޮށް އަނގަ ތަޅާލަން ބޭނުންކުރީ ހދ. ނޮޅިވަރަންފަރުގައި ހުރި އޭނާގެ އަމިއްލަ ގެ "އަހިމާގޭ"ގެ ކުރިމަތީގައި ހުރި ހައެއްކަ ޖޯލިފައްޗެވެ. ގެއަށް ވަންނަ ދޮރުގެ...

31 އޯގަސްޓް

August 31, 2019 40
ބަޔަކަށް ރޭކާލީ ވެސް ދަތުރުވެރިޔަކު ކުރި ކޯލަކުން!

އޭރު ގަޑިން ހެނދުނު 11:53 އެވެ. ހަނިމާދޫ ބޮޑު ފަޅުގެ ތަންކޮޅެއް މަޑު ދިމާއަކުން ވަނުމަށްޓަކައި ލޯންޗު އަނބުރާލައިގެން، ގަދާގައި މިސްރާބު ހިފާލަނީ އެވެ. ބިރުން ތިބި ދަތުރުވެރިންގެ ތެރެއިން އައިމިނަތު އާސިމާއަށް ކޯލެއް އަ އެވެ. ދަބަސް ތެރެއިން ފޯނު ނަގަން އޭނާ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެހާ ހިސާބުން ލޯންޗު ބަންޑުން ޖަހާލި...

20 ޖޫން

June 20, 2019 24
އޮއްތޮގެ އާއިލާއިން ދެއްކީ ރީތި ނަމޫނާއެއް

މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ޒުވާނަކީ ކާކު ކަމެއް އޭނާއަށް ވެސް އަދި އާއިލާއަކަށް ވެސް ނޭނގެ އެވެ.

12 މެއި

May 12, 2019 13
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!

ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށް ވާ ރޯޝަން ޖިއާންގެ ފުރާނަ ގެއްލުނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިފަ އެވެ. އެ ހާދިސާ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. އެމައްސަލާގައި އިހުމާލުވީ ކުންފުނީގެ ވެރިންނާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ....

22 ފެބުރުއަރީ

February 22, 2019 32
އަނިޔާ އާއި ގެއްލުންދީފައި މިނިވަންކަން މަތީ!

ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް ކާރުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބި އެ އަންހެން މީހާ އެ ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މަރާ ހަނގުރާމަކުރަމުންނެވެ. އެންމެ 18 މަހުގެ ތުއްތު ކުއްޖެއްގެ އެ މަންމަގެ އާއިލާ މެމްބަރުންނާއި އެކުވެރިން އެތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެކަމަކު ކާރުގެ ޑްރައިވަރު މިނިވަންކަމާ އެކު ރަށު...

22 ޖެނުއަރީ

January 22, 2019 141
އެންމެ ހިނދުކޮޅަކުން ދިރިއުޅުން ފުނޑުފުނޑު!

ދެކެވެމުންދިޔަ ވާހަކައިގައި އުމަރު ސަލީމް ބައިވެރިވަމުން ގެންދިޔަ އެވެ. ނުހަނު އުނދަގުލުންނެވެ. ދަމަމުން، ލަސްލަހުން އުމަރު ދޭތެރެއަކުން އެ ބުނެލާ އެތި ދޭހަވާ މީހަކަށް އެ ތަނުގައި ހުރީ އޭނާގެ އަނބިމީހާ އެކަންޏެވެ. މާ ބޮޑު ހަރަކާތެއް ނެތި ގޮނޑީގައި ލެނގިލައިގެން އިން ފިރިމީހާގެ އަތުގެ ހަރުވެފައި ހުރި އިނގިލިތައް އިރުއިރުކޮޅާ...

19 ޑިސެމްބަރ

December 19, 2018 33
ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!

މި ހަފުތާ ފެށުނުތަނާ މުޅި ރާއްޖެ ސިއްސުވާލީ މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ކުޑަކުއްޖަކު މަރުވި ޚަބަރުންނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ރައުޝަން ޖިއާން އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ވަނިކޮށް ދިމާވި އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެލާޓަށް ގެނުވި...

17 ޑިސެމްބަރ

December 17, 2018 173
ސިނަމާލެ ބްރިޖާ އެކު ލޭގެ ކޯރުތައް!

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓުގެ ސިގުނަލް ފެހިވުމާ އެކު އަހުމަދު ފަޒާލް އޭނާގެ ސައިކަލު ދުއްވާލި އެވެ. އޭނާގެ ކަނާއަތުން ވެސް މީހަކު ސައިކަލެއްގައި ދާ ތަން ފަޒާލަށް ފެނެ އެވެ. އެކަމަކު ޓްރެފިކް ސިގުނަލް ރަތްވުމުގެ ކުރިން ހުރަސް ކުރަން އުޅޭ މީހަކު އޭނާގެ ފަހަތުން ގަޑިއަކު 100 މޭލު ބާރު މިނުގައި އަންނަކަމެއް ނޭނގުނެވެ.

12 ސެޕްޓެމްބަރ

September 12, 2018 54
މަގުމަތީގެ ގާނޫނުތައް: އަމަލްކުރަން ދަސްނުވި އެއްޗެއް!

އެންމެ ހަތަރު ލައްކަ މީހުންގެ މި ކުޑަ އާބާދީގައި އިޖްތިމާއީ މައްސަލަތަކުގެ އަދަދު ކިޔަން ޖެހެނީ ހާހުންނެވެ. އެހާ ވެސް ގިނަ އެވެ. އެތައް މިލިއަން މީހުން އުޅޭ ގައުމުތަކުގައި މިފަދަ މައްސަލަތައް ބޮޑު ނުވާ މިންވަރަށް ރާއްޖޭގައި އެކަންކަން އޮތީ ބޮޑުވެ، ފެތުރިފަ އެވެ. ހައްލު ކުރުމަށްޓަކައި ކުރި މަސައްކަތުގެ އެދެވޭ ނަތީޖާއެއް އަދި...

30 މެއި

May 30, 2018 85
އެއްލަކިން ނުރައްކަލަކާ ދިމާއަށް!

ލައިސަންސް ނަގަން އިހަކަަށް ރޭ ދަމާލި ކިޔޫ ފެނިފައި އެއް ކަމެއް ޔަގީނެވެ! އެތައް ބައިވަރު ބަޔަކު ލައިސަންސަށް އެދިއެދި ތިބި ކަމެވެ. އެ ހުރިހާ އެންމެންނަށް އެއްފަހަރާ ލައިސަންސް ދިނުން އެއީ ލާޒިމް ކަމެއްތޯ، މިއީ ފުރަތަމަ ސުވާލެވެ. ދެން އޮތް ސުވާލު އަދި މާ ބޮޑު ސުވާލެކެވެ؛ ތަނެއްދޮރެއް ބަލައިނުލާ، އަދި ރަނގަޅަށް މޮނީޓާ ނުކޮށް ޖެހުނު...

31 ޑިސެމްބަރ

December 31, 2017 6
އަހަރުގެ އާޓިކަލްގެ އެންމެ ފުނަށް!

ސެޕްޓެމްބަރު 28، 2017ގެ ރޭ މުޅި ގައުމު ސިއްސުވައިލީ ހުޅުމާލޭގައި ވަރަށް ޒުވާން ދެ ކުއްޖަކު މަރުވި ހަބަރަކާ އެކު އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި އުމުރުން 23 އަހަރުގެ އަހަރެމެންގެ ޒުވާން ނޫސްވެރިޔާ މުހަންމަދު ޔާމީނަށް އެކަން މާ ބޮޑަށް ވެސް ތަފާތު ކަމަކަށް ވި އެވެ. ހުޅުމާލޭގައި ހިނގި ކަމަކަށް ވެފައި، އޭނާ ވެސް ދިރިއުޅެނީ...

30 އޯގަސްޓް

August 30, 2017 76
މިއީ ނެރެއްތަ ނޫނީ ދަންތުރައެއްތަ؟

މާލޭގެ ނެރަކުން ވަންނަން އަދި ނުކުންނަން ވެސް އެއްވެސް ކައްޕިއެއް މީގެ ކުރިން މިހާ ވަރަކަށް ވިސްނާކަށް ނުޖެހެ އެވެ. އެކަމަކު ބައެއް މޫސުންތަކުގައި ކިރިޔާ ވެސް ތަޖުރިބާ ނެތް ކައްޕިއެއް ވިއްޔާ މިހާރު ހުންނާނީ މޭގަނޑު އަނގަޔަށް އައިސްފަ އެވެ. މާލޭގެ ދެކުނު ފަރާތުގައި އަލަށް ކެނޑި ނެރަކީ، ބައެއް ހާލަތްތަކުގައި ކިތަންމެ ކުޅަދާނަ...

03 ޖެނުއަރީ

January 03, 2017 37
ހެލިކޮޕްޓަރު އެކްސިޑެންޓް: ބަނޑަށް 22 އެތިކޮޅު!

އާދައިގެ މަތިން އެ ދުވަހު ވެސް އަސްރު ނަމާދުން ފައިބައިގެން އޭނާ ބޭރުގައި މަޑުކޮށްލީ އެއްކޮށް މަސައްކަތް ކުރާ ބަޔަކާ ވާހަކަ ދައްކާލާށެވެ. އެއާޕޯޓުގެ މުވައްޒަފުންނަށް ހާއްސަކޮށް ހަދާފައިވާ އެ މިސްކިތް ކައިރީގައި ހުއްޓާ، ބަނޑަށް އެއްޗެއް ވަތްހެން ހީވި އެވެ. ލައިގެން ހުރި ގަމީހުގެ މަތިން ބަނޑު މަތީގައި އަތް އަޅާލުމުން އެ...

18 ސެޕްޓެމްބަރ

September 18, 2016 39
"މަރުގެ މަގަކަށް" ވުމުގެ ކުރިން ފިޔަވަޅު އަޅާ!

ލ. އަތޮޅުގައި ގުޅިފައިވާ ރަށްތަކަށް ފަސޭހައިން ދެވޭ ގޮތަށް ތާރު އަޅައިގެން ހެދި ޗާލު މަގުގެ މަސައްކަތް މިދިޔަ ޖުލައި 26ގެ ބަންދު ތެރޭގައި ނިމުނުތަނާހެން ފުރަތަމަ ވެސް ކުރިމަތިވީ ބޮޑު އެކްސިޑެންޓެކެވެ. ކައްދޫން ފޮނަދުއަށް ސައިކަލެއްގައި ދިޔަ އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުދިންނަށް ސައިކަލް ކޮންޓްރޯލް ނުވެ، ކައްދޫ ކޯޒްވޭގެ...